ނުރައްކާތެރި އެކްސިޑެންޓް ހިނގި ސަރަހައްދު-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
17 ފެބުރުއަރީ 2019 - 11:19
މިދިޔަ އަންގާރަ ދުވަހު ދެ އަންހެނަކު ކަފިހިހުރަހަކުން މަގު ހުރަސް ކުރަނިކޮށް، އެ މީހުންގެ ގައިގައި ޖެހުނު ޓެކްސީ ޑްރައިވަރު ކަމަށް ބުނާ މީހާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކުރި އިރު ވެސް އޭނާ ހައްޔަރެއް ނުކުރެ އެވެ. އަދި އޭނާއާ ދޭތެރޭ ފިޔަވަޅެއް އެޅިކަން ނުވަތަ ނޫންކަން ވެސް ފުލުހުން ނުބުންޏެވެ.
އަންގާރަ ދުވަހުގެ އިރުއޮއްސުނު ވަގުތު މޫންލައިޓް ހިނގުމުގެ ކަފިހިހުރަހުން މަގު ހުރަސް ކުރަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރު ދެ އަންހެނުންގެ ގައިގައި ޖެހި ލިބުނު އަނިޔާތަކުގެ ސަބަބުން އޭގެ ތެރެއިން އެކަކު އަދިވެސް އޮތީ ވެންޓިލޭޓާގަ އެވެ. އަނެއް އަންހެން މީހާގެ ފައި ދުޅަވެ ކުދިކުދި އަނިޔާތައް ވަނީ ލިބިފަ އެވެ.
އެ އެކްސިޑެންޓުގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ފުލުހުން ވަނީ އާންމުކޮށް އިއުލާން ވެސް ކޮށްފަ އެވެ. އޭގައި ބުނެފައިވާ ގޮތުން އެކްސިޑެންޓްގެ މަންޒަރު ފެނުނު މީހަކު ވިއްޔާ އެކަން ފުލުހުންނާ ހިއްސާ ކުރުމަށް ވަނީ އެދިފަ އެވެ. އެ ޓެކްސީ ދުއްވި ޑްރައިވަރު ކަމަށް ބުނާ މީހާގެ ފޮޓޯ އާއި އޭނާ ދުއްވި ޓެކްސީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުކޮށް ގިނަ ބަޔަކު އަންނަނީ އޭނާއާ ދޭތެރޭ ފިޔަވަޅު އަޅަން ގޮވާލަމުންނެވެ.
ފޮޓޯތަކާއި މައުލޫމާތު އާންމުކުރި އިރު، ޑްރައިވަރާ ދޭތެރޭ އެޅި ފިޔަވަޅަކާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލާ ތަކުރާރުކޮށް ސުވާލު ކުރުމުން އޭނާ ވަކި ޖަވާބެއް ނުދެއްވި އެވެ.
Ehen vehicle thah madukuri, ekamaku accidentvi taxi aee "dhun jahaafai"!
The most trusted news source in the Maldives
Mihaaru
އެ ނުރައްކާތެރި އެކްސިޑެންޓް ހިނގި ގޮތް--
އެ އެކްސިޑެންޓްގައި އަނިޔާވެ، އައިސީޔޫގައި ފަރުވާ ހޯދަމުން އަންނަ 46 އަހަރުގެ އަންހެން މީހާއަކީ 18 މަހުގެ ކުއްޖެއްގެ މަންމަ އެކެވެ. އޭނާގެ ހާލަތު ވަރަށް ސީރިއަސް ކަމަށް އޭޑީކޭއިން ބުނެ އެވެ.
ކަފިހުރަހުން މީހަކު ހުރަސް ކުރަން އުޅޭ ނަމަ ހުރިހާ އުޅަނދެއް ވެސް މަޑުކޮށް ހިނގާ މީހާއަށް ތަންދޭން ޖެހެ އެވެ. އެކަމަކު ބަައެއް ވެހިކަލް ދުއްވާ ޑްރައިވަރުން އެކަންކަމަށް ސަމާލުކަމެއް ނުދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސް
19 February 2019
ޥަރައްވެސް ލަދުވެތި 100 އަހަރުވީ މުވައްސަސާ އެއް މިފެންނަނީ ޖަވާބު ދާރީ ނުކުރުވޭތަން.. އަތޮޅުތައް ވަކިވަކިން އޮންނައިރު މި ފެންނަނީ މަރުކަޒީ ފުލުހުންގެ އިތާރާއެއް ހަދައިގެން ކަންކަން ބޮއްސުން ލާތަން. ގައިމު އަތޮޅުތަކުގައި ވަކިވަކި ފުލުހުންގެ މުވައްސަސާ އޮންނަނަމަ ކޮންމެސް ކަހަލަ ޕޯފާމަންސްއައް ކޮންޕެޓިޝަނެއް އުފެދޭނެ އަދި ހިންގަންވެސް ފަސޭހަވާނެ
މުޙައްމަދު 1
18 February 2019
ވަރަށް ރަނގަޅު ޑުރައިވަރެއް. ޑުރައިވަރު ގެ ކާރުގަ ހޮސްޕިޓަލަށްވެސް ގެންދިޔައީ. ކަމެއްދިމާވެދާނެ. ހުޅުމާލޭގަވެސް ވާ މިފަދަ އެކްސިޑެންޓް ތަކުގަ އޭނަގެ ކާރުގަ ގެންދާނެ. ހުރަސްކިރި ބޭފުޅާގެ މަސަލަވެސް އެބަ އޮތް މިކަމުގަ. ހުރަސްކުރަން ނޫޅެ އެއްވެސް އެއްޗަކަށް ނުބަލާ ކާރުގެ ކުރިމައްޗައް. ކާރުން ޖެހުނު މީހާ އެއް ނޫން އައި ސީ ޔޫގަ. ޖެހުނު މީހާ ގައިގަ ޖެހުނުމީހާ. ވެއްޓުނު ގޮތުން ބޯ ޖެހުނީ. ޑުރައިވަރަކީ ވަަރަށް ހިތްހެޔޮ ބޭފުޅެއް.
