ޚަބަރު / މެމްބަރު ގާސިމް އިބްރާހިމް (މާމިގިލި)

"ނާށިގަނޑަށް ބޮޑު ލާރިއެއް" ވައްޓާލިޔަސް ގާސިމް ހިފަން ތައްޔާރު!

ގާސިމް، ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ޔާމީނާ އެކު ސިޔާސީ މަސައްކަތް ކުރައްވަން ތައްޔާރު ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކެވި---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ނާށިގަނޑު ހިފައިގެން މަގުމައްޗަށް ސަލާން ޖަހަން ނުކުންނަން ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މަޖުބޫރު ކުރުވާފައިވާ ކަމަށާއި އެ ހާލަތުގައި "ނާށިގަނޑަށް ބޮޑު ލާރިއެއް ވައްޓާލިއަސް" ގަބޫލުކުރަން ޖެހޭ ކަމަށް މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ވެރިކަމަށް އާދެވުމުން، އަނެއްކާވެސް އެމްޑީޕީން ވަނީ ޖުމްހޫރީ ޕާޓީ ނިކަމެތިކޮށްފައި ކަމަށެވެ. ކޯލިޝަނަކުން ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ހިންގަން އެއްބަސްވެ ވެރިކަން ލިބުމުން، "ދެ އަތްފުޅާކޮށް" ޖުމްހޫރީ ޕާޓީ އެއްލާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމްގެ ނުރުހުން އަމާޒުވެފައި ވަނީ، ސަރުކާރުގައި ޕާޓީތައް ހިއްސާވާ ނިސްބަތަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ޕާޓީތަކަށް ބަހަން އެމްޑީޕީން ދެކޮޅު ހަދާފައިވާތީ އެވެ.

"މިގޮތަށް ނިކަމެތިކަން ދިނީމާ އަޅުގަނޑުމެންނަށް އެބަޖެހޭ މަގުމައްޗަށް ނުކުމެ ސަލާން ޖަހަން ނާށިގަނޑު ހިފައިގެން ދާން. އެ ދިއުމުގައި ގާނޫނީ ހައިސިއްޔަތު އޮތް ކޮންމެ ފަރާތަކަށް ވެސް އަޅުގަނޑުމެން އަދަބުވެރިކަމާ އެކު ތިރިވެލާފައި ނާށިގަނޑު ދިއްކޮށްލީމާ ބޮޑު ލާރިއެއް ވައްޓާލިއަސް އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ،" ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ސަރުކާރު ހިންގާ ކޯލިޝަންގެ ހަތަރު ލީޑަރުންގެ މަޝްވަރާއަށް ފަހު މީޑިއާއާ މިރޭ އިރާކޮޅު ބައްދަލުކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެމަނިކިފާނު ވިދާޅުވި ގޮތުގައި، މަޖިލިސް އިންތިޚާބުގައި އެކުގައި މަސައްކަތް ކުރަން ތިބި ކޮންމެ ބަޔަކާ އެ ޕާޓީން ގުޅުމުން ދެއްކޭނެ ވާހަކައެއް ނޯންނާނެ އެވެ. އެކަމުގައި އެ ޕާޓީގެ ކުށެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"ދެން އެހެން މީހެއްގެ ކުށެއް އޮތް ވާހަކައެއް ވެސް ނޫން. ދެން އޮތިއްޔާ، އޮތީ ކޮން ބައެއްގެތޯ ތިޔަބޭފުޅުން ވިސްނަވާ."

ޔާމީނާ އެކު ވެސް މަޝްވަރާ އަށް ތައްޔާރު

އެމްޑީޕީއާ އުފެދުނު މައްސަލަތަކަށް ހައްލު ހޯދަން ގާސިމްގެ ވިސްނުމަކީ، އެ ޕާޓީއާ އެކު ސިޔާސީ މަސައްކަތް ކުރަން އެދުނު ކޮންމެ ބަޔަކާ އެކު ކުރިއަށް ދިއުމެވެ. އެއީ، ޔާމީނާ އެކު މަސައްކަތް ކުރައްވާނެ ވާހަކަތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ގާސިމް އިންކާރެއް ނުކުރެއްވި އެވެ.

