ވިޔަފާރި / ޑޮލަރު

ޑޮލަރު ހޯދަން ބޭންކުތަކުގެ ބޭރުގައި ބޮޑު ކިޔޫ ދަމާލައިފި

ޑޮލަރު ގަންނަން ބީއެމްއެލް ބާޒާރު ބްރާންޗްގެ ބޭރުގައި މިއަދު ހެނދުނު މީހުން ކިޔޫ ހަދައިގެން: ޑޮލަރުގެ ޑިމާންޑް މިދުވަސްވަރު ވަރަށް ބޮޑު. ފޮޓޯ:ހުސެއިން ޝަޔާހު /މިހާރު

ގިނަ އަދަދެއްގެ ބަޔަކު ހައްޖަށް ފުރާތީ ޑޮލަރުގެ ޑިމާންޑް ވަރަށް ބޮޑުވެ، ބޭންކުތަކުގެ ބޭރުގައި ބޮޑު ކިޔޫ ދަމާލައިފި އެވެ.

ކޮންމެ ދުވަހެއްގެ ހެނދުނު އިރުއެރުމާ އެކު، ބޭންކުތަކުގެ ބޭރުގައި ޑޮލަރު ގަންނަން އެތައް ބަޔަކު ކިޔޫ ހަދައިގެން ތިބެ އެވެ. މިއީ ފަހަކަށް އައިސް ކޮންމެ ދުވަހަކު ވެސް ބޭންކުތަކުގެ ބޭރުން ފެންނަ މަންޒަރެކެވެ.

"މިހާރު"ގެ ނޫސްވެރިން، ބީއެމްއެލް ބާޒާރު ބްރާންޗް ހުޅުވުމުގެ ބައިގަޑިއިރު ކުރިން އެތަނަށް ދިޔައިރު ވެސް ކިޔޫ އޮތެވެ. އޭރު ވެސް ސާޅީހަކަށް މީހުން ކިޔޫގައި ތިއްބެވެ. ޑޮލަރު ގަންނަން ކޮންމެ ދުވަހަކު ވެސް އެންމެ ބޮޑު ކިޔޫއެއް ދަމާލާފައި އޮންނަނީ އެތަނުގަ އެވެ.

ބޭންކުން ޑޮލަރު ގަތް މީހަކު ބުނީ ހައްޖަށް ދިއުމަށް ކޮންމެ މީހަކަށް ބޭންކުން ވިއްކަނީ 500 ޑޮލަރު ކަމަށާއި އެވަރުން ނުފުދޭތީ ބޮޑު އަދަދެއް ކަޅު ބާޒާރުން ގަންނަން ޖެހޭ ކަމަށެވެ.

"އެތަނުގެ ކިޔޫގައި މަދުވެގެން ގަޑިއެއް ނުވަތަ ދޮޅުގަޑިއެއްހާއިރު ހުންނަން ޖެހޭ. ކިޔޫގައި ތިބި ބައެއް މީހުން ބުނި ދެ ދުވަސް ވެއްޖެޔޭ ކިޔޫއަށް އަންނަތާ. ކޮންމެ ދުވަހަކު ވެސް ވަކި ހިސާބަކުން ޑޮލަރު ވިއްކުން ބޭންކުން ހުއްޓާލަނީއޭ. ލަފާކުރެވެނީ ބޭންކަށް އެ ދުވަހަކަށް ލިބިފައި ހުންނަ ޑޮލަރު ހުސްވީމަ ހުއްޓާލަނީ ކަމަށް،" އޭނާ ބުންޏެވެ.

ހައްޖަށްދާ މީހަކަށް ޑޮލަރު ގަނެދޭން އުޅުނު މީހަކު ބުނީ ހައްޖަށްދާ މީހަކަށް މަދުވެގެން ހާހެއްހާ ޑޮލަރު ބޭނުންވާ ކަމަށެވެ. އެކަމަކު ބޭންކުން އެ އަދަދަށް ނުލިބޭތީ ކަޅު ބާޒާރުން ވެސް ޑޮލަރު ވިއްކާ އަގު މިދުވަސްވަރު ބޮޑު ކަމަށް އޭނާ ބުންޏެވެ.

"ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މީހުންނަށް އެނގޭ މިދުވަސްވަރު ހައްޖަށްދާ މީހުން ގިނަ އަދަދަކަށް ޑޮލަރު ބޭނުންވާކަން. އެހެންވެ އެ މީހުން ވެސް މިދުވަސްވަރު 16.5ރ. އަށް ވުރެ ކުޑަކޮށް ނުވިއްކާ،" ކުރިން ވާހަކަދެއްކި މީހާ ބުންޏެވެ.

ބައެއް ބޭންކުތަކުން ބުނިގޮތުގައި މިދުވަސްވަރު ޑޮލަރުގެ ޑިމާންޑް އާދަޔާ ހިލާފަށް ވަނީ އިތުރުވެފަ އެވެ.

އިސްލާމިކް ބޭންކުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ބޭންކުން ކޮންމެ ދުވަހަކު ހައްޖުވެރިންނަށާއި ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ މިންވަރަށް ޑޮލަރު ވިއްކަމުން ގެންދާ ކަމަށެވެ.

"އަޅުގަނޑުމެން ކޮންމެ ދުވަހަކު ވެސް ކަނޑައެޅިފައިވާ މިންވަރަށް ހައްޖުވެރިންނަށާއި ބޭރަށް ދަތުރުކުރާ އެހެން ފަރާތްތަކަށް ވެސް މިދަނީ ޑޮލަރު ވިއްކަމުން. ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ވަކި ޓޯކަން ނުނަގައި ޑޮލަރު ގަންނަން ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ހައްޖުވެރިންނަށް ވެސް ބޭންކުތަކުން ވިއްކަނީ ބޮލަކަށް 500 ޑޮލަރެވެ. އަދި ރާއްޖެއިން ބޭރަށް ފުރާ ޕެސެންޖަރުންނަށް ވެސް ޓިކެޓަކަށް ވިއްކަނީ 500 ޑޮލަރެވެ.

ބީއެމްއެލްގެ އޭޓީއެމްއަކުން މީހަކު ޑޮލަރު ނަގަނީ: މިދުވަސްވަރު ޑޮލަރުގެ ޑިމާންޑް އިތުރުވެފައި ވަނީ ހައްޖަށް މީހުން ފުރާ ދުވަސްވަރާ ދިމާވުމުން.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޮފިޝަލަކު ވެސް ވިދާޅުވީ އެ ބޭންކުން ވެސް ހައްޖުވެރިންނަށާއި ފަސިންޖަރުންނަށް ކަނޑައަޅާފައިވާ މިންވަރަށް ކޮންމެ ދުވަހަކު ވެސް މާލޭގެ ބާޒާރު ބްރާންޗުން ޑޮލަރު ވިއްކަމުން ގެންދާ ކަމަށެވެ. އަދި ހައްޖުވެރިން އައިޑީ ކާޑު ގެންދިއުމުން 500 ޑޮލަރު ވިއްކަން ވަކި ހާއްސަ ނަމްބަރެއް އެ ބްރާންޗުން ދޫކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް އިއްޔެ ވިދާޅުވީ ޑޮލަރު ޑިމާންޑް ހައްޖުވެރިން ފުރާ ދުވަސްވަރާ ދިމާކޮށް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ޑޮލަރު ޑިމާންޑް އިތުރުވި ނަމަވެސް ކަނޑައަޅާފައިވާ އުސޫލްތަކާ އެެއްގޮތަށް ޑޮލަރު އިސްލާމިކް ބޭންކާއި ބީއެމްއެލް އިން ވިއްކަމުން ގެންދާ ކަމަށް ވެސް އަޒީމާ ވިދާޅުވި އެވެ.

