ޕޮލިސް ކޮމިޝަނަރުގެ މަގާމުގެ ލިޔުން، ރައީސް ޔާމީން، ހަމްދޫނާ ދެންމެ ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
01 އޮކްޓޯބަރ 2018 - 12:54
ޕޮލިސް ކޮމިޝަނަރު ކަމަށް ހަމްދޫން ރަޝީދު، ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.
އަދި އެކްޓިން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި މިހާތަނަށް ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ނަވާޒް، އެންވަޔަރުމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި މިހާތަނަށް ހުންނެވި ހަމްދޫނަކީ، މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބާ ގުޅޭ އޮޕަރޭޝަންގައި ފުލުހުންގެ އިސް ކޮމާންޑަރެވެ.
އާ ޕޮލިސް ކޮމިޝަނަރެއް ރައީސް ޔާމީން މި އައްޔަން ކުރެއްވީ، އެމަނިކުފާނުގެ ރިޔާސީ ދައުރު ހަމަވެ، ރައީސް ކަމަށް އަލަށް އިންތިޚާބުވެވަޑައިގެންފައިވާ، އިދިކޮޅު ކޯލިޝަންގެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރައްވަން ދޮޅުމަހެއްހާ ދުވަހަށް ވެފައި ވަނިކޮށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
02 October 2018
މި ރައީސް މިހިރީ ހަމަ ރަގަނޅަށްވެސް މޮޔަވެފަ!
ޢަލިދީދީއައްޑޫސިޓީ
01 October 2018
މާދަމާ ހުރިހާ މިނިސްޓަރުން ބަދަލުކުރީމަ، ދެން ކުރިޔަށް އޮތް 5 އަހަރު ތިބޭނީ އެ މިނިސްޓަރުން ކަމަށް ހީކުރާ ބަޔަކު ވެސް އެބައުޅޭ. ސީޕީ ވެސް އަދި ހޯމް މިނިސްޓަރު ވެސް އަދި އެމިނިސްޓްރީގެ އެހެން ސިޔާސީ މަގާމްތަކަށް ވެސް އާ ސަރުކާރުން ބޭފުޅުން އައްޔަންކުރައްވާނެ! މިކަހަލަ ހަޑި ހޭވީމަ އިތުރަށް ބޭޒާރުވެ ތިމާމެން ކަންކަން ކުރަން ދަންނަވަރު މި އެނގެނީ. ހަމަ ނޭނގެނީ ނޭނގެނީ!!!
އަހުމަދުބޭ
01 October 2018
އަޅެ އަހަރެން ހިތައްއަރާ ހަމްދޫންމެން މިތިބެނީ ކީއްވެފައިބާވައޭ، މިއޮތް ކުޑަދުވަސްކޮޅު ކީއްކުރަން ތިމާގެ މުސްތަގްބަލް ނަގާލަންވީ ފެއިލްވެފައި ހުރިރައީސެއްގެ ބަހައް، މާދަމާ ވެރިކަމަށް އަރާމީހުން އެންމެފުރަތަމަ ނަގައި އެއްލައިލަންވީ ހަމްދޫން، އަޅެމިހުންނަނީ މީހަކު ކިޔައިނުދިނަސް އެގެންޖެހޭނެ ކަންކަންދޯ، މިދުވަސްކޮޅު ޔާމީން ދަމާ ރޯނުގައި ޖެހުމަށްވުރެ ރަގަނޅުވީސް ވަޒީފައިދޫކޮށް ގޭގައި މަޑްކޮއްލުންވެސް..
ރަދީފުލް އައްވަލް
01 October 2018
މަށަށް ހީވަނީ މަނިކުފާނު ސާހަބު ވޯޓުލާން ވަޑައިގަތީ ސިކުނޑި ގޭގަ ބާއްވާފަހެން. މިހާރު އެކަމުގެ ސަކަރާތްގަނޑު ލައިގަނެގެން އެއުޅެނީ.
މަސްބޯ
01 October 2018
ޕިންކީޒްބުލޫ މަހަށް ދިއުމަކީ ހަޑި ކަމަކީތަ.މަހަށް ދާވާހަކަ ތިބުނީ......
ވޮލަންޓިއަރު
01 October 2018
ބަގާވާތަކާވަރަށް ވައްތަރު ، އަދިވެސް މައިތިރި ވާން ނުވޭތޯ؟ ރައްޔިތުން ބޭނުމެއް ނޫނޭ ބުނީމަ
ޢާސިދާ
01 October 2018
ޥވަރައް ރަނގަޅު ބަދަލެއް ދެން މުނާޒު ބޭރުކުރޭ އެއީ ކަމުދާ މީހެއ ނޫންކަމަށް ބުނަނީ
އިލްތިމާސް
01 October 2018
ރައްޔިތުންގެ ނިންމުމައް އިޙްތިރާމް ކުރާނެކަމަށް އުންމީދުކުރަން.. އަދި ފުލުހުންގެ މުއައްސަސާ އަކީ މިނިވަންތަނެއްކަން ހަނދާން ނައްތައި ނުލުމަށް އިލްތިމާސްކުރަން..ޝުކުރިއްޔާ
ޗެލްސީ
01 October 2018
އަދިވެސް ގޮތެއް ދޫކުރާކަށް ނޫޅޭދޭ..
ތިންގްސް
01 October 2018
ނަވާޒް ވަކި ކޮށް ޕޮލިސް ކަމިޝަނަރު ކަން ހަމްދޫނަށް ދިނުން އެއީ މަމެން އުފާކުރާ ކަމެކޭ މަމެން ޔަގީން ކުރަމޭ ދެން ފުލުހުންގެ އިދާރާ ތެރޭން ކޮރަޕްޓް ސިޔާސީ ގޭސް ގަނޑު ނެެރެ އެއްލާލާނެ ކަމަށް އަދި ސިފައިންގެ ތެރެވެސް އެބަޖެހޭ އޯވަރ ހޯލް އެއް ކުރަން ސިފައިންގެ ތެރެވެސް އޮތީ ރަނގަޅަށް ނޫނޭ މަމެން ޕިންކީން ނޭ ދަ ހާކިމާ އިން ނަކީ ދަ ހާކިމާ އިންނަށް ބާރު އޮންނާނެ ސިފަައިންގެ ޗީފްގެ މަގާމަށް ވެސް އެހެން ބެފުޅަކު ހަމަޖެއްސުމުގެ ބާރު ދީސް އާރ ދަ ތިންގްސް