އިލެކްޝަންސް ކޮމިޝަނުން ސިޓީ ކައުންސިލާއި ޑީއެންއާރާ އެކު ބައްދަލު ކުރަނީ: ދަފްތަރު ރަޖިސްޓްރީއާ ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރި --ފޮޓޯ/އިލެކްޝަންސް ކޮމިޝަން
30 ޑިސެމްބަރ 2018 - 21:47
މާލޭގެ ދަފްތަރު ރަޖިސްޓްރީއާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން މަޝްވަރާކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ވަނީ ދަފްތަރު ރަޖިސްޓްރީއާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލާއި ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އާ އެކު މިއަދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
Dhaftharu registry aa gulhey gothun mashvaraa kurumah Male’ City Council aai DNR aa eku Elections Commission in bahdhalu koffi pic.twitter.com/tfXDQxelCT
— Elections Commission (@ElectionsMv) December 30, 2018
އިލެކްޝަންސް ކޮމިޝަންގެ ޓްވީޓް
ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުން އިންތިޚާބުތަކާ ގުޅިގެން ދާއިރާތައް ކަނޑައެޅުމުގައި ބަހާ ގޮތާ މެދު އަބަދުވެސް ޝަކުވާ އޮވެ އެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބަށް ތައްޔާރުވަމުންނެވެ.
ކުރިން ދަފްތަރު ބެލެހެއްޓުމުގެ މަސައްކަތް ހައުސިން މިނިސްޓްރީގެ ދަށުން ކުރަމުން ދިޔަ ނަމަވެސް އާ ސަރުކާރުން ވަނީ ސިޓީ ކައުންސިލަށް އެ ބާރުތައް އަލުން ދީ، އެ މަސައްކަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮލި
31 December 2018
އެމީހަކު ދިރިއުޅޭ ދާއިރާގެ ގޮނޑިއަށް ވޯޓުލެވޭގޮތް ހަދަންވާނީ.ދަފްތަރަކީ އޮންނަން ޖެހޭ އެއްޗެއް ނޫން...އަމިއްލަ ޤައުމުގައި ރެފިއުޖީންގެ ގޮތުގައި......
އުނބުށެން
31 December 2018
ދަފްތަރުގައި ނުޖެހިވެސް އެމީހަކު މާލޭގައި ދިރިއުޅޭކަން ސާބިތުކޮށްދެވޭނެ ގޮތްތައް ހުރިއްޔާ އެއިން ކޮންމެ ގޮތެއްވެސް ފްލެޓް ދިނުމާ ކަންކަމުގައި ބޭނުންކުރެވޭނަމަ ދަފްތަރުގައި ޖެހޭލެއް މަދުވާނެއެވެ. ދާއިރާތައް ކަނޑައެޅުމުގައި ބޮޑަށް ރަނގަޅުވާނީ އެއިންތިޚާބެއް ބޭއްވޭއިރަކު އެދާއިރާއެއްގައި ދިރިއުޅޭ ދަފްތަރު މީހުންނަށް އެދާއިރާއަކަށް ވޯޓްލެވޭގޮތް ވުމެވެ.
ޙުސެން
31 December 2018
ދަފްތަރަކީވެސް މާލޭގެ ރަށްވެހިން މީގެފަހުން އެއްވެސް ތަފާތު ކުރުމެއް ބަލައެއް ނުގަނެވޭނެ.
ޙުސެން
31 December 2018
އެމީހަކު ދިރިއުޅޭ ދާއިރާގެ ގޮނޑިއަށް ވޯޓުލެވޭގޮތް ހަދަންވާނީ.
ފުއާދު
30 December 2018
މާލެ މީހުން އަށް ނެތްތަ އެހެން ރަށަކުން ވިޔަސް ބިމެއް ލިބޭކަށް؟ ދަފްތަރުގަ ޖެހިފަ ތިބި ރަށްރަށުގެ މީހުން އެމީހުން ގެ ރަށުން ވެސް އޮންނަނީ ބިމެއް ނަގާފަ. މާލެ މީހާއަށް ފުލެޓެއްވެސް ނުލިބޭ. މިވެސް އިންސާފު ދޯ...
މާރަނގާ - އައްޑޫ ސިޓީ
30 December 2018
ޤާނޫނު އަސާސީއާއި އިލެކްޝަން ޤާނޫނާއި އެއްގޮތަށް މާލޭ ދާއިރާއަށް އިތުރުވީ އެއްގޮނޑި. * * ދެވަނަ ގޮނޑިއަކީ ސީދާ “ތިމަޤުސަދު ހާސިލްކޮށް އައްޑޫ ސިޓީއަށް މަޖިލީހުން އިތުރުވާންޖެހޭ ގޮނޑިއެއް ޔާމީންގެ ރޭވުމެއްގެ ދަށުން ދައުލަތުގެ ބޯހިޔާވަހިކަން ބޭނުންނަމަ އަތޮޅު ތަކުގެ ރައްވެހިން އެމީހުންގެ ރަށްވެހިކަންދޫކޮށް މާލޭ ދަފުތަރުގައި ޖެހުމަށް މަޖުބޫރުކޮށްގެން” މާލެއަށް މާލޭ ސަރުކާރުން ހޯދައިގަތް ގޮނޑިއެއް. މިއީ ހަޤީގަތް އެހެންނޫންތޯ؟
މާރަނގާ - އައްޑޫ ސިޓީ
30 December 2018
ދަފުތަރުގައި ތިބިމީހުންނަށް މާލޭގެ ރަށްވެއްސަކަށްލިބޭ ހުރިހާ ހައްޤެއް ނުލިބޭނަމަ ތިއީ ރަށްވެހިވުމުގެ ޤާނުނާއި ހިލާފު ދަފުތަރަކަށް ނުވޭތޯ؟! * * މާލޭގެ ރައްވެހިންގެ ގޮތުގައި އެމީހުން ބަލައިނުގަންނަނަމަ “ބޮޑު އާބާދީއެއްގެ ޤާނޫނީ ހައްޤަށް އުނިކަން އަންނަގޮތަށް ޑިމޮކްރަސީގެ އުސޫލާއި ހިލާފަށް އެ ކޮމިއުނިޓީގެ އަޑު އުފުލަން ހުރަސް އެޅޭގޮތަށް” ހެދުމުގެ ބަދަލުގައި “ދަފުތަރު ދާއިރާ” އަދި ދަފުތަރު ފޮށި ބަހައްޓާ އެއާބާދީގެ ހައްޤު އެމީހުނަށް ދޭންވާނެ.
ކިއްލިބާޝާ
30 December 2018
މީހާދަ މަޝްވަރާކުރާ ސަރުކާރެކޭ. އަބަދު މަޝްވަރާ!
އަލަމާ
30 December 2018
4 މިހުން ހިންގަންވިމަ 4 އަހަރު ނަގާނެ.
ޢަބްދުﷲނާފިޒް
31 December 2018
ހާދަ މަޝްވަރާއޭ، އެހެންތަ!؟ ކަލޯ މިސަރުކާރު ވެރިކަމާ ހަވާލުވިފަހުން އަދި ދޮޅުމަސްދުވަސް ނުވޭ.....
ޮބޯވަ
31 December 2018
ކޮންމެމީހެއްވެސްދަފްތަރުގަޖެހެންވީ ފަސޭހައިން ގޯތި،ފްލެޓްލިބެނީ އޭރުންއޯ!!!!!!!!!