ޚަބަރު / ދައުލަތުގެ ބަޖެޓު 2019

ބަޖެޓު ނިންމުމުގެ އެންމެ ފަހު މަސައްކަތްތައް

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މެމްބަރުން އަތް ހިއްލައިގެން. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާކޮށް، ގެންނަ ބަދަލުތަކާ އެކު ބަޖެޓް ކޮމިޓީގެ އެންމެ ފަހު މަސައްކަތްތައް މިހާރު ގާތްގަނޑަކާށް ނިމިއްޖެ އެވެ. މިއީ، ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު ބަޖެޓެއް ހުށަހެޅި ފަހަރެވެ.

އަންނަ އަހަރު އާމްދާނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރާއިރު، ހަރަދުވާނެ ކަމަށް ބަލާފައި ވަނީ 26.7 ބިލިއަން ރުފިޔާ އެވެ. އެހެންވެ، އަންނަ އަހަރު ބަޖެޓު 3.7 ބިލިއަން ރުފިޔާ އިން ޑެފިސިޓް ވާނެ އެވެ.

އެކަމަކު މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީން ބަޖެޓް ނިންމާފައި ތަޅުމަށް ފޮނުވާ އިރު މިހާރަށް ވުރެ ބަޖެޓް ބޮޑުވުމުގެ ފުރުސަތު ބޮޑެވެ، ކޮމިޓީ މަރުހަލާގައި މިހާރު ވެސް ވަނީ ބަޖެޓަށް ބަދަލުތަކެއް ގެނެސްފަ އެވެ. ބަޖެޓު "ކޮށައި" ހެދި އިރު، ބައެއް ތަންތަނުގެ ބަޖެޓު ބޮޑުކޮށް، ބައެއް މަޝްރޫއުތައް ހިންގަން ފައިސާ އިތުރުކޮށްފައި ވެސް ވެ އެވެ.

މަޖިލީހުގެ ރައީސް ގާސިމް (މ) އިއްޔެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާ މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ނަމަވެސް ފައިސާ އިތުރުކުރީ އަންނަ އަހަރު އާމްދަނީ ގޮތުގައި، މިހާރު ލަފާކޮށްފައިވާ 23 ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް، 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފަ އެވެ. އެހެންކަމުން ބަޖެޓްގައި އަލަށް ހިމެނި ހަރަދުތައް ހިނގާނީ އެ ފައިސާގެ ތެރެއިންނެވެ. އެކަމަކު މިހާރު ބަޖެޓަށް އެކި ގޮތްގޮތުން އަލަށް ހިމެނި ހަރަދުތަކުގެ ސަބަބުން ޑެފިސިޓް ވެސް މައްޗަށް ދާނެ އެވެ. އެގޮތުން ކުރިން ލަފާކުރި ޑެފިސިޓްގެ މިންވަރަށް 600 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ވެސް ބެލެވެ އެވެ.

އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ހިނގާނީ ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިމެނި މަޝްރޫއުތަކަށެވެ. ޕީއެސްއައިޕީގެ ބަޖެޓަށް 452 މިލިއަން ރުފިޔާ އިތުރު ކުރަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ދެން އިތުރުކުރި ބަޖެޓްތަކުގެ ތެރޭގައި ފޮރިން މިނިސްޓްރީގެ ބަޖެޓު (25 މިިލިއަން)، ހަޔާ އެޑިއުކޭޝަންގެ ބަޖެޓު (50 މިލިއަން)، ޖުޑިޝަރީގެ ބަޖެޓް (37 މިލިއަން) އަދި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް (31 މިލިއަން ރުފިޔާ) ހިމެނެ އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ކޮމިޓީގައި ވާހަކަ ދައްކަވާއިރު، އޭނާ ވަށާލައިގެން އެހެން މެމްބަރުން މަޑުކޮށްލައިގެން. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ބަޖެޓު ކޮމިޓީން ފާސްކުރި ބައެއް ރިކޮމެންޑޭޝަންތައް:

- ކައުންސިލްތައް ހިންގަމް ބޭނުންވާ ބަޖެޓު ހަމަޖައްސައި ދިނުން

- އޮފީސްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އޮޑިޓެއް ހެދުން.

- ބޮޑެތި މަޝްރޫއުތައް ދިޔައީ ގާނޫނާ އެއްގޮތަށްތޯ ބަލަން އޮޑިޓެއް ހެދުން.

- ކުނިކަހާ މީހުންނަށް ދޭ އުޖޫރަ މިހާރަށް ވުރެ ބޮޑުކޮށްދިނުން.

