ރޭ އެކްސިޑެންޓް ހިނގި ސަރަހައްދު: އެކަކު އޮތީ އޭޑީކޭގެ އައިސީޔޫގައި - ފޮޓޯ: ހުސައިން ވަހީދު/މިހާރު
13 ފެބުރުއަރީ 2019 - 11:52
އިއްޔެ އިރުއޮއްސުނު ވަގުތު އެ ދެ އެކުވެރިން ގެއަށް ދިޔައީ ސައިކަލް ދުއްވަން ދަސްކުރަން އުޅުމަށް ފަހު އެވެ. އެކަމަކު ދެން ކުރިމަތިވީ ފަރުވާތެރިކަމެއް ނެތި ދުއްވި ޓެކްސީ ޑްރައިވަރެއްގެ ސަބަބުން ދިމާވި ނުރައްކާތެރި އެކްސިޑެންޓެވެ. ލިބުނު އަނިޔާ ސީރިއަސްކަމުން އޭގެ ތެރެއިން އެއް އަންހެނަކު އޮތީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ.
ދެ އަންހެނުން އުޅުނީ މޫންލައިޓް މަގުން ހުރަސްކޮށް ސެނެހިޔާ ހޮސްޕިޓަލް ހުރި ފަޅިއަށް ދިއުމަށެވެ. އެ މަގުގައި އޮންނަ ހަމައެކަަނި ކަފި ހުރަހުން މަގު ހުރަސް ކުރަން އުޅުނު ވަގުތު އެހެން ހުރިހާ ވެހިކަލެއް މަޑުކޮށް، އެ މީހުންނަށް ތަން ދެއްކި އެވެ. އެކަމަކު އެ ޓެކްސީގެ ޑްރައިވަރު އެއިން އެއްވެސް ކަމަކަށް ފަރުވާ ނުބަހައްޓައި ދުއްވީ "ދުން ޖަހާފަ" އެވެ.
"ޕޭވްމަންޓް މަތިން [މަގަށް] ފޭބީ އަހަރެމެން [މަގު ހުރަސްކުރަން އުޅެނިކޮށް] ފެނިގެން ސައިކަލަކާއި ޕިކަޕެއް މަޑުކުރީމާ. ހީކުރީ އެހެން ވެހިކަލްތައް ވެސް މަޑުކުރާނެ ކަމަށް،" އެކްސިޑެންޓުގައި ކުދި އަނިޔާތަކެއް ލިބުނު އަންހެން މީހާ، ނަން ނުޖަހާ ގޮތަށް، ކިޔައިދިނެވެ.
ބާރަށް އައި ކާރު ޖެހުނީ އޭނާގެ ގައިގަ އެވެ. ސީރިއަސް ހާލަތުގައި އޮތް އުމުރުން 46 އަހަރުގެ އަންހެން މީހާ ވެއްޓި، ބޯ ޖެހުނީ ބްރޭކަރުގަ އެވެ.
"އޭނާ ވެއްޓުނީ އަހަރެން ގޮސް އޭނާގެ ގައިގައި އެވަގުތު ޖެހުމުން. އޭނާ ވެއްޓި ސްޕީޑް ބްރޭކަރުގައި ބޯ ޖެހުނު ތަން [ދުށިން]،" އަންހެންމީހާ ބުންޏެވެ.
ވަގުތުން ސެނެހިޔާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭޑީކޭ އަށް ބަދަލުކުރީ އޭގެ ފަހުންނެވެ. އަށާރަ މަހުގެ ކުއްޖެއް އޮތް އަންހެންމީހާގެ ސިނކުނޑިއަށް ލޭ އެޅި ހާލު ސީރިއަސް ކަމަށް އެކުވެރިން ބުނެ އެވެ.
އެކަމަކު އޭނާގެ ހާލަތާ މެދު އޭޑީކޭ އިން އަަދި އެއްވެސް މައުލޫމާތެއް ނުދެ އެވެ.
އެކްސިޑެންޓްވި ޓެކްސީ ޑްރައިވަރު އެ މީހުންނާ އެކު ސެނެހިޔާ އަށް ވެސް އަދި އޭޑީކޭ އަށް ވެސް ދިޔަ އެވެ. އެ ހާދިސާއާ ބެހޭ ގޮތުން ފުލުހުންނަށް ބަޔާން ވެސް މިހާރު ވަނީ ދީފަ އެވެ.
