ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ސިޔާސީ އިދިކޮޅު ބޭފުޅުން މިނިވަންކުރުން: މަހްލޫފް ވެސް ދޫކޮށްލައިފި

މުލީއާގެ ގަރާޖު ކައިރިއަށް އެއްވެފައިވާ މީހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

24 ސެޕްޓެމްބަރ 2018 - 11:09

332 comments
25 ސެޕްޓެމްބަރ 15:35

އިބޫ: ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކުން ގުޅައި، އަޅުގަނޑުމެންނަށް އެއްބާރުލުން ދޭނެ ކަމަށް އަންނަނީ ބުނަމުން. އެގޮތުން އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާގެ ބޮޑުވަޒީރާއި ރައީސާއި ސައޫދީ އަރަބިއްޔާގެ މަންދޫބު ވަނީ އަޅުގަނޑުމެންނަށް ގުޅުއްވައި އެހީތެރިވާނެ ކަމަށް ވިދާޅުވެފައި. ކުރިއަށް އޮތީ އުންމީދީ ދުވަސްތަކެއް.

25 ސެޕްޓެމްބަރ 15:34

އިބޫ: މި ޓްރާންސިޝަން ތެރޭގައި ވެސް އެންމެން އެކުގައި ތިބުމަށް އެދެން. މި ކޯލިޝަން ދެމެހެއްޓުމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދައުރު ވަރަށް މުހިންމު ވާނެ. ސަރުކާރު އެކުލަވާލުމަށް ފަހު ވެސް ތިޔަ ބޭފުޅުންގެ އެއްބާރުލުން ބޭނުންވާނެ. ކޮމެޓީތަކެއް އެކުލަވާލައި، ސަރުކާރުގެ އެކި އޮފީސްތަކާއި ކުންފުނިތަކާ އެކު ކުރަންޖެހޭ މުއާމަލާތްތައް ކޮށް، އެކުވެރިކަމާ އެކު ކުރަންޖެހޭ ކަންކަން މިދަނީ ކުރަމުން. އެއްބާރުލުން ލިބޭނެ ކަމާ މެދު ޝައްކެއް ނުކުރަން.

25 ސެޕްޓެމްބަރ 15:32

އިބޫ: އެންމެން އެކީގައި ތިބެ ކަންކަން ހުރަސްކޮށް، މިތިބީ ރައްޔިތުން ހަވާލުކުރާ މަސައްކަތް އަމާނާތްތެރިކަމާ އެކު ކުރުމަށް އެކުވެރިކަމާ އެކުގައި. ގުޅިފައިވާ ކޯލިޝަންގެ ބޭފުޅުން މިކަމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްދީފައި. ފެނިގެން ދިޔަ އެއް ކަމަކީ މުޅި ގައުމުން އިންސާފު ގެއްލިފައިވާ ކަން. އެންމެން ވެސް ފުރަތަމަ ބުނާ ވާހަ އަކީ އިންސާފުގެ ވާހަކަ. ރައްޔިތުން އެދޭ ބަދަލު ގެނައުމަށް އަޅުގަނޑުމެން އެކުގައި ތިބޭނެ ވާހަކަ ދަންނަވަން.

25 ސެޕްޓެމްބަރ 15:30

މި ބައްދަލުވުމުގައި، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިހާރު ގެންދަވަނީ ވާހަކަ ދައްކަވަމުން.

25 ސެޕްޓެމްބަރ 15:29

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ފަށައިފި.

25 ސެޕްޓެމްބަރ 14:43

މަހްލޫފް، އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި. މިގޮތަށް އަމުރުކުރީ، ޓެރަރިޒަމް އަމަލެއް ހިންގުމުގެ މައްސަލައިގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގައި، މަހްލޫފްގެ ބަންދުގެ މުއްދަތު ރިވިއު ކޮށްދިނުމަށް އޭނާގެ ވަކީލުން އިއްޔެ ހުށަހަޅާފައިވާތީ. މިއަދުގެ އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، މަހްލޫފް މިހާތަނަށް ބަންދުގައި ބެހެއްޓީ ހެއްކަށް ނުފޫޒު ފޯރުވަފާނެތީ ކަމަށާއި އެކަމަކު އެ މުއްދަތުގައި އެފަދަ އޭނާ ނުކުރައްވާ ކަމަށް. މަހްލޫފަށް ކުރާ ޓެރަރިޒަމްގެ މައްސަލައިގެ ދައުވާއާ މެދު ގޮތެއް ނިންމަން ގާޒީ އަލީ އާދަމް ކަނޑައެޅުއްވީ އަންނަ ބުރާސްފަތި ދުވަހު.

25 ސެޕްޓެމްބަރ 14:03

އިންތިހާބީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ)، އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް އާ ބައްދަލު ކުރައްވައިފި. އިބޫގެ ސްޕޯކްސް ޕާސަން މާރިޔާ އަހުމަދު ދީދީ ނޫސްވެރިންނާ ވާހަކަ ދައްކަވައި ދެންމެ ވިދާޅުވީ އެއީ އާންމު އުސޫލުން ކުރެއްވި ބައްދަލުވުމެއް ކަމަށް.

