މައުމޫނާއި ކޯލިޝަންގެ ލީޑަރުން އެމްޑީޕީގެ އޮފީހުގައި މިއަދު މަޝްވަރާ ކުރައްވަނީ.---ފޮޓޯ: އަލީ ސޯލިހް/ޖުމްހޫރީ ޕާޓީ
29 ނޮވެމްބަރ 2018 - 10:57
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފުރަތަމަ ފަހަރަށް އެމްޑީޕީގެ އޮފީހަށް މިއަދު ވަޑައިގެންފި އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީގެ އޮފީހަށް މައުމޫން ވަޑައިގަތީ، އަންނަ އަހަރުގެ މާޗް މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ކޯލިޝަނުން ވާދަކުރުމާ ގުޅޭ ގޮތުން އެ ކޯލިޝަންގެ ލީޑަރުންގެ މެދުގައި ބާއްވާ މަޝްވަރާ ބައްދަލުވުމަކަށެވެ.
މި ބައްދަލުވުމުގައި މައުމޫންގެ އިތުރުން، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަދި އެ ޕާޓީތަކުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ އިސްވެރިން އެމްޑީޕީގެ އޮފީހުގައި ބައްދަލުކުރައްވަނީ.---ފޮޓޯ: އަލީ ސޯލިހް/ޖުމްހޫރީ ޕާޓީ
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވެސް ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ގުޅިގެން ވާދަކުރަން އެއްބަސްވެފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފައި ވީ ނަމަވެސް އެ ދާއިރާތައް އަދި ކަނޑައެއް ނާޅަ އެވެ. އަދި އެކަމުގައި، ޕާޓީތަކުގެ މެދުގައި ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެދާނެ
29 November 2018
ޖާބިރާ ޖެހިގެން އުޅޭ މައްސަލަ ހައްލުވާއިރު ތިޔަ އޮފީހަށް ވަންނަ ފަހު ފަހަރަށްވެސް ހަމަ ވެދާނެ.
ޝަހީމްބެ
29 November 2018
ސޭޓާއި މައުމޫނު ކާނަލް ނާޒިމް ސިޔާސީ ދާއިރާއިން އެހެލީތީ ޔާމީނަށް ކުޑަކޮށް ތާއީދުކުރަން. މުޅިއުމުރަށް މިމީހުން ސިޔާސީ ދާއިރާއިން ދުރުކޮށްގެން ނޫންގޮތަކަށް މިގައުމު ހަަމަޔަކަށްނޭޅެ.
ޢަލި
29 November 2018
މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓްލީކޮންބަޔަކަށް. އެމްޑީޕީ އަށް %80 ޖޭޕީ އަށް %10 އަދާލަތު އަށް %6 އަދި މައުމޫނުގެ މީހުން %4. ހިތްވަރެއް ހުރީއްޔާ ކޮންމެ ޕާޓީއަކުންވެސް 87 ގޮނޑިއަށް ވާދަކުރަންވީނު. ހުރިހާ މީހުން އެމްޑީޕީގެ ނިވާފަތްގަޑަށް ވަންނަނީ ކީއްކުރަންތަ. ކޮބާތަ އެއްކަލަ ހިތްވަރުގަދަ އުމަރު، ގޮޑިއަކަށް ކުރިމަތި ލައިގެން ރައްޔިތުންގެ ތާއީދު އޮތްވަރު ދައްކާލަންވީނު.
ފާރިޒް
29 November 2018
ތިހެން އުޅެމުން އަދި މަައުމޫން މޑޕ ހިސޯރު ކުރާނެ
މަރޭމިތުރާ
29 November 2018
[[ދުވަސްތައް އަނދިރިވީ އުޖާލާ ކުރަން، އަވަސްކޮށްލަމުން މަޝަވަރާތައް ކުރަންވީ! މިދީބައް އަމާނަކަން އަލުން ގެންނަވަން، މިދީބުގެ ދިފާއުގަ ދިވެހިން ގުޅެންވީ! ލަފާހެޔޮ ދަރިންނަށް މިހިދުމަތްކުރަން، ވަފާތެރިވެގެން ލީޑަރުންތިބެންވީ!]]
ދޮންކެޔޮ ބިިންތިި ނިިހާން
29 November 2018
މިދީބައް އަދީބު ނުގެންނަންވީ.....
ކަލޭފާން
29 November 2018
މާޒީ ދަސްކޮށްދީފައިވަނީ ސަރުކާރަކާއެއްކޮޅަށް މިޖިލިސް ދީފިނަމަ ޑިމޮކުރެސީނެތި މުއައްސަސާތަކުގެ ބޭނުންކޮށްގެން ގާނޫނުތަކާއި ގައުމު ފުއްގަނޑެއްހެން މޮޑޭތަން. މި 5 އަހަރު ނިމޭއިރު ގައުމުއޮތްތާ ވަޅުގަނޑެއް އޮތަނުދިނުމަށް މިއީ ރައްޔިތުން ވިސްނަންވެއްޖެކަމެއް.
ޢަލި
29 November 2018
މައުމޫނަކީ އެއްގޮތަކަށްވެސް ބަލައިގަނެބޭނެ ބޭފުޅެއްނޫން. މައުމޫނަކީ ވަަރަށްބޮޑަތި އިހުމާލު ތަކެއްވެފަހުރި އަދި ރާއްޖެއާއި ރައްޔިތުންނަށް ވަރަށް އަނިޔާވެރި ވެފައިވާ ފަރާޔެއް. ވަރަށްގިނަ ރައްޔިތުންނަށް ބޭއިންސާފުން އަނިޔާ ދީފަހުރިފަރާތެއް. ސިޔާސީ ދާއިރާއން މައުމޫނު ދުރުވާންޖެހޭ.
ކިޔުންތެރި
29 November 2018
ގޮޑިބަހައިގެންނުވާނެ ރައްޔިތުމީހާގެ ހިތްތައް ފޮތިފޮތި ނުކުރެވޭނެ
ހޮޓްކިންގ
29 November 2018
ޖާބިރުއަތުން މައުމޫނު ނެގި ފައިސާ މައުމޫނު ޚަރަދު ކުރީ ސްޕްރީމް ކޯޓަށް ނުފޫޒު ފޯރުވަންކަން މިހާރު ކަށަވަރު ވެއްޖެ. އެއީ ޔާމީނުގެ ވެރިކަން ވައްޓާލަން މައުމޫނު ކުރި ބަޣާވާތެއް. މައުމޫނުގެ މައްޗަށް ކުރި ހުކުމް ތަންފީޒުކުރަންޖެހޭ.
ކޮން ތާކު ކާކު
29 November 2018
4 މީހުންގެ ދަރިންކޮޅު 4 ބަޔަބަޔައް ހަމަހަމަވާގޮތައް ބަހާލަންފެނޭ؟ މިއޮތީވާ ސަރުކާރެއް!