"މިހާ ޑިމާންޑް ބޮޑު ދުވަސްވަރެއްގައި ހައްޖު ގްރޫޕްތަކުން ސައުދީ އަށް ދައްކަން ޖެހޭ ޕޭމަންޓްތައް އަޅުގަނޑުމެން ހަމަޖައްސައިދީފައިވާނެ. އެކަމަކު އަޅުގަނޑުމެންނަށް އެ ބޭފުޅުން އެދޭ މިންވަރަކަށް ކޭޝް އިން ނުވިއްކަން. ނަމަވެސް ހައްޖު ގްރޫޕްތަކުން ސައުދީގައި ކުރަން ޖެހޭ ކުދި ކުދި ހަރަދުތައް ހަމަޖައްސަން ކޮންމެ ގްރޫޕަކަށް 10،000 ޑޮލަރު ނަގުދު ފައިސާގެ ގޮތުގައި ވިއްކާ ގޮތަށް ހަމަޖައްސާފައިވޭ،" ގަވަރުނަރު ވިދާޅުވި އެވެ.

މިހާ ޑިމާންޑް ބޮޑު ދުވަސްވަރެއްގައި ހައްޖު ގްރޫޕްތަކުން ސައުދީ ދައްކަން ޖެހޭ ޕޭމަންޓްތައް އަޅުގަނޑުމެން ހަމަޖައްސައިދީފައިވާނެ. އެކަމަކު އަޅުގަނޑުމެންނަށް އެ ބޭފުޅުން އެދޭ މިންވަރަކަށް ކޭޝް އިން ނުވިއްކަން. ނަމަވެސް ހައްޖު ގްރޫޕްތަކުން ސައުދީގައި ކުރަން ޖެހޭ ކުދި ކުދި ހަރަދުތައް ހަމަޖައްސަން ކޮންމެ ގްރޫޕަކަށް 10،000 ޑޮލަރު ނަގުދު ފައިސާގެ ގޮތުގައި ވިއްކާ ގޮތަށް ހަމަޖައްސާފައިވޭ، -- ގަވަރުނަރު

އެމްއެމްއޭ އިން ބުނީ މި އަހަރުގެ ހައްޖަށް މީހުން ގެންދާ ގްރޫޕްތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭ އިން ވިއްކުމަށް ނިންމި ކަމަށެވެ. އެގޮތުން ވިއްކުމަށް ނިންމި އަދަދަކީ ހައްޖު ގްރޫޕްތަކުން ދިން މައުލޫމާތައް ބިނާކޮށް 2،662,000 ޑޮލަރު ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ އެ ފައިސާގެ އިތުރުން ގްރޫޕްތަކުން ނަގުދު ފައިސާއިން ބޭނުންވާ އަދަދުގެ ބޮޑު ބައެއް ރައްކާތެރިކޮށް ލިބޭނޭ ގޮތް ހަމަޖައްސައިދީފައިވާނެ ކަމަށެވެ. އެ ގޮތުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ޕްރީޕެއިޑް ކާޑު ބޭނުންކޮށްގެން ފައިސާ ނެގޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ ކަމަށް ވެސް މަރުކަޒީ ބޭންކުން ބުންޏެވެ.

ބީއެމްއެލް ބާޒާރު ބްރާންޗް ބޭރުގައި ޑޮލަރު ގަންނަން މިއަދު ހެނދުނު ކިޔޫ ހަދައިގެން. ފޮޓޯ: ހުސެއިން ޝަޔާހު /މިހާރު

އެމްއެމްއޭ އިން ބުނީ އިއްޔެގެ ނިޔަލަށް ގްރޫޕްތަކަށް 1,357,942.00 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ވިއްކާފައިވާ ކަމަށެވެ.

"މީގެ އިތުރުން، 1437 ވަނަ އަހަރުގެ ހައްޖަށް ދާ މީހުންގެ ދަތުރު ޚަރަދަށް ބޭނުންވާ ބޭރު ފައިސާ އަށް އަމާޒުކޮށް ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭ އިން މިހާތަނަށް 550,000.00 ޔޫއެސް ޑޮލަރު ވަނީ ވިއްކާފައި،" އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އިން ބުނިގޮތުގައި ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ބޭނުމުގައި އަދި އާއްމުންގެ އަސާސީ ބޭނުންތައް ހަމަޖެއްސުމުގެ ޚަރަދަށް ބޭނުންވާ ޑޮލަރު ހޯދުމަށް ދިމާވާ ދަތިތަކަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ދިނުމުގެ ގޮތުން ބޭންކުތަކަށް ކޮންމެ ހަފްތާއަކު 4.3 މިލިއަން ޑޮލަރު ދަނީ ވިއްކަމުންނެވެ.

