ކަލާފާނު ސްކޫލުގެ ހޯލުގައި ދަރިވަރުންތަކެއް އިށީންދެލައިގެން-- މިހާރު ފައިލް ފޮޓޯ
06 ފެބުރުއަރީ 2019 - 19:17
ކަލާފާން ސްކޫލުގެ ކްލާހެއްގެ ތެރޭގައި، ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދެނިކޮށް ދަރިވަރަކަށް ބަދުއަހުލާގީ މަންޒަރު ފެނުނު ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޓެބްލެޓުން ކިޔަވައިދެނިކޮށް 12 އަހަރުގެ އަންހެން ކުއްޖަކަށް ބަދުއަހުލާގީ މަންޒަރެއް ފެނިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިދިޔަ އާދިއްތަ ދުވަހު ގްރޭޑް ހަތެއްގެ އިނގިރޭސި ކްލާހެއްގައި ކިޔަވައިދެނިކޮށް ބަދުއަހުލާގީ މަންޒަރު ފެނުނު ދަރިވަރުގެ ބައްޕަ "މިހާރު" އަށް ކިޔައިދިން ގޮތުގައި އެ ހާދިސާ ހިނގީ ޓީޗަރު ބުނެގެން މޮބައިލް ފޯނާ ގުޅޭ ފައިދާތަކާއި ގެއްލުންތައް ހޯދަން ސާޗް ކުރަން އުޅެނިކޮށް ކަމަށެވެ.
"މީގެ ކުރިން ދުވަހެއްގައި އެޕްލިކޭޝަން ޑައުންލޯޑުކުރީ. ދެން އޭގެ ފަހުން ފޯނާއި ގުޅޭގޮތުން ސާޗުކުރަން ބުނީ. ދަރިވަރުން ކައިރީގައި މި ބުނީ ވަޓް އިޒް ދަ އެޑްވާންޓޭޖް އެންޑް ޑިސްއެޑްވެންޓޭޖް އޮފް މޮބައިލް ފޯންސް ޖަހާފައި ސާޗްކުރާށޭ. އޭގެ ފަހުން އައި ސާޗު ރިޒަލްޓުތަކެއްގެ ތެރެއިން ޓީޗަރު ބުނީ ވެބްސައިޓަކަށް ވަންނަން. އެގޮތަށް ވަންތަނާ ފެނުނީ ބަދުއަހުލާގީ މަންޒަރު ދައްކައިދޭ ތަން،" އެ ބެލެނިވެރިޔާ ބުންޏެވެ.
އެ ބެލެނިވެރިޔާ ވަނީ ޓެބްލެޓް ހިފައިގެން ގޮސް ސްކޫލް ޕްރިންސިޕަލަށް ދައްކައިފަ އެވެ. ނަމަވެސް ސްކޫލުގެ އިސްވެރިން ޓެބްލެޓް ބެލިއިރު އެ މީހުން ބުނާފަދަ އެކަށީގެންނުވާ ވަރުގެ އެއްޗެއް ނުފެންނަ ކަމަށް، އެ ސްކޫލުގެ އޮފިޝަލަކު ވިދާޅުވި އެވެ. އެކަމަކު ހޯދަން ބޭނުންވާ ފިލާވަޅުގެ ބޭރުން އެހެނިހެން އެއްޗެހި ފެނުމަކީ އެދެވޭ ކަމަކަށް ނުވާތީ އެ އެޕްލިކޭޝަން ޓެބްލެޓުތަކުން ޑިލީޓްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"ސާޗްކުރާ ލެސަންގެ ކޮންޓެންޓުގެ ބޭރުން އެއްޗެހި ފެނުން އެއީ އެދެވޭ ކަމެއް ނޫން. އެހެން އެޕްލިކޭޝަން ޑިލީޓްކޮށްލައި މިހާރު މި ކިޔަވައިދެނީ ހަމައެކަނި ގޫގުލް ކްލާސްރޫމުގެ ތެރެއިން" އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕީސް
07 February 2019
ކުދިން ޓެބް ހިފާގެން ގެޔަށް ދިޔައީމަ ބޮޑޮތި މީހުން ތި ޓެބްތަށް ބޭނުންކޮށްގެން މޮޅެތި ސައިޓްތަކަށް މޮޅު ގޮތް ގޮތަށް ވަނީމަވެސް ތި ފަދަ ކަންކަން ވުން ގާތް.
