އެމްޑީޕީ ހަރުގެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
16 ސެޕްޓެމްބަރ 2018 - 13:55
ރިޔާސީ އިންތިޚާބާ ދިމާކޮށް ހަަމަނުޖެހުން ހިންގަން އުޅޭކަމަށް ފުލުހުން ބުނެފައިވާތީ އެކަމުގެ ތަފްސީލު ހިއްސާކޮށްދޭން އެމްޑީޕީން އެދިއްޖެ އެވެ.
އެކަމަކު އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވީ އެ މައުލޫމާތު ފުލުހުން އަދިވެސް ހިއްސާކޮށްފަައި ނުވާ ކަމަށެވެ.
މާރިޔާ ވިދާޅުވި ގޮތުގައި ވޯޓުލާ ދުވަހު ކަމެއް ހިނގުމުން ނުވަތަ ކަމެއް ވުމުން އެކަމަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި މިހާރު ލިބިފައި ހުރި މައުލޫމާތުތަކަށް ބަލައި އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭނެ އެވެ.
ފުލުހުންނަށް މިހާރު ލިބިފައި ހުރި މައުލޫމާތާއި އިންޓެލިޖެންސް ރިޕޯޓުގެ މައްޗަށް ބިނާކޮށް ހުރިހާ ތަނެއްގެ ސެކިއުރިޓީ ވަރުގަދަކޮށް ހަމަނުޖެހުން ހިންގަން ފުރުސަތު ނުދިނުމަށް، މާރިޔާ ވަނީ ގޮވާލައްވައިފަ އެވެ.
މިދިޔަ ހޯމަ ދުވަހު ފުލުހުންގެ ފަރާތުން އިއްވި ބަޔާނެއްގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އިންތިހާބަށް ހުރަސް އަޅާށާއި ނުރައްކާތެރި ހަމަނުޖެހުންތަކެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ހަމަނުޖެހުން ހިންގަން އުޅޭ ފަރާތްތަކުން ރާވަމުން ދަނީ ފެބްރުއަރީ 8، 2012 ގައި ހިންގި ފަދަ ބޮޑެތި ހަމަނުޖެހުންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.
މާރިޔާ ވިދާޅުވީ އިދިކޮޅު ޕާޓީތަކުން އިންތިޚާބަށް ކުރިމަތިލީ މޮޅުވުމަށެވެ. އެއްވެސް ފަރާތަކުން ހަމަނުޖެހުމެއް ހިންގާނެ ކަމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. އެހެންވެ އެފަދަ ކަމަކާ އެއްވެސް މީހަކު ކަންބޮޑުނުވާން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ގާނޫނު އަސާސީ އަކީ ތިން ބާރު ވަކިކޮށްގެން ތައްޔާރުކޮށްފައިވާ އެއްޗެއް ކަމަށާއި ނަމަވެސް މިހާރު ކަންތައްތައް ވެގެންދަނީ އެގޮތަކަށް ނޫން ކަމަށް މާރިިޔާ ތަކުރާރުކޮށް ވިދާޅުވި އެވެ.
"ގާނޫނު އަސާސީއާ ހިލާފަށް ސަރުކާރު ހިންގެވުމާ ހަވާލުވެ ހުންނެވި ރައީސް ޔާމީން އަމިއްލަ އަށް އެ ވިދާޅުވަނީ އެމަނިކުފާނުކަން މި ފުރުސަތުތައް ގެއްލުވާލައްވައި މިފަދަ ހުކުމްތަކުގެ ތެރޭގައި އެމަނިކުފާނުގެ އަތްޕުޅެއް އޮންނަ ކަމަށް،" މާރިޔާ ވިދާޅުވި އެެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަދުރު
17 September 2018
8 ޕެބްރުއަރީ 2012 ގައި ހިންގި ފަދަ ލާއިންސާނީ ދަށު ދަރަޖައިގެ އަނިޔާވެރިކަމެއް ރާއްޖޭއްގެ ފުލުހުންނާއި ސިފައިންގެ ފަރާތުން ދެވަނަ ފަހަރަށް ފެނިގެން ނުވާނެއެވެ. ރައްޔިތުންނަށް ނަސޭހަތް ތެރި ވުމެއް އަދި އިންޒާރު ދިނުމެއްނެތި އަނިޔާވެރި ވުމުގެ ނަތީޖާ އެކީ ރައްޔިތުންގެ ރުޅި ވެރިކަށް ކޮންޓުރޯލްއިން ނެއްޓި ޤަޢުމް ފައިލުން ކައްސާލުމެވެ.
