ޚަބަރު / ހުޅުމާލެ

ސީލައިފަށް ދެއްކި ފައިސާ އަނބުރާ ހޯދަން ސުނާނާ ހިލޭ ވަކާލާތު ކޮށްދެއްވަނީ

ހުޅުމާލޭގެ މަގެއް މަތި؛.-- މިހާރު ފޮޓޯ

ހުޅުމާލޭގައި ސީލައިފް ގްލޯބަލް އިން އިމާރާތް ކުރަން ބުނި އެޕާޓްމެންޓްތައް ގަތުމަށް ދެއްކި ފައިސާ އަނބުރާ ދީފައި ނުވާތީ، ރިފަންޑު ހޯދުމަށްޓަކައި އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަން ބޭނުންވާ މީހުންނަށް ހިލޭ ވަކާލާތު ކޮށްދިނުމަށް އެޓާނީ ޖެނެރަލް އޮފީހުގެ ކުރީގެ ސީނިއާ ވަކީލެއް ކަމަށްވާ މަރިޔަމް ސުނާނާ ނިންމަވައިފި އެވެ.

ސީލައިފުން އިމާރާތް ކުރަން ބުނި ފްލެޓްތަކުގެ ތެރެއިން އެއް ތަން ގަތުމަށް ފައިސާ ދެއްކި މީހުންގެ ތެރޭގައި ވެސް ހިމެނޭ ސުނާނާ މިއަދު ވިދާޅުވީ، އެ ކުންފުނީގެ އޮފީސް ބަންދު ކޮށްފައިވުމާއި އެ ތަނުގެ ޑިރެކްޓަރުންގެ ފަރާތުން އެއްވެސް ޖަވާބެއް މިހާތަނަށް ލިބިފައި ނުވާތީ، ރިފަންޑު ހޯދުމަށް އެދި ފުލުހުންނަށާއި ސިވިލް ކޯޓަށް ހުށަހަޅާ މައްސަލާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެޑްވާންސް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން ރިފަންޑް ނުލިބިވާ މީހުންނަށް، އެ މައްސަލައިގައި ސުނާނާ ވަކާލާތުކޮށް ދެއްވާނީ ހިލެ އެވެ. ސީލައިފް ގްލޯބަލްއާ ދެކޮޅަށް އަންނަ އާދިއްތަ ދުވަހު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށް ސުނާނާ ނިންމަވާފައިވާއިރު، މިހާތަނަށް 55 މީހަކު ވަނީ އެކަމަށް އެދި ލިޔުންތައް ހުށަހަޅާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެޕާޓްމަންޓު ގަތުމަށްޓަކައި ސީލައިފަށް ފައިސާ ދެއްކި ކަމުގެ ރަސީދާއި އައިޑީ ކާޑުގެ ކޮޕީގެ އިތުރުން ރިފަންޑު ހޯދަން އެދި ލިޔެފައިވާ ސިޓީ މާދަމާގެ ނިޔަލަށް ފޮނުވައި ދިނުމަށް ސުނާނާ އެދިވަޑައިގަންނަވަ އެވެ. އެ ލިޔުންތައް ފޮނުވަން ޖެހޭ އީމެއިލް އެޑްރެހަކީ [email protected] އެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސަރުކާރުން ސީލައިފްއާ ހަވާލުކުރީ މީގެ ތިން އަހަރު ކުރިންނެވެ. އެޕާޓްމަންޓްތައް ނިންމާނެ އެކިއެކި ތާރީޚުތައް އިއުލާން ކުރި ނަމަވެސް މިހާތަނަށް އެޕްރޮޖެކްޓްގެ މާ ބޮޑު މަސައްކަތެއް ކޮށްފައެއް އެވެ.

މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 300 އެޕާޓްމަންޓް ގަންނަން 280 މީހުން ވަނީ ބުކިން ފީ ދައްކައިފަ އެވެ. އެގޮތުން ކޮންމެ މީހެއްގެ އަތުން 50،000 ރުފިޔާގެ ފީއެއް ނަގާފައިވެ އެވެ. އެ ފައިސާ ދައްކާފައި ވަނީ އެ މީހަކު ބޭނުން ވެއްޖެ އިރެއްގައި އަނބުރާ ނެގޭ ގޮތަށެވެ.