ހައިރާންވެއްޖެ
17 February 2019
ފުލުހުން ބަލާތަ މިކަހަަލަ އެކްސިޑެންޓުގެ އެއްވެސް މައްސަލަ އެއް ބަލަން ވީގޮތަށް؟ ހިއެއް ނުވޭ.
އިލްހާމް
17 February 2019
އޯގާތެރި ސަރުކާރު ޑްރައިވަރަށްވެސް އޯގާތެރިވީ
ހާމަ333
17 February 2019
ޖަރީރާ ރާއްޖޭގަ މަރުގިނަވަނީ.....ގަސްތުގަވެސް މަރަނީ....ގޮތްނޭގޭމަރުވެސް އިތުރުވަނީ....މިވަނީ ކިހިނެތްބާ? ލާއިންސާނިއްޔަތުކަން ފާޅުގަ ކުރާއިރު ސަރުކާރު ހިމޭނުން....އިންޑިއާ ފައިބުޑުން ނެއްޓެންނޭގި އަަބަދު އިންޑިއާއަށް ނާށިގަނޑު ހިފައިގެން ސަލާންޖަހަން ގޮސް....ވެރިކަން ކުރަން ނޭގެންޏާ ވާނީ މިހެން....
އައްދުބޭ
17 February 2019
ބުރޯ ޖަޒީރާ ރާއްޖެ މިނިކާ ރާއްޖެއަކަށް ބަދަލްވަނީ
.އަލީ
17 February 2019
ހޯމްމިނިސްޓަރ ކޮބާތައް؟ ޑުރައިވަރ އެއީ ހިމާޔަތް ކޮށްފައިވާ ލިންޓްގެ މީހެއްތަ؟
ބޭބެ
17 February 2019
ތީ ފުލުހުން ކުރަންޖިހޭ ކަމަށް ފުލުހުންގެެ ވެރިޔާއަކީ ރައީސް!
ސަލާހު
17 February 2019
ކިކޭބުނާނީ މިހަކު ގައިގަ ނޫނަސް ޕާކުރަނިކޮއް ކިރިޔާ އެޗެއްގަ ޖެހިގެންވަސް ވެރިފަތަށާ ފުލުހުންނައް ނާންގަ ދިއުމަކީ އެއްޗެއްގަ ޖެހުމައްވުރެ ބޮޑުއަދަބު ލިބޭކުށެއް ތަރައްގީވެފަހުރި ގައުތަކުގަ
މަރޭމިތުރު
17 February 2019
ބައެއްމީހުން ދެކޭގޮތުގަ ޑުރައިވަރުންނަކީ އެއީ ވަރަށް ދަށުދަރަޖައިގެ އަލިފެއް ޔާއެއް ނުދަންނަބައެއް! ނޫންނޫން ޑުރައިވަރުންގެ ތެރޭގަ މިއަދު އެބަތިބި ޑިގްރީ ފެންވަރުގެ ތައުލީމީ ދަރިން. އިނގިރޭސިން ވާހަކަ ދައްކަން އެނގޭ ދަރިން. މޮޅެތިމީހުން. އޮފީސްތަކުގެ މަތީލެވެލްތަކުގައި އުޅޭފަދަ މީހުން. ބައެއްމީހުން ޑުރައިވަރުކަން ކުރަނީ ރައްޔިތުންނަށް ހިދުމަތްދިނުމަށް. އަދި ބައެއްމީހުން ޕާރޓްޓައިމަށް. އަނެއްބައިމީހުން ދިރިއުޅުމަށް!
ރެޑްސީ
17 February 2019
ރައްޔިތުންނަށް ޚިދުމަތްކުރުމަށް (ފައިސާ ހޯދަން) ޕާރޓްތައިމަށް (ފައިސާ ހޯދަން) ދިރިއުޅުމަށް (ފައިސާ ހޯދަން)
ކަފި ހުރަސް
17 February 2019
ޢެހެންވީމަ ޖެއްސިޔަސް އޯކޭއޭތަ ތިބުނަނީ
ބޯއިކޯ
17 February 2019
ކޯޗެކޭތިކިއަނީ. ޕީއެޗްޑި ނަގައިގެން ހުއްޓަސް ކޮންމެ ކަމަކަށްވެސް ވަކި ގަވައިދުތަކަކާ އަޚުލާގެއްއޮވޭ. އެގަވައިދުގެ ތެރޭން އެހުދޫދަށް ފެތޭގޮތަށް ދުއްވާނަމަ ނިމުނީއޭ.
ޖައިސާމް
17 February 2019
މަގުތައް ނުރައްކާ ވެގެން އުޅޭ މައިގަނޑު އެއް ސަބަބަކީ ގައުމުގަ ކުށްކުރާ ފަރާތްތަށް ހައްގު އަދަބު ނުދެވޭތީ.