ޔާމީން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ/މިހާރު

ގާސިމް ވިދާޅުވީ އެކުގައި މަސައްކަތް ކުރަން އެދޭ ކޮންމެ ބަޔަކާ އެކު މަޝްވަރާ އަށް ޖުމްހޫރީ ޕާޓީ ތައްޔާރު ކަމަށެވެ. ވަކި ބޭފުޅަކާ މަޝްވަރާ ނުކުރައްވާނެ ކަމަށް ވިދާޅުވުމުގެ އެއްވެސް މާނައެއް ނެތް ކަމަށް ވިދާޅުވި އެވެ.

"އެއްވެސް ބަޔަކު ވާހަކަ ދައްކަން ބޭނުމިއްޔާ، ނޫނެކޭ އަޅުގަނޑު ނުދަންނަވާނަން،" ގާސިމް ވިދާޅުވި އެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް މަޝްވަރާ ކުރައްވަން ޔާމީނާ ބައްދަލު ކުރެއްވި ތުހުމަތު ދޮގު ކުރެއްވި އެވެ. ކިތަންމެ ފަހަރަކު ޔާމީނާ ބައްދަލުކުރައްވާފައިވީ ނަމަވެސް މަޖިލީސް އިންތިޚާބާ ގުޅުވައިގެން މިފަހުން، ބައްދަލު ނުކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

އެމްޑީޕީ އަށް މެޖޯރިޓީ އޮންނާކަށް ނުޖެހޭ

މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އަށް ލިބެން ޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅާ، ގާސިމް ރޭ ވެސް ދެކޮޅު ހެއްދެވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއް ޕާޓީއެއްގެ އަޣުލަބިްޔަތު ރައްޔިތުންގެ މަޖިލީހުގައި އޮވެގެން ކަންކަން ހިނގި ގޮތް ރާއްޖޭގައި ވެސް ތަޖުރިބާކޮށްފި އެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި، މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމަށް އޮވެގެން ބޭނުން ގޮތަކަށް ބިލްތައް ފާސްކުރުމާއި ގާނޫނުއަސާސީ އާއި ގާނޫނުތަކަށް އިސްލާހު ގެނައި މައްސަލަ އަށެވެ.

ގާސިމް ވިދާޅުވީ މަޖިލީހުގައި އެއްވެސް ޕާޓީއަކަށް ސާފު އަޣުލަބިއްޔަތު އޮވެގެން ނުވާނެ ކަމަށެވެ. އެންމެ ރަނގަޅު ގޮތަކީ ވަކި ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބުން ކަމަށް ވިދާޅުވި އެވެ.

"ގައުމު ކުރިއަރަނީ ވަކި ބައަކަށް މެޖޯރިޓީ އޮވެގެންނެއް ނޫން. ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެންނަށް ވެފައިވާ ވައުދު ފުއްދުމުގައި [ޖޭޕީ]ގެ ވައުދު އަބަދުވެސް ސަރުކާރަށް ލިބިގެންދާނެ. ހަމަކަށަވަރު. ނަމަވެސް މީހުންނާ ޒާތީގޮތުން ދިމާކޮށް، އަބުރު ކަތިލުން ފަދަ ކަންކަމަކީ އަޅުގަނޑުމެން ބަލައިގަނެވޭނެ ކަމެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ކަށަވަރު ކުރެއްވި ބައެއް ކެންޑިޑޭޓުންނާ އެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް ނަޝީދު އެމްޑީޕީގެ ހަރުގެ ކައިރީގައި މިރޭ މަޑުކޮށްލައްވައިގެން.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ނުކުންނާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީ އަށް ވެސް ގާސިމް ފާޑުވިދާޅުވި އެވެ. އެ ޕާޓީގެ "ޑިމޮކްރަސީ އޮޮތް މިންވަރު ފެނިގެން ހިނގައްޖެ" ކަމަށް ގާސިމް ވިދާޅުވީ، ވަކި ކެންޑިޑޭޓުންތަކެއް ހޮވަން އެމްޑީޕީގެ ލީޑަޝިޕުގެ ބޭފުޅުން ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތާ ގުޅިގެން ކަމަށް ބެލެވެ އެވެ.

