ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަދީބު.
27 ޖެނުއަރީ 2019 - 16:37
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މަނީ ލޯންޑްރިން ހިންގި ކަމަށް ތުހުމަތު ކުރެވޭ ހެކިތަކެއް ހުރި ލިޔުންތަކެއް ރިޔާސީ ކޮމިޝަނަށާއި ފުލުހުންނަށް ހުށަހަޅައިފި ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ފުލުހުންނާއި ރިޔާސީ ކޮމިޝަނަށް ހުށަހެޅީ، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ފޮނުވި ލިޔުންތަކެއް ކަމަށެވެ.
އެ ލިޔުންތައް ދިރާސާ ކުރިއިރު، އޭގައި ބަޔާން ކޮށްފައިވާ ފަރާތްތައް މަނީ ލޯންޑްރިންގެ އިތުރުން ކޮރަޕްޝަނާއި ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވޭ ހެކި ހުރި ކަމަށް އޭޖީ އޮފީހުން ބުންޏެވެ. ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ދައުލަތަށް ލިބެން ޖެހޭ ފައިސާ އަނބުރާ ހޯދަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނާ އެ ލިޔުންތައް ހަވާލުކުރީ މި މަހުގެ 15 ގަ އެވެ. ނަމަވެސް، އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ކޮން އިރަކު ކަމެއް އޭޖީ އޮފީހަކުން އަދިއެއް ނުބުނެ އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހަށް އެމްޑީޕީން ހުށަހެޅި ލިޔުންތަކަކީ ޔާމީނާއި އަދީބުގެ މޯބައިލް ފޯނުތަކެއްގައިވާ ޑޭޓާ އެނަލައިޒް ކޮށްގެން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށާއި އެއީ އިނގިރޭސި ވިލާތުގެ ހޯމް އޮފީހުން ހުއްދަ ދީފައިވާ ޑޭޓާ ރިކަވަރީ އެންޑް އިންޓެލިޖެންސް ކުންފުންޏަކުން ފޮރެންސިކް އިމޭޖިން ހަދާފައިވާ ޑާޓާ ތަކެެއް ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.
ޔާމީނަށް ތުހުމަތުވާ މަނީ ލޯންޑްރިންގެ މައްސަލައެއް ފުލުހުން މިހާރު ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަަލައިގައި އެމަނިކުފާނު ވަނީ އެކި ފަހަރު މަތިން ފުލުހަށް ހާޒިރު ވެސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲނާފިޒް
28 January 2019
ދެއިރު ދެދަޅައަށް ފުލުސް އޮފީހަށް ހާޒިރު ކޮށްގެން ނަމަވެސް ތި ޔާމީނަކު އަވަހަށް ހައްޔަރުކުރަން އުޅޭ،
އަލްމާ
28 January 2019
މިދެމީހުން މިހެން ގޮސް އެއްގަލައް އަރާނީ. ދެން ރަންނަމާރި އަރާ އެމްޑީޕީ ކާލާނީ. ހަހަހަހަ
އަބްދޫ
27 January 2019
ގާނޫނުއަސާސީގެ 52 ގަބުނާގޮތުން ގާނޫނާ ހިލާފަށް ހޯދައިގެން އުޅޭ ތިޔަ ލިއުންތަކުގެ މައްޗަކަށް ތަހުގީގެއްވެސް ސަރީއަތެއްވެސް ނުކުރެވޭނެ. އެމްޑީޕީން އެޓަރނީއަށް ހުށަހަޅަންޖެހޭ އެއްޗެއްނޯންނާނެ އެއީ ތަހުގީގީ އިދާރާ އެއް ވެސް ނޫން.ގާނޫނުއަސާސީ ބުނާގޮތުން މީހުންގެ ޒާތީ މުއާމަލާތްތަކަކީ ހުރުމަތްރިވެގެންވާ ރައްކާތެރިކަން ލިބިފައިވާ އެއްޗެއް .ފޯނުގެ މައުލޫމާތު ކަމަށް ބުނާނަމަ ފޯނު އުފެއްދި ފަރާތުން ދައުވާ ކުރެވިދާނެ .މައުލޫމާތު ވަގަށް ނެގި ކަމުގެ ކުށް
ޑާޑާޑާޑާޑާ
28 January 2019
ރައްޔިތުންގެ ތިޖޫރި ދަވާލަން ޤާނޫނުއަސާސީ ހުއްދަ ކުރޭތޯ، އަޅުގަނޑަށް ނޭގޭތީވެ ހަމަ އަހާލީ ސޮރީ.