25 ސެޕްޓެމްބަރ 11:14

ހައްޔަރުކޮށް ދައުވާކުރުމަށް ފަހު ގޭ ބަންދުގައި ބަހައްޓާފައި ހުރި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު 1:00 ގައި ކޯޓަށް ހާޒިރުކުރާނެ. ކޯޓަށް ހާޒިރުކުރަނީ އޭނާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމަކަށް. ނަމަވެސް ބެލެވޭ ގޮތުގައި މި އަޑުއެހުމުގައި މަހްލޫފުގެ ބަންދާ މެދު ގޮތެއް ނިންމާނެ.

25 ސެޕްޓެމްބަރ 00:08

މުލީއާގެއިން ނެރެގެން ދެ ޕިކަޕުގައި މުލީއާގޭގެ ގަރާޖަށް މިރޭ ވެއްދި ސާމާނު އެތަނުން ނެރެގެން އެ ދެ ޕިކަޕުގައި މިހާރު ވަނީ އެހެން ތަނަކަށް ގެންގޮސްފައި. ނޫސްވެރިންގެ ކުރިމަތިން، އެ ސާމާނު މުލީއާގޭގެ ވެހިކަލް ގަރާޖުން ނެރެގެން ގެންދިޔައިރު، އޭގެ ތެރޭގައި ހުރީ ދޮންނަ މެޝިންގެ އިތުރުން ބަދިގެއަށް ބޭނުންވާ ބައެއް ސާމާނުކަން ފާހަގަކުރެވޭ. ދެ ޕިކަޕުގައި ސަތަރި އަޅައިގެން، މުލީއާގެއިން ނެރެގެން މުލީއާގޭގެ ގަރާޖަށް ތަކެތި ގެންދިޔަ މައްސަލާގައި އިދިކޮޅު ބަޔަކު ގަރާޖު ކައިރިއަށް އެއްވެ އަޑު އުފުލި. އެކަމަކު، ފުލުހުން ވަނީ އެ މީހުން އެ ސަރަހައްދުން ދުރަށް ޖައްސާފައި. ރައީސް އޮފީހުގެ ތަރުޖަމާން މުއާޒް ވިދާޅުވީ، މުލީއާގެއިން ނެރެގެން ގެންދާ ތަކެތީގެ ތެރޭގައި ރައީސް ޔާމީންގެ އަމިއްލަފުޅު ތަކެތި ހިމެނޭ ކަމަށް. އަދި އޭގެ ތެރޭގައި ގާނޫނާ ޚިލާފު އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށް އޭނާ ވިދާޅުވި.

25 ސެޕްޓެމްބަރ 00:04

މުލީއާގެއިން ނެރެގެން މުލީއާގޭގެ ގަރާޖަށް މިރޭ ވެއްދި ސާމާނު، އެ ގެންދިޔަ ދެ ޕިކަޕުގައި ނެރެގެން އަނބުރާ އެހެން ތަނަކަށް ގެންދަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

24 ސެޕްޓެމްބަރ 23:58

މުލީއާގެއިން ނެރެގެން މުލީއާގޭގެ ގަރާޖަށް މިރޭ ވެއްދި ސާމާނު، އެ ގެންދިޔަ ދެ ޕިކަޕުގައި ނެރެގެން އަނބުރާ އެހެން ތަނަކަށް ގެންދަން ތައްޔާރުކޮށްފައި.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

24 ސެޕްޓެމްބަރ 23:46

މުލީއާގޭގެ ވެހިކަލް ގަރާޖު ކައިރީގައި ފުލުހުން މިރޭ ހަރަކާތްތެރިވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

24 ސެޕްޓެމްބަރ 23:28

މުލީއާގެއިން ދެ ޕިކަޕެއްގައި ނެރެގެން މުލީއާގެ ގަރާޖަށް ގެންދިޔަ ސާމާނާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއާ އެއްގޮތަށް، ވެރިކަން ހަވާލު ކުރުމުގެ މި މަރުހަލާގައި މުލީއާގެއިން ގެންދާ ބައެއް ތަކެއްޗަކީ، ރައީސް ޔާމީންގެ އަމިއްލަފުޅު ދިރިއުޅުއްވުމުގައި ބޭނުންކުރައްވާ ތަކެތި ކަމަށް. އަދި އޭގެ ތެރޭގައި ގާނޫނާ ޚިލާފު އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށް ވިދާޅުވި. "ފަތުރަނީ ދޮގު ޚަބަރެއް،" މުއާޒް ވިދާޅުވި އެވެ.

24 ސެޕްޓެމްބަރ 23:25

މުލީއާގެއިން ނެރެގެން ދެ ޕިކަޕެއްގައި ގެންދިޔަ ތަކެތީގެ މައްސަލާގައި ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ކުރެއްވި ޓުވީޓު

24 ސެޕްޓެމްބަރ 22:46

މެންބަރު ސިނާން މިނިވަންކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރަން މާލެއަށް ގެންނަނީ.--- ފޮޓޯ: މުންތަގިމް/މިހާރު އައިރިޕޯޓަ

24 ސެޕްޓެމްބަރ 22:45

ކުރީގެ ސީޕީ އަހްމަދު އަރީފް މިނިވަންކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރަން މިރޭ މާލެއަށް ގެންނަނީ.--- ފޮޓޯ: މުންތަގިމް/މިހާރު އައިރިޕޯޓަ

24 ސެޕްޓެމްބަރ 22:44

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު މިނިވަންކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރަން މާލެއަށް ގެންނަނީ.--- ފޮޓޯ: މުންތަގިމް/މިހާރު އައިރިޕޯޓަ

