ފިނޭންސް މިނިސްޓްރީގެ ބިލްޑިން--ފޮޓޯ:މިހާރު
20 ފެބުރުއަރީ 2019 - 12:06
ދައުލަތަށް މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްއިން ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ މާލީ ރިޕޯޓުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި 931 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ތެރޭގައި ހިމެނެނީ ބީޕީޓީ އާއި ވިތްހޮލްޑިން ޓެކްސް އެވެ. މި ބައިން ދައުލަތަށް މިހާތަނަށް ލިބިފައިވާ ޖުމްލަ އާމްދަނީގެ 33 ޕަސެންޓެވެ. އަދި މިހާތަނަށް ދައުލަދަތަށް ލިބިފައިވާ ޓެކްސްގެ އާމްދަނީގެ 40 ޕަސެންޓް ވެސް ހިއްސާ ވަނީ ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސަށެވެ.
މިފާއިތުވެދިޔަ ދޮޅު މަސް ދުވަހުގެ ތެރޭގައި ދައުލަތަށް 2.7 ބިލިއަން ރުފިޔާ ލިބިފައިވާ އިރު ޓެކްސްގެ އާމްދަނީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ޓެކްސްގެ އާމްދަނީތަކުގެ ތެރެއިން ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކުހުންނެވެ. މިހާތަނަށް މުދަލާއި ހިދުމަތުގެ އަގުން 789 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި 395.3 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ގްރީން ޓެކްސްގެ ގޮތުގައި 87 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެއާޕޯޓް ސާވިސް ޗާޖުގައި ގޮތުގައި 71 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ޓެކްސް ނޫން އެހެން އާމްދަނީގެ ގޮތުގައި 484 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މި އަހަރަށް ދައުލަތުން 30.2 ބިލިއަން ރުފިޔާ ބަޖެޓެއް ކަނޑައަޅާފައިވާ އިރު އާމްދަނީގެ ގޮތުގައި 23.3 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ކަނޑައަޅައިފަ އެވެ. މިފާއިތުވެދިޔަ ދޮޅު މަސް ދުވަހުގެ ތެރޭގައި މިއަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީގެ 11 ޕަސެންޓް ވަނީ ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުޅި
21 February 2019
ހުޅުމާލެން ހިލޭބިންދީފަ ބޮޑެތި އަގުތަކުން ތަންކުއްޏަށް ދީގެން ނަގާބިޔަ ބޮޑު އާމްދަނީން ޓެކްސެއްނުނަގާ. އެކަމަކު މީހަކު ކުޑަކުޑަ ވިޔަފާރިއެއް ފަށާއިރަށް ތިޔަ މީރާއިން ފޭރޭން ފަށާ. އަދި އެވެސް އިންސާފެއްނެތި. އެ މީރާއެކޭ ތަތްލަވާފައޮންނަ ކިރުގަނޑެކޭއެއްގޮތް. އެ ތަތްލަވާފަ އޮންނަ މީހަކަށް ދެން ސަލާމަތެއް ނުވެވޭ. މީރާ އުވާލާ.
ހާނީ
21 February 2019
ވިޔަޕާރި ކޮއްފައި ބުނާލިއުން ހަވާލުކުރީމަ ހިތްހަމަ ނުޖެހިގެން، %75 އަމިލައަށް އެއައްލައި އަދި 2އަހަށްވާ ޖޫރުމަނާ ކަމަށް ބުނާބައި ލައި އޭގެ ތެރެއަށް ރިބާ ވައްދާ ކުދިވިޔަފާރިތަށް ބަނގުރޫޓު ކުރަނީ.އެއީ ފައިދާތަ؟ ބޮޑުވިޔަފާރި ތަކުގައި ލޯޔަރުން އުޅޭތީ އެމީހުންނަކަށް މިހެނެށް ނުހެދޭ. ޏިކަމެތިމީހާ ގޮޅީގައި، މުއްސަދިން އޭސީގައި. ލާރި ލިބެންޏާ އިންސާފަށް ދައުވާކުރާ ވެރިން ކަރު ބެދޭ.
ނަފާބޯޓް
20 February 2019
އާއްމު ރައްޔިތުން މަޖުބޫރުވެގެން ދައްކަންޖެހޭ އެއްޗަކަށް ފައިދާއޭ މިކިޔަނީ ކީއްވެތަ؟ އެއީ ދައުލަތުން ޚިދުމަތްތައް ފޯރުކޮށްދޭންވެގެން ރައްޔިތުން ދައްކާ ޗަންދާ.. އެއީ މީރާއިން ނުވަތަ ފިނޭންސް މިނިސްޓްރީއިން ކުރާ ވިޔަފާރިއަކުން ނުވަތަ ކުރި މޮޅުކަމަކުން ލިބޭ އެއްޗެއްނޫން.
ޑީސީ
20 February 2019
ފައިދާއޭ!!! އެއީ ފޭރޭ...
ވތަން
20 February 2019
ރާއްޖޭގައި ޓެކްސް ނުދައްކާ ބޮޑު ވިޔަފާރި އަކީ އެޕާރޓްމަންޓް ކުލި. މީރާ އަށް މިކަން ބަަލަން ނުކެރޭ