Mas dhuvas thereygai Refund dheynan: SeaLife

Mas dhuvas thereygai Refund dheynan: SeaLife

The most trusted news source in the Maldives

Mihaaru

އޮގަސްޓް މަހުގެ ނިޔަލަށް ފައިސާ ދޭނެ ކަމަށް ކުރިން ބުނުން--

އެ މަސައްކަތް ނުފެށި ލަސްވާތީ ގިނަ ބަޔަކު ދަނީ ފައިސާ ހޯދުމަށް އެދެމުންނެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް ރިފަންޑް ނުލިބުމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އަންމަޓީ) ކުރިން ވިދާޅުވެފައި ވަނީ ރިފަންޑް ހޯދަން އެދުނު މީހުންގެ ތެރެއިން ގިނަ ބަޔަކަށް ފައިސާދީ ނިންމާފައިވާ ކަމަށެވެ. ފައިސާ ނުދެވި ވަނީ 47 މީހަކަށް ކަމަށާއި އެ ފައިސާ މިދިޔަ އޮގަސްޓު މަހުގެ ކުރިން ދޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އެކަމަކު، އެ ފައިސާ އަދިވެސް ނުލިބޭ މީހުން ގިނަ އެވެ.

ރާއްޖޭގެ ކުންފުންޏަކާއި ދުބާއީގެ ދެ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ސީލައިފަށް އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ އަންނަ އަހަރު ނިންމާ ގޮތަށެވެ. އެ ތަނުގައި ފްލެޓްތައް އަޅަނީ ތިން ބްލޮކަކަށް ބަހާލައިގެން، ބްލޮކެއްގައި 1،000 އެޕާޓްމެންޓްމެންޓް ހިމެނޭ ގޮތަށެވެ. އަންމަޓީ ވިދާޅުވެފައި ވަނީ އޭގެ ތެރެއިން އަންނަ އަހަރުގެ ނިޔަލަށް ނިންމަންޖެހެނީ 270 އެޕާޓްމަންޓް ކަމަށާއި ލޯން ހަމަޖެހި މަސައްކަތް ފެށުމުން އެ ތާރީޚަށް އެޕާޓްމަންޓްތައް ނިންމައިލެވޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ޕްރޮޖެކްޓްގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރެވިފައެއްނުވެ އެވެ.

14 ކޮމެންޓް, 51 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 2%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަން އައިޑް ޖައުފަރް

13 October 2018

ސުނާނާ އަކީ އަމިއްލަ އެދުމެ ނެތި ކަމެއް ނުކުރާ ކުއްޖޭކޭ އެއްމެން ވެސް ބުނޭ. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ

The name is already taken The name is available. Register?

ވާސިފު

13 October 2018

ސީލައިފަށް އެތައް ސަތޭކަ ރައްޔިތުންނެއް ވަނީ ފައިސާ ދައްކާފަ، އަދި އެހުރިހާ ރައްޔިތުންނަށް ސީލައިފުން ވަނީ ލަނޑު ދީފަ އެހެންވީމަ އެރައްޔިތުން ކޯޓަށް ގޮސް އެ ލާރިތައް ހޯދަން ގަނަ ތެޅެމުން ދާ މިދަނޑިވަޅުގައި އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން މިކަމުގައި ޙައްޤު ގެއްލިފައިވާ ރައްޔިތުންގެ ޙައްޤު އަނބުރާ ހޯއްދަވައިދެއްވާނެ ކަމުގެ އިޝާރާތެއް (ގުޅީފަޅު ފުޅެޓުތައްގޮތަށް ) ކުރައްވައިފިނަމަ ނަމަ އެފަރާތްތަކަށް ވަރަށް ބޮޑު އުންމީދެއް ލިބިގެންދާނެއެވެ.

The name is already taken The name is available. Register?

ހައްހައްހައް

13 October 2018

ތީ އޭޖީގެ މަގާމަށް މަރުފަލި ޖަހާ މީހެއްހެން ހާދަ ހީވެއޭ. ނުލިބޭނެ ކަލެއަކަށް. ތެޅިތެޅި ހުރޭ.

The name is already taken The name is available. Register?

ހައްހައްހަަ

13 October 2018

ކޮން ފަދަ ނުބައި މީހެއް ތީ. ޝުނާނާ އެޔޮށް ބުރަ މަސައްކަތް ހިލޭ ސާބަހަށް ކޮށްދޭތީވެސް ކަލޭގެ ނުބައި ދުލުން އެއްޗެހި ތި ގޮވަނީ. މަގާމު އޭނާ ބޭނުންނަމަ، ހުންނާނީ ބުނިހާ ގޮތެއް ހަދައިން އޭޖީ އޮފީހުގަ ބޮޑު މަގާމުގަ. ބޮޑު މަގާމުން އިސްތިއުނާ ޝުނާނާ އިސްތިއުފާ ދިނީ ނުބައި ކަންކަމުގަ ބައިވެރި ނުވާން. ޝީ އިޒް ގްރޭޓް

The name is already taken The name is available. Register?

