ޖިނާހު: އޭނާއަށް އަލުން ވަޒީފާ ދިނުމަށާއި ގެއްލުނު ދުވަސްތަކުގެ މުސާރަ އާއި އިނާޔަތްތައް ދޭން ދައުލަތުން ވަނީ އެއްބަސްވެފައި
24 ޑިސެމްބަރ 2018 - 18:11
ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމެންޓްގެ ކުރީގެ ހެޑް މުހައްމަދު ޖިނާހަށް އޭނާ ކުރިން ހުންނެވި ފެންވަރުގެ ވަޒީފާ އާއި މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 2.8 މިލިއަން ރުފިޔާ ދޭން ދައުލަތުން ކޯޓުގައި އެއްބަސްވުމުން އެގޮތަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތަކެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކުރީގެ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޖިނާހު ފުލުހުންގެ ވަޒީފާއިން ވަކިކުރީ 2013 ގަ އެވެ. އޭރު އޭނާ ވަކިކުރީ ކޮން ތުހުމަތެއްގައި ކަމެއް ސާފެއް ނުވެ އެވެ. ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ވަޒީފާ އަނބުރާ ހޯދަން ޖިނާހުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ދާދި ފަހުންނެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އެ ދައުވާއަށް އެއްބަސްވެ، ޖިނާހު ވަކިކުރީ އިޖްރާއާތުތައް ފުރިހަމަ ނުކޮށް ކަމަށް އެއްބަސްވެފަ އެވެ. އަދި އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށާއި ވަކިކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް މުސާރަ އާއި އިނާޔަތްތަކަށް ލިބެން ޖެހޭ 2.8 މިލިއަން ރުފިޔާ ވެސް ދައްކަން އެއްބަސްވާ ކަމަށް ދައުލަތުން ވަނީ ކޯޓުގައި ބުނެފަ އެވެ.
ދައުލަތުން އެގޮތަށް ކޯޓުގައި އެއްބަސްވުމުން ކޯޓުން މިއަދު ވަނީ އެގޮތަށް ހުކުމްކޮށްފަ އެވެ. އެގޮތުން ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް ޖިނާހަށް ދިނުމަށާއި މުސާރަ އާއި އިނާޔަތްތަކަށް ވާ 2.8 މިލިއަން ރުފިޔާ އެއް އަހަރު ތެރޭގައި ދެއްކުމަށް ވެސް އެ ހުކުމުގައި އަންގާފައިވެ އެވެ.
މީގެ އިތުރުން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ދޭ ދުވަހާ ހަމައަށް ހިނގި މުއްދަތުގައި މަގާމުގެ ކުރިއެރުން ދޭން ޖެހޭ ކަމަށް ފުލުހުންނަށް ގަބޫލު ކުރެވޭ ނަމަ، މަގާމުގެ ކުރިއެރުން ދިނުމަށް ވެސް އެ ހުކުމުގައި އަންގާފައިވެ އެވެ.
ޖިނާހަށް އަލުން ވަޒީފާ ދޭން ދައުލަތުން އެއްބަސްވިއިރު، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝާއި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވަކިކުރީ ވެސް ގޯސްކޮށް ކަމަށް ދައުލަތުން އެއްބަސްވުމުން އެ މީހުންނަށް އަލުން ވަޒީފާ ދޭން ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އަދި މިހާރުގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ވެސް އަލުން ވަޒީފާ ދިނީ އޭނާ ވަކިކުރީ އިޖްރާއާތުތަކާ ޚިލާފަށް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެއްބަސްވުމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރާ
25 December 2018
ދިވެހިރާއްޖެއަށް މަރުގެ ހުކުމް ހަގީގަތުގައި ތަންފީޒު ނުކުރެވި އޮތް ސަބަބަބަކީ ޝަރުއީދާއިރާ އަދާއި ހަމައަށް ގޮސްފައިވާގޮތުން. ކޮންމެހެން އެއްވެސް ވެރިއަކު އެކަންކުރަން ބޭނުން ނުވެގެން ނޫން. ޔާމީނަށްވެސް ޖެހުނީ އެހާލު. އިބޫއަށްވެސް ޖެހޭނީ އެހާލު! ވޭތުވެދިޔަ 60 އަހަަރުގެ ވެރިންނަށް ޖެހުނީ އެއްހާލެއް!
ސޯލްޓް
25 December 2018
މީގެ މައްސލައަކީ އަދުލު އިންސާފު ހޯދައި ނުދެވުން. މިކަހަލަ މައްސަލަތައް ޝަރުއީ މަރުހަލާ އަވަހަށް ނިއްމަން ޖެހޭ. އަދި ކަނަކަން ބެލޭނެ ވަކި ލިމިޓޭޝަން ޕީރިއެޑްއެއް ވެސް އޮތުން މުހިއްމު.