ގާސިމް ވިދާޅުވި ގޮތުގައި "މަށަށް ވުރެން ބާރުގަދަ މީހަކު ނެތިގެން ދެ އަތް ފުޅާކުރުމުގެ" އުސޫލު ސިޔާސީ ލީޑަރުން ދޫކޮށްލަން ޖެހެ އެވެ. މަޖިލީހުގައި ވެސް އެކަކު އަނެކަކަށް އިހްތިރާމް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ކަމެއް ހާސިލްކުރަން ފައިސާގެ ބޭނުން ޖެހުމުން ރާއްޖޭގެ ވިޔަފާރިވެރިން ވަރެއް ނެތުމަށް ފަހު، ކާމިޔާބީ ލިބުމުން "ދެއަތް ފޮޅާލައި" ފާޑުފާޑުގެ ނަމުން މަލާމާތްކޮށް، ފުރައްސާރަކުރާ ކަމަށް ގާސިމް ވިދާޅުވި އެވެ.

"މިހާރު މި ފެންނަނީ މަހުޖަނު ކިޔާތަން. ނޫނިއްޔާ ސޭޓު ކިޔާ ތަން. ނޫނިއްޔާ އަނެއްކައްޗެކޭ ކިޔާތަން. ދެން އެއީ އަޅުގަނޑާ ދިމާލަށް ކިޔާ އެއްޗަކަށް ކަމަށް ވެސް ވެދާނެ،" ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ އެ މީހެއްގެ ޒިންމާ އާއި މަސްއޫލިއްޔަތު ބޮޑުވި ވަރަކަށް މި ގައުމު ކުރިއަރުވަން އެ މީހަކު ބޭނުންވާނެ."

ގާސިމް ވިދާޅުވި ގޮތުގައި ކަމެއް ހާސިލްވުމުން ނަގައި އެއްލާލުމަކީ ދުރުވާން ޖެހިފައި އޮތް ސިފައެކެވެ.

ބަރުލަމާނީ ނިޒާމެއް ނުގެނެވޭނެ

ގާސިމްގެ ވާހަކައިގައި ރޭ ވެސް ބަހުގެ ގިނަ ހަމަލާތަކެއް ނަޝީދަށް އަމާޒުކުރެއްވި އެވެ.

އެމަނިކުފާނު ތުހުމަތު ކުރެއްވި ގޮތުގައި ނަޝީދު ގެންދަވަނީ ރައްޔިތުންނަށް އޮޅުވައިލައްވަމުންނެވެ. މިސާލެއްގެ ގޮތުގައި ނެންގެވީ، ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ އަޑުތަކެވެ. ނަޝީދުގެ ނަން ވިދާޅުނުވެ ގާސިމް ވިދާޅުވީ ނިޒާމް ބަދަލުކުރާ ވާހަކަ ބޭފުޅަކު ދައްކަވަމުންދާ ކަމަށެވެ.

ގާސިމާއި ނަޝީދު ބައްދަލުވުމެއްގައި: މަޖިލީހަށް ވަޑައިގެން ނަޝީދު އުޅުއްވަނީ ބަރުލަމާނީ ނިޒާމް ގެންނެވުމަށް ކަމަށް ތުހުމަތު ކުރެއްވި. ފޮޓޯ/މިހާރު

