މާފަންނު މެދު ދާއިރާގައި ދިރިއުޅޭ ރައްޔިތުންތަކެއް މިއަދު ފޮޓޯއަކަށް ހުއްޓިގެން.
16 ފެބުރުއަރީ 2019 - 21:23
މާފަންނު މެދު ދާއިރާގައި ދިރިއުޅޭ ގިނަ އަދަދެއްގެ މީހުން ނުކުމެ އެ ދާއިރާގެ އެކި ސަރަހައްދުތަކުގައި ހުރި ބޮޑެތި ކުނިތައް ނަގައި އެހެން މީހުންނަށް މިއަދު ނަމޫނާ ދައްކައިފި އެވެ.
"ސާފު ރީތި މާފަންނު މެދު" މި ޝިއާރުގެ ދަށުން، އެ ދާއިރާގައި ދިރިއުޅޭ ކުދިބޮޑު ގިނަ ބަޔަކު ވަނީ ކުނިވާ ޒާތުގެ ކުންޏާއި ލަކުޑި އާއި ދޮރު ފަދަ ތަކެތި ނަގައި ސާފުކޮށްފަ އެވެ. މިއީ، ފަހުގެ ތާރީޚެއް ގައި މާލޭގެ ވަކި އަވަށެއްގައި ދިރިއުޅޭ ބަޔަކު ނުކުމެ ދާއިރާ ސާފު ކުރި ފުރަތަމަ ފަހަރެވެ.
މާފަންނު މެދު ދާޢިރާގައި ދިރިއުޅޭ ރައްޔިތުން ނުކުމެ، އެ ދާއިރާ މިއަދު ސާފު ކުރަނީ. ---
މި ހަރަކާތް ރޭވުމުގައި އިސްކޮށް އުޅުއްވި މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަޒްރާ މޫސާ "މިހާރު" އަށް ވިދާޅުވީ މާފަންނު މެދު ދާއިރާ ސާފު ކުރުމަށް ބޭއްވި ހަރަކާތުގައި އެ ދާއިރާގެ ގިނަ ބައެއްގެ އެއްބާރުލުން ލިބުނު ކަމަށެވެ. އެގޮތުން ހަރަކާތުގައި 100 އެއްހާ މީހުން ބައިވެރިވި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ހިތަށް އެރީ ބަޔަކު އައިސް، މި ތަން ސާފު ކުރީމާ މަގްސަދު ހާސިލް ނުވާނެއޭ. އޭގެ ބަދަލުގައި ދާއިރާގެ ރައްޔިތުންނޭ ނުކުމެ މި ތަން ސާފު ކުރާނީ،" އަޒްރާ ވިދާޅުވި އެވެ.
މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަޒްރާ (ކ-2) އާއި އެ ދާއިރާގެ ރައްޔިތުން ފޮޓޯއަކަށް ހުއްޓިގެން.
އޭނާ ވިދާޅުވި ގޮތުގައި ކޮންމެ މަހަކު އެއް ފަހަރަކު މާފަންނު މެދު ދާއިރާ ސާފު ކުރުމަށް ހިންގާ ހަރަކާތުގެ ބޭނުމަކީ އެ ދާއިރާގައި ދިރިއުޅޭ މީހުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހިކުރުމެވެ.
މާފަންނު މެދު ދާއިރާ އަކީ އަބަދުވެސް ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމުގެ އަމާޒުގައި ފެށި މި ހަރަކާތުގެ ދަށުން ގިނައިން ނެގީ ލަކުޑި ފަދަ ތަކެތި ކަމަށް އަޒްރާ ވިދާޅުވި އެވެ. އޭގެ އިތުރުން، ގިނަ އަދަދެއްގެ ދަޅާއި ފުޅި ފަދަ ތަކެތި ފެނުނު ކަމަށް ވިދާޅުވި އެވެ.
މާފަންނު މެދު ދާޢިރާގައި ދިރިއުޅޭ ރައްޔިތުން ނުކުމެ، އެ ދާއިރާ މިއަދު ސާފު ކުރަނީ. ---
"ދެ ތިން ސަރަހައްދަކުން ކުނިވާ ޒާތުގެ އެއްޗެހި ނެގީ. ވެމްކޯގެ އެހީތެރިކަމާ އެކު ބޭއްވި ހަރަކާތުގައި އެ ކުންފުނީގެ ތިން ބޮޑު ލޮރީ ފުރައި ކުނި ނެގިން،" މާފަންނު މެދު ދާއިރާގެ ކައުންސިލަރު ވިދާޅުވި އެވެ.
