މަރަން ހުކުމްކޮށްފައިވާ އީރާނުގެ ބިލިއަނަރު ޒަންޖާނީ މާޗު 6، 2016 ގައި ތެހެރާނުގެ ކޯޓަކުން ނެރެގެން ގެންދަނީ. --ފޮޓޯ:އޭއެފްޕީ
10 އޯގަސްޓް 2016 - 12:48
ތެހެރާން (އޮގަސްޓް 10) - ކޮރަޕްޝަނުގެ ކުށުގައި މަރަން ހުކުމްކޮށްފައި ހުރި އީރާނުގެ ބިލިއަނަރު ބަބާކު ޒަންޖާނީގެ މުދާތައް ނީލަން ކިޔަން އީރާނުން ނިންމައިފި އެވެ.
އީރާނުގެ ޝަރުއީ ދާއިރާއާ ގުޅުން އޮންނަ ނޫހެއް ކަމަށްވާ މީޒާން އޮންލައިނުން ބުނީ ޒަންޖާނީގެ ލަގްޒަރީ ވިލާތަކާއި އެޕާޓްމަންޓްތަކާއި ފިހާރަތައް އަދި އެހެން މުދާތައް ވިއްކާލާނެ ކަމަށެވެ. ޒަންޖާނީގެ މުދާތައް ގަންނަން ބޭނުންވާ ފަރާތްތަކުން ބަންދުކޮށްފައިވާ ސިޓީ އުރައިގައި މި މަހު 20 ވަނަ ދުވަހުގެ ކުރިން އަގު ހުށަހެޅުމަށް ވަނީ ފުރުސަތު ދީފަ އެވެ.
ދިގު ދެމިގެން ދިޔަ ޝަރީއަތަކަށް ފަހު ޒަންޖާނީ، 41، މަރަން ހުކުމްކުރީ މާޗު މަހު އެވެ. ސަރުކާރުގެ ފައިސާ އިން ކޮރަޕްޝަން ހިންގައިގެން އޭނާ 2.8 ބިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އީރާނުން ބުންޏެވެ. ޒަންޖާނީގެ ކޮރަޕްޝަން ފަޅާ އެރީ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން އީރާނުގެ ބޭންކުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެންނެވެ. އީރާނުގެ ތެޔޮ ބައިނަލްއަގުވާމީ މާކެޓަށް ވިއްކައިގެން ލިބޭ ފައިސާގެ ބޮޑު ބައެއް ޒަންޖާނީ ވަނީ ނަގައިފަ އެވެ. ޒަންޖާނީ ވެސް ވަނީ ޔޫއޭއީ، ތުރުކީ އަދި މެލޭޝިއާގެ ކުންފުނިތަކަށް އީރާނުގެ ތެޔޮ ވިއްކައިގެން އެތައް ބިލިއަން ޑޮލަރަށް ހޯދާފައިވާ ކަމަށް އެއްބަސްވެފަ އެވެ. އޭނާ ބުނެފައި ވަނީ އެކަންކުރީ ކުރީގެ ރައީސް މަހްމޫދު އަހުމަދީނިޖާދުގެ ރުހުމާ އެކު ކަމަށެވެ.
މިހާރުގެ ރައީސް ހަސަން ރޫހާނީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ތިން މަސް ތެރޭ، ޑިސެމްބަރު 2013 ގައި ޒަންޖާނީ ވަނީ ހައްޔަރުކޮށްފަ އެވެ. ރޫހާނީ ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ފައްޓަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުދުހުދު
11 August 2016
މިރާއްޖޭގައިވެސް ތެޔޮ ޑީލްތަކުން އެތައްމިލިއަނެއް ހޯދާ މީހެއްގެ ވާހަކަ އަޑުއަހަން.. އެމީހާއަށް މިފަދަ ގޮތެއް ވާދުވަހަކުން ވަރަށް އުފާވާނެ..
ހުސެން
10 August 2016
ރާއްޖޭގަ ނަމަ ފައިސާނެގި ވާހަކަ ބުނާ ކޮންމެ މީހަކަު (2000000ރ) 2 މިލިޔަނުން ޖޫރިމަނާ.
މެންޓަލިސްޓް
10 August 2016
ތިޔަހުކުމް ރާއްޖޭގައި އެމް.އެމް.ޕީއާރްސީގެ މައްސަލާގައި ކޮއްފިއްޔާމުން ހާދަބަޔަކަށް މަރުގެ ހުކުމް އަންނާނެދޯ ؟ އެފައިސާއިން ބޭނުންކުރި ފުލުހުންނާއ ސިފައިންނާއި މަޖިލިސް މެންބަރުންނާއި ކެބިނެޓްގެ އެންމެންވެސް ބެދޭނެތާ !!!
ހުކުރުބޭ
10 August 2016
އަބުރަށް ނާރާވޭތޯ ބައްލަވާތި ކޮންމެވެސް
ތުއްތޮންބެ
10 August 2016
ހައްގުނޫން ގޮތުގައި މުދާ ހޯދާ ފަރާތަތަކާމެދު ރާއްޖޭގައިވެސް ތިޔަފަދަ ފިޔަވަޅުއެޅޭތަން ދެކެން ބޭނުން. ކޮރަޕްޝަނާހެދި މުޅި ގައުމު މިވަނީ ފަސާދަވެފަ.
ތުއްތޮންބެދައްތަ
10 August 2016
ތުއްތޮންބެ އަނެއްކާ މިޔަދު އެހެންލަވަޔެއް ކިޔަނީ އުތަ. ބަލަ މަރުގެ އަދަބު ދޭކަށް ނުވާނެއްނު ފައިސާގެ މައްސަލައެއްގަ އަމުދުން.
ތުއްތޮންބެގެފެންފޯއް
10 August 2016
ފިޔަވަޅު އަޅަންޖެހޭނީ އިންސާފުވެރި މާހައުލެއް އޮތް ތަނެއްގަ ދެއްތޯ؟