އިބުރާހީމް-
16 September 2018
ގައުމުގެ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރާކަށް ނުޖެހޭނެ.
އިބުރާހީމް-
16 September 2018
ގައުމީސަލާމަތަށް ނުރަށްކާ
މުހުންމަދު
16 September 2018
މިޤައުމަށް ޤައްދާރުވެފައިތިބި އަދިއެޖަރީމާ ހިންގަން އުޅޭކަމަށް ތުހުމަތުކުރވޭމީހުންނަށްދޯ އެމައުލާމާތުދޭންވީ؟ އެކަހަލަކަމެއް ހިންގަންއުޅުނުކަން އެނގުނަސް އެއަށް ހައްޤު އަދަބުދޭންވީ. މިއިންކޮންމެ މީހަކުމިމީހުންގެ އަމިއްލައެދުމުގެބޭނުމުގައި އަހަރުމެން ހަލާކުކުރަން އުޅެނީ! ކޮބާތަބޯ؟؟؟
ގަމާރުކޮއި
16 September 2018
ހީވަނީ ފޭކު ޚަބަރެއްހެން
ރާވެރިބެ
16 September 2018
ދެން މޑޕ ފޯހުންތަ ފިޔަވަޅު އަޅާނީ ... ދެން މަ ހީހީ...
ރާޑޯ
16 September 2018
އެމްޑީޕީ މޮޔަފުޅުވީތޯ. ގައުމުގެ ސަލާމަތަށް ނުރައްކާ ވާނެ އެއްވެސް މައުޫމާތެއް ލިބިއްޖެނަމަ އެ މައުލޫމާތު ހިއްސާ ކުރާކަށް ނުޖެހޭ. ހަމަހޭގަ އެމްޑީޕީ ވެސް އޮތުމަށް ގޮވާލަން.
އާންދޮގޭ
16 September 2018
އާންދޮގޭ މިރައީސް އަށްވެސް އެ ނުލިބޭވާހަކަ އެއްދުވަހު އަރާބުނި! ހަމަ ހޭގަބާ ހުންނަނީ!
ފާސްނުވާ ޑރ
16 September 2018
ޕޕ ބުލޫސް ކުރަން އުލޭކަމެއް އެއީ...
ވަރައް އެޑްވާންސް
16 September 2018
އެޑްވާންސްކޮއް ވާންހުންނަކަންތަކާއި 'ހިންގަންއުލޭ' ކަންކަން އިލްހާމް ވާން ފެށީތޯ؟
ހައިޓް
16 September 2018
ގައުމީ ސަލާމަތަށް ހުރި ނުރައްކާ ސިޔާސީ ޕާޓީތަކަށް ހިއްސާ ކުރަނީ ކޮން ގައުމެއްގާތަ. އިބޫ ސޯލިހް
އިއްމި
16 September 2018
ހަމަނުޖެހުން ހިންގަން އުޅޭ ފަރާތްތަކުން ކީއްވެ އައިސް އެމައުލޫމާތު ހިއްސާމކުރުމައް އެއެދެނީ. ޖޯކެއްދޯ
ޓސޓސ
16 September 2018
ތިކޮމެންޓުންވެސް އެބައެގޭނު އެބައިމީހުން ހަމަނުޖެހުން އުފައްދަން ނޫޅޭކަންވެސް. އެންމެފަހުންވެސް މޭޑޭގެ މުޒާހަރާ ރޫޅާލުމަށް އޭރުގެ ޕީޕީއެމްގެ ފަރާތުން އިސްކޮށްފައި ހުރި ނައިބުރައީސް އަދީބް ބުނިކަމަށްވޭ ތިމަންނާމެން ކާރެއްގޮއްވާލަން ރާވާފާއޮތޭ. ބަޑިގުދަންވެސް ފޫދިޔައީ ކިހިނެއްބާ؟ އެވެސް އެމްޑީޕީ މީހުން ވަދެނެގީ؟