އެމްޑީޕީ އާއި އަދާލަތު ޕާޓީ ގުޅިގެން ބޭއްވި ޖަލްސާއެއް: ފިންގަ ޕްރިންޓް ނުހިމެނޭ ފޯމްތައް އިލެކްޝަންސް އިން ދެން ބަލައެއް ނުގަންނާނެ
24 އޯގަސްޓް 2016 - 20:46
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި، އިނގިލީގެ ނިޝާން ނުޖަހައި ތިބި މެމްބަރުންގެ އިނގިލީގެ ނިޝާން އޮކްޓޯބަރު މަހުގެ 11 ގެ ކުރިން ހަމަކުރަން މާދަމާ ޕާޓީތަކަށް ލިސްޓު ފޮނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފި އެވެ.
އިނގިލީގެ ނިޝާން ނެތް މެމްބަރުން ޕާޓީތަކުން ވަކިވާ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. މި އިސްލާހުގެ ސަބަބުން، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެވޭނީ އިނގިލީގެ ނިޝާނާ އެކު ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފުރިހަމަކުރާ މީހުންނަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ އިނގިލީގެ ނިޝާން ނެތް މެމްބަރުންގެ ފޯމުތަކުގައި އިނގިލީގެ ނިޝާން ޖަހައި އޮކްޓޯބަރު 11ގެ ކުރިން އެ ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެ މުއްދަތަށް އިނގިލީގެ ނިޝާން ނެތް މެމްބަރުން ޕާޓީތަކުން ވަކިކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މުއްދަތަކީ، މެމްބަރުންގެ އިނގިލީގެ ނިޝާން ހަމަކުރަން އިސްލާހުގައި ކަނޑައަޅާފައިވާ މުއްދަތު ކަން ވެސް އަކްރަމް ފާހަގަކުރެއްވި އެވެ.
"ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެމްބަރުންގެ ތެރެއިން ފިންގަޕްރިންޓް ނެތް މެމްބަރުންގެ ލިސްޓެއް ވެސް ޕާޓީތަކަށް މާދަމާ އަޅުގަނޑުމެން ފޮނުވާނަން. އޭރުން ފިންގަޕްރިންޓް ހަމަކުރަން ފަސޭހަވެގެންދާނެ،" އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިނގިލީގެ ނިޝާނާ އެކު ޕާޓީތަކުން ކުރިން ހުށަހަޅާފައިވާ ފޯމުތައް އެ ކޮމިޝަނުން އަންނަނީ ޕްރޮސެސްކުރަމުންނެވެ. އެހެންވެ އިނގިލީގެ ނިޝާނާ އެކު ކުރިން ހުށަހަޅާފައިވާ ފޯމުތައް އަލުން ހުށަހަޅަން ނުޖެހޭނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހާ މެދު އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ޕާޓީން ބުނެފައި ވަނީ ކުރީގައި ހިނގާފައިވާ ކަންކަމަށް ފަހުން ގާނޫނު ހަދައިގެން އަމަލުކުރަން ނުޖެހޭނެ ކަމަށެވެ. ސިޔާސީ ޕާޓީތައް 2005 ގައި އުފައްދައި ޕާޓީތަކަށް މެމްބަރުން ވަނީ އޭރު އޮތް ގާނޫނުގެ ދަށުން ކަމަށާއި ޕާޓީތަކަށް ވަދެވޭނީ އިނގިލީގެ ނިޝާން ޖަހައިގެން ކަމަށް އޭރު އަމަލުކުރި ގަވާއިދާއި އުސޫލްތަކުގައި ނެތް ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި އިސްލާހުގެ ބޭނުމަކީ އެ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ވަކިކުރުމެވެ. ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަކީ މިހާރު އެމްޑީޕީ ނަމަވެސް އިލެކްޝަނުން ދޭ މުއްދަތުގައި ފިންގަޕްރިންޓް ހަމަނުކޮށްފި ނަމަ އެ ޕާޓީގެ 20،000 އަށް ވުރެ ގިނަ މެމްބަރުން ވަކިވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ހުރިހާ ފޯމެއް ފިންގަޕްރިންޓާ އެކު ހުށަހަޅާފައި ވަނީ ޕީޕީއެމާއި އެމްޑީއޭ އިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ އަލީ