27 ކޮމެންޓް, 50 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 12%
icon angry icon angry 72%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުޑަހުވަދޫ މީހާ

16 August 2016

ކޮންމެ ސަރުކާރަކުންވެސް ރައްޔެތުން ގޯނީފުލައްލަނީ. މިސަރުކާރުންވެސް ވެރިކަމަށް އައުމުގެ ކުރިން ދެއްކިވާހަކައަކާ ކަންހިނގާގޮތާއި ހާސްބައިތަފާތު. މިހާރު ޑޮލަރު 17 އަށްވެސް ލިބެނީ މަދުމީހަކަށް. ގައުމީ ބެންކުދޮށަށް ދާންޖަހެނީ ނިދާ ގޮދަޑިއާއި ބާލީސްހިފައިގެން. އަތްފޯރާފަށަށް ޑޮލަރެއްނުލިބޭ. ނަޝީދުގެ ވެރިކަމުގައިވެސް ހަމަ މިހާލެއްގަ އުޅެންޖެހުނީ. މިހާރުވެސް ހަމަ އެކަން ތަކުރާރުވަނީ.

The name is already taken The name is available. Register?

ޒާ

16 August 2016

މީހުން ތޮއްޖެހޭ ގޮތަށް ހަދާތީ ޑިމާންޑު ބޮޑުވަނީވެސް. އެއީ ޑޮލަރުގެ ކަޅުބާޒާރެއް އުފެއްދުމަށް ލިބޭ ހިތްވަރެއް. ކަމަކު ނުދޭ މިހާރު ތިޔަކަން ގެންދާ ގޮތެއް. ވަރަށް ތާށި. އެތައް ވަގުތެއް. ގޯހުން ގޯހަށް ދާތަން ފެންނަނީ.

The name is already taken The name is available. Register?

ބޭނުމީ މިނިވަންނަން / އައްޑޫ ސިޓީ

16 August 2016

ރާއްޖެއިން ބޭރަށް އެކިއެކިބޭނުން ތަކުގައި ދަތުރުކުރައްވާ ދިވެހިންނަށް ލުއިކޮށް ދިނުމުގެ ގޮތުން މަރުކަޒީ ބޭންކުން ވިއްކުމަށް ބޭންކް ތަކަށް ދޫކުރައްވާ ޑޮލަރު ''ގިނަ ބޭންކް ތަކުން'' އެންމެ އެދެވޭ ގޮތަށް ވިއްކަމުން ނުދާތީ މިހާރު އޮންނަ އުސޫލު ބަދަލުކޮށް ''ސީދާ ދަތުރުވެރިޔާއަށް'' ޑޮލަރު ވިއްކޭނެ ގޮތަކަށް އިންތިޒާމް ހަމަޖެއްސުމާއި މެދު Maldives Monetary Authority ކަންތައްތައް ރޭވުން ރަނގަޅު ކަމަށް ދެކެން. . . . އެގޮތުން ބޭރަށް ދަތުރު ކުރާ ދިވެހިންނަށް ވިއްކުމަށް ރާއްޖޭގައި ރެޖިސްޓްރީ ކުރެވިފައިވާ ހުރިހާ ބޭންކް ތަކަށް ޑޮލަރު ދޫކުރުމުގެ ބަދަލުގައި ހަމަ އެކަނި ހުޅުލޭ އެއަރޕޯޓް ގައި ހުންނަ Bank of Maldives ގެ ސެލް އިން ދަތުރު ވެރިޔާ އޭނާގެ Boarding pass ހުށަހެޅުމުން ކޮންމެ ދިވެއްސަކަށް ގިނަވެގެން 4000 ޑޮލަރު ލިބޭގޮތަށް ހަމަޖެއްސުން ރަނގަޅު ކަމުގައި ޤަބޫލު ކުރަން. . . . މިބަދަލު ގެނެސްފިނަމަ ''ނަހަމަ ގޮތުގައި'' މިހާރު ވިއްކަމުންގެންދާ ޑޮލަރު ތަކުގެ މުއާމަލާތް މުޅިން ހުއްޓޭނެ. އަދި މިކަމުގެ ސަބަބުން ތިޔަ ބޭންކް ތަކުގެ ކާރީގައި ގޭންގް ތައް ބައިތިއްބައިގެން އާންމުންނަށް ކިއޫ ގައި ތިބުމަށް ޖާގަ ނުދީ ކަޅުބާޒާރަށް ޑޮލަރު ވިއްކާ މީހުންގެ ކަންތަކަށް ވެސް ހައްލު ހޯދޭނެ. . . އަދި މީގެ ސަބަބުން ދައުލަތަށް ލިބޭނީ ފައިދާ. އެއީ އާންމުކޮށް ދަތުރު ކޮށްއުޅޭ ގިނަ ދިވެހިންް ގަންނާނީ ގިނަވެގެން 2000 ޑޮލަރު ކަމަށް ވެފައި މިހާރު ''ވަގު ޓިކެޓް ހަދައިގެން'' އެއަށްވުރެ އިތުރަށް ކަޅުބާޒާރަށް ބޭންކް ތަކުން ޑޮލަރު ބޭރު ކުރާތީ. / މިނިވަންކަން ، އައްޑޫ ސިޓީ . . .