24 ސެޕްޓެމްބަރ 22:44

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިނިވަންކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރަން މިރޭ މާލެއަށް ގެންނަނީ.-- ފޮޓޯ: މުންތަގިމް/މިހާރު އައިރިޕޯޓަ

24 ސެޕްޓެމްބަރ 22:38

ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް އާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު މިނިވަން ކުރުމާ މެދު ކްރިމިނަލް ކޯޓުން މިރޭ ގޮތެއް ނުނިންމާ. ސަބަބަކީ އެއީ މުޅިން ވެސް ހުކުމެއްގައި ތިއްބެވި ބޭފުޅުން ކަމަށް ވުން. އެހެންވެ އެ ބޭފުޅުން މިނިވަން ކުރުމާ މެދު ގޮތެއް ނިންމުން ވަނީ އެހެން ރެއަކަށް ފަސްކޮށްފައި.

24 ސެޕްޓެމްބަރ 22:31

އަބްދުﷲ ރިޔާޒްގެ އިތުރުން، މިހާރު ހުކުމެއްގައި ނެތް ސިޔާސީ ހުރިހާ ބޭފުޅުން ކްރިމިނަލް ކޯޓުން ދެންމެ މިނިވަންކޮށްފި. އެއީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުން ކަމަށްވާ އިލްހާމް އަހުމަދާއި އަބްދުﷲ ސިނާން އަދި ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް.

24 ސެޕްޓެމްބަރ 22:24

މުލީއާގެ ގަރާޖު ކައިރިއަށް އެއްވި މީހުން އެ ސަރަހައްދުން ދުރަށް ޖައްސާފައިވާއިރު، އެތަނުގައި އެސްއޯ ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

24 ސެޕްޓެމްބަރ 22:14

މުލީއާގޭގެ ވެހިކަލް ގަރާޖު ކައިރިއަށް އެއްވި މީހުން އެ ސަރަހައްދުން ފޮނުވާލުމަށް ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

24 ސެޕްޓެމްބަރ 22:12

ރަޔަޓް ގިއަރުގައި އައި އެސްއޯ ފުލުހުންތަކެއް ނުކުމެ، ގަރާޖު ކައިރިއަށް އެއްވި މީހުންތައް އެ ސަރަހައްދުން ފޮނުވައިލަން ފަށައިފި.

24 ސެޕްޓެމްބަރ 22:00

މުލީއާގެ ގަރާޖު ކައިރިއަށް އެއްވި ބައެއް މީހުން.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

24 ސެޕްޓެމްބަރ 22:00

މުލީއާގެ ގަރާޖު ކައިރިއަށް އެއްވި މީހުން އަދިވެސް އެ ސަރަހައްދުން ދުރަކަށް ނުދޭ. އެ މީހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ވެސް އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން. ގަރާޖު ކައިރިއަށް އެއްވި މީހުންގެ ޑިމާންޑަކީ ޕިކަޕްގައި އެތަނަށް ވެއްދި ސާމާނުތައް މީޑިއާއަށް ދެއްކުން. އެހެންވެ، ފުލުހުން މިހާރު އަންގާފައި ވަނީ ފުލުހުންގެ މީޑިއާގެ އޮފިޝަލުން ގަރާޖު ކައިރިއަށް ދިއުމުން އާންމު މީޑިއާގެ މީހުންނަށް ޕިކަޕްގައި ގެންދިޔަ ސާމާނުތައް ދައްކާނެ ކަމަށް.

24 ސެޕްޓެމްބަރ 21:55

މުލީއާގެ ގަރާޖު ކައިރިއަށް އެއްވި ބައެއް މީހުން.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

24 ސެޕްޓެމްބަރ 21:21

މުލީއާގެ ތެރެއިން ދެ ޕިކަޕެއްގައި އެއްޗެހި ތަކެއް ނެރެގެން، ލިލީމަގުގައި ހުންނަ މުލީއާގޭގެ ގަރާޖަށް ވެއްދި މައްސަލައެއް ވަރަށް ބޮޑަށް ހޫނުވެ، ގަރާޖު ކައިރިއަށް ބަޔަކު އެއްވެއްޖެ. އެތަނަށް އެއްވި މީހުން ޑިމާންޑު ކުރަނީ ގަރާޖުތެރެއަށް ވެއްދި ސާމާނުތައް މީޑިއާގެ ކުރިމަތީގައި ދެއްކުމަށް. ދެ ލޮރީގައި އެ ތަކެތި ގެންދިޔައީ މަތީގައި ސަތަރި އަޅައިގެން ކަމަށް މަންޒަރު ދުށް މީހުން ބުނޭ.

24 ސެޕްޓެމްބަރ 21:14

މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް އާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި މައުމޫންގެ ދަރިކަނބަލުން ޔުމްނާގެ ފިރިކަލުން ނަދީމާއި މެމްބަރު އިލްހާމާއި ސިނާންގެ މައްސަލާގައި ކްރިމިނަލް ކޯޓުން އަދި ގޮތެއް ނުނިންމާ. އެ ހުރިހާ ބޭފުޅުންގެ މައްސަލަ ވެސް ކުރިއަށް ގެންދަން ނިންމާފައި އޮތީ އެއް ޝަރީއަތެއްގެ ތެރެއިން.

