ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި މެމްބަރުންތަކެއް ކުރީގެ ރައީސް މައުމޫނާ އެކު. --ފޮޓޯ: ނިޝާން އަލީ/މިހާރު
22 އޮކްޓޯބަރ 2018 - 13:37
ވެރިކަން ކުރާ ޕީޕީއެމާ ގުޅޭ ގޮތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނުނިމެނީސް، އެ ޕާޓީ އަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ޕާޓީން ވަކި ނުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
ޕީޕީއެމްގެ ރައީސްގެ މަގާމުގައި ހުންނެވި މައުމޫން އަބްދުލްގައްޔޫމް އެ މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެ މަނިކުފާނެވެ. އެ މަނިކުފާނު ޕީޕީއެމްގެ ރައީސް ކަމުންނާއި މެމްބަރު ކަމުން ވަކިކުރީ ޕާޓީގެ ތެރޭގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައި ވަނިކޮށް، ޕާޓީގެ މުސްތަޝާރު އަދި މައުމޫންގެ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީން ރިޔާސަތު ބެލެހެއްޓެވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއްގަ އެވެ.
ރައީސް ޔާމީނަކީ، ޕީޕީއެމްގެ މުސްތަޝާރު ކަމަށް ވިޔަސް، ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެވަޑައިގަތުމާ އެކު ކުއްލި ކޮންގްރެސްއެއް ބާއްވައި ޕާޓީގެ ރައީސްކަމަށް ރައީސް ޔާމީން ވަނީ އިންތިޚާބު ކޮށްފަ އެވެ. އިޖުރާއަތުތައް ފުރިހަމަނުވާ ކަަމަށް ބުނެ، އެ ކޮންގްރެސް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
އެއާއެކު، ޕީޕީއެމާ ގުޅޭ ގޮތުން މިވަނީ ގާނޫނީ ސުވާލުތަކެއް އުފެދިފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ޕީޕީއެމުން އުފައްދާ ޝަކުވާތަކަށް ބަލާއިރު އެ ޕާޓީ އަށް ނިސްބަތްވާ ބައެއް މެމްބަރުން ޕާޓީން ވަކިކޮށްދޭން އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުން އެކަށީގެންވާ ކަމަށެވެ. ރައީސް ޔާމީނަށް އިންތިޚާބު ނާކާމިޔާބުވުމާ އެކު މަޖިލީހުގެ ޕީޕީއެމް ބައެއް މެމްބަރުން ގެންދަވަނީ، އިދިކޮޅަށް ތާއީދު ކުރައްވައި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.
މި މައްސަލައިގައި ބައެއް މެމްބަރުން ޕާޓީގެ ރަސްމީ ގްރޫޕްތަކުން ވެސް ވަނީ ބޭރުކޮށްފަ އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ވަކި ނުފޫޒެއް ނުވަތަ ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކައި، މަޖިލީހުގެ ބައެއް މެމްބަރުން ވަކިކޮށްދިނުމަށް އެދި އެ ކޮމިޝަނަށް ހުށަހަޅަން އުޅޭ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ.
"ކޮމިޝަނުން މިހާރު މިވަނީ، ސިވިލް ކޯޓުން ޕީޕީއެމްގެ ލީޑަޝިޕާ ގުޅޭ ގޮތުން ވަކިގޮތެއް ކަނޑައަޅަންދެން، ޕާލިމެންޓް އެއްވެސް މެމްބަރަކު ވަކިކުރަން ޕީޕިއެމުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިއަސް އަޅުގަނޑުމެން އެއަށް އިޖާބަ ނުދޭނެ ކަމަށް މެމްބަރުން ވަނީ އިއްތިފާގުން ނިންމާފައި،" ޝަރީފް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރުން. --ފޮޓޯ: ނިޝާން އަލީ/މިހާރު
ޕީޕީއެމާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި މި ނިންމުން ނިންމި ނަމަވެސް، އެ ކޮމިޝަނުން މީގެ ކުރިން ވަނީ ޕީޕީއެމުން އެދިގެން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން، ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ.
މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އޭރު އީސީން ކަނޑައެޅީ ގާނޫނާ އެއްގޮތަށްތޯ "މިހާރު" އިން ސުވާލު ކުރުމުން ކޮމިޝަނުން ސީދާ ޖަވާބެއް ނުދިނެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގައި އެ މައްސަލަ ހިނގަމުންދާތީ ކޮމިޝަނުން މި ވަގުތު އެއްވެސް ވާހަކައެއް އެކަމުގައި ނުދައްކާނެ އެވެ. ޕީޕީއެމަށް ފަހިވާ ގޮތަށް އަމަލުކުރި ކަމަށް ތުހުމަތުކުރާ ކޮމިޝަނުން ވާހަކަ ނުދެއްކިއަސް، ބައެއް މެމްބަރުން އޭރު ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ރާއްޖޭގެ ސީނިއާ ބައެއް ގާނޫނީ ވަކީލުން އޭރު ވެސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީވީގޮތޭ
22 October 2018
ހެރީ ޕޮޓަރ އެހެރީ ވަށައިގެން ބެދިފައެވެ. ހުރިހާ ދިމާލަކުން ކަޅު ވިލާތައް ބޯމަތި ވަނީއެވެ. ހުރިހާ ވިލައެއް އެއްކޮށް ބިންދާލުމަށް ތައްޔާރުވަމުން ދަނީއެވެ. ހަތަރު ފަރާތުން ބަނަކަމެވެ. ރޯޅިވަނީ ބާރެވެ. ކައްޕި ހަދާނެގޮތް ހުސްވަނީއެވެ. ފަޅުވެރިކުދިން ވަރަށް އަވަސްކޮށްފިއްޔާ ކިރިޔާ ސަލާމަތްވެސް ފަހަރުގައި ވެވިދާނެއެވެ. ކައްޕިއަކަށް ހަމަ ސަލާމަތް ވެވޭނެ އެއްގޮތެއްވެސް ނެތެވެ. އޮޑިވެސް ބީވާނެކަން ގައިމެވެ.
ބުެްޅަބޭ
22 October 2018
އަހަރެން ހީކުރީ ސިޔާސީ މީހުން ހިތްހަމަޖެހިގެން ދެން ގެއަށް ވަންނާނެކަމަށް! އެކަމަކު ބަނގުލާދޭޝް ގޮތަށް، އެކަކު އަނެކަކު ކަތިލާ، ސިޔާސީ ގޮތުން ލަނޑުދީ މިނުން އެހެން ވާހަކައެއްދައްކާނެ ވަގުތެއް ދިވެހިން ހޯދަން އެބަޖެހޭ. ކޮންމެވެސް އެއްވެރިޔަކު އެބަޖެހޭ މިކަންތައް ހުއްޓާލަން. މިހާރު މިވާގޮތަކީ، ވެރިކަމުން ފޭބީ ޖަލަށް ނުވަތަ ބޭރު ގައުމަކަށް ހިޖުރަކުރުން!
އަބޭސީދީ
22 October 2018
ސާބަހޭ އީ.ސީ ޝަރީފޫ
ހަމަ ބުއްދި
22 October 2018
އީސީ ތިކުރާ ކަމަކީ މަސީހުގެ ނޯކޮންފިޑެންސް ޤަރާރުގައި ސޮއިކުރުމަށް ޕީޕީއެމްގެ މެމްބަރުން ނަށް ހިއްވަރު ދެނީ ތާއެވެ.މަސީހު ވަކި ކޮށްފައި ޤާސިމަށް މަޖްލީހުގެ ރައީސް ކަން ހޯދާދޭން ރާވަނީ ތާއެވެ. ޢެކަމަކު ޕީޕީއެމްގެ މެމްބަރުން ގާތު ބުނަން އޮތް ބަހަކީ "އިށީންނަވާނެ ގަލެއް ނުބަލާ އުދުހި ނުގަން ނާށެވެ" އާޚިރުހައި ލަޑެއް ލިބިދާނެއެވެ.
