އަބްދުއްރަހީމް އަބްދުﷲ-- ފޮޓޯ: މިހާރު
24 އޮކްޓޯބަރ 2018 - 15:21
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ނިންމައިފިނަމަ އެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މަސީހްގެ މައްޗަށް އިތުބާރުނެތް ކަމަށް ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ 14 މެމްބަރަކު ވެސް ހިމެނޭ ގޮތަށް 51 މެންބަރަކު މިއަދު ހުށަހަޅާފައިވާއިރު މަސީހް އިސްތިއުފާ ދެއްވާނެ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.
މަޖިލީހުގެ ރައީސް ކަމަށް ވާދަކުރައްވަން އަދުރޭ ނިންމަވާފައިވާއިރު އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަކުރައްވާނެ ކަމަށް ބޮޑަށް ބެލެވެނީ ޖުމްހޫރީ ޕާޓީގެ ބާނީ އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމެވެ. ގާސިމް މީގެ ކުރިން ވަނީ ހާއްސަ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ.
Majilis Raees Abdulla Maseeh magaamun beyru kohfinama, Majilis Raees kamah vaadha kuran ninmaifin. @VaguthuOnline @Ch13official @avasmv @Mihaarunews
— Abdul Raheem Abdulla (@Banafsaa) October 24, 2018
މަޖިލީހުގެ ރައީސް ކަމަށް ވާދަ ކުރައްވާނެ ކަން އަދުރޭ އިއުލާން ކުރެއްވުން--
ކޯލިޝަންގެ ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުމެއް މިއަދު ބާއްވައި ރައީސް ކަމަށް ކުރިމަތިލާނެ ބޭފުޅަކު ކަނޑައަޅަން ވަނީ ނިންމައިފަ އެވެ. މިހާތަނަށް އެނގިފައިވާގޮތުގައި ވާދަކުރައްވަނީ ގާސިމް އެކަންޏެވެ.
މަސީހްގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށް ފަހު، ޖުމްހޫރީ ޕާޓީގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތީ މަސީހް އަދާކުރައްވަން ޖެހޭ މަސްއޫލިއްޔަތުތައް އަދާނުކުރެއްވުމުގެ ސަބަބުން ކަމަށެވެ. އެހެންވެ ތިން ވަނަ ފަހަރަށް ހުށަހެޅުއްވި މައްސަލަ ކާމިޔާބުވާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ތަނުގައި މަޖިލީހުގެ މަސައްކަތްތައް، މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ދާން ޖެހެ އެވެ. އަދި މެމްބަރުންނަށް މަޖިލީހުގައި މަސައްކަތް ކުރެވޭނެ މަގު ފަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޮކެޓު އައްޑަު
26 October 2018
މަގޭ ވޯޓު އަދުރޭއަށް މަބޭނުމީ ތިޔަފަދަ ހިންގުންތެރި ތަޢުލީމީ ގާބިލު ބޭފުޅަކު
ބަޑިތަކުރު
25 October 2018
އަދުރޭ މިއުޅެނީ އަދިވެސް އިތުރަށް ޔާމީން ނިކަމެތިކޮށް ލަދުގަންނަވާލަންހެން ހީވެއެވެ. ވޯޓުން ބަލިވެ ކޯޓުން ބަލިވެ މަޖިލީހުންވެސް ބަލިވާތަން ދައްކަން ތިއީ ކޮށްލަން ރަނގަޅު ކަމެކެވެ.
އުދުހޭ
25 October 2018
މަޖިލީހުގެ ރައީސްގެ ގޮނޑިއަކީ ޓިނުން ހަދާފައިވާ އެއްޗަކަށް ނުވާއިރު އެއައް އަބްދުއްރަހީމް ޝައުގުވެރިވަނި ކީއްވެބާ؟
އަދުރެމެޓިކްސް
25 October 2018
އަދުރޭ އަށް ކޭޝިޔޯ ކަލްކިއުޅޭޓާރު އުފައްދާ ކުންފުނިން ޝަރަފްވެރިކަމުގެ މަގާމެއް މިހާރުވަނީ ހުށައޅާފައި. ދާދި އަވަހަށް އޭނާ އެ މަގާޟއި ހަވާޅުވާން ޖަޕާނަށް ފުރާގޮތަށް ހަމަޖެހިފައިވާ ކަމަށް އިތުބާރުހިރ މަސްދަރުތަކުން ޙަބަރުވަނީ ލިބިފަ.
ސަކަރާތް
25 October 2018
މަޖިލީސް ރައިސަކައް ކުފޫ ހަމަނުވޭ
ިިަަޮހޮޑާލިބެ
25 October 2018
އަދުރޭ ކަހަލަ މީހުން ތިބީމާ ރައީސް ޔާމިންގެ ވެރިކަން ވެސް ބީޥެގެން ދިޔައީ. ހިތައް އަރަނީ ހަޔާތް ކަޑާލީމާ މަަވަރެއް ނެޠޭ
ގޮބޮޅި
25 October 2018
ވަގަކަށް ހާސް ދުވަސް ރައްޔިތުންނަށް 1 ދުވަސް
ސަނގުއަލީ
25 October 2018
އަދުރޭ ގެންގުޅޭ ހިސާބުގެ މިންގަޑެއް އަމިއްލައަކަށް ގެންގުޅެންވީ އެކަމަކު ރައްޔިތުންގެ ލާރި އެމީހުންބޭނުމެއްނޫން އަދުރޭބޭނުންމީހަކަށް ބަހަން. ދެންކިހިނެއްހަދާނީ . ކުރިންވެސް ބޭނުންގޮތަކަށް އުޅެގެން އަތަށް ތިގޮވީ
ނެޝަނަލިސްޓް
25 October 2018
ރައްޔިތުން ގެ މަޖްލީހުގައި ހަމަ ނެތީތޯ ކަމަށް ގާބިލް ޕީޕީއެމް ގެ މެމްބަރަކު؟
ކަބަރުބެ
25 October 2018
އަދުރޭ ކާކު ކަލެއަށް ވޯޓްދެނީ މަޖިލީސް ރައީސްކަމަށް ނުވާނެތިކަމެއް އަދުރޭތީ މަިލީހުގަ އަވަގުރާނަ ގޮވާމީހެއް ދެން ކިހިނެއް ރައީސްކަންކުރާނީ