އަދިނުވޭ
07 February 2019
ސްކޫލު ތަކުގަ ހަމަ ރަނގަޅު ވާނީ ކުރިން ކިޔަވާދޭ ގޮތަށް ފޮތުން އެކަނި ކިޔަވާދިނިއްޔާ.ގޭގަ ކޮންމެ ކުއްޖެއް އަތަށް އައިޕެޑެއް ދީފަ ފޯނެއް ދީފަ. ނުވިތާކަށް ސުކޫލަގަވެސް ޓެބުލެޓު. ސްމާޓް އިންޓަރެކްޓިވް ބޯޑެއް މާ ރަގަޅު ވީސް ކަންނޭގެ.އިތުރު އިލެކްޓުރޯނިކް އެއްވެސް އެއްޗެއް ދޭނެކަމެއް ނެތް ސްކޫލުގަ.
ޮއސޕ
07 February 2019
ދިރާގުން ބްލޮކް ކޮލާ
މަރޭމިތުރު
07 February 2019
ޓެބުލެޓްތަކުން ކިޔަވައިދިނުމާއި ދެކޮޅޭބުނިން! ޓެބުލެޓް ފޯނާއި ދިނުމަށް ނުރުހޭބުނިން!......................................................... ޓެބުލެޓާއި ފޯނަކީ ވަރަށް ނުރައްކާތެރިއެއްޗެއް! އިންޑިއާގެ ޑޮކްޓަރުންވެސް މުޅިންހެން މަނާކޮށްފައިވާކަމެއް! މައްސަލަތަކުގެތެރޭގައި ކުދިންގެ ސިކުނޑިއަށް އަސަރުކޮށް ބައެއްކުދިން މޮޔަވެސް ވެފައި އެބަތިބި.[ ޓެބުލެޓްން ކިޔަވައިދިނުން ހުއަޓާލާ!]
ޢުމެއިރު
07 February 2019
މީސްމީހުން މަރާލީމަ ވެސް ފުލުހުން ސީރިއަސްނުވޭ. ދެން މިކަން ފުލުހުން ބަލާނެތަ! ޢަޅާ ވެސް ނުލާނެކަން ޔަޤީން. ބަލަިންތިބޭތި
އެޕާޓީ
07 February 2019
ތިކުދިންގޭގައި އުޅޭއިރު އަބަދުތިބޭނީ ވައި ފައި އޮންކޮއްގެން އެހެންތިބެގެން އެކުދިންކުރަނީ ކީއްތޯ ކުރަނީބަލާނުލާއުލެފައި ސޮކޫލުން އެއްޗެއްފެނިގެން އެކަމާކީއްކުރަން އެހާވަރުދައްކާލަނީ.މިހާރު ތިހުރީމައްސޫރުވެފައި އަވަހައް ސިޔާސީމީހަކައް ބަދަލުވޭ
ހުންސެން
07 February 2019
ގިނަ މީހުންގެ ކަންކަން ހުންނަނޫ ތިގޮތަށް. މަދުންނަމަ ވެސް ދަރީން ރަނގަޅަށް ތަރުބިއްޔަތު ކުރާ މައިންބަފައިން އުޅޭ. ތިމީހަކު ތިގޮތަށް ކަން ތިކުރީ އެފަދަ ކަންކަމުގެ ޝަކުވާ ހުށަހެޅިއަށް މާބޮޑު ސަމާލުކަމެއް މި ސޮސައިޓީއިން ނުދޭނެތީވެ. މީހެއްގެ އަމަލާމެދު ފާޑުކިއުމުގެ ބަދަލުގައި އެފަދަކަމއެއް ދިމާވީމަ ތިމާގައިގަ އެމައްސަލައެއް ހިފައިގެން ތަންތަނަށް ދުވުމުގެ ހިތްވަރު ހުންނާނެތޯ އަމިއްލައަށް ސުވާލު ކޮށްލަބަލަ..