The name is already taken The name is available. Register?

ކެކެ

16 August 2016

ތެދެއް، ދެން އެއާޕޯޓް ދޮރުމަތީ ކިޔޫ ޖަހާގެން ތިބޭނެ، ބޭންކު ދޮށަކުނޫން

The name is already taken The name is available. Register?

އަލީ

16 August 2016

ނަޝީދުގެ ސަރުކާރޭ ޑޮލަރޭ ހަނާވަނީއޭ ކިޔާމީހުންނަށް ބުނެލަން އޮތީ ނަޝީދުގެ ސަރުކާރުގައި ބްލެކްމާކެޓުން މަ ޑޮލަރުގަތީމޭ 18 ރުފިޔާއަށް ހައްޖު ދުވަސްވަރު. މިހާރު ހައްޖަކަސް އީދަކަސް ބޭންކުން ޑޮލަރު އެބަލިބޭ. ކިޔުއަށް އަރައިގެންވެސް ޑޮލަރު ނުލިބިގެން އޭރު 18 ރުފިޔާއަށް އަށް ގަންނަން ޖެހުނީ. ތަފާތު ފެނިއްޖެ.

The name is already taken The name is available. Register?

ދޮން އާމިރު

22 August 2016

ނަޝީދު ވަރެއްނެއް

The name is already taken The name is available. Register?

ޟަ

23 August 2016

ގަދަ އަދިވެސް ނަސީދު ދޯ ހުރީ

The name is already taken The name is available. Register?

މެންޓަލިސްޓް

16 August 2016

ޑޮލަރުގެ މައްސަލައެއް ރާއްޖޭގައި ހައްލެއްނުވާނެ މިތަނުގެ މޮނިޓަރީ ގާނޫންއަށް ބަދަލުތަކެށް ނުގެނެސް ، ރާއްޖޭގައި ޑޮލަރުވަންނަން ހުރީދޮރުތަކުން ، ފަތުރުވެރިކަމުން ވަންނަހާ ޑޮލަރެއްގެ %5 ވެސް ރާއްޖޭގައި ރިޓޭންނުކުރެވޭ ، ލިބޭހާ ބޭރުފައިސާއެއް ހުރިހާ ރިސޯޓްއޯންރުންނާއި އޮޕަރޭޓަރުން ޖަމާކޮށް ރައްކާކުރަމުން ދަނީ ބޭރުގެ ބޭންކުތަކުގައި ، ހަމައެކަނި މިތަނުގައި ގެންގުޅެނީ މުއައްޒަފުންގެ މުސާރައަށް ވާވަރަށާއި ލޯންތަކަށް ދައްކާފައިސާ ، އަނެއްކޮޅުން މިހާރު ރިސޯޓްއޯނަރުންވެސް ޑޮލަރު ވިއްކަމުން ދަނީ ކަޅުބާޒާރުގައި ، .. ރާއްޖޭގެ ބޭންކްތަކުގައި ރިސޯޓްއޯނަރުން ފައިސާނުބަހައްޓަނީ އެމީހުންގެ ސަލާމަތަށާއި ބޭންކުތަކުން މައުލޫމާތް ލީކްވާތީވެ ، ވީމާ ސަރުކާރުން ހަރުދަނާ މޮނިޓަރީ ގާނޫންތަކެށް ހަދައިގެން މެނުވީ ތިޔަަކަން ހައްލުވާކަށް ނެތް ، ރައީސްމައުމޫންގެ ޒަމާނުގައި 1990ގެ އަހަރުތަކުގައި ވެސް ތިޔަމައްސަލަ ދިމާވި ، އޭރުގެ ފައިނޭސް މިނިސްޓަރ އާރިފް ހިލްމީވެސް ތިޔަކަން ހައްލުކުރަން ވަރަށް މަސައްކަތްކުރެއްވި ، ނަމަވެސް ހަރުދަނާ ގާނޫންތަކެށްނެތުނީމައި ހުރިހާ އެންމެންވެސް ރާއްޖެއިން ލިބޭހާ މަންފާއެއް ބޭރުގެ ބޭންކުތަކަށް ޖަމާކުރަމުންދަނީ ،،،، ވަރަށް ސަލާމް ،