"މިކަމުން ފައިދާވަނީ ކޮން ބަޔަކަށްތޯ؟ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޖުމްހޫރީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ދާއިރު، މިނިސްޓަރުންނަށް ވެސް ތިއްބަވާނީ ޕާލަމެންޓުގެ މެމްބަރުން. ދެން މިނިސްޓަރުންނަށް ތިއްބަވާ ބޭފުޅުން ކަމެއް ކުރެއްވީމާ ސުވާލު ކުރައްވަން ތިބޭނީ ކޮން ބައެއްތޯ؟ އަނެއްކާވެސް މިނިސްޓަރުން ގިނަ ފަހަރަށް ތިއްބަވާނީ،" ގާސިމް ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމުގައި ބޮޑުވަޒީރަކީ އެންމެ އިސް ފަރާތް ކަމަށްވާއިރު، އެ މަގާމު ހޮވަން ރައްޔިތުންނަށް ފުރުސަތެއް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެހެންވީމަ ކިހާ ރަނގަޅު ވާހަކައެއްތޯ މި ދައްކަވަނީ. މިއީ، ރައްޔިތުންނަށް ހެޔޮއެދިގެން ދައްކާ ވާހަކައެއްތޯ ނުވަތަ ސިސްޓަމެއްތޯ ބަލާލަން ޖެހޭ. ތަންދޮރު ނުދަންނަ ކުޑަކުދިންގެ ކައިރީގައި ދައްކާ ވާހަކައެއް ނޫންތޯ،" ގާސިމް ވިދާޅުވި އެވެ.

52 ކޮމެންޓް, 155 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 0%
icon angry icon angry 76%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަނު

23 January 2019

ވިސްނާތި، ގާސިމު ގެންގުޅޭ ނާށި ނިކަން ބޮޑުވާނެ.... މަށަކަށް ހިއެއް ނުވޭ ހިތް ފުރޭނެ ހެނެއް ކިތަންމެ ބައިވަރުގަނޑެއް ދިނަސް...

The name is already taken The name is available. Register?

ަހަންކަޅުބެ

23 January 2019

އޭ ގާސޭ. ކަލޭ ކުރީފަހަރުހެން ބަޣާވަތް ކުރަނަމޭ ހިތުގަނުލާތި. މިފަހަރު އިބޫ ބުނެފަ އޮތީ ބަޣާވާތްކުރުމަށް ނިންމައިފިއްޔާ އެކަމުގެ އަދަބޫދޭން އަންގާނި ހަވަރަށް ކަމަށް. އެހެންވީމަ ތީން އެކަކުވެސް އެކަމަށް ހިތްވަރު ނުލާތި، ވަރިހަމަ ޔާމީނަކަސް ، މައުމޫނަކަސް، ޖަމީލަކަސް، އިމްރާނަކަސް ހަނދާންކުރާތި. ގާސޭޕާޓިންވެސް ހުރިހަ ދާއިރާޔަކަށް ކުރިމަތިލައިގެން ވޯޓް ހޯދަން މަސައްކަތްކުރޭ. ވަރިހަމަ ބިލިޔަންރުފިޔާ ކޮންމެދާއިރާޔަކަށް ބެހިޔަސް. ވޯޓުން ކާމިޔާބުކުރޭ

The name is already taken The name is available. Register?

އަޙުމަދު

23 January 2019

ސޭތަކީ ހަމަ ފައްކާ އެނބުރޭ ަހުތާނެއް، ދެން އަވަހަށް ދޭ، ކޯލިޝަން ރޫޅިއްޖެ އޭ ކިޔާފައި ޔާމީނު ކައިރިއަށް . ގޮސް ބަްާވާތް ކުރަން ތައްޔާރު ވޭ، މިފަހަރު ބަގާވާތަކަށް ސޭޓް ނުކުމެއްޖެއްނަމަ ހިތި ތަޖުރިބާ ތަކެއް ކުރަންޖެހިދާނެ ކަމަށް ވިސްނާތީ. ސޭޓަކީ އަމިއްލަ އެދުން ބޮޑު މިގައުމަށް ޖެހިފަހުރި ވަބާއެއް ކަން ގިނަބަޔަކަށް އެނގޭ، ސޭޓަކީ 2013 ރިޔާސީ އިންތިހާބު ބާތިލް ކުރުމުގައި އާއި ފެބްރުއަރީ 7 ގެ ބަގާވާތުގެ މުއްލާއެއް ކަން މީ އެންމެންވެސްދަންނަ ކަމެއް.

The name is already taken The name is available. Register?

ސަކީންދައިތަ

23 January 2019

ބޮލުގެ ނާށިގަނޑަށް ތަ؟

The name is already taken The name is available. Register?

ނުފޮށޭ

23 January 2019

ގާސިމަކީ މިގައުމުގެ ހަލާކު

The name is already taken The name is available. Register?

