ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އޮކްޓޫބަރު 2، 2018 ގައި ބައްދަލުކުރެއްވުން. -- ފޮޓޯ: އެމްޑީޕީ
02 އޮކްޓޯބަރ 2018 - 15:52
ރައީސް އަބްދުﷲ ޔާމީނާ އެކު ގާނޫނާ ޚިލާފު އެއްވެސް "ޑީލެއް" ނުހައްދަވާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ އިބޫ މިއަދު ވަނީ ބައްދަލު ކުރައްވައިފަ އެވެ. މިއީ، ހަތް މަސްދުވަހު ޖަލުގައި އޮންނެވި މައުމޫން، މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކަފާލާތުން ދޫކޮށްލެއްވުމާ އެކު ދެ ބޭފުޅުން ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
ސިޔާސީ ހަތަރު ލީޑަރުން ހިމެނިވަޑައިގަންނަވާ އިދިކޮޅު ކޯލިޝަނަށް އިންތިޚާބު ކާމިޔާބުކުރެވުނީ ރައީސް މައުމޫންގެ ވެސް މަސައްކަތްޕުޅުން ކަމަށް ވިދާޅުވެ އިބޫ އެކަމަށް ޝުކުރު އަދާކުރެއްވި އެވެ. މައުމޫނާ ބައްދަލުކުރެއްވީ، ރައްޔިތުންނަށްޓަކައި ކުރިއަށް ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަން ކަމަށް ވެސް ވެސް ވިދާޅުވި އެވެ.
މައުމޫނާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، އިބޫ ވަނީ، ރިޔާސީ އިންތިޚާބުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީ ރައީސް އަބްދުﷲ ޔާމީން ގަބޫލުފުޅުކުރެއްވުމަށް ފަހު، ރޭ ކުއްލި ގޮތަކަށް މުޒާހަރާ އަށް ނުކުމެވަޑައިގަތުމުން ފާޑުވިދާޅުވެފަ އެވެ.
ޕީޕީއެމުން ބޭއްވި މުޒާހަރާގައި، ރައީސް ޔާމީން ތުހުމަތުކުރެއްވި ގޮތުގައި އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ 96،000 ވޯޓެއް ނޫނެވެ. އިންތިޚާބުގައި އޮޅުވާލުންތަކެއް ހިމެނޭ ކަމަށް ވެސް ރައީސް ޔާމީން ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
ރައީސް ޔާމީންގެ ބޭނުންފުޅަކީ މުޒާހަރާކުރައްވައިގެން، އެމަނިކުފާނަށް ތުހުމަތުކުރާ ގާނޫނާ ޚިލާފު ކަންކަމުން ރެކިވަޑައިގަނެ ނުވަތަ "ޑީލެއްގެ" ދަށުން ނަމަވެސް އިންސާފާ ކުރިމަތި ނުލެއްވޭނެ ގޮތެއް ހޯއްދެވުން ކަމަށް އިދިކޮޅުން ތުހުމަތުކުރާ ކަމަށާއި އެފަދަ ކަމަކަށް ޖާގަ ދެއްވާނަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން އިބޫ ވިދާޅުވީ "ގާނޫނީ އިމުން ބޭރުގައި އެއްވެސް ކަމެއް ނުކުރައްވާނަން" ކަމަށެވެ.
ރައީސް ޔާމީނާއި އިބޫ: ގާނޫނީ އިމުން ބޭރުގައި އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް އެމަނިކުފާނު މިއަދު ވެސް ވިދާޅުވި.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއްވެސް މީހަކު ގާނޫނާ ޚިލާފު އަމަލެއް ހިންގައި މައްސަލައެއް ނުވަތަ ޝަކުވާއެއް ހުށަހަޅާފައި އޮވެއްޖެ ނަމަ އެކަން މުއައްސަސާތަކުން ބަލަން ޖެހޭނެ އެވެ. ވަކި މީހަކީ ގާނޫނު ނުހިނގާ ނުވަތަ އިސްތިސްނާކުރެވޭނެ މީހެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިތިބީއަކީ އެ ކަހަލަ ޑީލަކަށް ދާކަށެއް ނޫން. އަޅުގަނޑުމެންގެ ކުރިމަތީގައި އޮންނާނީ ގާނޫނުއަސާސީ އާއި ގާނޫނުތައް. ދެން އޮތީ ރައްޔިތުންގެ ނިންމުން. އެއާއެކީގައި ކުރިއަށް ދާނީ. އެއްވެސް ހާލެއްގައި ޑީލެއް ހަދައިގެން މިކަން ހައްލުކުރާކަށް ނޫން އަޅުގަނޑުމެން މިތިބީ،" އިބޫ ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅަށް ތާއީދު ކުރައްވައި މައުމޫން ވެސް ވިދާޅުވީ ކޯލިޝަން ސަރުކާރު ދެމިއޮންނާނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށެވެ. އެންމެ މަސްލަހަތު ހުރި ގޮތަކީ ރައްޔިތުންގެ ނިންމުން ގަބޫލުކުރައްވައި، ރައީސް ޔާމީން ފަހަތަށް ޖެހިވަޑައިގަތުން ކަމަށް މައުމޫން ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އޮކްޓޫބަރު 2، 2018 ގައި ބައްދަލުކުރެއްވުން. -- ފޮޓޯ: އެމްޑީޕީ
އެމަނިކުފާނު ވިދާޅުވީ އިންތިޚާބުގައި ރައްޔިތުން ގޮތެއް ނިންމުމުން، އެއާ ދެކޮޅު ހެއްދެވުމަކީ ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫން ކަމަށެވެ.