24 ސެޕްޓެމްބަރ 21:05

ރިޔާޒް މިނިވަން ކުރުމުން، ކްރިމިނަލް ކޯޓުން ނުކުމެވަޑައިގެން މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

24 ސެޕްޓެމްބަރ 20:58

ރިޔާޒް: އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީން އެއްވެސް މީހަކަށް ލުއި ދެއްވާކަށް ބޭނުމެއް ނުވާނެ. އަޅުގަނޑު ދެކޭގޮތުގައި ސިޔާސީ ގޮތުން ބަންދުކޮށްފައި ތިބި އެންމެން ދޫކުރަނީ އިބޫގެ ވައުދުގެ ތެރެއިން. މިއީ ރައީސް ޔާމީންގެ ހެޔޮފުޅު ކަމުގެ ތެރެއިން ދިން ލުޔެއް ކަމަށް ނުދެކެން. އަޅުގަނޑުގެ އުފަން ރަށް ތިމަރަފުށީގެ ތިން ފޮށިން އިބޫ އަށް ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ވޯޓު ދިނީތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑުގެ ދާއިގެ މެޖޯރިޓީ އިބޫ އަށް ދިނީތީ ވެސް ޝުކުރު ދަންނަވަން. އަޅުގަނޑު މި ހުރީ މި ގައުމަށް ޚިދުމަތް ކުރުން މަތީގައި.

24 ސެޕްޓެމްބަރ 20:55

އަބްދުﷲ ރިޔާޒް ކްރިމިނަލް ކޯޓުން ނުކުމެވަޑައިގެންފި. މިހާރު ގެންދަވަނީ މީޑިއާއާ ވާހަކަ ދައްކަވަމުން.

24 ސެޕްޓެމްބަރ 19:32

މާރުކޭޓް ސަަރަހައްދުގައި ހުންނަ ކްރިމިނަލް ކޯޓު ކައިރީ މިހާރުވެސް ވަރަށް ގިނަ މީހުން އެބަތިބި. މުޅި ސަރަހައްދު ވަނީ ތޮއްޖެހިފައި. އެއްވެސް ތިބި މީހުން އުފާ ފާޅުކޮށް ޝުއޫރު ފާޅުކުރަމުން ދާއިރު، ޕާޓީތަކުގެ ދިދަތައް ދަނީ ވިހުރުވަމުން

24 ސެޕްޓެމްބަރ 19:24

ކުރީގެ ރައީސް މައުމޫން ކޯޓަށް ހާޒިރުކުރުން

24 ސެޕްޓެމްބަރ 19:19

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވެސް ކޯޓަށް ހާޒިރުކޮށްފި. މި ހުރިހާ ބޭފުޅުންނަކީ ވެސް ސިޔާސީ ބޭފުޅުން ހިމެނޭ ގޮތަށް ނުވަ މީހަކު މިނިވަންކުރުމަށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހައްޔަރުކުރި ބޭފުޅުން

24 ސެޕްޓެމްބަރ 19:11

ކުރީގެ ރައީސް މައުމޫނާއި ދަނބިދަރިކަލުން ނަދީމް ވެސް ވަނީ ކޯޓަށް ހާޒިރުކޮށްފައި

24 ސެޕްޓެމްބަރ 19:08

ކުރީގެ ޕޮލިސް ކޮމިޝަަނަރު އަހްމަދު އަރީފް ވެސް ޖަލުން މާލެ ގެނެސްފި. އޭނާގެ ބަންދާ މެދު ވެސް މިރޭ ގޮތެއް ނިންމާނެ ކަމަށް ބެލެވޭ

24 ސެޕްޓެމްބަރ 18:59
24 ސެޕްޓެމްބަރ 18:59

ސިޔާސީ ބޭފުޅުން ކޯޓަށް ހާޒިރުކުރާތީ އެއްވެ ތިބި މީހުންގެ ތެރޭގައި، އެ ބޭފުޅުންގެ އާއިލާ އާއި ސިޔާސީ ޕާޓީގެ މެންބަރުން ވެސް ހިމެނޭ. އެ މީހުން ކޯޓު ދޮށުގައި ތިބޭތާ ވަރަށް ގިނައިރު ވެއްޖެ.

24 ސެޕްޓެމްބަރ 18:37

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް (ވ3) އާއި ދަރިކަނބަލުން ޔުމްނާ ކްރިމިނަލް ކޯޓު ސަރަހައްދުގައި. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

24 ސެޕްޓެމްބަރ 18:32

ކުރީގެ ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ ވެސް ކޯޓަށް ވަޑައިގެންފި. ފިރިކަލުން މައުމޫނާއި ދަރިކަލުން ފާރިސް ބަންދުން ދޫކޮށްލުމާ މެދު ގޮތެއް ނިންމަން އިރުކޮޅަކުން ކޯޓަށް ހާޒިރުކުރާނެ

24 ސެޕްޓެމްބަރ 18:31

ސިޔާސީ ބޭފުޅުން މިނިވަންކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރާތީ ކޯޓު ދޮށަށް މީހުން ޖަމާވެފައި

24 ސެޕްޓެމްބަރ 18:14

ކޯޓުން ރިޔާޒް ދޫކޮށްލީ އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ. ދައުލަތުން ވެސް ކޯޓުގައި އެކަމަށް އިންކާރެއް ނުކުރޭ. ރިޔާޒްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުށް ސާބިތު ނުވުމުން ދައުލަތުން ހައި ކޯޓަށް ދިއުމުން ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ހުކުމްކުރީ 24 އެޕްރީލް ގައި.