ކަފިހުރަހުން މީހަކު ހުރަސް ކުރަން އުޅޭ ނަމަ ހުރިހާ އުޅަނދެއް ވެސް މަޑުކޮށް ހިނގާ މީހާއަށް ތަންދޭން ޖެހެ އެވެ. އެކަމަކު ބަައެއް ވެހިކަލް ދުއްވާ ޑްރައިވަރުން އެކަންކަމަށް ސަމާލުކަމެއް ނުދެ އެވެ.
ސިނަމާލެ ބްރިޖާ އެކު ބޮޑުކޮށް، ހަތަރު ލޭން ހިމެނޭ ގޮތަށް ހެދި މޫންލައިޓް މަގުގައި ހިނގާ އެކްސިޑެންޓްތައް މިހާރު ވަނީ ގިނަވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭ
15 February 2019
ހިނގާފަދާމީހުން ދުއްވާފައިދާއެއްޗެހި ހުސްވަންދެން މަގުހުރަސްކުރަން ތިބީމަކާ އެކްސިޑެންޓުނުވާނެ.! ހަމަ ދުއްވަދުއަވ ހުއްޓާ ޖެހޭތަ ކުރިމައްޗައް އަރަން. މަގުމަތީ ގަވާއިދަކީ ހުރިހާ އެންމެނަށް އޮންނަ އެއްޗެއް!މހުންގެ ވިސްނުން ތަހުޒީބުވާން ޖެހޭ! މީގައި ޑުރައިވަރު ކުއްވެރިކުރާކަށް ނުޖެހޭ ނުވެސްވާނެ ތިގޮތަކަށް!ތިޔައީ ވަކި އތަކަށް ބުރަވެގެންތިބެ ދެކެވޭ ހަމަނުޖެހޭ ގަވާއިދެއްނެތް އާޓިފިޝަލް ވާހަކަތަކެއް!
ކޮކީ
14 February 2019
ކަފިހި ހުރަހުން މީހަކު ހުރަސް ކުރަން އުޅޭއިރަށް މަށަކީ މަޑުކުރާ މީހެއް. ގިނަމީހުން ތިބެނީ ހުރަސްކުރަން ބިރުން. ސަބަބަކީ ދުއްވާ ގިނަ މީހުން މަޑުނުކުރާތީ. މަބުނަނީ، ދައްތާ/ބޭބޭ އަވަހަށް ދޭ. ?
ސަރުކާނު
14 February 2019
ޑްރައިވަރުބުނީ އެވަގުތު އެމަގުގަ އެއްވެސް އެއްޗެއް ނެތޯ! މީހަކުވެސް އަދި ވެހިކަލެއްވެސް. އެހެންވެގެނޯ ބާރަށް ދުއްވީ. މުޅިތަން އޮތީ ވަރަށް ބޮޑަށް ދިއްލިފަޔޯ. ހީކުރީ ވިއްސާރަވާން އުޅެނީ ކަމަށޯ؟
ޚާޗުސް
21 May 2019
ހަމަހޭގަ ތިބި މީހުން ނައް އެހެން ވެހިކަލްތަކާ ސައިކަލްތައް ހުއްޓައިގެން ތިބިތަން ފެންނަން އޮތީ
ގޯބެކް
14 February 2019
ހައްލަކީ ރާއްޖެތެރޭ މީހުން ރަށަށް ދިއުން. އެއިރުން މާލޭ މީހުންނަށް ހިތްހަމަ ޖެހިލައިގެން ދިރިއުޅެވޭނެ. މިހާރު އަހަރުމެންނަށް މީހުންގިނަކަމުން ބޭރަށް ނިކުމެވެނީކީ އެއްނޫން. ޖަލެއްގައި އުޅޭ އިހްސާސްކުރެވެނީ.
ޏުން
14 February 2019
ރަާއްޖެތެރޭ މީހުން ނެއްނަމަ މާލެ މީހުން އަނގާ އަތާދިމާނުވާނެ
ބެކްގޯ
14 February 2019
މާލެ އަކީ ވަކި މީހެއްގެ ތަނެއް ނޫން. މީހުން ގިނަކަމުން މާލޭގައި އުޅެން އުނދަގުލިއްޔާ ދޭބަލަ އާބާދީ މަދު ރަށެއްގައި ތަނެއް ކުއްޔަށް ހިފައިގެން ދިރިއުޅެން. އަހަރުމެންވެސް އުފަންވި ރަށުގައި ދިރިއުޅެން ދަތިވީމަ މާލެ އައިސް މިއުޅެނީ.
މާލެ ނޫން
14 February 2019
ބޯގޯސް!!!
