ކުރީގެ މިނިސްޓަރު އުމަރު ޒާހިރު.---ރައީސް އޮފީސް ފޮޓޯ
13 އޮކްޓޯބަރ 2018 - 18:45
ދައުލަތުގެ އިސް މަގާމުތަކެއް ކުރިން ފުރުއްވި އުމަރު ޒާހިރުގެ އަނބިކަނބަލުން މިއަދު އަވަހާރަވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ވަޒީރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އުމަރު ޒާހިރުގެ އަނބިކަނބަލުން މުއުމިނާ އިބްރާހިމް 84، އަވަހާރަވީ މިއަދު ހަވީރު އައިޖީއެމްއެޗް ހޮސްޕިޓަލްގަ އެވެ. އޭނާގެ ޖަނާޒާ މިރޭ ފަތިސް ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގައި އޮންނާނެ އެވެ.
ނިޝާން އިއްޒުއްދީންގެ ލަގަބު ލިބިވަޑައިގެންފައިވާ އުމަރު ޒާހިރަކީ މައުމޫންގެ ވެރިކަމުގައި ހިންގި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަތް ބޭފުޅާ އެވެ.
ޖިނާއީ ތުހުމަތުތަކެއްގައި މިދިޔަ ފެބްރުއަރީ މަހު މައުމޫން ހައްޔަރު ކުރައްވާފައި ވަނިކޮށް ވެސް މައުމޫންގެ ފަރާތްޕުޅުން އިދިކޮޅު ކޯލިޝަންގެ ޖަލްސާތަކުގައި ވެސް އުމަރު ޒާހިރު ބައިވެރިވެ ވަޑައިގަތެވެ. މައުމޫންގެ ސަރުކާރުގައި އެހާ އިސް މަގާމުތަކެއް އަދާކުރެއްވި ބޭފުޅުންގެ ތެރެއިން މައުމޫނާ އެކު ސިޔާސީ ހަރަކާތްތަކުގައި ފަހުން އެންމެ ބޮޑަށް ބައިވެރިވެ ވަޑައިގަތް އެއް ބޭފުޅަކީ ވެސް އުމަރު ޒާހިރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޙްމަދު ނަޒީރު
14 October 2018
ﷲ ހެޔޮ ރަޙްމަތް ލައްވާށި
އަމް
14 October 2018
މި އާޓިކަލް އަކީ ކޮންބޭފުޅަކާބެހޭ ގޮތުން ލިޔުއްވާފައިވާ އާޓިކަލްއެއްކަމާމެދު އޮޅުން އަރައިފި
Ahmed Misbaah
14 October 2018
އެކަމަނާގެ ފާފަ ފުއްސަވާ ސުވަރުގޭގެ ނިޢުމަތް ދެއްވަވާށި. އާމީން.
ގަޓޭ ( އަލީ ސުޖާއު )
14 October 2018
إنا لله وإنا إليه راجعون
އެކޮޅުގޭ މުޙައްމަދު
13 October 2018
إنا لله وإنا إليه راجعون
އަލިކް
13 October 2018
އެކަމަނާގެ ފާފަ ފުއްސަވާ ސުވަރުގޭގެ ނިޢުމަތް ދެއްވަވާށި. އާމީން.
ބަދުރޭ
13 October 2018
ދިސް އިޒް އަ ލެޖެންޑު.
ޙުސައިން ރަސީދު
13 October 2018
إنا لله وإنا إليه راجعون
މީނާ
13 October 2018
އެއާއިލާަައަށް ކެއްތެރިކަން ދެއްވާށި. އާމީން