24 ސެޕްޓެމްބަރ 18:05

ޖަލުގައި ތިބި ސިޔާސީ ބޭފުޅުންގެ ތެރެއިން ރިޔާޒްގެ މައްޗަށް ހައި ކޯޓުން އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ވަނީ ނިމިފަ. އެކަމަކު އެ ހުކުމް އައުމުގެ ކުރިން، މިދިޔަ މާޗް މަހުން ފެށިގެން ރިޔާޒް ހުންނެވީ އެހެން މައްސަލައަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފަ

24 ސެޕްޓެމްބަރ 18:02

އަބްދުﷲ ރިޔާޒް މިނިވަންކޮށްފި.

24 ސެޕްޓެމްބަރ 17:48

ވަކީލުން ދެންމެ ކޯޓުން ނިކުމެ ވިދާޅުވީ ކޯޓަށް ހާޒިރުކުރަންޖެހޭ ބޭފުޅުން ގޮވައިގެން މާފުށިން ދަތުރު ފަށާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ބޭފުޅުން ކޯޓަށް ހާޒިރުކޮށް އަޑުއެހުންތައް ފަށަން ގަޑިއެއްހާއިރު ނަގާނެ ކަމަށް ކޯޓުން ބުނާ ކަމަށް

24 ސެޕްޓެމްބަރ 17:42

ޖަލަށް ލާފައިވާ ބޭފުޅުންގެ އާއިލާ އާއި އެ ބޭފުޅުން ނިސްބަތްވާ ސިޔާސީ ޕާޓީތަކުގެ މީހުން ކޯޓު ދޮށުގައި އެބަތިބި

24 ސެޕްޓެމްބަރ 17:37
24 ސެޕްޓެމްބަރ 17:37

އަދިވެސް ކޯޓު ދޮށަށް އަންނަނީ މީހުން ޖަމާވަމުން. މިހާރު ވަރަށް ގިނަ އަދަދަކަށް މީހުން އެބަތިބި.

24 ސެޕްޓެމްބަރ 17:31
24 ސެޕްޓެމްބަރ 17:20

އެއްވެފައި ތިބި މީހުން ފޮނުވާލަން ފުލުހުން އެއްވެސް މަސައްކަތެއް ނުކުރޭ. ހަމައެކަނި ކުރާ ކަމަކީ ޓްރެފިކަށް ދަތިނުވާ ގޮތަށް މީހުން މަގުގެ އެއްފަރާތަށް ޖެއްސުން. މީގެ ކުރިން މި ސަރަހައްދަށް އެއްވުމަށް ފުރުސަތެއް ނުދޭ.

24 ސެޕްޓެމްބަރ 17:16

މިހާރު ކޯޓަށް ހާޒިރުކޮށްފައިވަނީ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް. ރިޔާޒްގެ އަޑުއެހުން މިހާރު ދަނީ ކުރިއަށް. ދެން ތިބި ބޭފުޅުން އަދި ކޯޓަށް ހާޒިރެއް ނުކުރޭ. އެ ބޭފުޅުންގެ ވަކީލުންނާއި ޕީޖީގެ ވަކީލުން ވަނީ ކޯޓަށް ހާޒިރުވެފައި.

24 ސެޕްޓެމްބަރ 17:12

ގިނަ އަދަދެއްގެ ބަޔަކު ވަނީ ކްރިމިނަލް ކޯޓު ދޮށަށް އެއްވެފައި.

24 ސެޕްޓެމްބަރ 16:27

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް ކޯޓަށް ހާޒިރުކުރަނީ.

24 ސެޕްޓެމްބަރ 16:04

އެކި މައްސަލަތަކާ ގުޅިގެން ބަންދުގައި ތިބި ސިޔާސީ ބޭފުޅުން މިނިވަން ކުރުމުގެ މަސައްކަތްތައް، ރިޔާސީ އިންތިޚާބުގައި އިދިކޮޅަށް ލިބުނު ކާމިޔާބީއަށް ފަހު ވަކީލުން މިހާރު ވަނީ ފަށާފައި. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިނިވަންކުރުމުގެ އަމުރަކަށް އެދި އެ ދެ ބޭފުޅުންގެ ވަކީލުން ހައި ކޯޓަށް ހުށަހަޅާފައި ވާއިރު، ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ބަންދުން ދޫކުރުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައި. ނަދީމްގެ މައްސަލާގެ އަޑުއެހުމަކާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިނިވަން ކުރަން ހުށަހަޅާފައިިވާ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ހަވީރު ބާއްވާނެ. އޭގެ އިތުރުން މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ މައްސަލައިގެ އަޑުއެހުމެއް ވެސް މިއަދު ބާއްވާ ކަމަށް އެނގިފައިވޭ

24 ސެޕްޓެމްބަރ 15:23
24 ސެޕްޓެމްބަރ 13:38

ރައީސް ޔާމީން މިއަދު ގައުމާ މުޚާތަބު ކުރެއްވުމަށް ފަހު ވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

24 ސެޕްޓެމްބަރ 12:49

ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީގެ ޓުވީޓު

24 ސެޕްޓެމްބަރ 12:48

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޚަލީލް ކުރެއްވި ޓުވީޓު

24 ސެޕްޓެމްބަރ 12:47

ރައީސް އޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން އިބްރާހިމް ހުސައިން ޝިހާބުގެ ޓުވީޓު.