ފަސީހު
07 February 2019
މައްސަލަ ބެލުން އޯކޭ.. މައްސަލަ ހިފައިގެން ދުވުން ވެސް އޯކޭ.. ހަމަ އުޅެންވީ.. އެކަމަކު ކަމާނުބެހޭ މީހެއްގެ ބޮލުގަ އަޅުވަން އުޅޭތީ ގޯހީ.. އެޑިއުކޭސަން ގޮވައިގެން ދޭބަލަ.. ސްކޫލް ގޮވަގެން ދޭބަލަ. ވަކި ޓީޗަރަކާއި ޖައްސާލީމަ ބުނެވޭނީ ޒާތީ ވަނީއޭ
ޚާލިދު
07 February 2019
މި ތަނުގަ ކޮމެންޓު ކޮށްފަވާ ގިނަ މީހިން، މި މައްސަލައަކީ ޓީޗަރާއި ކުއްޖާގެ ބައްޕައާއި އޮތް މައްސަލައަކަށް ހަދައިގެން ކަމުގެ ފޯކަސް ގެއްލުވާލަން ތި އުޅެނީ... މިއީ މި ސޮސައިޓީގެ ހާލު.. މިއީ މުޖުތަމަޢުއަށް އަސަރު ކުރާވަރުގެ ނޭދެވޭ މައްސަލައެއް.. ނޫހެއްގަ ނުޖެހިޔާ މިއީ ކަމަކަށް ވެސް ނަހަދާނެ. އަދިވެސް މިއީ ބޮޑު ކެމަކަށް ނުވޭ ގިނަ މީހިންނަށް...
ދަނާޒް
07 February 2019
ޓީޗަރުގެ އިހުމާލެއް ނެތްކަމެއްގަ ތީޗަރު ގޮވައިގެން ޕޮލިހަށް ގޮސް ތީޗަރު ބަދުނާމު ކުރުމުގެ އެއްވެސް ހައްގެއް ތިބެލެނިވެރިޔާ އަކަށް ނެތް. ާއަދި މީނަ ބުނާގޮތުން މީނައަކީ ވަރަށް އައިޓީ ދަންނަ މީހެއް.. އެކަމަކު ނޭގުނު މީގަ ޓީޗަރު ކުރާނެ ކަމެއް ނެތް ކަން. ޢެހެންވީމަ ބުނެވިދާނެ މީ ޓީޗަރަށް ޒާތީހަސަދައެއް ފިލުވާލަނީއޭ
ދޭސީ
06 February 2019
ވެބްސައިޓްތަކުގަ ހުންން އެޑް ތަކަކީ އާއްމުކޮށް އެ ޑިވައިސްއެއް ބޭނުން ކޮށްގެން ސާޗްކުރާ އެއްޗިއްސައް ބަރޯސާވާ އެއްޗެއް. އެ ޑިވައިސްއަކުން މާގިނައިން ބަދުއަޚްލާގީ އެއްޗިހި ސާޗް ކޮށްފައިވާ ނަމަ އޭގެން އެހެން ވެބްސައިޓްތަކުންވެސް ފެންނާނީ އެކަހަލަ އެޑް. ކުއްޖާ ޓެބްލެޓް ބޭނުންކުރި ގޮތާއިމެދު ސުވާލު ކުރެވެންޖެހޭ.
ޖުލައި
07 February 2019
އަސްލު ވެސް. އެޑްތަށް އަރުވަނީ އެ ޔޫޒާއެއްގެ ސާޗް ހިޒްޓުރީއަށް ބިނާކޮށް އޮޓު.މެޓިކުން. އެހެންކަމުން އެހެން ކުދިންނަށް ނުފެންނަ އެޑެއް ފެނިއްޖެނަމަ ޓެބްލެޓު ބޭނުން ކުރުމުގައި ގޯހެއް އުޅޭ. އަދި އެޑް ފެނުމަކީޓީޗަރަު ގަސްތުގައި ކުރިކަމެއް ނޫން. މިހާރު ހުރިހާ ވެބްސައިޓު ތަކެއްގަ ވެސް އެޑް ހުންނާނެ. އެކަމަކު އެކިމީހުންނަށް ފެންނާނީ އެކިއެކި އެޑް. އެމީހެއްގެ ސާޗް ހިޒްޓުރީއަށް ބިނާކޮށް.
