20 ނޮވެމްބަރ 2018 - 13:34
ރާއްޖޭގައި ޗައިނާއިން ހިންގާ މަޝްރޫއުތަކާ ބެހޭ ގޮތުން އާ ސަރުކާރުން އެގައުމާ އިއްޔެ މަޝްވަރާކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޗައިނާގެ މަޝްރޫއުތަކާ ބެހޭ ގޮތުން ޗައިނާ ސަފީރު ޖާންގް ލީޖޮންގް އާއި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު މަޝްވަރާކުރެއްވީ ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.
ރާއްޖޭގައި ޗައިނާއިން މިހާރު ހިންގަމުން އަންނަ މަޝްރޫއުތަކުގެ އިތުރުން ކުރިއަށް ރާވާފައިވާ މަޝްރޫއުތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި އިތުރު މަޝްވަރާއަށް ޝާހިދު ވަރަށް އަވަހަށް ޗައިނާއަށް ވަޑައިގަންނަވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ މެދު ވެސް މަޝްވަރާކުރެއްވި ކަމަށެވެ.
ފޮރިން މިނިސްޓަރުކަމާ ޝާހިދު ހަވާލުވެވަޑައިގެން މިހާ އަވަހަށް ޗައިނާގެ ސަފީރާ އެކު މަޝްވަރާތައް ބޭއްވުމުން އެނގެނީ، ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ޗައިނާ އިން ނަގާފައިވާ ލޯނުތަކާ މެދު އާ ސަރުކާރުގެ ކަންބޮޑުވުން ހުރި މިންވަރެވެ.
އަނެއްކާ އާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން، ޗައިނާއަށް ވުރެ ބޮޑަށް އަވަށްޓެރި އިންޑިއާއާ އެކު އޮންނަ ގުޅުން ހަރުދަނާކުރަން ބޮޑު ސަމާލުކަމެއް ދޭނެ ކަމަށް ވެސް ބެލެވެ އެވެ. އިންޑިއާ އާއި ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތަކާ ހިލާފަށް، އާ ސަރުކާރުން ޗައިނާއާ ގުޅުން ކުޑަކުރާނެ އެވެ.
ރާއްޖޭގެ ސިޔާސީ އިސް ބައެއް ބޭފުޅުން ވެސް ވަނީ އެފަދަ ގޮތަކަށް ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރާއްޖެ އާއި ޗައިނާއިން ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރިމެންޓް (އެފްޓީއޭ) އުވާލަން ޖެހޭ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ވެސް ވާހަކަފުުޅު ދައްކަވާފަ އެވެ.
ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުން އޮތީ ވަރަށް ބޮޑަށް އެއްފަރާތަށް ޖެހިފައި ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
20 November 2018
ކަމެއްކޮދެނީވެސް ޗައިނަ ރާއްޖޭގެ ތަރައްގީޔަ ކޮންކަމެއްނުކޮއްދެނީ. މިޤައުމު ކުރިއަރާނީ ޗައިނާޔާ ގަތްވިވަރަކަ. އިބޫއަ ވިސްނޭނެކަމަ ހީކުރަން.
ޏސިޓީ
20 November 2018
އިންޑިއާ އަކީ އަދި ޗައިނާޔާ އަޅުވާކިޔޭނެ ބައެއްނޫންކަން މުޅި ދުނިޔެއަށް ނަޒަރު ހިންގާލީމަ ވަރަށް ރީއްޗަތް ފެންނާނެ.. އެކަން ނޭގޭނީ އަންނިމެން ކަހަލަ އިންޑިޔާއަށް ވިކި ހުސްވެފަތިބި މަދުބައެއް
ބުއްދި
20 November 2018
ލޯނާއި އިންޓަރެސްޓް އަކީ ފަހުން އަދާކުރެވޭނެ އެއްޗެކެވެ. ގެއްލިއްޖެ މިނިވަންކަމެއް ފަހުން އަނބުރާ ހޯދަން ދަތިވާނެވެ. އަޅުވެތިކަމާ ދިމާޔަށް ނުގޮސް އިންޑިޔާ ހައްލާލައިގެން މަޑުން ތިބެ ގައުމު ތަރައްގީކުރާށެވެ. އެންމެ ފަގީރުން ގިނަ ދީނީގޮތުން އެންމެ ހަރުކަށި އެއް ގައުމުގެ ދަށުވުމުގެ ބޭނުމެއް އެބައޮތްހެއްޔެވެ. ބޭނުންވިކަންތަށް ވެއްޖެ، ޔާމީނުވެސް ދިޔައީ، ދެން ކީއްކުރާން؟!
ކޭކުލި
20 November 2018
ވަރަށް ސާފުކޮށް ދަންނަވަމެވެ. މި ކޯލިޝަންގެ ސަރުކާރުން ވީ ވައުދުތައް ފުއްދަންބޭނުމިއްޔާ ޗައިނާ އާއެކު މަޑުންތިބޭޝެވެ. އިންޑިއާގެ އެހިލިބޭތޯ ލަންކާވެސް ތިބިއެވެ، ނުލިބިގެން އެންމެފަހުން ޗައިނާއަށް ސަލާންޖަހަން ޖެހުނީއެވެ، އެހެންނުވާށެވެ. ރާއްޖެތެރޭ ނަރުދަމާ ނުހެދި ވައުދު ނުފުއްދި ފެއިލް ވާތަން ބަލާކަށް ބޭނުމެއްނޫނެވެ. މިބުނަނީ ހެސްކިޔާފަ ފައިސާ ނަގާ ދަރަނިވެރި ވާކަށެއްނޫނެވެ. ހޭބަހައްޓައިގެން ރާއްޖެ ތަރައްޤީ ކުރެވޭނީ ޗައިނާއާއެކު ތިބެގެނެވެ.
ތިމާވެށި
20 November 2018
ރިލޯޑް ޔަގީން ވީއެވެ.