24 ސެޕްޓެމްބަރ 12:46

ޕީޕީއެމްގެ އިސްބޭފުޅުން ގެންދަވަނީ އިބޫ އަށް މަރުހަބާ ވިދާޅުވަމުން.

24 ސެޕްޓެމްބަރ 12:42

ރައީސް: ދިވެހި ރައްޔިތުންގެ ކިބައިން އަޅުގަނޑު މާފަށް އެދެމުން ހިދުމަތުން އަޅުގަނޑު ދުރަށް ޖެހިލައިފިން. އެކަމަކު ނޮވެމްބަރު 17 އަންނަންދެން އަޅުގަނޑު މި ގޮނޑީގައި ދެމިހުންނާނަން.

24 ސެޕްޓެމްބަރ 12:41

ރައީސް: އިގްތިސާދީ ގޮތުން ވެސް އިޖުތިމާއީ ގޮތުން ރާއްޖެ ވަނީ މި ފަސް އަހަރުގެ ތެރޭގައި ކުރިއަރައިގެން ގޮސްފައި. ރައްޔިތުންގެ ބަސް އިއްވައިފި. އެއަށް އަޅުގަނޑު އިހުތިރާމްކުރަން. އަޅުގަނޑު އެދެނީ އިބްރާހިމް މުހަންމަދު ސޯލިހާއި އޭނާގެ ޓީމުން ވެސް މިކަން ކުރިއަށް ގެންދެވުން.

24 ސެޕްޓެމްބަރ 12:37

ރައީސް؛ އެހެންވީމަ އަޅުގަނޑު ބޭނުންވަނީ އިއްޔެގެ ވޯޓުގެ ނަތީޖ އަޅުގަނޑު ގަބޫލުކޮށް ދެން ގައުމަށް ކޮށްދެވެން އޮތް ކަމެއް ކޮށްދޭން.

24 ސެޕްޓެމްބަރ 12:37

ރައީސް: އަޅުގަނޑު ދަންްނަވާލަން ބޭނުންވަނީ ދިވެހިން ބޭނުންވާ ގޮތް ބުނެދީފިއޭ. ދެން ރައީސް ކަމަށް އިންތިހާބު ކޮށްފައިވާ އިބްރާހިމް މުހަންމަދު ސޯލިހާ ބައްދަލުކޮށް މަރުހަބާ ވެސް ދަންނަވައިފިން.

24 ސެޕްޓެމްބަރ 12:36

ރައީސް: އަޅުގަނޑު ވަރަށް އިހުލާސްތެރި ކަމާ އެކު ގޮންޖެހުންތަކާ އެކު އަޅުގަނޑު މަސައްކަތް ކުރީ އިގްތިސާދީ ގޮތުން ބާރުގަދަ ގައުމަކަށް ހެދޭތޯ. އެކަން ރައްޔިތުން ބަލައިގެންފިކަން އިއްޔެގެ ވޯޓުން އަޅުގަނޑަށް އެނގިއްޖެ. އެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން

24 ސެޕްޓެމްބަރ 12:35

ރައީސް؛ ޒުވާނުންނަށް ބޭނުންވާ ހުރިހާ ކަމެއް އަޅުގަނޑު ކޮށްދިނީމު. ވެރިކަމަށް އައިއިރު ޒުވާނުން ތިބީ ހަވާސާއިން ބޭރުގައި. އެ މީހުން މުޖުތަމައުގައި ގަދަރު ލިބިގެންވާ ބަޔަކަށް ހަދަން މަސައްކަތް ކުރީމު. ޒުވާނުންނަށް އެންމެ ބޭނުންވާ ކަމަކީ ބޯހިޔާވަހިކަން ކަމަށް ވާތީ އެކަމަށް އަޅުގަނޑު މަސައްކަތް ކޮށްދިނީމު

24 ސެޕްޓެމްބަރ 12:34

ރައީސް: ސަރުކާރުގެ ތެރެއިން އެކި ކަންކަމަށް ސިޔާސަތު ބަދަލުކޮށް ގާނޫނުތައް ބަދަލުކުރިން. އޭގެ ތެރޭގައި ނުކުޅެދޭ ކުދިންނާއި ދުވަސްވީ މީހުންގެ ކަންކަން ހިމެނޭ.

24 ސެޕްޓެމްބަރ 12:33

ރައީސް: އަޅުގަނޑު ވެރިކަމާ ކުރިމަތިލިއިރު އަޅުގަނޑު ދެންނެވިން ދިވެހި ރާއްޖެ އަށް ބޭނުންވި ވަރަށް ގިނަ ކަންކަން އެބަހުއްޓޭ. ރަށްރަށަށް ދިމާވި މައްސަލަތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ މައްސަލަތައް ހިމެނޭ. ކޮންމެ ރަށެއްގައި ވެސް މިކަހަލަ އަސާސީ ހިދުމަތްތައް މާލެއެކޭ އެއްގޮތަށް ލިބެންވާނެ ކަމަށް ރައްޔިތުން ގަބޫލު ކުރި.