އަޒްރާ ވިދާޅުވީ، ކުރިމަގުގައި މާފަންނު މެދު ދާއިރާ ފެހި ކުރުމުގެ މަގްސަދުގައި ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ވެސް މަސައްކަތްކުރާ ކަމަށެވެ. މިއަދުގެ ހަރަކާތުގައި ބައިވެރިވި މީހުން ވަނީ ބައެއް ސަރަހައްދުތަކުގައި ކުނި ނޭޅުމަށް އެދި ބޯޑުތަކެއް ވެސް ހަރުކޮށްފަ އެވެ.
މާލޭގެ އަވަށެއްގައި ދިރިއުޅޭ ބަޔަކު ނުކުމެ، އެ އަވަށުގެ ބައެއް ސާފު ކުރުމާ ގުޅިގެން ގިނަ ބައެއްގެ ތައުރީފް މަސައްކަތުގައި އުޅުނު މީހުންނަށް ވަނީ ލިބިފަ އެވެ. ބައެއް މީހުން ބުނި ގޮތުގައި، މާފަންނު މެދު ދާއިރާގެ މީހުން ދެއްކި ނަމޫނާ އެހެން ދާއިރާތަކުގައި އުޅޭ މީހުން ވެސް ނުކުމެ ދައްކަން ޖެހެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލާހު
17 February 2019
ހޭހޭ ކުނިއޫކާ މަގުތައްސާ ފުކުރަން ކުންފުންޏަކައް އެތައްމިލިޔަން ރުފިޔާއެއް ދީފަ އަމިއްލަޔައް ސާފުކޮއް ނަމޫނާދައް ކައިފި! ފަރުދީ ޒިންނެގުމެއްނޫއެއީ ތިގޮތައް އުޅުމެއްތިއީ
ކައްތުބޭ!
17 February 2019
މީފަހެ ދެއްކުންތެރިކަންނޫން ކޮންކަމެކޭ ބުނެވޭނީ! ނަމޫނާދައްކަން ޒަމާނުއްސުރެ ތިޔަކަން ކުރަމުން އައިގޮތައް ކުރީމަ މާރަގަޅެއްނުން. އެއީ ފަތިސް ނަމާދުކޮއް އަވަދިވެގެން އިރުއަރަންވާއިރައް އެމީހެއްގެ ގޭދޮއް ކުނިކަހާ ސާފުކުރިން.
އަތޮޅުމީހާ
17 February 2019
މާލޭގެ އަވަށަކުނ ބަޔަކު ނުކުމެ މަގުސާފުކޮށްލިއަސް އެވާހަކަ ބޮޑުސުރުހީއަކަށްވެ, ގައުމީ އިނާމްދޭހާ ހިސާބަށްދާއިރު, އަތޮޅުތެރޭގެ ރައްރަށުގެ މީހުން ނިކުމެ މަހަކު 1 ފަހަރު މުޅިރަށް ސާފުކުރާކަން ހަމަ ނޭނގެނީބާ?
ވާނެދޯ
17 February 2019
އެކަން ނުކުރާ ބަޔަކަށް އެކަންވާނެ އާ ކަމަކަށް. މާލެ މީހުންވެސް ސިއްހަތު ރަގަޅުވާނެ އެކަހަލަ ކަންކަން ގިނައިން ކުރާނަމަ. އެކަމު ގިނަ މީހުން ދަނީ އެކަހަލަ ކަމެއްނުކޮށް މޫދު ކަސްރަތަށް. އިހުގައި ގޭގައި ކޮށްއުޅޭ ހުރިހާ މަސައްކަތަކުން ކަސްރަތު އޮންނަނީ ލިބިފައި. މިހާރު ސައިކެއްގަ ކޮންމެ އަންހެނެއްވެސް ތަންތަނަށްދާނީ. ހިނގާލައިގެން ލިބޭ ކަސްރަތުވެސް ލިބިނުގަނެ ދާނީ ޖިމަށް.
