ޕީއެސްއެމްއިން ރިޔާސީ އިންތިޚާބުގެ ކަވަރޭޖަށް ބޭނުންކުރި ސެޓް--
06 ނޮވެމްބަރ 2018 - 13:23
ސަރުކާރާއި ޕީޕީއެމްގެ ޕްރޮމޯޝަނަށް ބޭނުންކުރި ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ރިޔާސީ އިންތިޚާބުގެ ކަވަރޭޖަށް ކޮށްފައިވާ ހޭދައަށް 10 މިލިއަން ރުފިޔާ ދިނުމަށް ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް އާދިއްތަ ދުވަހު އަންގައިފި އެވެ.
ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް އެގޮތަށް އަންގައި، ސިޓީއެއް ފޮނުވީ ދައުލަތުގެ ބަޖެޓުން ޕީއެސްއެމަށް ލިބެން ޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެ ޕީއެސްއެމުން ރައީސް އޮފީހަށް އެންގުމުންނެވެ.
ރައީސް އޮފީހުގެ މިނިސްޓަ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ރިލޭޝަން، މުހައްމަދު ލުވޭޒު ސޮއިކުރައްވައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރަށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ރިޔާސީ އިންތިޚާބުގެ ކަވަރޭޖަށް ޕީއެސްއެމުން ކުރި 10,629,745ރ. ދޫކުރަން ރައީސް އަބްދުﷲ ޔާމީން އަންގަވާފައިވާ ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ނަތީޖާ ގެނެސް ދޭން ހާއްސަ ގޮތްތަކެއް ހަމަޖައްސަން ޕީއެސްއެމުން ވަނީ ދެ ފަހަރެއްގެ މަތިން ޕޯޗުގަލްގެ ތަޖުރިބާކާރުންގެ އެހީ ހޯދައިފަ އެވެ. އެ މީހުން ޕީއެސްއެމްގައި މަސައްކަތްކުރީ ގްރެފިކްސްގެ ކަންކަމުގަ އެވެ.
ރައީސް އޮފީހުގެ ސިޓީގައި ބުނެފައިވާ ގޮތުގައި މި އަހަރުގެ ބަޖެޓުގައި ޕީއެސްއެމްގެ ކެޕިޓަލް އިންވެސްޓްމަންޓަށް 20 މިލިއަން ރުފިޔާ ހިމަނާފައިވާތީ އެއަށް ބަރޯސާވެ އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތައް ބަލަން ރައީސް ވަނީ އަންގަވައިފަ އެވެ. އެކަންކަން ބެލުމަށް ފަހު 20 މިލިއަން ރުފިޔާގެ ބަޖެޓުން ހަރަދު ހަމަޖެއްސުމާ މެދު ނިންމާ ގޮތެއް ރައީސް އޮފީހަށް އަންގަން ވެސް ސިޓީގައި ބުނެފައިވެ އެވެ.
ޕީއެސްއެމަކީ ގާނޫނީ ގޮތުން ވަކި ޒިންމާތަކެއް ކަނޑައަޅައި ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާ ކުންފުންޏެކެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިވުމާ ހަމައަށް އެކުންފުނިން ވަނީ އެމަނިކުފާނާއި ޕީޕީއެމްގެ ޕްރޮމޯޝަނަށް ވަރަށް ބޮޑެތި މަސައްކަތްކޮށް، ހޭދަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރުބެ
07 November 2018
ދެން އަހާލަބަލަ ރާއްޖެޓީވީން ހޭދަކުރި އަދަދު، އެއިރުން އެނގޭނެ ޕީއެސްއެމްއިން ކާލިވަރު
ރާވެރިބެ
07 November 2018
ވައްކަމެކޭ ބުނާކަށް ނެތީމެވެ. ނުކާނެއެކޭވެސް ބުނާކަށް ނެތީމެވެ. ހިތާމައަކީ މިފަދަ ފައިދާއެއް ނެތް ކަންކަމަށް މިވަރުގެ ހޭދަކުރާތީ. ކަވަރޭޖަށް އަތޮޅުތަކަށް ދަތުރުކުރި މީހުންގެ ޓިކެޓާއި ކެއުމާއި ހުރުމުގެ ހިސާބު ހަދާލިނަމަވެސް އެތައް މިލިއަން ރުފިޔާ އަރާނެއެވެ. އެމީހުންގެ އެލަންވަސްތައް ހިމަނާލާށެވެ. ލާންޗްގެ ދަތުރު އިތުރަށް ބޮޑުވާނެ. ކޮންމެ ރަށަކަށް ސާމާނު ހޯދަންޖެހޭ. މީ ހަމަ ކުރަންޖެހޭ ކަމެއްތޯ އަޅުގަނޑު ސުވާލު މި އުފައްދަނީ. މީ އިސްރާފުކުރުން.