24 ސެޕްޓެމްބަރ 12:32

ރައީސް: އަޅުގަނޑަށް ދިމާވި އެއް ކަމަކީ އަބުރު ކަތިލުމުގެ މައްސަލަ. ގިނަ ބަޔަކު ބޭނުންވާ ގޮތަށް މިހާރު އެކަން ވަނީ ތަރުތީބު ކުރެވިފައި

24 ސެޕްޓެމްބަރ 12:31

ރައީސް: އަޅުގަނޑަށް ދިމާވި ހުރިހާ ކަމަކުން އަޅުގަނޑަށް ﷲ ނަސްރު ދެއްވި. އަޅުގަނޑު މަސައްކަތް ކުރީ ގައުމަށް ނަސްރު ހޯދައިދޭން. އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރީ ގާނޫނުތަކާ އެއްގޮތަށް ކަންތައްތައް ކުރަން. އަޅުގަނޑުގެ ސަރުކާރުން ވާނީ ވަރަށް ކެރިގެން ދީނާ ހިލާފު ކަންކަމަށް ނޫނެކޭ ބުނެފައި. އަޅުގަނޑު މަސައްކަތް ކުރީ އިޖުތިމާއީ ފޭރާން ރަނގަޅު ކުރަން.

24 ސެޕްޓެމްބަރ 12:30

ރައީސް ޔާމީން، ގައުމާ މުހާތަބު ކުރައްވަނީ.

24 ސެޕްޓެމްބަރ 12:20

ރައީސް ޔާމީން، ޕީޕީއެމް/އެމްޑީއޭގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންނާ ކުޑައިރުކޮޅެއްގެ ތެރޭގައި ބައްދަލު ކުރައްވަން ވަނީ ނިންމަވާފައި. މި ބައްދަލުވުން އޮންނާނީ ޕީޕީއެމް އޮފީހުގައި.

24 ސެޕްޓެމްބަރ 11:56

ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް ފަހު އިބޫ ވަޑައިގެންފި. އެ ބައްދަލުކުރެއްވުމަށް ފަހު، އިބޫ ކާރުކޮޅުގައި ނުކުމެވަޑައިގަތީ ސީދާ ރައީސް އޮފީހުން ކަމަށް ވާތީއާ އެކު، މީޑިއާއަކާ ބައްދަލެއް ނުކުރައްވާ.

24 ސެޕްޓެމްބަރ 11:46

ރައީސް ޔާމީންގެ ދައުވަތަކަށް އިބޫ މިވަގުތުވީ ރައީސް އޮފީހަށް ވަޑައިގެންފައި.

ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައީސް އަބްދުﷲ ޔާމީންއާ ބައްދަލު ކުރައްވަން ރައީސް އޮފީހަށް ދެންމެ ވަޑައިގެންފި އެވެ.

އިބޫ، ރައީސް އޮފީހަށް ވަޑައިގަތީ، ރައީސް ޔާމީންގެ ދައުވަތަކަށެވެ. މިއީ، ރައީސްގެ ޔާމީންގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދެވި އިންތިޚާބަށް ފަހު ދެ ބޭފުޅުން ބައްދަލުވާ ފުރަތަމަ ފަހަރެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާއްމުކޮށްފައިވާ ރަސްމީ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި، އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވީ، 134،616 ވޯޓު (58.4 ޕަސެންޓުން)ނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓު، (41.6 ޕަސެންޓެ)ވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ 262,135 މީހުންގެ ތެރެއިން 89 ޕަސެންޓު މީހުން ވޯޓުލާފައިވެ އެވެ.

332 ކޮމެންޓް, 702 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 10%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސިންތިލީ ވޫމް

25 September 2018

ހުރިހާ ގައުމަކާވެސް ގުޅުން މިހާރައްވުރެން ބޮޑައް ބަދަހިކޮއް، ކުރީ ސަރުކާރުން ގުޅުން ކަޑާލި ގަތަރާއި ކޮމެންވެލްތާ އަބުރާ ގުޅޭނެ ކަމައް އުމީދުކުރަން، އިބޫގެ ސަރުކާރުން..

The name is already taken The name is available. Register?

ދއނ

25 September 2018

އަޅުގަނޑު އަދި ވެސް ތާއީދު ކުރަނީ ޕީޕިއެމް އަށް. ރ. ޔާމީން އަށް

The name is already taken The name is available. Register?

‫ޢޙަމީދު

26 September 2018

ކ‫ޮށްގެންހުރެބަލަ މަނައެއް ނުކުރާނެ އެސޮރަށް ތާއީދުކުރިޔަކަސް

The name is already taken The name is available. Register?

އަރޫ

25 September 2018

އުފާވަނީ އިނަސަންޓް މީހުން މިނިވަންވާތީ.. އެންމެ އުފާވަނީ މިނިވަންކަމާއެކު ކޮމެންޓެއް ކޮށްލެވޭތީ

The name is already taken The name is available. Register?

ހަސަނުގެ ދަރި

25 September 2018

ހުކުމް ކަނޑައަޅާފަ ތިބި ބަޔަކު އެހާާ ފަސޭހައިން ދުލެއްނުކުރެވޭނެ ތޯއްޗެ ދެންމިމީހުން ދޫކުރުމުގަ އިބޫގެ ދައުރެއް އޮތެކޭ ހިޔެއް ނުވޭ ރައްޔިތުންގެ ދައުރު އޮތީ އެއީ އިބޫއަށް ވޯޓްދީ އިންތިޚާބު ކުރީމަ ދެން ވަކީލުންގެ ދައުރު އެމީހުން ވިއްްޔަ މައްސަލަތައް ކޯޓަށް ވައްދައިގެން އުޅެނީ

The name is already taken The name is available. Register?