ސުރުހީ
16 February 2019
ސުރުހީ ރަނގަޅެއްނޫން...... "މާފަންނު މެދު ދާއިރާމީހުން "ދެއްކުންތެރި" ކަމުގަ" ނަމޫނާ ދައްކައިފި. ހާލަކުން ފަހަރަކު ނުކުމެ މަގުމަތި ސާފު ކޮއްލުން އެއީއަކީ އަދި ނަމޫނާ ދެއްކުމެއްނޫ. މާވެޔޮމަގުގަ ހުންނަ ބޭބެ އެކަނިމައި އެކަނި މުޅި އެހިސާބު ސާފުކުރަނީ، ދުވަހަކުވެސް ނުހުންނާނެ މީހަކު ލައްވާ ސާފުކުރަން ހުރެގެން ފޮޓޯއެއް ނަގާފަ މަށޭ މިކަން މިކުރަނީ ފެނޭހޭ ކިޔާފައެށް. ރަނގަޅުދެން އަމިއްލަޔަށް އެޅި ކުނި ނެގިގަން
އަސްތާ
16 February 2019
މިއޮތްހާ ދުވަހު ތިޔަ މީހުން ތިބީ ކޮންތާކުތަ؟ މާލޭގައި މާފަންނުގައި ނޫންތަ؟ ގައިމު ކޮންމެ ދުވަހަކު ފަތިހު އިހަށްވެސް ކުނިކެހި ގޮތަށް މަގުމަތި ކުނިކަހައި ސާފުކުރާނަމަ ގޮނޑެއްހެއް އޮންނާނެތަ؟ ތިޔަ ބުނި މަގުސަދުގައި ކުރާ ކަމެއް ނަމަ ކޮންމެ ދުވަހަކު މަގުމަތި ސާފުކުރާނެ. މާލޭގެ ގެއެއްގައި ދިރިއުޅޭ މީހަކަށް ތިން އަކަފޫޓު ސާފުކޮށްލިޔަސް މާލެ އޮންނާނީ ސާފުތާހިރުކޮށް.
ހައިރާނެއް ނުވޭތަ
17 February 2019
ސަމް ޕީޕަލް އާ ސޯ ނެގެޓިވް. ރަނގަޅު ކަމެއް ކުރީމަ ތައުރީފު ކުރާނީ. ކޮން ބޭކާރު ވާހަކައެއް؟ ހީވަނީ ތީ ކޮންމެ ދުވަހަކު ހޭލާގޮތަށް މަގުމަތި ކަހާ މީހެއްހެން.
ދަތްނެތްކުއްޖާ
16 February 2019
މާލޭގައި އޮތް މޑޕ ގެ އެންމެ ހަރަކާތް ތެރި ރައްޔިތުން އުލޭ ދާއިރާ. ސާބަހޭ ހުރިހާ ކުދިންނަށްވެސް. ޤައުމަށްޓަކައި ޤައުމުގެ މުސްތަޤުބަލަށާއި އަންނަން އޮތް ޖީލު ތަކުގެ މުސްތަޤުބަލަށްޓަކައި ތި ކުރައްވާ ބުރަ މަސައްކަތް ތަކަށް މަމެން ޤައުމުގެ ރައްޔިތުންގެ ނަމުގައި ތިޔަ ޓީމަށް އައްސަރިބަހާއި ސާބަސް ރައްދު ކުރުމަށްފަހު ސެލިއެޓް ވެސް ކުރަމެވެ.
ރަދީފުގެ ދަރި ކުމާރު
16 February 2019
ކީއްވެހޭ މަގުތަކުގާ ތިން ލޮރީފުރޭވަރަށް ކުނިހުންނަންވީ؟ މަގަކީ މީހުންް ކުނިއަޅާން އޮންނަ ގޮނޑެއްތަ؟....... ބަރާބަރަށް ގާނޫނުތައް ތަންފީޒުކުރެވޭނަމަ ކައުންސިލްތަކާ ރައީސުލް ޖުމްހޫރިއްޔާ ނުޖެހޭނެ އިރުއިރުކޮޅާ ކުނިނަގާން މަގުތަކަށް ނުކުންނާކަަށް. މިހާރު ފެންނަފެނުމަށް ބަލާއިރު ކުނިކަހާ ދުވުމަށްފަހު ރައީސްމީހާއަކަށް ނުލިބޭ އިތުރުކަމެއް ކުރާކަށް ވަގުތެއް. އެހެންވީމާ ރައީސްމީހާ ދުވަސް ގުނަނީވެސް ބަންދުދުވަސް ނުލާ.
ޢަބޯ
17 February 2019
މީހުން ކުނި ނަގަން ނިކުތީމަ އެއްޗެއް ވިސްނޭނީ. ކުނި އަޅާނީވެސް ދިވެހިން. ނަގާނީވެސް ދިވެހިން. މަގޭ ދަރިފުޅަށް އެވަރު ދަސްވެއްޖެ.ސިންގަޕޯ އަށްވެސް ހެދޭނީ އިހަށް އުޅުން ބަދަލުކުރީމަ!