ސިޔާސީހަނޑި

22 January 2019

ދޭށޭލާރި ދޭށޭލާރި އަހަރެން ބޭނުމިއްޔާ ގޮއްސާނަމޭ، މަންމާ ގޭގާނުނިދާ މަޑުކޮށްލާށޭ އަންނާނަމޭ! މިހިސާބަށްދިޔައީތޯއެވެ؟

The name is already taken The name is available. Register?

ހުތްކިބަ

22 January 2019

ގަދަބަސްބުނާއިރު މަވަރެއްނުވާނެއެވެ!!!!! ފަޤީރުވެ، ސަލާންޖަހާހިސާބަށްދިއުމުންވެސް މަވަރެއްނުވާނެއެވެ!!!! އަދި ފެލާލިމީހާގާތަށް އާދޭސްކުރަންދާން ލަދުނުގަތުމުގައިވެސް މަވަރެއްނޯންނާނެއެވެ!!!!

The name is already taken The name is available. Register?

ބޭރު

22 January 2019

ބަަލަ ނާށީގަނޑު ހިފައިގެން ނުކުންނާކަށް ނުޖެހެއެވެ. ކޮންމެ ބަޔަކުވެސް އެބައެއްގެ އަމިއްލަ މިނިވަންކަމާއެކު އިންތިހާބަށް ނުކުތީމާ އެއޮތީ ވެފައެވެ. ދެން އިންތިހާބަށް އެހެން ބަޔަކާއެކު ނުކުތުމުން އެއޮތީ ބަރުލަމާނީ ސިފަ ޖެހިފައެވެ. ތިޔަ ދައްކާ ވާހަކައިގެ ދެކޮޅެއް ނުޖެހެއެވެ. ދެން އެހެން ނޫނަސް ސަލާން ޖަހަންވެސް އަނެއްކާ ޔާމީނު ކައިރިއަށް ދާއިރު އޮރިޔާން ނިވާކޮށްގެންވެސް ތިހުންނަވާ ބޭނުން ވިސްނާލާށެވެ. އިންސާނެއް ވިއްޔާ ގޮތެއް ހުންނަންވާނެއެވެ.

The name is already taken The name is available. Register?

ހޭލާ

22 January 2019

ކުރިއަރާފައިވާ އަދި ކުރިއަރަމުންނަ ގާތްގަޑަކަށް ހުރިހާ ގައުމެއްގައިވެސް އޮންނަނީ ބަރުލަމާނީ ނިޒާމް. އެެހެންވީމާ ބަރުލަމާނީ ނިޒާމަކީ ގޯސް ނިޒާމެއް ނޫނެވެ. ރިޔާސީ ނިޒާމު އޮންނަ ގައުމުތަކުގެ ތެރެއިން އެމެރިކާ ފިޔަވައި އެހެން އެއްވެސް ގައުމެއްގައި ޑިމޮކްރެޓިކް ހަމަތަކުން ވެރިންކަން ހިންގާ ގައުމެއް ނެތޭވެސް ބުނެވިދާނެއެވެ. ރާއްޖޭގެ ތަޖްރިބާއަކީ ޑިމޮކްރެޓިކް ހަމަތަކުން ރިޔާސީ ނިޒާމެއްގެ ވެރިކަން ހިންގަން އުދަގޫކަމެވެ

The name is already taken The name is available. Register?

ނަން

22 January 2019

ނާށި ގަނޑަށް މިހާރުވެސް ބައިވަރު އެއްޗެހި ލާފަ ހުރީ ފުރިފަ، ދެން އިތުރަށް އެއްވެސް އެއްޗެއް ލެވިގެން ނުވާނެ، މުޅި މިރާއްޖެ މީނަގެ ނާށިގަނޑު ތެރެއަށް ލައިފިއްޔާ ކޮބާ ދިވެހީންގެ ހާލަކީ، ދެންވެސް ތިހުރި ހާލުގައި ހުރެ ރަނގަޅަށް އަޅުކަން ކޮށް އާހިރަތް ހޯދަން މަސައްކަތް ކޮށްބަލަ، މީހުނަށް އުނދަގޫވާނެހެން ނޫޅެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454