އައިހެވަން މަޝްރޫއުގެ ކުރެހުމެއް: އެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވޭ
17 އޯގަސްޓް 2016 - 11:24
ހއ. އަތޮޅުގެ އިހަވަންދިއްޕޮޅު ސަރަހައްދުގައި ސަރުކާރުން ހިންގަން ރާވާފައިވާ އައިހެވަން އިންޓަގްރޭޓަޑް ޕްރޮޖެކްޓުގެ މާސްޓަ ޕްލޭން ހަދާނެ ފަރާތެއް ހޯދުމަށް، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެ ޕްރޮޖެކްޓްގެ މާސްޓަ ޕްލޭން ތައްޔާރުކުރާ ފަރާތްތަކުން، އެ ދައުވަތާ ގުޅިގެން ތައްޔާރުކޮށްފައިވާ ޓާމްސް އޮފް ރިފަރެންސްގައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން މި މަހުގެ 24ގެ ކުރިން ޕްރޮޕޯޒަލް ހުށަހެޅުމަށް ދައުވަތު ދޭ ކަމަށެވެ. އަދި ހުށަހަޅާ ޕްރޮޕޯޒަލްތައް ބެލުމަށް ފަހު ޕްރޮޕޯޒަލް ހުށަހަޅާފައިވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެ ފަރާތްތައް އިތުރު މަޝްވަރާ އަށް ދައުވަތު ދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ އެ ދައުވަތުގެ ދަށުން، ފޯރުކޮށް ދިނުމަށް އެދޭ ހިދުމަތްތަކާއި މަޝްރޫއު ހިންގުމަށް ރޭވިފައިވާ ސަރަހައްދުގެ ތަފުސީލާއި މަސައްކަތް ނިންމުމަށް އެދޭ ތާރީހުތައް ޓާމްސް އޮފް ރިފަރެންސް ލިޔުމުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.
އައިހެވަން މަޝްރޫއަކީ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދޭ މަޝްރޫއެއް ކަމަށާއި އެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހު ފަށާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އައިހެވަން އަކީ އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރަކާ އެކު، ބަނދަރުގެ ވިޔަފާރި އަށް ބޭނުންވާ އިތުރު ދާއިރާތަކެއް ހިމެނޭ މަޝްރޫއެކެވެ. އެ ގޮތުން އެ ތަނުގައި މުދާ އުފެއްދުމާއި ބަންދުކުރުމާއި ޕްރޮސެސްކުރުމާއި ގުދަންކުރުމުގެ އިތުރަށް، ބައިނަލްއަގުވާމީ ކްރޫޒް ފެސިލިޓީ އާއި އެއާޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙޯރަފުށި
20 September 2016
ދައުރު ނިމޭއިރުވެސް އައިހެވަން މާސްޓަރ ފުލޭން ހަދަ ހަދާ ތިބޭ..
އައިހަމާމަ
17 August 2016
އައިހެވަންގެ މާސްޓަރ ޕްލޭން އަނެއްކާވެސް ހަދަނީ ހެއްޔެވެ؟ މިހާރު 4 ފަސް ފަހަރަކު މާސްޓަރ ޕްލޭނު ހަދައިފި އެވެ. 2 ތިން ފަހަރަކު ހިއްކަންވެސް ފަށައިފި. އެ ސަރަޙައްދުގެ މަސްވެރިކަން ދަށްކޮށް އުޅޭތީ މަހަށްނުގޮސް ގޭގަ އޮންނަ ކޮންމެ މީހަކަށް ވެސް ދުވާަކަށް 5000ރ ލިބެން ފަށައިފި. އުލިގަމުގެ ދަނޑުވެރިން ކަރާނުހައްދާތީ އުލިގަމު ދަނޑުވެރިންނަށް މަހަކު 5000 ރ ދޭން ފަށައިފި. ތުރާކުނު ޖަލީލުބޭ ގޯއްޗާ ސައީދުބޭ ގޯއްޗާ ދެމެދުން ބްރިޖު އަޅައިފި. އިންނަފިނޮޅުން ހުވަހަންދުވަށް އެއާޕޯޓް އަޅައިފި. ސާބަހޭ މުހައްމަދާ ކަލެޔަށް. ތިޔައީވާ ގޮލަޔެއް!!!