- މަދަނީ ޖަމިއްޔާތައް ކުރިއެރުވުމަށް އެކަށީގެންވާ ބަޖެޓެއް ދިނުން.

ބަޖެޓު ދިރާސާކުރާ ކޮމިޓީން ވަނީ ބަޖެޓު ރިކޮމެންޑޭޝަންގެ ގޮތުގައި ގިނަ ކަންތައްތަކެއް ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި މި އަހަރަށް ފާސްކޮށްދިން ބަޖެޓުގައި ހިމެނި ރިކޮމެންޑޭޝަންތައް ވެސް ހިމެނެ އެވެ. އެގޮތުން، 10 ކަމެއް ބަޖެޓް ރެކޮމަންޑޭޝަންގެ ގޮތުގައި ފޮނުވަން ބަޖެޓު ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ އިއްޔެގެ ބައްދަލުވުން ހިނގަމުން ދަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބަޖެޓު ކޮމިޓީން ފާސްކުރި ބައެއް ރިކޮމެންޑޭޝަންތައް:

- ސަރުކާރުގެ އޮފީސްތަކަށް ބަޖެޓު ކަނޑައެޅި ގޮތް 30 ދުވަހުގެ ތެރޭގައި އެންގުން.

- އިންކަމް ޓެކްސް ނަގަން ކުރަން ޖެހޭ މަސައްކަތްތައް ކުރުން.

- ފެމިލީ ޕްރޮޓެކްޝަންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެހީވުން.

- ޑީޖޭއޭ އިން މައްސަލަތައް އަވަހަށް ނިންމުމާއި އޮޑިޓެއް ހެދުމަށް ފަހު އެންގުން

- ޑޮމެސްޓިކް އެއާޕޯޓުތަކުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުން

ކޮމިޓީގެ ބައެއް މެމްބަރުން "މިހާރު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބަޖެޓު ޑެފިސިޓް އިތުރު ނުވާނެ ގޮތަކަށް ބަޖެޓުގެ މަސައްކަތްކޮށް ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މެމްބަރުންނަށް އަންގަވާފައިވާ ކަމަށެވެ. އެކަމަކު ބައެއް އިދާރާތަކުގެ ބަޖެޓަށް ބަދަލު ގެނައީ އަންނަ އަހަރު އިތުރަށް 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރުމަށް ފަހު ކަމަށް މެމްބަރުން ވިދާޅުވި އެވެ.

"އެހެންވީމަ މުޅި ބަޖެޓު ނިމޭއިރު، ގާތްގަނޑަކަށް 29.7 ނޫނީ 29.8 ބިލިއަނަށް ބަޖެޓު އަރާނެ ކަމަށް ބެލެވޭ. އެކަމަކު، މިހާރު އޮތް ގޮތުން 30 ބިިލިއަން ރުފިޔާ އަށް ބަޖެޓު ނާރާނެ،" މެމްބަރަކު ވިދާޅުވި އެވެ.

ނަންނަ ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ސަރުކާރު ކޯލިޝަންގެ ޕާޓީތަކުގެ މެމްބަރުން ވިދާޅުވީ އެބޭފުޅުންގެ ދާއިރާތަކަށް ބޭނުންވާ އެތައް ކަމެއް ބަޖެޓުގައި ހިމެނިފައި ނުވާ ކަމަށެވެ. އެކަމަކު އެކަންކަން ހިމަނަން ފަހުން ބާރުނޭޅީ އާ ސަރުކާރުގެ އެދުމުގެ މަތިން ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.

"ބަޖެޓުގައި ނެތަސް، މެމްބަރުން ބޭނުންވާ ކަންކަމަށް ހައްލެއް ގެނެސްދެވޭތޯ މަސައްކަތް ކުރުމަށް ސަރުކާރުން އޮތީ ނިންމާފައި. އެހެންވެ، އަޅުގަނޑުމެން ބޭނުން ނުވީ ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަން. ގިނަ ބަދަލުތަކަކީ ވެސް ސަރުކާރުން ބޭނުންވެގެން ގެނައި ބަދަލު،" މެމްބަރަކު ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި މިރޭ މުޅި ބަޖެޓާ މެދު ކޮމިޓީން ގޮތެއް ނިންމާނެ އެވެ. އެހެންކަމުން ބަޖެޓު ރިޕޯޓު އަންނަ ހަފްތާގައި މަޖިލީހަށް ހުށަހަޅާނެ އެވެ.

