ސަމްބޫކާ އަވަށުގެ މަންޒަރެއް.
18 ޖެނުއަރީ 2019 - 07:50
އިޓަލީގެ އަވަށަކުން އެންމެ ޑޮލަރަކަށް ގެ ވިއްކަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޓަލީގެ ހިތްގައިމު ސަރަހައްދެއް ކަމަށްވާ ސިސިލީގެ އަވަށް، ސަމްބޫކާއިން މިހާރު ގެއެއް ވިއްކަނީ 1 ޑޮލަރު (15.40ރ.) އަށެވެ. އެހާ ކުޑަ އަގެއްގައި މިހާރަކަށް އައިސް އެތަނުން ގެ ވިއްކަނީ އާބާދީ ދަށްވަމުންދާތީ އެކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށްވެ އެވެ.
މީޑިއާތަކުން ރިޕޯޓް ކުރަމުން އަންނަ ގޮތުގައި އެންމެ ޑޮލަރަށް ގެ ވިއްކާތީ ސަމްބޫކާ އަވަށަށް ހިޖުރަ ކުރަން ބޭނުންވާ މީހުންގެ އަދަދު މިހާރު އަންނަނީ އިތުރުވަމުންނެވެ. އެހެންވެ އެ އަވަށުގެ ފަޅުކަން ކުޑަވަމުން އަންނަ ކަމަށްވެ އެވެ.
ދެހާސް ސަތާރައިގެ ރިކޯޑްތައް ދައްކާ ގޮތުން އާބާދީ ހަ ހާހަށް ވެސް ނާރާ ސަމްބޫކާގެ އޮފިޝަލުންނާ ހަވާދީ ސީއެންއެން އިން ބުނި ގޮތުގައި އެތަނުން ގެ ގެންނަން ބޭނުންވާ މީހުންނަށް މިހާރު އެއްވެސް ދައްޗަކާ ނުލައި ފަސޭހަކަމާ އެކު، ގެ ގަނެލުމުގެ ފުރުސަތު ލިބޭނެ އެވެ. އެތަނުން ވިއްކަނީ 40-150 އަކަމީޓަރާ ދެމެދުގެ ބޮޑުމިނުގެ ގެތަކެވެ.
"މިއީ އެއްގޮތަކަށް ވެސް އޮޅުވައިލުމެއް ނޫން. މިއީ މިތަނުގެ އާބާދީ އިތުރު ކުރުމަށް މީހުންގެ ޝައުގުވެރިކަން ހޯދުމުގެ ގޮތުން ފެށި ކަމެއް ކަމަށް،" ސަމްބޫކާގެ ޑެޕިއުޓީ މޭޔަރު އަދި ޓޫރިސްޓް ކައުންސިލަރު ގިސެއްޕޭ ކެސިއޯޕާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގެ ގެންނަ މީހުން އެތަންތަން ތިން އަހަރުގެ ތެރޭގައި ރަނގަޅު ފެންވަރަކަށް މަރާމާތު ކުރަން ޖެހޭނެ އެވެ. އެގޮތުން އަމިއްލަ ހަރަދުގައި މަރާމާތު ކުރާ އިރު، 5،000 ޕައުންޑްގެ ސެކިއުރިޓީ ޑިޕޮޒިޓެއް ބަހައްޓަން ޖެހޭނެ އެވެ. ނަމަވެސް މަރާމާތުގެ މަސައްކަތްކޮށް އެއްކޮށް ނިންމައިލުމުން ގެ ގެންނަ މީހާ އަށް އަނބުރާ ސެކިރިޓީ ޑިޕޮޒިޓް ލިބޭނެ އެވެ.
ސަމްބޫކާ އަވަށުގެ ދަނޑުބިންތަކެއް.
ސަމްބޫކާއަކީ ގުދުރަތީ ރީތިކަމާ އެކު، ދުވަސްވީ ތާރީހެއް ވެސް އޮތް އަވަށެކެވެ. އެގޮތުން އެ ތަނުގައި ތާރީހީ ގޮތުން ވަރަށް ހާއްސަ ތަންތަން އެބަހުރި ކަމަށް ގިސެއްޕޭ ވިދާޅުވި އެވެ.
"މިއީ ހަމަ ދުނިޔެ މަތީގެ ސުވަރުގެއެއް ކަހަލަ ތަނެއް،" އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޯލޭ އޯލޭ
18 January 2019
މިދުވަސްކޮޅު މަޖުލީސް ކުރިއަށްދާނަމަ މީހުން ހަމައެއްނުވާނެ؟
ފަންޖާސަރާ
18 January 2019
އަލަށް ގެ ގަންނަމީހާއަށް އެތަނުން މަޖުބޫރު ކުރޭ ތިންއަހަރުތެރޭ ގެ މަރާމާތުކޮށް ނިންމަންޖެހޭ ކަމަށް، އަމިއްލަ ޖީބުން ހަރަދު ހުރަންޖެހޭ މަދުވެގެން 13200 ޕައުންޑު(270،000 ރުފިޔާ). އެހެންވީމާ އެއްޔޫރޯ އެއްޑޮލަރަކުން ވާނެ ކަމެއްނުންތީ.
ފޫބެއްދި
18 January 2019
6000 މީހުން މަދުތަ؟ ރާއްޖޭގައި ރަށެއްގައި 500 މީހުން ތިބޭ އިރުވެސް 15.48 ރުފިޔާއަށް ގެއެއް ނުވިއްކަމެވެ.
އޮޅުގިރި
18 January 2019
ދެން ދިމާވާނީ އެހެން މައްސަލަ އެކެވެ. ގެތަށް ގަނެފައި މުއްސަދިން ޗުއްޓީ ދާ ތަނަކަށް ތި ރަށް ބަދަލުވާނީ އެވެ.