މެންޓަލިސްޓް
17 August 2016
ތިޔަ އައިހެވަންގެ ވާހަކަ ވެރިކަމަށް އެރީއްސުރެއްން ދައްކާ އެކަމު ހުސްހޮޅިވާހަކަ ، ކޮބާޗައިނާއިން 15000 ފްލެޓްއަޅަންއައިސް އުޅުނުމީހުން ،،، އެގްޒިމްބޭންކް އިން ފަންޑިންނުލިބިގެން އެމީޙުން ރާއްޖެދޫކޮށް ހިނގައްޖެ ، ކޮބާ ސައީދީންއަޅައިދޭންބުނި ބޮޑުމިސްކިތް ؟؟؟ އެކަންވެސް ފަނިވެއްޖެ ދެން މިހާރު ސަރުކާރުން އެކަމުގައި ރައްޔަތުންގެ ލޮލޮގައި އަނދުން އަޅުވަންވެގެން ގޭސްގަނޑެއް އަނބުރަން ރެޑީވަނީ ، މިސަރުކާރުން މުޅިންވެސް ދައްކަމުންދަނީ އަވާ މެންދުރޭ ،،،،
ޕެޓްރިކް ޖޭން
17 August 2016
ކެކެކެކެ. އެއްވެސް ކަމެއް ފަންޏެއް ނުވޭ. މިއުޅެނީ ގެއެއްގައި އަލައް ހދާ ކޮޓަރި ގަނޑެއްގައި ފާހާނެއް ބައިމްދާކަށް ނޫން. ފުއްޓަތްކެއް ޖަހާލާހާ ފަސޭހައިން ކަންކޮށް ނިންމާލާކަށް.
އަހާނަމަ
17 August 2016
މާސްޓަރ ޕްލޭން އެހާ މުހިއްމެއްނޫން. ޢެއީ ކޮންމެ ވެރިކަމަށް އައު މާސްޓަރ ޕްލޭން އެއް އެކްލަވާ ގައުމެއް މިއީ.
އިދުރީސް ދޮންބެ
17 August 2016
ކޮމެންޓު ލިޔަން ބިރުވެސްގަނޭމިހާރު! އެކަމަކު އަހަންނަށް އެނގޭ ވަރަށް ސަޅިކޮށް ކޮމެންޓު ކުރާ ސޮރެއް. އަޅެ އެސޮރަށް މަ ގުޅާލާނަން.
ބޮޑު ތިލަދުންމަތި
17 August 2016
މި ވަރުގެ ޕްރޮޖެކްޓަކާއި ބަލާއިރު ސަރުކަރުން ނެރެފައިވާ އާރް.އެފް.ޕީ.އޮތީ ވަރަށް ގޯސްކޮށެވެ.ޕްރޮޖެކްޓާއި ބެހޭ މާގިނަ މަޢުލޫމާތެއް އާރު.އެފް.ޕީ.އަކު ދީފައި ނެތް އިރު މި ސަރުކާރުން ބުނާ މެގަ ޕްރޮޖެކްޓްެ ސީރިއަސްކަމެއްވެސް އާރު،އެފް.ޕީ.އަކުން ނުފެނެއެވެ. މީގެ އިތުރުން ޢިއުލާނު ކުރިތާ މިވަރުގެ މެގަ ޕްރޮޖެކްޓަކަށް ބޭނުންވާ ޕްރޮޕޯސަލެއް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހަދައި ހުށަހެޅިދާނެތޯ ސުވާލު އުފެދެއެވެ. މިގޮތަށް އޮތުމުން މި ޕްރޮޖެކްޓްގައި ވެސް "ވަސް ނުބައި"ގޮތެއް އެބަހުރިކަމަށް ބުރަވެއެވެ.މި ޢިއުލާން މިއަށްވުރެ "ވަސް ނުބައި" ނުވާނެގޮތަކަށް އޮންނަންވެއެވެ.
އައްސަދު
17 August 2016
ސާބަސް ރައީސް ޔާމީން
ގަހާ
17 August 2016
އައިހެވަން ޕްރޮޖެކްޓް ވެސް އެދަނީ ކުރިއަށެވެ. އައިހެވަން ޕްރޮޖެކްޓް ފީސްބުލް ވާނީ މިސަރުކާރު ލީޑަރޝިޕްގައި އޮތުމުން ކަން ދަންނަން ޖެހޭނެ މުޅި ތިލަދުންމަތީ ރައްޔިތުން. ކަން މިހެން ހުރުމުން ތިބާ މެން ޖެހޭނެ ވިސްނަން ކުރިމަތި ވަމުން އަންނަ ލޯކަލް ކައުންސިލު އިންތިޚާބުގައި ޕިންކް ކުދިން މަތިން އަބަދުވެސް ހަނދާން ކުރަން. ޕިންކް ކުދިން ނޫނީ އޮރެންޖް ކުދިން މަތިން އަބަދުވެސް ހަނދާން ކުރަންވީ ދެން ރެޑް ކުދިންގެ މަތިން. އެއިރުން އައިހެވަން އަންނާނެ ފީސްބުލް ވެގެން ބޮޑުވެގެން ވާ މާސްޓަރ ޕްލޭނަކާއި އެކު.