ބަޖެޓު ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އަންނަ އާދިއްތަ ދުވަހު ބަޖެޓު ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރެއްވުމަށް ކޮންމެ މެމްބަރަކަށް ހަތް މިނިޓުގެ ފުރުސަތެއް ލިބިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަޖެޓު ފާސްކުރުމަށް ތާވަލްކޮށްފައި ވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

13 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިޔާޒު

23 November 2018

ދިވެހި ރައްޔިތުންގެ ފައިސާ ހަރަދުކުރާ މީހުންނޭވެ.. އަހަރުމެން ބޭނުންވަނީ މިނިމަމް ވޭޖް ގާނޫނަކާއި އިންކަމް ޓެކްސްގެ ގާނޫނެކެވެ.

The name is already taken The name is available. Register?

ރިޔާޒު ބ އޭދަފުށި

23 November 2018

ކުނިކަހާ މީހުންގެ މުސާރަ ނޫނަކަސް ރިސޯޓު ދާއިރާގެ މީހުންގެ މުސާރަ ބޮޑުކުރުމައް ހުށައަޅާބަލަ

The name is already taken The name is available. Register?

ލުކްވެލް

23 November 2018

ރާއްޖޭގެ ސަރުކާރުގެ ބަޖެޓަށް ފައިސާ ވަންނާނެ އިތުރު ގޮތް ތަކެއް އެމްޑީޕީން ފިނޭންސް މިނިސްޓަރަކަށް ކަނޑައެޅި މީހާ އަށް ނޭގުން އެއީ މަމެން ކޮސްވާ ކަމެކޭ ތަމެންނަށް ނޭގުނު ނަމަވެސް ރާއްޖޭގެ އިގްތިސާދު ހިފަހައްޓަނީ އެއީ މާލެ ސަރަހައްދުގައި ތިބި އަމިއްލަ ވިޔަފާރިވެރިން ކުރާ ބުރަ މަސައްކަތުންނޭ ކަން މިހެން ހުރުމުން މާލެ ސަރަހައްދުން އެބަޖެހޭ ވިޔަފާރިވެރިންނަށް ބިން ތައް ދޭން ގުޅިފަޅު ހިއްކަން ފަށަން އެމްޓީސީސީ މެދުވެރިކޮށް ތަމެންގެ ވެރިކަމުގެ ފަސްޓް

The name is already taken The name is available. Register?

ބުލޫ

23 November 2018

ހުސް ފަޅޯ ސަރުކާރު ތައް! ވަކި ބަޔަކު ހުރިހާ ލާރި ބަދު އަޅަނީ... ވަޒީރު ކަމާ އެހެނި ހެން މަގާމު ތައް ވެސް އެތައް ބަޔަކަށް ބަހާލަނީ... ރައީސް އޮފީހުގަ ވެސް 6 ވަޒީރުން... ކޮން ކަމެއް ކުރަން؟ .. އިތުރު އެކި ނަން ނަމުގަ އެތައް ސަތޭކަ މީހުން .. ހުސް ޕާރޓީ ތަކަށް ބައި އަޅާފަ.. އެ ހެޔޮ ކުށުގެ ރިކޯރޑް އޮތަސް، ތައުލީމެއް ތަޖުރިބާ އެއް ނެތަސް! މީ ހާލަތު. އެތަން ފޫ ބައްދަން އާއްމު ން ބޮޑެތި ޓެކްސް ނަގަނީ! އިންކަމް ޓެކްސް ވިޔަފާރިވެރިން އތުން ނުނަގާ

The name is already taken The name is available. Register?

ކެއަރިންގް

23 November 2018

ބަޖެޓްގެ މަސައްކަތް ނިންމިއިރު ކުނި ކަހާ މީހުންނަށް ދޭ އިނާޔަތް ތަމެން ބޮޑު ކުރާ ގޮތަށް ކިއެއްވެތޭ މާލެ ސަރަހައްދުގައި ހުރި އަމިއްލަ ކޮލެޖްސް ތަކަށް އެމެންގެ ވިޔަފާރި ކުރިއެރުވުމަށް ޓަކައި ހުޅުމާލެ އިން އެމެން ކޮންމެ ކޮލެޖް އަކަށް 5 ހާސް އަކަފޫޓްގެ ބިން ހިލޭ ނުދީގެން އުޅެނީ ދޭން ޖެހޭނެއޭ ރާއްޖޭގެ އަމިއްލަ ކޮލެޖްސް ތައް މާލޭގައި ކިޔަވާދެނީ ވަރަށް ބޮޑު ކުއްޔެއް ދީގެންނޭ އިމާރާތަށް އެކަން އެބަޖެހޭ ސަރުކާރަށް އަންޑަރސްޓޭންޑް ވާން ކެއަރިންގް މީ..

The name is already taken The name is available. Register?

