އާމިރާ، ސީއެސްސީއަށް އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު ރައީސް ދެއްވަނީ.--- ފޮޓޯ: ރައީސް އޮފީސް
02 ޑިސެމްބަރ 2018 - 17:53
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ކަމަށް ސީއެޗްއެސްއީގެ ކުރީގެ ޕްރިންސިޕަލް ފާތިމަތު އާމިރާ މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ސީއެސްސީގެ މެމްބަރުކަމަށް އާމިރާ އައްޔަން ކުރައްވައި އޭނާއާ މަގާމުގެ ފަތްކޮޅު ހަވާލު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ސީއެސްސީގެ މެމްބަރުކަމަށް އާމިރާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެމްބަރުންގެ އިއްތިފާގުންނެވެ.
ސީއެސްސީގެ މެމްބަރުކަމަށް ކުރިމަތިލި 13 މީހެއްގެ ނަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރިއިރު، އެންމެ މަތިން މާކްސް ލިބިވަޑައިގަތީ އާމިރާ އަށެވެ. އެ ކޮމިޓީން އާމިރާ އަށް ދިނީ 89 ޕަސަންޓު މާކްސް އެވެ.
އާމިރާ، ސީއެސްސީއަށް އައްޔަން ކުރެއްވުމަށް ފަހު، އޭނާއާ ރައީސް މިއަދު ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ރައީސް އޮފީސް
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް މުހައްމަދު ޒާހިރު (ޓޫޓޫ ޒާހިރު) ގެ އަނބިކަނބަލުން އާމިރާ އެންމެ ފަހުން ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގަ އެވެ. ތައުލީމީ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އާމިރާ ވަނީ ސީއެޗްއެސްއީގެ ޕްރިންސިޕަލްކަމުގެ އިތުރުން އެ ސްކޫލްގެ ޓީޗަރުކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ އެކި މަގާމުތައް ވަނީ ފުރުއްވައިފަ އެވެ. ސީއެސްސީއަށް އާމިރާ އައްޔަން ކުރެއްވީ އެ ކޮމިޝަންގެ މެމްބަރަކަށް ހުންނެވި ފާތުމަތު ރީނީ އަބްދުއްސައްތާރުގެ މަގާމުގެ މުއްދަތު މިދިޔަ މަހު ހަމަވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިޒަރވްސް އިޓް
03 December 2018
އާމިރާ އަށް ވަޒީފާ ލިބުނީ މެރިޓް އިން. ވާހަކަ އަކީ ހައްގު ވާތީ.
ޖުމާ
03 December 2018
ހުރިހާ ކޮމިޝަންތަކަކަށްވެސް އަބަދު އޮޅަ އޮޅާފަ ލާންތިބޭ ވަކިބަޔަކު އުޅޭކަމީ ދެރަކަމެއް. ކޮންމެ ސަރުކާރެއް އަޔަސް ހަމަ މިމީހުން ތިބެނީ، ދެން ވަކި ކޮންކަމެއް އިސްލާހު ވާނީ. ބަދަލުވާނީ. ހަމަ ކުރީގެ ބޯދާ އުސޫލުތަށް ދެމިއޮންނަނީ
ޅޮސް
03 December 2018
ރޮޒޭނާ ބޮޑުދައިތަ
ކޮރޮޕްޝަން
03 December 2018
މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުގައްރިރަކަށް ރޮޒޭނާ އިނދެގެން ހިންގި ޖަރީމާއެއްމީ، ކޯލިޝަންގެ ބޮޑުޢައުލަބިއްޔަތަކުން މަޖްލީހުގައި ސަރުކާރަށް 2 ހަތާ ނުވަނީސް ކޮރޮޕްޝަނަށް މިއޮތީ އަނއެކޭުނެފަ، އިބޫވިސްނާތި!
Juhaa
02 December 2018
އެއީ ރޮޒައިނާގެ ބޮޑުދައިތަ ކަމަށްވީމާ އެ ވަޒީފާ ދިނީ.
ޑރ. ރާމީ
02 December 2018
އާމިރާ އަށް އިތުރު ކުރި އެރުމާއި ކާމިޔާބީ.!
ނަޒަހަ
03 December 2018
ރޮޒޭ ހާދަ ނަޒާހަތްތެރިއޭ ބޮޑުދައިތައަށް ތަބަކަށް ލާފަ މަގާމު ދިނީ މިހަާވަރަށް ނަޒާހަތްތެރި ވެވޭނީ
ްައަހައްމާ
02 December 2018
މަރުހަބާ މެޑަމް އާމިރާ!!