ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ނޫސްވެެރިންނާ ބައްދަލުކުރައްވަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު
30 ޖެނުއަރީ 2019 - 22:55
އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓް ދޭނެ ބޭފުޅުން ކަނޑައެޅުމުގެ ބާރު، އެ ޕާޓީގެ ކައުންސިލުން، ލީޑަރު ގާސިމް އިބްރާހިމަށް މިރޭ ދީފި އެވެ.
އެ ޕާޓީގެ ޓިކެޓުގައި 61 ދާއިރާއަކަށް ވާދަކުރަން ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅި 97 މީހުންގެ ތެރެއިން ގާސިމް ވަނީ މިހާރު މެންބަރުކަމުގައި ތިއްބެވި ބޭފުޅުންނަށް ޓިކެޓް ދޭން ނިންމަވައިފަ އެވެ. އޭގެ ތެރޭގައި، ގޮނޑި ގެއްލުނު މެންބަރުންގެ ތެރެއިން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ބޭފުޅުން ހިމެނެ އެވެ. އެއީ 35 ދާއިރާއަކަށެވެ. ނަމަވެސް މިހާރުގެ މެންބަރުންގެ ތެރެއިން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފާއި ފަރެސްމާތޮޑާ ދާއިރާގެ ހުސައިން މުހައްމަދު ލަތީފަށް އެ މީހުންގެ އެދުމުގެ މަތިން ޓިކެޓެއް ނުދެ އެވެ.
އިތުރު ދާއިރާތަކާ މެދު ނިންމާ ގޮތެއް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ޓިކެޓު ހޯދަން ހުށަހަޅުއްވާފައިވާ ބޭފުޅުންގެ ތެރޭގައި، އެ ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ހުރިހާ ބޭފުޅުންހެން ހިމެނެ އެވެ.
ޓިކެޓް ދޭން ނިންމި ބޭފުޅުންގެ ތެރޭގައި، ޖުމްހޫރީ ޕާޓީއާ އަލަށް ގުޅިވަޑައިގެންނެވި ކުރީގެ ޔޫތު މިނިސްޓަރު އިރްތިޝާމް އާދަމާއި ވޮލީ ކުޅުންތެރިޔާ އައިޝަތު ނާޒިމާ އާއި މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ހިމެނެ އެވެ. އަދި ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންގެ ތެރެއިން އެކި ދާއިރާތަކަށް ހުށަހެޅުއްވި ބޭފުޅުންނަށް ވެސް ވަނީ ޓިކެޓް ދީފަ އެވެ.
ޖުމްހޫރީ ޕާޓީން ޓިކެޓް ދޭން މިރޭ ކަނޑައެޅި ބޭފުޅުންނާއި ދާއިރާތައް
ގާސިމް މިރޭ ވެސް ވިދާޅުވީ ޖުމްހޫރީ ޕާޓީ އޮތީ މަގުމަތި ވެފައި ކަމަށާއި މިވަގުތު "ނާށިގަނޑަށް ވައްޓާލި އެއްޗެއް" ބޭނުންކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ހަތުރެއް ސިޔާސީ މައިދާނުގައި ނެތް ކަމަށާއި ކޮންމެ ޕާޓީއަކާ އެކުގައި ވެސް މަސައްކަތްކުރަން ތައްޔާރު ކަމަށެވެ. އަދި އެމްޑީޕީއާ މެދު ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި މިރޭ ބައިވެރިވެ ވަޑައިގެންނެވި ބައެއް ބޭފުޅުން-- ފޮޓޯ: ހުސެން ވަހީދު/މިހާރު
ގާސިމް ވިދާޅުވީ ޕާޓީ އަށް ވަންނަހާ މީހަކަށް ޓިކެޓް ނުދެއްވާނެ ކަމަށާއި ޓިކެޓް ދެއްވާނީ ހޮވޭނެކަން ޔަގީންވާ ބޭފުޅުންނަށް ކަމަށެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ރައްޔިތުންގެ މަޖިލިހުގެ 86 ދާއިރާ އަށް ވާދަކުރާއިރު، އެ މައްސަލައިގައި އެ ކޯލިޝަންގެ އެހެން ޕާޓީތަކުގެ ހިޔާލު ތަފާތެވެ. ޖޭޕީން ބުނަނީ އެމްޑީޕީން ވަކިން މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރަން ނިންމުމަކީ ކޯލިޝަން އެއްބަސްވުމާ ހިލާފުވުން ކަމަށެވެ. ނަމަވެސް އެމްޑީޕީން ބުނަނީ އެފަދަ އެއްބަސްވުމެއް ވެފައިނުވާ ކަމަށެވެ.
އެމްޑީޕީން އަޣުލަބިއްޔަތު ހޯދުމަށް ރައީސް މުހައްމަދު ނަޝީދު އިސްވެ މަސައްކަތްޕުޅު ކުރައްވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅުވަނީ މަޖިލިހުގެ އިންތިޚާބުގައި ކޯލިޝަން ގުޅިގެން ވާދަކުރުމަށެވެ. އެއީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާނެތީ ކަމަށް ރައީސް ވިދާޅުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެނބުރިސް
01 February 2019
ނަސީބަކީ ސޭޓު ތަބަކަކަށް ލައިގެން ދޭއެއްޗެއް އުތަ.