ޓެލްމީ

23 November 2018

ތަމެން އެމްޑީޕީގެ ވެރިކަމުގައި ތަމެން ނާޖާއިޒު ގޮތުގައި ރައްޔިތުންގެ ވޯޓް ދަމައިގަނެގެން ރައްޔިތުން ކަންނެތް ކުރަން އަދި ރާއްޖޭގެ ހިއުމެން ވާރކް އިންޑެކްސް ދަށް ކުރުމުގެ ނިޔަތުގައި ކުރާ ކަމެކޭ ކަން ކަން ހިލޭ ކޮށްދިނުމަކީ ބިކޮޒް ސަރުކާރުގެ މާލިއްޔާ ގައި ހުންނަނީ އެއީ ތަމެންގެ އަމިއްލަ ފައިސާ އަށް ނުވާތީވެ ދައުލަތް ބޭންކްރަޕްޓް އަރުވާލައިގެން ނަމަވެސް ރައްޔިތުންގެ ވޯޓް ދަމައިގަތުން އެއީ އެއް ނޫންތޭ ތަމެންގެ މެއިން އިންޓެންޝަން އަކީ އޯއް ޓެލްމީ..

The name is already taken The name is available. Register?

އެޕްރީލް

23 November 2018

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ނެތޭ އިނޮވޭޓިވް ބައި ވާރކް މިއުސޫލުން ދައުލަތަށް އާމްދަނީ ހޯދަމުން ރާއްޖޭގެ އިގްތިސާދުގެ ހިތް ކަމަށްވާ މާލެ ސަރަހައްދުގެ ވިޔަފާރިވެރިންގެ ހިތް ތަކުން މޮޅުވެ އެމެންގެ ވިޔަފާރި ކުރިއަރުވާނެ އުސޫލުން އެއްވެސް ކަމެއް ކުރަންރާވާފައި ތިލަފުށި އަދި ގުޅިފަޅު އެމްޓީސީސީ މެދުވެރިކޮށް ހިއްކައިގެން އެތަނުން މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ހުރިހާ ފަރާތް ތަކަށް ބިން ތައް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ދައްކާ..

The name is already taken The name is available. Register?

ދިސްއިޒްއިޓް

23 November 2018

ދަ ރާއްޖެތެރޭގެ ކައުންސިލް ތަކާއި އަދި މާލެ ސަރަހައްދުގެ ކައުންސިލް ތައް އުވާލަންވީއޭ މީ ރާއްޖެގަވަރން ކުރަން ބޭނުންވާ ލޭޔަރެއް ނޫނޭ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅާ ޖީއެމް އަކު ކޮންމެ ރަށެއްގައި ވެސް ހުރީމާ ނިމުނީއޭ ލާމަރުކަޒީ އެއީ ކިޔަން ޖެހޭނެ އެއްޗެއް ވެސް ނޫނޭ މީގައި ހަދަންވީ ޕޮޕިއުލޭޝަން ކޮންސޮލިޑޭޓް ޕްރޮގްރާމެއް ލާރޖް ސްކޭލް ގައި ޖައްސާ ދަ ރާއްޖެތެރޭގައި 10 ހާހުން ދަށުގެ ހުރިހާ އާބާދީ މާލެ ސަރަހައްދަށް ބަދަލު ކުރަންވީއޭ...

The name is already taken The name is available. Register?

ދިސްވޭއޭ

23 November 2018

ބަޖެޓްގެ އެންމެ ފަހު މަރުހަލާގެ މަސައްކަތް ތަމެން ނިންމި ނަމަވެސް އެއިން މާ ބޮޑު އުފާވެރި ކަމެއް ލިބިގެން ނުދެއޭ މަމެންނަށް ޔަގީނޭ އިންކަމް ޓެކްސް ނަގައިފިނަމަ ކަޅު ސައިތައްޓެއްގެ އަގު އުޅޭނީ 20 ރުފިޔާގައޭ އިންކަމް ޓެކްސް ނަގައިގެން ގިނަވެގެން ނުލިބޭނެއޭ ދައުލަަތަށް 5 މިލިއަން ރުފިޔާ ވެސް އޭގެ ބަދަލުގައި މާލެ ސަރަހައްދުން ހުޅުމާލެ 2 އިން 2 ހާސް އަކަފޫޓްގެ 50 ހާސް ގޯތި އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ކުއްޔަށް ދޭންވީއޭ...

The name is already taken The name is available. Register?

ނަޖޫ

23 November 2018

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބަޖެޓު ވެގެންދާނީ އާންމު ރައްޔިތުންގެ ޖީބު އިތުރަށް ތަނަވަސްވާނެ ފަދަ ބަޖެޓަކަށް މަރުހަބާ ރައްޔިތުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454