The name is already taken The name is available. Register?

ޝައްކު

16 August 2016

ކަޑައެޅިގެން ދޮގެއް. ޑޮލަރު ވިއްކުން ހުއްޓާނުލާނެ. 1:30 ންދެން ނަންބަރު ދޫކުރާނެ. ނަންބަރު ނިމެންދެން ޑޮލަރު ދޫކުރާނެ.

The name is already taken The name is available. Register?

ބެއްޔާ1222

16 August 2016

އެހެންތަ ވަނީ ކަލޯ.. ތިޔަ ލިމިޓެއް ގެނެސްގެން ޓިކްޓްގަނޑު ހިފައިގެން ދިޔަސް މިހާރު ޑޮލަރެއް ނުދޭ.. ކަލޯ ދޭބަލަ ބަލާލަން.

The name is already taken The name is available. Register?

ހީނާ

16 August 2016

ޑޮލަރުގެ މައްސަލަ 2008 އިން ފެށިގެން ހުރީ އުނދަގޫ ހާލަތެއްގައި، އެއީ ސަރުކާރުގެ ވައުދުތަށް އިތުރުވެ ދާންޖެހޭ ސްޕީޑަށްވުރެން ބާރަށް ބޮޑެތި ޕްރޮޖެކްޓް ހިންގާތީ ދިމާވާ މައްސަލަ، އިންފްރަސްޓްރަކްޗާގެ މަސައްކަތަކީ އިޤްތިސާދު ނުވަތަ އުފެއްދުންތެރިކަން އިތުރުވާނެ ކަމެއްނޫން، އިންފްރަސްޓްރަކްޗާއާއިއެކުގައި އުފެއްދުނެތެރިކަން އިތުރުވާ ޒާތުގެ ޕްރޮޖެކްޓް ހިނގަންޖެހޭ، މިސާލަކަށް ޑޮމަސްޓިކް އެއާޕޯޓްތަކާއި އެކުގައި ރިސޯޓްތަށް ހުޅުވެންޖެހޭ، އެއާޓްރެފިކް އިތުރުވާވަރަކަށް ޓިކެޓް އަގުހެޔޮވާންޖެހޭ، ތެލުގެ އަގު ހެޔޮވާވަރަކަށް ތަކެތީގެ އަގު ހެޔޮވާންޖެހޭނެ

The name is already taken The name is available. Register?

