ދިއްފުށީގެ ފެނާއި ނަރުދަމާ އިފްތިތާހުކޮށްދިނުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ -މިހާރު ފޮޓޯ/ ހުސެން ވަހީދު
01 ޑިސެމްބަރ 2018 - 11:39
އަމާޒަކީ ވެރިކަމުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ފެށުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކ. ދިއްފުށީގައި، މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސްކަމާ ހަވާލުވެވަޑައިގެން ރަށަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ދިއްފުށީގެ ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހުކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި މިވަގުތު ފެނުގެ ހިދުމަތް ގާއިމްކޮށްފައިވާނީ 34 ރަށުގައި ކަމަށެވެ. އަދި ނަރުދަމާގެ ނިޒާމު ފުރިހަމަކޮށްފައި ވަނީ 66 ރަށެއްގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެއަށް ލިބޭ އާމްދަނީއާ އަޅާބަލާއިރު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތަކުގެ މިންވަރު މަދު ކަމަށެވެ. މިއީ އެކަން ވެގެންވާނެ ގޮތް ނޫން ކަމަށާއި އެ މައްސަލައަށް އަވަސް ހައްލުތަކެއް ގެންނަން އަންނަ އަހަރުގެ ބަޖެޓުގައި ވެސް ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއް ހިމަނާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކުރަން ބަޖެޓުގައި ޖުމްލަ 102 މިލިއަން ޑޮލަރު، (1.5 ބިލިއަން ރުފިޔާ) އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން 72 ރަށުގެ ނަރުދަމާ އާއި 56 ރަށުގެ ފެނުގެ ނިޒާމު ގާއިމްކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ އަމާޒަކީ ވެރިކަމުގެ ތިން އަހަރު ނިމޭ އިރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ފެނާއި ނަރުދަމާގެ ހިދުމަތް ފެށުން. އިރާދަކުރެއްވިއްޔާ މި ކަންތައްތައް ކުރެވިގެންދާނެ. މިކަން ކުރުމުގައި އަމިއްލަ ވިޔަފާރިވެރިންގެ އެހީތެރިކަން ވެސް އަޅުގަނޑުމެން ބޭނުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ ދާއިރާތަކުން އެހީތެރިވާން ވިޔަފާރިވެރިން ތައްޔާރަށް ތިބި އިރު އެ މީހުންނަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ މަގު ތަނަވަސް ކޮށްދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ދިއްފުށީގައި ފެށި ފެނާއި ނަރުދަމާގެ ހިދުމަތާ އެކު ރައްޔިތުންނަށް ފަސޭހަވެ، އިގްތިސާދީ ގޮތުން ރަށް ތަރައްގީވާން މަގުފަހި ވެގެންދާނެ ކަމަށެވެ.
ދިއްފުށީގައި ހަތަރު މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) ހޭދަކޮށްގެން ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށްދިނީ ޗަމްޕާ އާއިލާއަށް ނިސްބަތްވާ އަލިފުޅު ތުއްތު ފައުންޑޭޝަން އާއި އެރަށާ ޖެހިގެން އޮންނަ މީރުފެންފުށި ރިސޯޓް ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަނާނާ ރައީސް
01 December 2018
މީ ކޯޗެކޭ ކިޔާ އިރުވައިހުދެއް؟ ބަލަ ޖަލޭ ބުނީ އެރަށެއްގެ ފެންވަރުން އެރަށެއް ތަރައްގީ ކުރާނަމޭނު. ނަރުދަމާ ނެތް ރަށްރަށުގެ ފެންވަރަކީ ނަރުދަމާ.ނެތުން.
ދޮންނޭ
01 December 2018
ކީއްވެ؟ ޔާމީންގެ ސަރުކާރުން ވަނީ ހުރިހާ ރަށެއްގަ ފެނާއި ނަރުދަމާ މަސައްކަތް ފަށާ ނިމުމަކާ ހަމައަށް ގެނެއްސަ. ކެމްޕޭންގަވެސް ކުރީ އަނގައިން ބުނާއިރު ފުދި ނިމިފަ ހުރި ވައުދު ވިއްޔަ. ރަނގަޅުވާނެ. ގަމާރުކަންމަތީ ދިވެހިން ތާއަބަދަށް އަތް ޖަހަން ތިބޭ.