އޮގަސްޓް
07 February 2019
ތީ ގޫގަލް އެޑް ނޫނީ އެހެންވެސް އިޝްތިހާރު ކުރާ ގިނަ ފަރާތްތަކުން ކަންކުރާގޮތް. އެކަމަކު އެބަޔަކު ބޭުން އެއްޗެއް އެޑްގެ ގޮތުގައި ދައްކާ އެތައްބަޔަކު އެބައުޅޭ. ވެދާނެ އެކަހަލަ ބައެއްގެ އެޑެއް ކަމަށްވެސް.
ހާލި
07 February 2019
ތީތެދުވާހަކެއް...ގޫގުލް ސަރޗްއެންޖީން މަސައްކަތްކުރާގޮތް ނޭގޭބަޔަކަށް ތިކަހަލަ ހާލިވެސްހެދޭނެ. ޕޮލިސްކައިރީބުނޭ އެސިސްޓަމްގެ ހިސްޓްރީ ކުޑަކޮށްބަލައިލާފަ ރައުޔުނެރޭށޭ..ކޮމެންޓުކުރާ ކުދިންނަށް ބުނެލަން އޮތީ އަނގަފުޅާނުކޮށް މަޑުކޮށްލާށޭ ރައުޔު ނެރެންދެން
ެެއެނދިމަރިޔަނބު
06 February 2019
ގޫގްލްގަ ސޭފް ސަރޗް އޮން ކުރުން. ޕައިހޯލް އިން އެޑް ބްލޮކް ކުރުން. އޯޕަން ޑީއެންއެސް އިން އެޑަލްޓް ކޮންޓެންޓް ބްލޮކް ކުރުން. އެޕްލިކޭޝަން ފިލްޓަރިންގ ބޭނުންކޮއްގެން އެޑަލްޓް ކޮންޓެންޓް ބްލޮކް ކުރުން. ޑިވައިސްގަ ޕޭރަންޓަލް ކޮންޓްރޯލް ބޭނުންކުރުން. ހަމަ އެކަނި މިނިސްޓްރީ އެޕްރޫވްޑް އެޕްސް ބޭނުންކުރުން. އެންސީ އައިޓީން ކޮންސަލްޓަންސީ ދޭނެ. އަޅުގަނޑުވެސް ކޮންސަލްޓަންސީ ދީފާނަން ބޭނުންފުޅުވެލައްވާނަމަ.
މަރިޔަބުގެ ދަރި
07 February 2019
ނޫނޭ ތި ބޭފުޅާގެ ހެލްޕެއް ބޭނުމެއް ނުވާނެ.. މިކުއްޖާގެ ބައްޕައަކީ މާވަރުގަދަ އައިޓީމީހެކޯލަ.. އޭނަ މާރީތި ވީހެއްނު ދެންވެސް މިކަލަހށދިސާއެއް ނުހިގާނެ ގޮތަށް ސްކޫލަށް މިކަމުގަ އެހީތެރިވިނަމަ ޓީޗަރު ބަދުނާމުނުކޮށް..
އިއްބެއްޔާ
06 February 2019
އެކި ސައިޓުތަކަށް ވަނީމަ ޕޮޕް އަޕް އެޑް އާއި ފާޑު ފާޑުގެ މަންޒަރާއި ވިޑިއޯ ފެނޭ ކުއްލިއަކަށް ސްކްރީނަށް އަރާނެ. ޕޮޕް އަޕް ބޮލޮކް ކޮށްފައި އެޑްބޮލޮކާ ފަދަ އެޕްތައް އިންސްޓޯލް ކުރީމަ މިކަން ޙައްލުވާނެ. ދެން ސްކޫލުތަކުން ޑީއެންއެސް ސާވާތައް ބޭނުނުންކޮށްގެން ބޭކާރު ސައިޓުތައް ބޮލްކު ކުރެވޭނެ.