ރާޅުބޯއީ
14 February 2019
ޓެކްސި ޑްރައިވަރުންގެ އުނދަގޫ ވަރައް ބޮޑު! އަތުން ލާރި ފެލުމުގެ އިތުރައް، މަގުތައް ބްލޮކްވުމާ، ފަރުވާއެއްނެތި ދުއްވުން އަދި، ކާރަށް އެކަނި އަންހެނަކު އަރައިފިނަމަ ފޮށޭވަރު ހައްދުން ނައްޓައިފި. ހައްލެއް ދެން މިކަމަށް ނެއްބާ؟
ފިކުރީ
14 February 2019
ކަލެއަށް ކުލި ދައްކާނީ އޭރުން ކާކު؟
ޖޯޖް
14 February 2019
ފިކުރީ ކަލޭ ކުލިދައްކަނީ މީހުން ފެލައިގެންތަ
ޖިންނި
14 February 2019
މާދަން ޑްރައިވަރު ބުނާނެ ތިމަންނައަށް އެ މަގުން ޖިންނި އެއް ފެނިގެންނޯ މަޑުނުކޮށް ދިޔައީ! މިހާރަކަށް އައިސް ދައްކާ އުޒުރު.... ކީކޭ ދެން ބުނާނީ! މަ ހަމަ ކޮސް...
ހަންދަރު ޙަސަން
14 February 2019
އަމީނީ މަގުގަ ކޮބައި މަގު ބައިކުރާ މެދު ރޮނގު ކިތައް މަގުގަބާ ހުރަސްކުރާ ރޮނގުު ފުހެވިފަ ހުރީ ގައުމަށް ލިބޭ ހުރިހާ އެއްޗެއް ޚަރަދު ކުރާ އެންމެ 02 ކިލޯ މީޓަރު ގެ މާލެ މަގުތައް ފަވާ ނުލެވޭ ކީއްބާ މި ކުރެވެނީ ކީއްވެބާ މަގުތަކުގަ ހުރަސް ރޮނގާ މެދު ރޮނގު ގަވައިދުން ކުލަ އާނުކުރަނީ ކީއްވެބާ ޓްރާންސްޕޯރޓުން މިކަން ޗެކު ނުރެވެނީ ލައިސަންސް ނެތި ދުއްވުން މައްސަލައަކަށް ވާއިރު މަގުގަ ދަމާފަ އޮތް ރޮނގަށް ވަރިހަމަ ކޮންމެ ގޮތެއްވިޔަސް އެހެން ވެގެން ނުވާނެ
ކަފިހި
14 February 2019
ކަފިހި ހުރަސް އޮންނަ އިރު މިހިރީ ހުންން ބިރުވެރިކަން. އަދި ވިސްނާ މާފަންނު ކޮޅުގެ މަޖީދީ މަގުގަ އެއްވެސް ކަފިހި ހުރަހެއް ނޯންނަ އިރު މީހުން އުޅެން ޖެހޭނެ ގޮތް!
ރައްޔިތޭ
13 February 2019
މިކަމުގަ ޓެކްސީދުއްވި ފަރާތުގެ އިތުރުން މަގުހުރަސްކުރާ ފަރާތްވެސް އިހުމާލު ވެފަ! އެއްބައި މީހުން ދުއްވާ އެއްޗެހި މަޑުކުރާނެ ކަމަށް "ހީކޮށް" ދެފަރާތް ނުބަލާ ހަމައެކަނި ތިރި ބަލައިގެން ހުރެ ކުއްލި އަކަށް ހުރަސްކުރަނީ!
ފުއް
13 February 2019
ކަފިހުރަހުން ހުރަސް ކުރުމަށްވުރެން ރަގަޅި ދެކޮޅު ބަލާލާފަ ދުއްވައިގަތުން. އެއީ ކަފިހުރަހުން އެހެން ވެހިކަލްތައް މަޑުކުރާ ވަގުތު ޗާންސްގެ ބޭނުން ހިފާ ޑްރައިވަރުން މިއުޅެނީ. ބްރިޖް އެޅުމުގެ ކުރިން މާލޭ ޓެކްސީތައް ނާންނައިރު ހުޅުމާލޭގެ ކަފިހުރަސް ވަރަށް ސޭފް. މިހާރު ހަމަ މާލެފަދަ. ޝުކުރިއްޔާ ޔާމީން
ޒަވިޔަނި
15 February 2019
ގަވާއިދާ ޚިލާފު ވުމަކީ ތަރައްޤީ ކުރާ މިހާގެ މައްސަލައަކަށް ވަނީ ކިހިނެއް؟ މީހުންގެ ވިސްނުމުގެ ފެންވަރު މިވަރު ވީމަ ދެން ގައުމަށް ވާނެގޮތް ވިސްނާ!