އަލްޖިބްރާ

16 August 2016

މިދުވަސްވަރު މީހުން ހައްޖައް ދާތީ ޑޮލަރުގެ ޑިމާންޑް ބޮޑުވާ ވާހަކަ މަނިޓަރީއިން ބުނިއިރު ޑޮލަރަށް ޑިމާންޑް ކުޑަވި ދުވަހެއް ބުނެދެވިދާނެތޯ ؟ ހައްޖު ދުވަސްވަރު ނޫނީ އޮންނަނީ ބޭސްފަރުވާއަށް ނޫނީ ބޭރުގައި ތައުލީމު ހާސިލުކުރަން ދާންވެގެން ނޫނީ ޗުއްޓީއަކަށް ދިއުން ! މިއިން ކޮންމެ ކަމަކީވެސް ޑޮލަރު ބޭނުންވާ ކަންތައް ! ކޮންމެކަމަކަށް ދިޔައަސް މީހަކަށް 500ޑޮލަރު ވިއްކީމާ މީހަކަށް އެލިބެނީ ދިވެހި ރުފިޔާގެ8250ރުފިޔާ !މީއަދި އެޑޮލަރު 16.50ވިއްކީމަ ޖެހޭ އަދަދު !ދެން އެ 500 ޑޮލަރު މީހަކު ހިފައިގެން އިޓަލީއަށް ހިގައްޖެނަމަ މިލިއަނުން ގުނާފަ ލީރާ ލިބޭނެ ! އެކަމަކު ބާޒާރަށް ގޮސް ގަންނަން ލިބޭނީ ދަތްއުގުޅާ ބޭސްފުޅިއަކާ ދެތިން ކުކުޅުބިސް ކަންނޭގެ ! އެކަމަކު ދިވެރާއްޖެއަށް ވަންނަ ޑޮލަރު ހިސާބު ކުރީމާ ދުވާލަކަށް ދިވެހި ކޮންމެ ރައްޔިތަކަށް 200ޑޮލަރު ޖެހޭކަމަށް ވަރލްޑްބޭންކުގެ ސަރވޭ ތަކުން ދައްކާ !

The name is already taken The name is available. Register?

ަަލޯގޯ

16 August 2016

އިޓަލީގަ ލީރާ ބޭނުންނުކުރާކަން ނޭގުނު ދޯ!

The name is already taken The name is available. Register?

އަލީ

16 August 2016

ތިމާގެ ވިސްނުން ނުހިނގާ ފަށުގައި ހުންނަ ކަންކަމަށް ކޮމެންޓް ނުކުރޭ!

The name is already taken The name is available. Register?

މައްތު33

16 August 2016

ހެހެހެ ހިނި އަންނަނީ މިކަލަކަންތައްތަކާ...ކޮބާ މިސަރުކާރުގައި ޑޮލަރަކަށް ނުޖެހޭނެ....ކޮބާ ޑޮލަރުގެ އަގުތިރިކުރޭ ހަނާވަނީ ފަނާވަނީ އޭ ގޮވާނެ ބަޔަކުނެތްތަ؟ ނުތިބޭނެ އެދުވަހުތިބީ ނަޔަކު ވެރިކަން ބަދަލުކުރުމަށް ގަދަ ފައި ވިއަދައިގެން ތިބީމަ،،،،ހެހެހެ ހަމަ ސަރުކާރު އަތުޖެހުނީމަވެސް ހަމަ ޑޮލަރުގެ އަގަކަށް ބަދަލެއްނާދޭ ހަމަ ހުރީ އެއަގުގައި ކޮންތާކުބާ މި ޖެހުނީ؟ އެދުވަހު މޮޔައިންގެ ބަޔަކު ފަހަތުން ދުވުނު....މިއަދު ކީއްވެބާ ނުދުވަނީ؟ ސުވާލު އުފެދޭކަމެއް އެހެން ނޫންތޯ؟

The name is already taken The name is available. Register?

ބައްތު44

16 August 2016

މައްތު ތިއުޅެނީ މިގައުމުގައި ތަ؟ ނަޝީދުގެ ސަރުކާރުގައި ހައްޖު ދުވަސްވަރު މަ ޑޮލަރު ގަތިން 18 ރުފިޔާއަށް. މިހާރު ބޭންކުތަކުން ޑޮލަރު އެބަލިބޭ. ތަފާތު ނުފެންނާނެ ކަނުންނަކަށް.

The name is already taken The name is available. Register?

އަހްމަދު

16 August 2016

އަސްލުވެސްތަ ކިޔު . ޑޮލަރ ގަންނަންހަމަ ނުވާނެ އެހެނެއް 12.85 އަށް 5.00 އަށް ލިބޭަނެ ކުރިންބުނި ޑޮލަރ ލިބުން މިހައްލުވީކަަމަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454