ޕީޕީއެމުން ތުހުމަތުކުރަނީ، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އިސްވެ ހުންނަވައިގެން އެ ކޮމިޝަނުން ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލާފައިވާ ކަމަށެވެ. އެކަމަކު އެ ތުހުމަތު ކޮމިޝަނުގެ މެމްބަރުން ދޮގުކުރައްވަ އެވެ.
ރައީސް ޔާމީން ވެސް ވިދާޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރާފައިވާކަން އީސީގެ ޝަރީފް މީހަކާ ދެއްކެވި ވާހަކަތަކެއް ހިމެނޭ، އާއްމުވި އޯޑިއޯއިން އެނގޭ ކަމަށެވެ. އެހެންވެ އެއަށް ޖަވާބުދާރީ ވުމަށް ރައީސް ޔާމީން ގޮވައިލެއްވި އެވެ. އަދި، އެ ބޭފުޅުން ޖަވާބުދާރީ ކުރުވަން އެ ކޮމިޝަނަށް ވެސް ޕީޕީއެމްގެ އިސް ބޭފުޅުން ވަޑައިގަންނަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންބީފާނު
03 October 2018
އެއީ ތެދެއް. ޝަރީފް ސަރ އާއެކު އެބުނާ ވައްތަރު ޑީލެއް އެންމެ ފަހުން ހެދީ. ދެން ހަދަން ޖެހޭނީ ކޮންމެސް އެހެން ބަޔަކާ. ހީވަނީ ސޭޓުގެ "އިންސާފު" ގްރޫޕާހެން. ރައީސާއެކީ ގާނޫނާ ޚިލާފް ޑީލެއް ނެހެދޭނެ. އެފަކީރަށްވެސް އެވަރު އެނގެއޭ.
ބަޑިތަކުރު
03 October 2018
އެހެންވީމާ އަދި ހާމަނުކޮށް އޮތީ ޑީލެއްގެ ވާހަކަތާއެވެ. އަނެއްކާ ތިމަންނާ ކުރީ ޚުދްމުޚްތާރު ވެރިކަމެއް ނަމަވެސް އިބޫ އަންނަނީ ޑިމޮކްރެޓިކް ވެރިކަމެއް ކުރަންކަމަށްވާތީ ޑިމޮކްރަސީއެއް ފުރިހަމަވާނީ އިދިކޮޅު ފަރާތެއް އޮވެގެންކަމަށްވާތީ ތިމަންނާގެ ބާރުގެ ދަށުގައި މިހާރުއޮތް ޕީޕީއެމް އެގޮތަށް އޮތަދޭށޭ ބުނީކީ ނޫންބާވައެވެ. ނޫނީ ގައުމު ދަރުވާފަވެސް ކުރިކަންކަމުގެ ބަދަލުގައި ނަސަންދުރައާއި އެންމެ މަތީ ރައްކާތެރިކަމާއި ޢިނާޔަތް ފޯރުކޮށްދޭން އެދުނީބާވައެވެ.
ހޮޓްކިންގ
03 October 2018
އިބޫއެވެ. މައުމޫނަކީ ތިހެން އުރާ ބައްދާ ހަދައިގެން ގެންގުޅެން ހެޔޮވާ ވަރު މީހެއް ނޫނެވެ. ތިމާއާއި ލޭގެ ގުޅުން އޮތް ޔާމީނު ވެރިކަން ކުރަންވެސް އޭނާ ފުރުސަތު ނުދިން.