އުދުހޭ

25 September 2018

ޔާމީނު ވެރިކަމުގައި ހުރިއިރު މީހުން ހައްޔަރުކުރަމުން ދިޔައީ އިންސާފުންކަމަކަށް ނުދެކެމު. އިންސާފުން ހައްޔަރު ކުރެވުނުނަމަކާ ވެރިކަން ބަދަލުވާއިރަށް ދޫކޮށްލާކަށް ނުޖެހުނީސް. ކޯޓުތަށް މިވަނީ ސިޔާސީވެފަ. މިފަހަރު މިތަޔަން ހަމައަކަށް އަޅުވަންޖެހޭނެ. އެހެންނޫނީ އަނެއްކާވެސް ރައްޔިތުންގެ ދުވަހާ ޖެހުނީމާ ޖެހޭނީ ވެރިކަން ބަދަލުކުރަން!

The name is already taken The name is available. Register?

ދއނ

25 September 2018

ދެން އެ މީހުން ދޫ ކުރާނެ ކަން ޔަގީން ނެތްނު އެމްޑީޕީ ވެރިކަމުގަ. ކޯލިޝަން ރޫޅޭނެ ކަމަށްމި ބަލަނީ މި އަންނަ އަހަރު....މި ހާރުވެސް ޖޭޕީ އާ އަދާލަތު ޕާޓީއާ ދިމާލަށް އެބަ ވަރަށް ހަޅޭލަވާ ޓުވިޓާގަ އެމްޑީޕީގެ ސަޕޯޓަރުން. ހިތާމަހުރި އަދާލަތު ޕާޓީއާ ދިމާލަށް އެއްޗެހި ކިޔާތީ. އަޅުގަނޑުގެ ސިޔާސީ ފިކުރު އަދާލަތު ޕާޓީއާ އިދިކޮޅަކަސް ނުލާހިކު އިޙްތިރާމް ކުރަން އަދާލަތު ޕާޓީ އަށް....

The name is already taken The name is available. Register?

އަހުމަދުބޭ

25 September 2018

އަނިޔާވެރިން އަބަދުވެސް ބޭޒާރުވެއެވެ، ވިސްނާ ފިކުރުކުރާ ބަޔަކަށް މިކަންކަން އިބުރަތަކަށް އަޅެނުވޭހެއްޔެވެ، ޔާމީން އަތުގައި ބާރުއޮތް އިރު މިއެންމެން ތިބެންޖެހުނީ ކުއްވެރިންގެ ގޮތުގައެވެ، އަޑުހަރުކޮށް ގޮވަމުން ދިޔައީ ކުއްކުރީމާ އަދަބު ލިބެންޖެހެއެވެ، ތިމަންނާ ކުރާނެ ކަމެއްނޯންނާނެ ކަމަށެވެ، ތިމަންނާއަކީ ސަރިޔަތަށް އަތްބާނާ މީހެއްނޫންކަމަށެވެ، އެކަމަު މިއަދުވެސް އަދި ވެރިކަމުގައި ހުރީ ޔާމީންއެވެ، ނެތް އެއްޗަކީ އެއްކަލަ ސުޕަރ ޕަވައެވެ، ވިސްނާށެވެ

The name is already taken The name is available. Register?

ޑިމޮކްރަސީ

25 September 2018

ސާބަހޭ އިބޫ ލަސްނުކޮށް އަނިޔާވެރިންނަށް ޙައްްޤު އަދަބު ދީ އިންސާފް ޤާއިމްކޮށްދީ/ މަހޭ ގެ ހިއްވަރަށް ސާބަސް

The name is already taken The name is available. Register?

ވަތުބަތާނަ

25 September 2018

ފަޓާސް ބަރިއެއްތޯ؟

The name is already taken The name is available. Register?

ޙެހެހެހެހެހެ

25 September 2018

ޙަހަހަހަހަހަހަހަހަހަހަހަހަހަ ވ ހެވިއްޖެ

The name is already taken The name is available. Register?

ޒަމީރު

25 September 2018

ޢަދިވެސް ދެ އަތް ބަންދެވިފަތޯ އެމްއެމްޕީއާރުސީ ތަހުގީގު ނިމިއްޖެތޯ އަހާލަންބޭނުން

The name is already taken The name is available. Register?

ކަނަމަނަ

25 September 2018

އޭ އިބޫ. މާރިޔާއާ ދޭތެރޭ ސަމާލު. އައިލެންޑް އޭވިއޭޝަނާ...... މެގަ މޯލްޑިވްސް. އެންމެފަހުން ބަނގުރޫޓްވީ. ވިޔަފާރި ޑީލްތައް ކައިރީ އުޅޭ މީހުންނަށް ނުބަހާތި. އިންވެސްޓަރެއް އައިއްސިއްޔާ އިއުލާން ކޮށްލާ. ހާމަކަމާޢެކު ގެންދާތި. އެހެންނޫނީ އަތައް ގޮވާފާނެ! އިންވެސްޓަރުން އަންނާނެ މިހާރު މާ ގިނައިންވެސް.

The name is already taken The name is available. Register?

ކުރެންދޫ

25 September 2018

އެހެންތަ......!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454