ސަގަރޭ
07 November 2018
ޕީ.އެސް.އެމް އާ މަވެސް އެންޓި... އެކަމަކު އެގް ރެފިކްސް ހަމަ ވަރަށް ސަޅި... އަދި ހަމަ އެންމެ ސާފުކޮށް ވާނުވާ އެނގޭގޮތަށް ނަތީޖާ ގެނެސްދެވުނީވެސް ޕީ.އެސް.އެމް އަށް
ސާދާސީދާ
07 November 2018
ބަލާލި ކޮންމެ ދިމާއަކުން ބޮޑެތި ވައްކަން!
ޓެރޭ
07 November 2018
ދިވެހިން ދިވެހި ގައުމު ފެލާލަނީ ދިވެހިންގެ ގޮތުގައި ދިވެހިން ތިބުން ބަދަލުކޮއް ދިވެހިން ހަރާމް ހަލާލް ބަލައިގަންނަ މުސްލިމުންނަށް ވާންޖެހޭ.
usmaan
06 November 2018
ރައީސް ބައިވެރިވާ ޖަލްސާއޭ ކިޔާފަ ޕީޕީ ޕްރޮމޯޓް ކުރީ ސުމާރެއް މާރެއް ބަލާފައެއްނޫން. ޕީއެސްއެމްގެ މަޤްސަދަކަށް ވެފައިއޮތީ ޕީޕީ ޕްރޮމޯޓްކުރުން.
މަފް
06 November 2018
މިހާތަނަށް ފެނުނު އެންމެ ކަޑަ ވާނުވާއެއް ނޭގުނު ގްރެފިކްސް. އިލެކްޝަން ކަވަރޭޖް ހަމަ ސުމެއް.
މެނިފެސްޓޯ
06 November 2018
ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި ބަޖެޓުގައ ހުންނަނީ އާ އިންވެސްޓްމަންޓް ކުރުމަށް، އާ އެސެޓް ގަތުމަށް. އެއީ އެ ކަންތައްތަކުން އިތުރު މަންފާ ކުންފުންޏަށް ކުރާނެ ކަންތައްތައް. އޮޕަރޭޝަނަލް ޚަރަދށް ބަޖެޓުގައި ހުންނަ ފައިސާއިން ޚަރަދުކުރުމަކީ ގޯހެއް. ދައުލަތުގެ ކުންފުނިތައް ހިންގާ ގޮތާމެދު ހައިރާންވޭ. މި ކަންކަން އިސްލާހުކޮށް ތަންދޮރު ދަންނަ ބައެއް މި ކުންފުނިތައް ހިންގަން ލާންޖެހޭ.
ކަލޯ
06 November 2018
ޕޯޗްގަލްގެ ތަޖުރިބާކާރުންނޯލަ! އެވަރުން ވެސް ތާއީދެއް ނެތޯ! އޙަ!އާ
މުނި މާމަ
06 November 2018
ގުރަޕިކްސް ހެދުމާއި ވާޗުއަލް ރިއަލްޓީކޮށް 3ޑީ ގުރަޕިކްސް ގެނައުން ތަފާތު ދެކަމެއް. ރާއްޖޭގެ ނޫޅޭނެ އެކަމަށް ޤާބިލް ބަޔަކު. ނަމަވެސް ތިހިރަ އަގަކީ ތިޔަ ދެއްކި ގުރަފިކްސް މަސައްކަތާއި ނުބައްދަލު އަދަދެއް ކަން ހުދު މާމަ ޤަބޫލުކުރަން.
މުނި ކާފަ
06 November 2018
ނޫނޭ، ވަރޗުއަލް ރިއާލިޓީ ހަދާ މީހުން ރާއްޖޭގައި ވެސް އެބަ ތިބި. އެކަމަކު ކުރަންޖެހޭ މަސައްކަތައް އެކަށީގެންވާ އަގަކަށް ދިވެއްސަކައް ދޭން ބޭނުމެއް ނުވޭ. ބޭރުމީހެއް ވެއްޖެއާ ކޮންމެ އަގަކަސް އޯކޭ. އޭރުން ކަޓުވެސް ބޮޑު ކުރެވޭނެތާ!