އާރީ

12 October 2018

އައްމަޓީމެން ލަދުކޮބާ. ރަށްއިތުންނަށް ކިހާބޮނޑް އަނިޔާއެއް ތިދިނީ ކިހާފައިސާއެއް ނަގާގެން ފިލާގެން ތިޔައުޅެނި. މިކަހަލަ މީހުން ހަންޔަރުކުރާކަން މި ފޮލިހުންވެސް ނޫޅޭނެ

The name is already taken The name is available. Register?

އަމިއްލަ އެދުން

12 October 2018

އަމިއްލަ އަށް ގަންނަން އުޅުނު ފްލެޓު ނުލިބުނީމަ ވަރަށް ފޯރި އެބަހުއްޓެއްނު. އާދައިގެ ރައްޔިތުންނަށް ގެއްލުމެއް ދޭއިރު ވިސްނާނުލާ އެމީހުން އުޅޭ ހާލެއް.

The name is already taken The name is available. Register?

އަހަންމަދޭ

13 October 2018

އެއީ ދޯ މިވީ ގޮތަކީ. މަހީކުރީ މާ މާތް މީހެއް ކަމަށް. އެހެން ނޫން މިވީ. އަމިއްލަ ބޭނުމަކަށްޓަކައި އޭގެ ތެރޭ ބަޔަކު އެހެން ބަޔަކު ޝާމިލު ކުރެވުނީމަ ބާރުގަދަވާނެތީ އުޅޭ ފާޑެއްތާ. ކޮންމެ މީހެއްގެ ހާލަތު.

The name is already taken The name is available. Register?

މުމިނެ

13 October 2018

އާދައިގެ ރައްޔަތުން ލައިގެނޭ އެކިން އެ ކުރަނީ.

The name is already taken The name is available. Register?

ޅިޔަނާ

12 October 2018

ފުރުސަތުގެ ބޭނުން ހިފައިގެން މަޝްހޫރުވަނީ

The name is already taken The name is available. Register?

ާއައިސާ

12 October 2018

އެގޮތަށްވިޔަސް ކަލެއަށް ކެރޭނެބާ މީހަކަށް ހެޔޮކަމެއް ކޮށްދޭން؟

The name is already taken The name is available. Register?

ތޯރިގް

12 October 2018

ހެޔޮ ކަމެއް ކޮށްދޭން މީހުން ނުނިކުންނާނީ ތި ކަހަލަ ނުބައި ކޮށް ދެކޭ މީހުންނާ ހެދީ. ޝުނާނާއަކީ މި ނޫނަސް އެތައް މައްސަލައެއްގައި ފަގީރު މީހުންނަށް އެހީވެފައިވާ ކަނބަލެއް. އަހަރެން ވަޒީފާއިން ވަކިކުރި މައްސަލަގަވެސް ހިލޭ ސަބާހަށް އެހީތެރިވި. މުޅި އާއިލާއިން ޝުނާނާއަށް އަބަދުވެސް ޝުކުރުވެރިވާނަން. ޝުނާނާއަށް އެވާރޑެއްވެސް ހައްްްގު.

The name is already taken The name is available. Register?

މުނާކޯ

12 October 2018

އަހަރުމެންނާ އެކީ ސުނާ ވޯކު ކުރީ. އަމިއްލަ އެދުމަށް ނޫނީ ކަމެއް ނުކުރޭ.

The name is already taken The name is available. Register?

ސޖސޖ

13 October 2018

ހެޔޮ ކަމެއް ނުކޮށް މަޑު ތިބޭނަމަ، ނުބައި މީހުން އަދި ފިނޑިން. ހެޔޮ ކަމެއް ކޮށްދޭން ނުކުތީމަ މަޝްހޫރުވަން ކަމަށް ބުނެ ބޭޒަރުކުރުން. ލަދެއް ނުގަނޭތަ. ޝުނާނާއަށް ވަރަށް ރަނގަޅު ފަގީރުންގެ ހާލު ދަންނަ ވަކީލެއް

The name is already taken The name is available. Register?

‫ބީވާ

12 October 2018

‫ފިސާރި ކަނބަލެއް, ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454