ފަޒާ
22 October 2018
ޝަރީފްސަރ ބުނީ ރައީސްމީހާ ޖަލަށްލަން ބޭނުންވި އެންމެން ޖަލަށް ލިޔަށްލާ އަނިޔާދިނަސް ޝަރީފްއާއި ޖެހުނީމާ ކަށްޓެއްވެސް ނުޖެހޭނެޔޭ ޖަލަކަށްވެސް ނުލެވޭނެޔޭ އެމީހުން އެއްކަށި ޖަހާއިރަށް ތިމަން 3 ކަށި ޖަހާނަމޯ. މިހާރު އަދުރޭމެންނަށް ހުންނާނީ އެއްޗެއް ވިސްނިފަ. ދެން ލަލަލަ!
ޖައްވުގަ
22 October 2018
އަދުރޭ ނޫޅޭ ކަށިޖަހާކަށް. އަދުރޭ އުޅެނީ ކަކުލުގެ ކަމެއްގައި
ސަކީނާ
22 October 2018
ރަނގަޅު ނިންމުމެއް. ކޯޓުތަކަށް ނުފޫޒު ފޯރުވަން އެއްވެސް ބަޔަކު އުޅޭނެ ކަމެއްނެތް
އަހުމަދު އިބްރާހިމް
22 October 2018
ހަހަހަހާ.. އެންމެން މައުމޫން ފަހަތަށް ވަދެ ފިލާ..... ތިއީ ވަރަށް މާނަ ފުން ފޮޓޮއެއް... ޕީޕީއެމްގެ އާއްމު މެންބަރުން ތިޕާޓީގައި ނުތިބޭނެ މައުމޫނާއި ޕާޓީ ހަވާލު ކޮށްފިއްޔާ.. މިއީ ޔަގީން ކަމެއް....96،000 ވޯޓަކީ އިތުރު އެއްވެސް ސިޔާސީ ލީޑަރެއްގެ 'ބްލެސިންގ' ނުލިބި ހަމައެކަނި ރައީސް ޔާމީން އަށް ލިބުުނު އަދަދެއް...
ކަލޯގެ
22 October 2018
މުޅިއަކުން ތިހެންނެތަ ނޫން. މަ ވޯޓްދިނީ ޕީޕީ އެމް އަށް. މަށަށްހެޔޮ އުމަރު ހުއްޓަސް ފާރިޝް ހުއްޓަސް މަ ވޯޓް ދެންވެސް ދޭނީ ޕީޕީ އެމްއަށް.
ހުސީނާ
22 October 2018
ކަލޯގަޔާ އަހަރެން ވޯޓުދިނީ ޕީޕީއެމަށް. ޕީޕީން މީދަލެއް ކުރިމަތިލިޔަސް މަގޭ ވޯޓުލިބޭނެ.
އެމްޑީޕީ.
22 October 2018
ޝަރީފުއަށް މިހާރު ވާވަރު ވެއްޖެ! ޝަރީފު ދެން ހުޅުވާނީ ރިސޯޓެއްހެން ހީވަނީ!
ނޭގޭ
22 October 2018
ސާބަހޭ ދަރިންނޭ
ޝާއިރާ
22 October 2018
އަދި ހުށަ ނާޅަނީސް ތިވަރު ތިވަނީ ކީއްވެބާ؟ ޝަރީފު ހާދަ ވަރެއް ވެފައި ތިހުންނަނީ.
ފާސްނުވާ ޑރ
22 October 2018
އުފާކުރަން ސުލައިމާނު އަދި ޝަކީލް ތިތަނުގައި މެންބަރުންގެ ގޮތުގައި ނެތީތީވެ... ނޯޓް:-ކުރުވާހަކަގެ ކޮމެންޓެއް..