މިދިޔަ ހޮނިހިރު ދުވަހު އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގައި، އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ސޮލާހު ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރައްވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
02 އޮކްޓޯބަރ 2018 - 18:33
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަހުމާން ސޮލާހަށް ރޭ މަރުގެ އިންޒާރު ދީފި އެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބަށް ފަހު، ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި އީސީގެ އިސް ބޭފުޅަކަށް މަރުގެ އިންޒާރު ދީފައި ވަނީ މޫނު ނިވާކޮށްގެން ތިބި ތިން ފިރިހެނެއް ކަމަށް ވެ އެވެ.
އީސީން މިހާރު ވަނީ އެ މައްސަލަ ފުލުސް އޮފީހަށް ވެސް ހުށަހަޅައިފަ އެވެ.
އިންތިޚާބުގެ ދާއިމީ ނަތީޖާ އީސީގެ ފަރާތުން މިދިޔަ ހޮނިހިރު ދުވަހު އިއުލާން ކުރެއްވި ސޮލާހް "މިހާރު" އަށް ވިދާޅުވީ، އޭނާ އަށް އިންޒާރު ދިނީ އެކަނި ގެއަށް ވަޑައިގެންނެވި މަގުމަތީގައި ކަމަށެވެ. ދާއިމީ ނަތީޖާ އިއުލާން ކުރި ފަހުން ވެސް އޭނާ އަށް އިންޒާރުގެ ތަފާތު މެސެޖުތައް ލިބެމުން ދިޔަ ކަމަށް ސޮލާހް ވިދާޅުވި އެވެ.
"ވޯޓު ކަރުދާސް ހުންނަ ތަނާއި މެމްބަރުންގެ ގެތަކުގެ މައުލޫމާތު އެހީ. ދެން އަލުން އިންތިޚާބެއް ބާއްވާނެތޯ، އީސީން އަލުން އިންތިޚާބު ބާއްވައިފިއްޔާ ފުރާނައަށް ގެއްލުންވާނެއޭ ބުނީ،" ސޮލާހު ވިދާޅުވި އެވެ.
އީސީން އާއްމުކޮށްފައިވާ ދާއިމީ ނަތީޖާގައިވާ ގޮތުން އިންތިޚާބުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ. ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވައި ބޮޑު ނާކާމިޔާބީއެއް ލިބިވަޑައިގެންނެވި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ.
މި ނަތީޖާއާ އެކު ރައްޔިތުންގެ ވޯޓުން އެމަނިކުފާނު ބަލިވެއްޖެ ކަން ގަބޫލުކުރައްވައި، ރައީސް ޔާމީން އިބޫ އަށް މަރުހަބާ ވެސް ވިދާޅުވި އެވެ. އެކަމަކު، އޭގެ ހަފުތާއެއްހާ ދުވަސް އީސީގެ މެމްބަރުންނަށް ބޮޑެތި ތުހުމަތުތަކަކާ އެކު ނަތީޖާ ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ ރޭ ވަނީ މުޒާހަރާ އަށް ނުކުމެވަޑައިގެންފަ އެވެ. އިންތިޚާބު އޮޅުވާލީ ކަމަށް ތުހުމަތު ކުރައްވައި އެ މައްސަލައިގައި އީސީ ޖަވާބުދާރީވަންދެން ޕީޕީއެމުން އަޑުއުފުލާނެ ކަމަށް ވެސް ރައީސް ޔާމީން ރޭ ވަނީ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙުއްމާ
03 October 2018
ދަރުބާރުފެކްޝަންގެ ކުލަ މިދަނީ ވަރަށް ރީއްޗަށް ފެއްނަމުން.
އަލްޖިބްރާ
03 October 2018
މިހާރު އެންމެނަށްވެސް އެގޭނެ މީހުންނަށް މަރުގެ އިންޒާރު ދީ މީހުންވުޖޫދުން ގެއްލުވާލަނީ ކާކުކަން ! ކޮންބައެއްކަން !
ހަބޭސް
02 October 2018
މިވެސް ރައިސް ޔާމީނުގެ ކަމެއްބާ ނޫންނަން އެމްޑީޕީ ކުދިންގެ ބަހުންނަމަ ރައިސްޔާމީން އެހިންގެވި މަގުން އިބޫވެސް ހިގަން ފެށީތަ
މައިސަން
02 October 2018
ކަމުން ރެކެންވީމަ ކޮންމެފަދަ ދޮގެއްވެސް ހަދާފާނެ ޝަރީފް ވިދާޅުވިހެން ޑިނައިކޮށްލާ!
ލަންޑަން ބޯއި
02 October 2018
ސްޓޭޓް ސްޕޮންސާރޑް ދޮގެއްތޯ؟
އިބްޝާ
02 October 2018
ތި ކިޔާލީމަ ވަރަށް ސާފް ، ބަޔަކު ރާވައިގެން ކޯލިޝަނުގެ ބޮލުގަ އިލްޒާމެއްއަޅުވާ ، ރޭ ޕީޕީއެމްއަށް ނިސްބަތްވާ މީސްކޮޅެއް ހޭވި މުޑުދާރު އަމަލު ދިފާއުކުރަން ކުރިކަމެއްކަން ..
ޒިންދަގީ
02 October 2018
މޑޕއަށް ފުއާދު ތައުފީގު ރަގަޅީއްޔާ، ޕޕމއަށް ޝަރީފުވެސް ރަގަޅުވާނެ.. ނިހާނު.. މޑޕއަށް އަދިވެސް ފުއާދު އޯކޭ.. ވަރަށް ވެދުން.
ގަރުދިޔަބޯ
03 October 2018
މިއުޅެނީ މީހަކުގޯސްތޯ ބަލާކަށްނޫން. ބަޔަކުމީހުން ހަޑިހާވާތީ. ބަލިގަބޫލިކޮށްފިންކަމަށް ޓީވީގަ ބުނެފަ ޕާޓީގެ ރައީސަށް ހޮވިފާ ގަރާރުތައް ފާސްކުރީ އިދިކޮޅުޕާޓިކަމަށް ބުނެފަ ދެން އަނެއްކާވެސް މުޒާހަރާކޮށްފާ އޭގެތެރޭގައިވެސް ހުންނަވާ ރައީސް ވިދާޅުވީ ނަތީޖާ ގަބޫލުނުކުރަނީކީ ނޫންކަމަށް...ދެނޯ؟
ޔާސް
02 October 2018
އިންޒާރުދިން މީހުން ހޯދާ ހައްޔަރުކުރެވޭނެ ފުލުހުން ބޭނުމިއްޔާ. މުޅި ރަށުގަ ހުސް ސީސީޓީވީ ކެމެރާތަށް. މިސަރުކާރު އަދިވެސް ފުލުހުންނަށް އަމުރުކުރަނީ. ހޯދާފަ ހައްޔަރުކުރޭ އެމީހުން.
ސަމީރު
02 October 2018
ބޮޑު ގޯހެއް
ރަދީފް
02 October 2018
މިފަދަ ހަޑިމުޑުދާރުކޮށްތިބެ ދައުލަތުގެ އިންސްޓްޓިއުޝަންތަކުގެ ވެރިންނަށް އިންޒާރުދިނުން ހަރުކަށި އިބާރާތުން ކުއްވެރިކުރަން.ވަރަށް ފިނޑިއަމަލެއް އެބުނާ 03 މީހުން އެހިންގީ.ތަންކޮޅެއް ސިވިލައިޒްވުމަށް ނަސޭހަތްތެރިވަން.ވ.ވެދުން