ބޮޑު ކަކުނި
28 January 2019
ދައުލަތެއް ދަވާލާ، ބަޔަކު ހަނާކޮށްލީމާވެސް އެވާނީ އެމީހުންގެ ޒާތިމައްސަލަޔަކަށްހެދޭތަ. އެފަދަ ތުހުމަތަކަށް ހޯދަންޖެހޭ ލިއުންތަކެއްއެކަންޏެއްނޫން ..... ކަށްވަޅަށްލާފައި އޮތަސް ޖަވާބުލިބޭނެކަން ޔަޤީންވާނަމަ ކޮނެގެންވެސް ނަގަންޖެހޭނެ.
mohamed shihan
28 January 2019
ޤާނޫނު އަސާސީ 52 ގަ ބުނަނީ ވައްކަން ކުރާމީހުންނަށް ޙިމާޔަތްދީ އެބައިމީހުންގެ ޙައްޤުތައް ނުހަނު ބޮޑަށް ރައްކާތެރިކުރާށޭތަ؟ ނޭގޭތީ ހަމަ އަހާލީ!
ނިޔަނދުރު
27 January 2019
ކޮރަޕްޝަންގެ %10ވެސް ސާބިތުނުކުރެވޭނެ. އެއްސަބަބަކީ ރިސޯޓު/ރަށް ތަކާއި ޕްރޮޖެކްޓްތައް ނެގިމީހުން ރިޝްވަތުދިނީމޭ ނުބުނާނެ.އަނެއްކާ ނުއަގުގަ ޤަޢުމުގެ ރައުސްމާލު ވިއްކުން އޮތީ މަޖިޅީހުން ބިލްފާސްކޮށް (ގާނޫނުން) ހުއްދަދީފަ. ރަށުގެ އަގަށްވާ 500މިލިޔަން ޑޮލަރުގެ ބަދަލުގަ 200މިލިޔަން މޭޒުދަށުން ދީފަ ސަރުކާރުން ރަށްތައް 200މިލިޔަނަށް ވިއްކީމާ އިންވެސްޓަރަށް 100މިލިޔަން ފައިދާ!ދެން އޭނަ ނުބުނާނެދޯ ރިޝްވަތުދިން ވާހަކަ. ނެތްއެއްޗެއް ކިހިނެތް ވަގަށްނަގާނީ؟
ސިއްރުމީހާ
27 January 2019
ޔާމީނު ހުންނަންޖެހޭނީ ހަމަ ޖަލުގަ! އަދީބަކީ ޔާމީނުގެ ޕަޕެޓެއް! އަދީބު ދޯކާދިން ހިސާބުން އަދީބު ޔާމީނަށް ގޯސްވީ! މީއެންމެނަށް އެނގޭ ކަމެއް!
ބަރަވެލި
27 January 2019
ބަލަކިތަންމެ ހައްޔަރުކުރަން ބޭނުންވިއަސް ޤާނޫނީއިމުންބޭރުން އެއްވެސްމީހަކު ހައްޔަރެއްނުކުރެވޭނެ މިހާރުވެސްތިއުޅެނީ އެއްވެސްތާކުންއެއްވެސް އެއްޗެއްނުފެނިގެން ރާއްޖޭންބޭރުންް އެއްކަލަ އިންޓެލިޖެންސް ރިޕޯޓް ހޯދައިގެން މީ މިމީހުންގެފެންވަރު
އޭ ބުަނަން
27 January 2019
ތީ ރައްޔަތުންގެ ފައިސާ، ތި ޖެހޭނެ ހޯދަން
ފަޅުވެރިން
27 January 2019
ކޮރަޕްޝަނޭ ކިޔައިގެން ކޮޅެއްގައި ނުޖެހުނީމާ މިހާރުދެން އާ ސުރުޚީއަކަށް މިއޮތީ "މަނީ ލޯންޑްރިންގ" ދޯ؟ ނާ، މަނީ ލޯންޑްރިންގ ގެ ސުރުޚީ އަކީ "ސްޓީލިންގ ޕެރެޑައިސް" ޒަމާނުއްސުރެވެސް ގެންގުޅެމުންދާ ސުރުޚީއެއްނު؟ އެމްއެމްޕީއާރުސީ ގެ ހުރިހާ ފައިސާއެއް ލޯންޑަރ ކުރަން ބޭނުން ކުރި އެސްއޯއެފް ކުންފުނީގެ އެއްވެސް މައްސަލައެއް މިހާރު ނެތް ކަމަށް ވަނީ!! އެހެން ވީމާ ދެން ތިވާހަކަ ދެއްކޭކަށް ނެތެއްނު؟؟
މަގުފުޅާޓިނު
28 January 2019
ކޮންމެވެސް އެއްޗެއް ކިޔައިގެން ނަމަވެސް ޔާމީނު ހައްޔަރުކުރުން މިކަމުގަ އޮތީ، ސާފު ވެއްޖެ ދެއްތޮ.
މަދަނީ އިއްބެ
27 January 2019
ކަލޯ ގަޔާ... މި އޮތީ ތަރައްޤީ ޔަގީންވެފަ... އަދުރޭ އާއި ނިހާނު ދެން ތިހެން ނުތިބެ ދެއަތް ފޫދަންދެން އަތްޖަހާ...
ހަރުފަ
27 January 2019
މަނީލޯންޑްރިންގެ ހެކި އޭޖީއަށް ލިބޭއިރުވެސް އޭނާ ހައްޔަރު ނުކުރޭތަ؟ މިއީ ކިހިނެއް ހިނގާ ގައުމެއްތަ؟