ޑރ.ޝިޔާނާ/ހިތަދޫ
31 January 2019
އައްޑޫ ހިތަދޫން އައްޔަން ތިކުރި މީހާއަކީ އުޑެއްބުޑެއް ނޭނގޭ ރޯނު އެދުރެން.. މިކަން އެނގޭ ރަށުގެ އެއްމެނަށް.. ރަނަގަޅު މީހަކު އަދި ވަގުތުއޮތުމާއި އެކު ބަދަލަކަށް އެދެން. ވޯޓުދެވޭނީއެއިރުން..
ކަންއޮތްގޮތް
31 January 2019
ދުނިޔެ ތަޖުރިބާކޮށްފައިވާ ވެރިކަމުގެ ނިޒާމުތަކާއި ގޮތްތަކުގެމައްޗަށް ވިސްނާނަމަ، ފެނިގެންމިދަނީ މިލިޓެރީވައްތަރުގެ ޚުދުމުޚުތާރު ވެރިކަމަކާދިމާލަށްކަމުގައި ބެލެވެއެވެ! މިއީ ޑިމޮކްރަސީއާއި ރައްޓެހިކަމެއްނޫނެވެ. ވަރަސްވެސް ބީރައްޓެހިކަމެކެވެ. އޭގެއިތުރަށް މިފެންނަނީ، ޕާޓީތެރޭގައިއޮތް އަޅުވެތިކަމާއި ނަފުސުގެމައްޗަށް ދެވޭޤަދަރާއި ޢިއްޒަތް ނެތްކަމުގެ މިންވަރެވެ! ޢަޖައިބެކެވެ! ތަންދޮރުދަންނަމީހުން މިފަދަ ދަށުޖަރަޖައަށް ދާންޖެހޭބާވައެވެ! ؟
ހަސަނު
31 January 2019
އެހެރީ ޖޭޕީން ކެނޑިޑޭޓުން ހޮވާ ގޮތް.. ދެން ހޮވަނީވެސް އެންމެ ކަމު ނުދާމީހުން.. އޭގެ ފަހުނ ްމިބުނަނީ ޖޭޕީ ކެނޑީޑޭޓުންނަށް އެމްޑީޕީމީހުން ވޯޓުލާން އެއްބަހެއް ނުވެއޭ..... ނަސީބެއްނު އެމްޑީޕީން ހުރިހާ ގޮންޑިއަކަށް ކުރިމަތިލާން ނިންމިކަން...
ހަސަނު
31 January 2019
އަނެއްކާ މާމިގިލީ ދާއިރާއަށް ވާދަކުރަން ގާސިމަށް ޓިކެޓު ދިންބާ ގާސިމު...؟
ޢެޑްމުންޑޯ
31 January 2019
ނިމިދިޔަ މަޖްލީހުގެ ބޮޑެތި ކޮރޮޕްޝަންގެ ތުހުމސތުވެފައިވާ އަދި ރިޝްވަތުގެ ހުތުރު އަމަލު ކުރިކަމަށް އެގިފައިވާ މިންބަރުންނަށް ސޭޓްގެ ޕާރޓިން ޓިކެޓް ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫން ،
ޙަބީބު
31 January 2019
ތީކޮންކަހަލަ ޕާޓީއެއް ސޭޓު ގަނެވިއްކާ އަޅުންތަ މިރާއްޖޭގަ ތިބެންވީ ވިލާގެ އަޅުވެތި ކަމުން ސަލާމަތްވޭ
Fisaarikanbaleh
31 January 2019
ގާސިމް ބޭނުނުން މީހަކައް ޓިކެޓް ދިނަސް ރައްޔިތުން މިތިބީކީ ވޯޓްލާކަށެއް ނޫން، މިހާރހިގަމުންދާ މަޖިލީހުން ވަރައް ސާފުކޮއް ރައްޔިތުންނައް އެކިއްޖެ މިމީހުންގެ އިހުލާސްތެރިކަން، މމިފަހަރު އެންމެން މިތިބީ މަޖިލިސްގެ ގޮނޑިތައް ރީނދޫގެ ބިޔަ ލަޝްކަރުން ފުރާލަން، ފައިސާއަކީ ހުރިހާ އެއްޗެއް ނޫންކަން ސާފުވެގެންދާނެ
ކަބަޑޭ
31 January 2019
ސިޔާސީ ޕާޓީގެ މަގްސަދަކީ ޕާޓީގެ އާންމު މެންބަރުންނާ ވީހާގިނަ ރައްޔިތުންގެ ރުހުން ހޯދުން. ވިޔަފާރި އުސޫލަކީ ލިބެން އޮތް އެންމެ ބޮޑުފައިދާ އެއް އަވަހަށް ހޯދުން. ސޭޓަށް އެކަން އެނގޭނެ.
ބާބޫ
31 January 2019
ތިއޮތީވާ ޕާޓީއެއް؟ ރޭގަ މީޑިޔާ އާއި ވާހަކަ ދައްކަން އިދެވެސް 3 މީހުންނަށް ޓިކެޓް ދިން ؟ ސާބަހޭ ލީޑަރ