ބްރިޖް މަތިން ވެހިކަލްތަކެއް ދުއްވަނީ: ބްރިޖްގެ އެއްވެސް ލޭނެއް ބަންދު ކުރަން ހުއްދަ ދީފައި ނުވާނެ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވި --- ފޮޓޯ/މިހާރު
26 އޮކްޓޯބަރ 2018 - 15:14
ސިނަމާލޭ ބްރިޖްގެ އެއްވެސް ލޭނެއް ބަންދުކުރަން ހުއްދަ ދީފައިނުވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެެއްޖެ އެވެ.
މުއިއްޒު އެގޮތަށް ވިދާޅުވީ ބްރިޖް މަސައްކަތަށް އެޅި ވަގުތީ ޕްލެޓް ފޯމްގެ ބައިތައް ނެގުމަށްޓަކައި ހޯމަ ދުވަހުން ފެށިގެން ބްރިޖްގެ ބައެއް ލޭންތައް ބަންދު ކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން އިއްޔެ އިއުލާން ކޮށްފައި ވަނިކޮށެވެ.
މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބްރިޖްގެ އެއްވެސް ލޭނެއް ބަންދުކުރަން ހުއްދަ ދީފައި ނުވާނެ ކަމަށެވެ.
Bridge ge evves lane eh bandhu kuraakah huhdha eh nudhen.
— Dr.Mohamed Muizzu (@MMuizzu) October 26, 2018
މިނިސްޓަރު މުއިއްޒުގެ ޓްވީޓް
ބްރިޖްގެ މަސައްކަތް ކުރި ޗައިނާގެ ސީސީސީސީ ކުންފުނިން ކުރިން ބުނެފައިވަނީ ޕްލެޓްފޯމްގެ ބައިތައް ނެގުމަށްޓަކައި ބްރިޖްގެ އުތުރު ފަރާތުގެ ބައެއް ލޭންތައް ބަންދު ކުރަންޖެހޭ ކަމަށެވެ. އެކަމަކީ ވަރަށް ބުރަ އަދި ބޮޑު މަސައްކަތެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ރަސްމީކޮށް ހުޅުވި ބްރިޖަކީ ޗައިނާ ސަރުކާރުގެ 116 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އަދި 72 މިލިއަން ޑޮލަރުގެ ލޯނު އެހީގެ އިތުރުން ދިވެހި ސަރުކާރުގެ ބަޖެޓުން 12 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން އެޅި ބްރިޖެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުރަވަޅި ހަލީމާދައްތަ
28 October 2018
ރަނގަޅު އަޑު އިވިއްޖެ. ދޭކަށެއްނުފެނޭ މީގެ އިތުރުން ދޭންޖެހޭ ހާލަތަށް ކަންތައް ދާނަމަ މަ އެކަން އަންގާނަން
ގުއިއްޒު
28 October 2018
އެކްސްޕަޔަރ ވެފައިވާ އެއްޗެއް ޖެހޭނީ އެއްލާލަން. ބޭނުމެއް ނުކުރެވޭނެ.
ކޮފީ
27 October 2018
އެތަން ޓްރާންސްޕޯޓާއި ހަވާލުކުރުމެއްވެސް ނެތްތަ؟
ޢަލީމް
27 October 2018
ބުރިޖާ ހަވާލު ކުރަނީ ދެއަހަރު ފަހުންނޭ.
ޖޯޖް
27 October 2018
ބްރިޖް ގަ ލޭން ޑިވައިޑް ކުރަން ޖަހާފަ ހުރި ދަނގަޑުތަށް ނެގީމަ ބްރިޖް ވަރަށް ރީތިވާނެ
އަލީބަލީ
27 October 2018
ބްރިޖް މެދުގަ މާގަސްތަކުން ފުރާލީމަ ވަރަށް ރީތި ވާނެ.
ކޮލެޖު ބޯއި
27 October 2018
ބުރިޖުކައިރީގައި ހުރި ދަގަނޑު ނަގަން ޖެހޭ. މުއިއްޒު ބެލީ ބުރިޖު ހުޅުވަން އެކަނި. ބުރިޖުހުޅުވާފައި އެތަނުގައި ހުރި ނުރައްކާތެރި ތަކެތި ނަގާކަށް ނޫޅުނު. މިހާރުވެސް އެއުޅެނީ ހުއްދަ ނުދެމޭ ކިޔައިގެން ހުރަސް އަޅަން. އެތަނަށް ރާޅާ އަޅަންދާ މީހުން އަދި އާއްމުންގެ ސަލާމަތަށް ނުރައްކާ ވާނަމަ އެއްޗެހި ނަގަން ޖެހޭ. ނުޖެހޭ މުއިއްޒު ހުއްދަ ދިންތޯ ބަލާކަށް. ހުއްދަ ނުދެމޭ ބުނެ ޓްވީޓް ކުރާނެކަމެއް ނެތް. ފުލުހުންނަށް ވެސް ކޯާޓަށް ވެސް އަމުރުކުރެވޭނެ.
މީވީގޮތޭ
26 October 2018
ހައުސިންގ އިން ކުރާ ކަންތައް ތިމަންނަ ހުއްދަނުދެމޭ, ނުދެނެހުރީމޭ ބުނެގެން ސަލާމަތެއް ނުވާނެއެވެ. އެމިނިސްޓްރީ ގެ ހުރިހާ ކޮރަޕްޝަނެއްގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ މުއިއްޒެވެ.
ކެމެލް
26 October 2018
ވަރަށް ގަދަބާރު ދައްކާފައި ހިތުހުރިގޮތަކަށް ކަންތައް ކޮށްފަތިބި މީހުން ބާކީވާން ފެށީމައި މިކަހަލަ ކަންތައްތައް ފެންނާނެއެވެ!
އަލީތައްޚާނު
26 October 2018
ދެން އެހެންވިއްޔާ ހައުސިންގް މިނިސްޓްރީ ހިންގަނީ ކާކުބާ؟