މަޖިލީހުގެ ޖަލްސާއެއް: އުމުރުން 65 އަހަރުވީ މީހުންނަށް ކުރިމަތި ނުލެވޭ ގޮތަށް އޮތް އިސްލާހު އުވާލުމުގެ ބިލް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައި -- ފޮޓޯ/މަޖިލިސް
18 ނޮވެމްބަރ 2018 - 22:46
އުމުރުން 65 އަހަރުވީ މީހުންނަށް ރައީސް ކަން ނުކުރެއްވޭ ގޮތަށް ގާނޫނުއަސާސީ އަށް އިތުރު ކޮށްފައިވާ މާއްދާ އުވައިލުމުގެ ބިލްގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.
ވެރިކަން ކުރެއްވޭނެ މަތީ އުމުރެއް، ގާނޫނުއަސާސީ އެކުލަވައިލި އިރު ކަނޑައަޅާފައި ނެތީސް، 65 އަހަރުވުމުން ވެރިކަން ނުކުރެއްވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރީ އޭރު ވެރިކަން ކުރި ޕީޕީއެމުން، 2015 ގައި ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހަކުންނެވެ. އެއީ 2008 ގައި އަމަލުކުރަން ފެށި ގާނޫނުއަސާސީ އަށް ގެނައި ފުރަތަމަ އިސްލާހެވެ.
އެ އިސްލާހު އުވާލަން މަޖިލީހަށް މި ފަހަރު ހުށަހެޅުއްވީ ޕީޕީއެމްގެ މެމްބަރެއް ކަމަށްވާ އިނގުރައިދޫ ދާއިރާގެ އިބްރާހިމް ފަލާހެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
އެ އިސްލާހު އޭރު ގާނޫނުއަސާސީ އަށް ގެނައީ ޖުމްހޫރީ ޕާޓީގެ ފައުންޑަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވެރިކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ބަންދު ކުރުމަށެވެ.
އެ އިސްލާހުގެ އިތުރުން ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިތުރު ކުރި ބައިތައް އުވާލަން ވެސް ޕީޕީއެމްގެ އެހެން މެމްބަރަކު ވަނީ މަޖިލީހަށް ހުށަހަޅާނެ ކަން އިއުލާން ކޮށްފަ އެވެ. އެ އިސްލާހު ވެސް އޭރު ގެނެސްފައި އޮތީ ޕީޕީއެމުން ބޭނުންވެގެންނެވެ.
ގާނޫނުއަސާސީ އަށް އިސްލާހެއް ގެނެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރު ބައިކުޅަ ތިން ބައި މެމްބަރުންގެ ވޯޓު ލިބިގެންނެވެ. މަޖިލީހުގައި މިހާރު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އަޣުލަބިއްޔަތު ކަމަށް ވެފައި، އެ އިސްލާހުތަކަކީ ކުރިން ވެސް އެ ބޭފުޅުން ދެކޮޅު ހެއްދެވި އިސްލާހުތަކެއް ކަމަށްވާތީ އެ އިސްލާހުތައް އުވާލަން ހުށަހަޅާފައިވާ ބިލް ފާސްވާނެ ކަމަށް ބެލެވެ އެވެ.
މިހާރު މަޖިލީހުގައި ތިއްބެވީ 79 މެމްބަރުން ކަމަށްވާތީ، މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައި ކަމަށްވާ 60 މެމްބަރުންގެ ވޯޓު ލިބުމުން ނޫނީ ގާނޫނުއަސާސީ އަށް ބަދަލެއް ނުގެނެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
19 November 2018
ކޮބާތަ ރާއްޖޭގެ ބިން ބޭރު މީހުންނަށް ވިއްކުމާ ބެހޭ ގާނޫނު އުވާލާކަށް އަދިވެސް ނުވޭތަ؟ ތިއީ އަހަރުމެން ބޭނުން އެއްޗެއް ނޫން މިވަގުތަކު.
ދަށުވެފަ
19 November 2018
ސޭޓު ވެރިކަމަށް އަންނަން ރެޑީ ވަނީ. ޖަޒީރާ ރާއްޖޭގެ މިހާރު މިއޮތީ މުޅިން ސޭޓުގެ ނުފޫޒު.
ހާދަރު8
19 November 2018
އޭ ސޭޓާ ސޭޓު ރައީސްކަމަށް އަރާ ނާރާ އިސްލާހަށްވުރެ މުހިއްމީ ގައުމު ވިއްކި އިސްލާހު ބަދަލުކުރުން. އެކަން ކުރޭ! ސޭޓު ހީކުރީ ސޭޓު ކޮންމެ ގޮތަކަށް ގައުމާ ލައިގެން ރިހަކެއްކިއަސް ސޭޓު ލާރިދީފައި ފޮނުވާ ކަރަޕްޓް މީހުން މަޖިލީހަށް ހޮވޭނެކަމަށް! ހޮވޭނެތަ؟
އަލިހަންޖާ
19 November 2018
ބިލް ހުށަހެޅި ތަރުތީބުން އެދަނީ... މި ބިލަށް ފަހު ތިބުނާ ބިލެއް.. އެހެން ނޫނަސް އަދިވެސް ތިބުނާ ބިލެއް މަޖިލިހަށް ނުވައްދާ!
677777
19 November 2018
ލަދުހަޔާތް. ބިން ވިއްކާ ބިލް އުވާނުލާ ފުރަތަމަވެސް ގާސިމް މި އިސްކުރީ އަމިއްލަ އެދުން!
ޗިއްލޫ
19 November 2018
ބޭރުގެ ފަރާތްތަކަށް ބިން މިލްކުވާގޮތައް ގާނޫނު ހެދީ އިބޫމެން ހުރިހާމީހުންވެސް ވޯޓްދީގެން، އޭރު އެމްޑީޕީން ބޭނުންވީ އަންނި ބޭސްފަރުވާގެ ނަމުގަ ރާއްޖޭން ބޭރަށްފޮނުވޭތޯ، މިގައުމުގެ އާންމުރައްޔިތުންނަށްޓަކައި އެވެސް ސިޔާސީ މީހަކުވެސް އަދި ޕާޓީ އަކުންވެސް މަސައްކަތެއްނުކުރޭ، ހުރިހާމީހުންވެސް އަމިއްލައެދުމައިގެން ތެޅިބާލަނީ، ކީއްކުރާނީ އަހަރަމެން ރައްޔިތުންގެ ގަމާރުކަންވެސް ވަކި ކުޑައެއްނޫން!!!!!
ހަނީ
19 November 2018
ޔެސް ކާފައަށްވެސް ކުރިމަތި ލެވޭނެ ދެން.
ޠާސިޔާ
18 November 2018
ޔޭ އަހަރެމެންގެ ގާސިމްއަށް ކުރިމަތި ލެވޭނެ ދެން އަންނަ 5 އަހަރު