ތަޢާރަފް
02 October 2018
ސާބަހޭ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހައްގު ފާޅުވެއްޖެ ބާޠިލް ނެތިހިނގައްޖެ ރާއްޖެއަށް ވެރިވެފަވާ އަނދިރިކަން ފިލާދަނީ ﷲ އަކްބަރު
ށިނއގަ
02 October 2018
ޔާމިން ހޫފުޅު ނުކުރައްވާތި ތިގެން ގުޅޭ ކުދިންކޮޅު ގަވައިންގެން މަގުމަތީ ތިބެވިދާނެކަމަ. ޢިދުކޮޅު ޒިމްމާދާރު ޕާޓީ އެކޭ ކިޔޭވަރައްވުރެވެސް މާ ހުދުމުހުތާރުކޮ ވެރިކަން ކުރެވެފަ ހުޜީ.
ފޮނިޓައްޕު ހަސަނު
02 October 2018
ސާބަހޭ އިބޫ. މިވީތަނަށް ތި ޔާމީނާ ވައިއެޅުނު މީހަކުވެސް ސަޅާމަތްވެފަ ނެތް.
ާއިންޑިއާއިން
02 October 2018
ޢމްޑީޕީ 50000 ޖުމުހޫރީ 25000 އަދާލަތު 10000 މައުމޫން 25000 = 110000. . ؟30000؟ ޢީސީން ބުނަނީ ރަނގަޅަށޭ ދިޔައީ . ދެން ގަބޫލް ކުރަންޖެހޭނީ
އެނގޭ
03 October 2018
30 ހާސް އެއީ މަކަހަލަ ޕާޓީއެއްގައި ނޫޅޭ މީހުން.
ށަން
02 October 2018
ޔާމިންއައް މާ ރަގަޅުވިސް ނަސީދުއާ ވާދަކޮއް ބަލިވިނަމަ. ޢެބޭފުޅާ ހިތް ތިރިވާނެ. ޢިބޫ މިހިރީކީ ދޫދޭ ގޮތަކައްނޫން.
އުނބުށެން
03 October 2018
ނަސީބެއްނު. އެހެން ނުވީކަން. ހިތްތިރިކަމުން ދޫދިނީމައެއްނު މި 5 އަހަރު ގެ ގިލަންވެރިކަން ތަހައްމަލުކުރަން އަހަރެމެންނަށް މިޖެހުނީ. އެންމެ ހިތްވަރުގަދަކަމަކީ އަނިޔާވެރިކަމުގެ ކުރިމަތީގައި އިސްޖަހާ ނުލުމެވެ. އިބޫއާއި އަނިޔާވެރިކަން ބަރުދާސްތުކޮށްގެންވެސް ހިތްވަރު ދޫކޮށްނުލާ ދެމިތިބި ފަހުލަވާނުންނަށް އައްސަރިބަހާއި ސާބަހެވެ.
ވަތަނޭ
02 October 2018
އިންތިހާބީ ރައީސް އިބޫ އަދި މީޑިއާގަ އަޅުގަނޑު ހިތްނުތަނަވަސް ވާފަދަ އެއްވެސް ވާހަކަ ދައްކައި ފައެއް ނެތް.. ވަރަށް ދުރު ވިސްނޭ އިހްލާސްތެރި ބޭފުޅެއްގެ ސިފަ ފެންނަމުން ދަނީ... ތިގޮތުގައި ދެމި ހުންނާނެކަމަށް އުންމީދު ކުރަން...
ބޯކޮށާކަލޯ
02 October 2018
ބަލަ އެއްޗެއް ބުނެވޭނީ ވާހަކަ ދެއްކިގެނެއްނޫން! ވާހަކަ ދައްކަން ފުރަތަމައެމީހާ މިނިވަނަކަށް ވާން ޖެހޭ!
ބަޑިތަކުރު
03 October 2018
ބޯކޮށާ ކަލޯއެވެ. ވާހަކަ ދެއްކޭ މީހުންނަކީ ސޯޝަލް މީޑިޔާގައި ކޮންމެސް ބަޔަކު ލައްވާ ދޮގުވާހަކަ ފަތުރުވާފައި އޭގެ ވާހަކަ އެއަށްވުރެ އިތުރަށް ގޯސްކޮށް އެއީ ތެދެއްކަން ދައްކަން ވާހަކަ ދައްކައި މީހުންގެ ބޯކާން މަސައްކަތްކުރާ މީހުން ބާވައެވެ.
ހެހެހެހެހެ
02 October 2018
މައުމޫނު ކަށްވަޅަ ދާއިރު ވެރިކަން ގެންދެވޭނެބާ؟ ބޫތުކާފަ.
ގުރައިދޫ
03 October 2018
ޔާމިނަށް ގެންދެވޭ ގޮތް އޮތީތަ ފޮނުއަރުވާފަ އެ އުޅެނީ