ޙައްގުބަސް
25 December 2018
އަސްތަޢުފިރު ﷲ!! ދެން ނެތެއްނޫންތޯ އިތުރަށް ބުނާނެ އެއްޗެއް!! މާތް ﷲ އާ ވަކީލު!! ހުރިހާ ކަމެއް ހުރިހާ ތަނަކުން މިފާއިތުވެދިޔަ ދެމަހެއްހާ ދުވަހުސްޔެރޭ މިކުރަނީ ހަމަ ރަގަނޅަށްތޯ؟ ހަމަކަމާ އިންސާފުވެރިކޮށްތޯ؟ ދެފުށް ފެންނަ ގޮތަށްތޯ؟ އެއްވެސް ކޮޅަކަށް ބުރަނުވެ ހަމަ އޮލަނބަށްތޯ؟
މަރޭމިތުރާ
25 December 2018
[[އެއެއް މިއެއް އަސްލެއް ހަގީގަތެއް އެބަ އެނގޭހޭ! އެއް މިއެއް ނޭނގޭތަނުގައި ހުކުމްދާގޮތް އެނގޭހޭ!]]................................................. ޝަރުއީދާއިރާ އޮތްގޮތުން އަސްލެއް ހަގީގަތެއް އެއްވެސް ބަޔަކަށް ނޭނގޭނެ!
އިސްމާލި
25 December 2018
މަށަށް މައްސަލައަކީ ނުގަވާއިދުން ކަނޑާލި މީހުނަށް ވަޒީފާ ދިނުމެއް ނޫން. އެކަމަކު އެކަން ކުރި މީހަކު ދުވަހަކުވެސް ޒިންމާއެއްވާން ނުޖެހި ރައްޔިތުން އެކަމުގެ އަގުއަދާ ކުރަން ޖެހުން. މާދަމާ ޖިނާހު ކޯޓަށް މައްސަލަ ވައްދަންވީ ނުގަވާއިދުން ކަނޑާލުމުން (ދައުލަތުގެ އިއުތިރާގުން އެނގޭފަދައިން) އޭނާގެ އަބުރަށާއި ހައިބަތައް ލިބުނު ގެއްލިމުގެ ބަދަލުގައި 5 މިލިއަން ހޯދުމަށް. ދެން އެ ފައިސާވެސް ދައްކަންވީ ރައްޔިތުންތޯ؟ނުގަވާއިދުން ކަނޑަން ނިންމި މީހާ ހެވިފައި!
ރަދީފް
25 December 2018
މީނައަށް ވަޒީފާ ދިނުމާއި މަ ދެކޮޅު.ދީގެން ނުވާނެ.
ސާޒްލީ
25 December 2018
މި ދެން ކިހާ ބޮޑުވެއްޖެ ކަމެއް
މެސީ
25 December 2018
ވެރިކަން ލިބޭއިރަށް ހިތްހަމަ ނުޖެހޭ މީހުން ވަޒީފާއިން ކަނޑަންޏާ ވާނީ ތިހެން. ޑިމޮކްރަސީއޯ ކޮބާ ލަދުޙަޔާތް. ޑިމޮކްރަސީގަ އޮންނަނީ ހިތްހަމަ ނުޖެހޭހާ މީހަކަށް ހޭއަރުވާލާ އުސޫލް ދެއްތޯ؟؟؟؟؟؟؟؟
ވެލިމަޑި
25 December 2018
ގަވާއިދާ ހިލާފަށް ވަޒީފާއިން ކަނޑާލާ މީހުންނަށް މިގޮތަށް ރައްޔިތުންގެ ފައިސާއިން ބަދަލުދޭންޖެހުމަކީ މާގިނައިންވެގެންވަނެ ކަމެއް ނޫން. މިކަން މަދުކުރެވޭނީ ގަވައިދާ ހިލާފަށް ކަނޑާލުމުގެ ޒިންމާ ނަގާންޖެހޭ މީހަކަށްވެސް ކޮންމެވެސް ކަހަލަ އަދަބެއ ލިބިގެން. އެހެންނޫނީ ދެން މިވަނީ ކޯޗަކަށް؟
އިސްމާ ވައިސްމާ
25 December 2018
ކޮބާތަ އެޓަރނީ ޖެނެރަލް ރިއްފަތު? ހެހެެހެ އަދުލު އިންސާފޭ ކިޔާފަ އަންބޮޑި, ނުހައްގުން ކެނޑިއްޔަ އެކަށީގެންވާ މުއްދަތެއްގަ ކޯޓަށް ދާންވާނެ, ޕަބްލިކް އިންޓްރެސްޓްގަ ވެސް އޭޖީ ޖެހޭނެ އެބައި ޑިފެންޑް ކޮށް ވާހަކަ ދައްކަން? އެކަމަކު ޑިސްޕިއުޓަށް ވަނުމާއެކު އަވަހަށްދީ އަވަހަށްދީ އޭ ކިޔާފަ އެއްބަސްވީ / ސޮރީ ސުލްހަވީ