14 October 2016
މިހާރު އޮތް ގާނޫނު އަސާސީ އަކީ ކުރީގެ ގާނޫނު އަސާސީ އާ ތަފާތު އެތައްލަމެއް ހުރި ގާނޫނުއަސާސީ އެއް ވީމާ ކުރިޔާ ތަފާތުވާ ބަޔަށް އަހަހރުމެން އަމަލު ކުރަން ޖެހޭނެތަ ؟ މިހާރު އޮތް ގާނޫނުލް އުގޫބާތު ކުރީގެ ގާނޫނުލް އުގޫބާތާށ ވަރަށް ތަފާތު ، ވީމާ ފަހުގެ ގާނޫނުލް އުގޫބާތުގެ ތަފާތުވި ބަޔަށް އަމަލު ކުރަން ޖެހޭނެތަ ؟ ކުރިންނެތް ކިތަންމެ ގާނޫނެއް ފަހުން ހެދިފާ އެބަހުރި ވީމާ ފަހުން ހެދި ގާނޫނުތަކަށް ތަބާވާން ނުޖެހޭނެތަ ؟ ގާނޫނުލް އުގޫބާތަކަސް ގާނޫނުއަސާސީއަކަސް ގާނޫނަކަސް ފަހުން ނުތަ ކުރި އެއް ކިޔާނެ ކަމެއްނެތް އަލުން ހެދިޔަސް އިސްލާހެއް ގެނަޔަސް އެ އިސްލާހަކަށް އެންމެން ތަބާވުން ލާޒިމް. ގާނޫނުއަސާސީ ގެ 20، 17 މިދެމާއްދާ ބުނަނީ ހުރހާކަމެއްގާ ވެސް އެންމެން ހަމަހަމަ ވާން ޖެހޭނެ ކަމަށް ، ވީމާ ކުރިން ފޯމުގާނެތް މައުލޫމާތެއް ފަހުން ފޯމަށްއިތުރު ކުރިޔަސް ގާނޫނަކުން ލާޒިމް ކޮށްފިނަމަ ހުރިހާފަރާތަކުންވެސް އެއަށް އަމަލު ކުރުންލާޒިމް، މައުލޫމާތު ފުރިހަމަކުރަން މުއްދަތެއްދީފާ އެކަންފުރިހަމަ ނުކޮށްފިނަމަ އެފުރިހަމަ ނުވާފޯމްތައް ވާނީ ގާނޫނާ ހިލާފު ފޯމްތަކަކަށް، ގާނޫނާ ހިލާފުވާފޯމަތައް ސައްހަވާނެ ގޮތެއް އޮންނާނެތަ ؟
އަބްދުއްލާ އަލީ
14 October 2016
އެ 20000 އަކީ މަދަނަ އިގަ ޖެއްސުމުަށް ފުރި ފޯމްތަކުގައިވާ ނަންތައް ނޫންބާ ؟
އަލީ
25 August 2016
ގަަދަ ބާރުން ތިމާމެންގެ އަދަދު އިތުރު ކުރަން ކުރާ ކަންކަން! އޭރު އޮތް ގަވައިދަށް ފެތިގެން އޭރު މެންބަރުންނަށް ހެދި މީހުން ފަހުން ހަދާ ގަވައިދަކުން ވަކި ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން.
ޢަލީ
24 August 2016
ބަލަ ކޮބާހޭ ސުލޭމާނު. ރައީސަކީ ސުލޭމާނެއް ނޫންތަ؟ އަކްރަމަކީ ކޮން ހައިސިއްޔަތެއް އޮތް މީހެއްތަ؟ މެމްބަރެއް. ރައީސާއި ނާއިބުރައީސް ފިލާ.....
ފީލްއިޓް
24 August 2016
ދައުލަތުގެ ބަޖެޓުން ފައިސާ ޚަރަދު ކުރަން ޖެހޭނީ އެއީ ފިންގަރ ޕްރިންޓް ޖަހާފަައިވާ ސައްހަ މެމްބަރުންނަށް އެކަނި އެވެ. އެނޫން ގޮތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދީގެން ނުވާނެ އެއްވެސް ސިޔާސީ ޕާރޓީ އަކަށް. ޔަގީން ރަންރީނދޫ ކުދިންގެ ޕާރޓީގައި ސައްހަ ދެހާސް މެމްބަރުން ވެސް ނުތިބޭނެކަމަށް. މުޅިން ތިބޭނީ އެވެރިންގެ ވެރިކަމުގައި މުނިސިޕަލްޓީގައި އޮތް ޑޭބާބޭސް އެވެރިންގެ ކަރަޕްޓް ހަރުގެއަށް ގެންގޮސްގެން ޓްވިޓަރުން މޭޒު ދަށުން ދަމާ ކުޅެގެން ފުރާފާފައިވާ ފޭކް ފޯރމްތަކުގެ މެމްބަރުންނެވެ.
މެންޓަލިސްޓް
24 August 2016
އަނެއްހެން މާކަމުހިންމު ކަމެށްނޫން ޕާޓީތަކުގެ މެންބަރުންނަށް ވުމަކީ ،،، ހެޔޮނުބައި ވަކިވެ ކުރިމަތިލައި ރަގަޅު ކެންޑިޑޭޓުންނަށް ގައުމީވިސްނުމެއްގައި ވޯޓްލުން މުހިންމީ ،.. ޕާޓީއިން ޓިކެޓް ބުޅަލަކަށް ލިބުނީމައި އެބަޅަލަށް ވޯޓްލާކަށް ނުޖެހޭނެ ، އޭގެ ބަދަލުގައި އެކަމުގައި ވާދަކުރާ ރަގަޅުސާފް މީހަކު ހުރިއްޔާ އެމީހަކަށް ވޯޓްދިނީމައި އެނިމުނީ އޭރުން ގައުމީ ވާޖިބްއަދާކުރެވުނީ ،،،، އެއީ އިސްލާމީ ގޮތަކީ ވެސް ،،