އައިމޮން
01 December 2018
މިހާތަނަށް ފެނުނު މަންޒަރުތަކަށް ބަލާއިރު ތިކަންވާނެކަމަށް ލަފާކުރެވެނީ ރައީސްމީހާ ސެލިބްރިޓީހެދިފަ ސެލްފީ ނެގުން ހުއްޓުނު އިރަކުންކަމަށް ލަފާކުރެވެނީ! ލާނެއް ހިންޏެއް މޫނުމައްޗަށް ގެނެސް ފޮޓޯ ނެގުން ނޫންކަމަކާ ވިސްނާހެނެއްވެސް ހީނުވޭ! ކެބިނެޓް ހޮވިގޮތުންވެސް އަހަރެންނަށް ލައްކައެއްޗެހި ދަސްވެއްޖެ! ފަސް އަހަރު ހިފައްޓާލެވޭނެބާ؟ ސެލްފީނަގަންހުއްޓާ މަޖްލިސްތެރޭން އިމްޕީޗްކުރާ މަންޒަރު މިހާރުވެސް ހުވަފެނުން ފެނޭ އެބަ!
ށ.އަތޮޅު މީހާ
01 December 2018
ދައުރު ނިމޭއިރު ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ގާއިމްކޮށް ނިންމާނެކަމަށް އުންމީދުކުރަން.
މަހުދީ
01 December 2018
ޔާމިނު ސަރުކާރުން ގިނަރަށްތަކެއްގެ ނަރުދަމާއާއި ފެނުގެ ނިޒާމުވަނީ ނިންމާފައި ހާއްސަކޮށް ބޮޑެތި އާބާދީތަށް ބާކީ ތިއޮތީ އާބާދީ މަދު 50 ވަރަކަށް ރަށް
ށިންދި
01 December 2018
ކީންކުރަން ކުރާ ބޭކާރު ހަރަދެއް. 3 ބައިކުޅެ 2 ބައިއުޅެނީ މާލޭގަ. މާހަރަދު ކުޑަވާނެ ބަަކީ ތިބި 1 ބައި ހުޅުމާލެއިން ފުލެޓެއް ދިނިއްޔާ. މާލެ ކަމުނުދައްޔާ ފެނާ ނަރުދަމާ ހުރި ރަށަކަ ބަދަލުކުރިއްޔާ. ކޮބާތަ އެއްފަސް ކުރުމުގެ ސިޔާސަތު.
ސަކީނާ
01 December 2018
ފުވައްމުލަކުގެ މަގުހަދައިދެއްވާ...
ޕަކާސް
01 December 2018
ރާއްޖޭގެ އެންމެ ދުވަސްވީ ކީޕަރު އިންކަމް ޓެކްސްގެ ބިލް ގާނުނަކަށް ނުވަނީސް ސައްޕެއްޖަހާ ވިޔަފާރިވެރިންގެ ހާފުން ރައްޔިތުންގެ ހާފަށް އަނބުރާ ފޮނުވާލާއިފި.
ވާލުސޮރު
01 December 2018
އިދިކީލި ވިސްނުމަކުން.... (ބައިތެއް) މަހަށް އެންކޮޅު ހިލޭ ދޭހެން، ވަރަށް ގިނަ ގުނަ އެހީ ދީފައި، ފަހުން އެކަމަކު "އެބައިމީހުން" ބޮޑެތި ފައިދާ ނަގާފާނޭ.
ވީގޮތް
01 December 2018
ޗައިނާ ސަފީރު ބުނީ 600 މިލިއަން ޑޮލަރުގެ ލޯނުކަމައް، އެމްއެމްއޭ ގެ ގަވަރުނަރު ބުނީ ޗައިނާގެ އެކި ބޭންކްތަކުންނާ އެކު ނަގާފަ ހުރި ލޯނުތަކާ އިންޓަރެސްޓްއެކު 1.3 ބިލިއަން ޑޮލަރައް އަރާނެ ކަމައް؟؟ ދެން މާމޮޅު އިކޮނޮމިސްޓަކައް ހަދައިގެން ތިއުޅޭ ގަޓްރައީސް 25ބުރީ އިމާރާތެއް އެޅިވާހަކައާ، ބުރިޖެއް އަޅާފަ 25ބުރީ 7 ޓަވަރު އަޅާއެބަ، 3.1 ބިލިއަންޑޮލަރު މިކަމައް ނުދާނެ ކަން އިންގޭނެ ކިޔައިވައިގެން ހުރި ކޮންމެ މީހަކައްވެސް، ހަގީގަތަކީ ބޮޑުއަގުކުރީ ކަޓުނަގަން