އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބް. --- ފޮޓޯ: މިހާރު
06 މާޗް 2019 - 14:13
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް މިހާރު އެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި އިލެކްޝަންސް ކޮމިޝަންގެ އިތުރު ދައުރަކަށް ހަބީބް އައްޔަން ކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އިއްތިފާގުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން އެންމެ މަތިން މާކްސް ލިބިވަޑައިގަތީ ވެސް ހަބީބަށެވެ. އޭނާ އަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިނީ 90.28 ޕަސެންޓް މާކްސް އެވެ.
އީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ހަބީބްގެ މެމްބަރު ކަމުގެ ދައުރު އަންނަ ބުދަ ދުވަހު ހަމަވާތީ އެވެ. އީސީގެ މެމްބަރުކަމުގެ ދައުރަކީ ފަސް އަހަރެވެ. މެމްބަރުކަމުގައި ދެ ދައުރު ހުންނެވޭނެތީ، ހަބީބަށް އީސީގެ މެމްބަރު ކަމުގައި އިތުރު ދައުރެއް ފުރިހަމަ ކުރެއްވުމަށް ހުރަހެއް ނެތެވެ.
އިސީގައި މިހާރު ތިއްބަވާ މެމްބަރުންނަކީ ހަބީބްގެ އިތުރުން، އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި މެމްބަރު އަހުމަދު އަކްރަމާއި މެމްބަރު އަލީ ނަޝާތެވެ.
އިލެކްޝަންސްގެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލެއްވި 16 ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމުން 75 ޕަސަންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންނެވީ ހ. އަމްސާވިލާ ހަބީބާއި އަހުމަދު މޫސާ އަށެވެ.
ރިޕޯޓްގައިވާ ގޮތުން، ކޮމިޝަނަށް އައްޔަން ކުރުމަށް ގާބިލް ފަރާތެއް ކަމަށް ކަނޑައަޅަނީ ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑުން މާކްސް ދިނުމުން އެވްރެޖް 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ މީހުންނެވެ. ހަބީބްގެ ނަން ފާސްވެފައިވާތީ އިތުރު ބޭފުޅެއްގެ ނަމަކަށް ވޯޓަކަށް ނާހަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީވަންދުރޯ
06 March 2019
އަބަދު އެއްބަޔަކު ތިހެން ބޭތިއްބީމަ މުއައްސަސާތައް މިހާ ނިކަމެތި ވެގެން މިދަނީ. އެސީސީއަކީ އޭގެ އެއްމިސާލު
ވިލްސް
06 March 2019
ކިހާވަރަކުން ދާނެބާ
ފޫހި
06 March 2019
މިއީ ކޮންކަހަލަ ޑީލެއްބާ. ކުރިން އެމްޑީޕީއަށް މީނާ ކަމަކު ނުދިޔަ. ފަހުން ޕީޕީއެމް އަށއ ކަމަކު ނުދިޔަ. މިހާރު ދެބައިމީހުންނަށް ވެސް ކަމުދޭ. މިބަރަށްދެން ނަޒާހަތްތެރިވާނީ
އެފައިސާ މިފައިސާ
07 March 2019
ދިވެހި ޕޮލިޓިކްސް މޭން. ވަރަށް ފޫހި އަސްލުވެސް. އޯލް ޑީލްސް!
ޢަލިމަނިކުފާނު
06 March 2019
މަރުޙަބާ ޙަބީބު
ހަނީ
06 March 2019
ހޮވިގޮތުގެ މާރކިން ކްރައިޓީރިއާ އާންމު ކުރަން ކެރޭނެބާ! އިންޓަވިއު މާރކްސް ނުލާ ތައުލީމާ،ތަމްރީނު،ތަޖުރިބާ،ލިޑަޝިޕް،އަދި ނަޒާހަތްތެރިކަމުން 75 މާރކްސް ލިބޭނެ އެތައް މީހުނެއް ތިޔަ 16 މީހުންގެ ތެރޭގަ ހިމެނޭނެކަން ޔަގީން!!!!
ޢަފްލާ
06 March 2019
މީހަކު ނަޒާހަތްތެރި ވާނީ މިވަރައް ދެން
މަރޭ
06 March 2019
އީސީ ހަބީބޫ ޫ ޫ ޫ ޫ ޫ ޫ ޫ
އޭނަ
06 March 2019
ހަބީބް ސޯއަށް މަރުޙަބާ! އީސީގައި ހުރި އެންމެ ރަނގަޅު އެންމެ ނަޒާހާތްތެރި އެންމެ ޤާބިލް ބޭފުޅަކީ ހަބީބް..
އެފައިސާ މިފައިސާ
06 March 2019
ކޮން ކަހަލަ ޑީލެއް ބާ؟
ކުރުކުރު
06 March 2019
ދެން ތިބި މީހުންނަށް ލިބުނު މާރކްސްވެސް އެގެން ނެތް...... ތަޢުލީމާއި ޤާބިލް ކަމާއި ނަޒާހަތްތެރިކަން ނެތީމަތޯ 75 އަށް ވުރެ މަތިން އެހެން އެއްވެސް ބޭފުޅަކަށް ނުލިބުނީ