ޔާމީނަށް ޖަލަށް ގެންދަވަނީ: އެމަނިކުފާނުގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ.---ފޮޓޯ: ނިޝާން އަލީ/މިހާރު
07 މާޗް 2019 - 12:52
ކުރީގެ ރައީސް އަބްދުﷲ ޔާމީން، މާފުށީ ޖަލުގައި ހައްޔަރުކުރި ފަހުން އައިޖީއެމްއެޗުގައި ދެވަނަ ފަހަރަށް ފަރުވާ ދިނުމަށް ފަހު މިއަދު އަނބުރާ ޖަލަށް ގެންގޮސްފި އެވެ.
އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އޮބްޒަވޭޝަނަށް އެޑްމިޓް ކުރުމަށް ފަހު މިއަދު ހެނދުނު 9:00 ހާއިރު އެމަނިކުފާނު ދޫކޮށްލާފައިވާ ކަމަށެވެ.
މަނީ ލޯންޑަަރިންގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވާ ޔާމީން ދެވަނަ ފަހަރަށް ހޮސްޕިޓަލްގައި އެޑްމިޓްކުރީ މިދިޔަ ހޯމަ ދުވަހެވެ. ހިތުގެ ޑޮކްޓަރުގެ ލަފަޔަށް، އޭރު އެޑްމިޓްކުރީ 24 ގަޑިއިރަށް ކަމަށް ހޮސްޕިޓަލުން ބުންޏަސް އެމަނިކުފާނު ދޫކޮށްލާފައި ވަނީ ތިން ދުވަސް ފަހުންނެވެ.
ޔާމީންގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ރިމާންޑް ޖަލެއްގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. އެކަމަކު، ހައްޔަރުކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް އައިޖީއެމްއެޗަށް ގެންގޮސް 24 ގަޑިއިރު ވަންދެން އޭރު އެޑްމިޓްކުރި އެވެ.
ޔާމީނަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް، ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޭބީ
07 March 2019
އައިޖީއެމްއެޗުގައި އެޑްމިޓް ކުރުމަށްފަހު ބޮޑުފިނޑި އަލުން އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ.
މުހަންމާދި
07 March 2019
މީސްތަކުންގެ ނަފްރަތު ލިބިފައިވާ މީހަކު ޖަލަށް ގެންދިޔައިމާ ޚުދު އަބިމީހާވެސް ނާހާނެ ކީއްވެގެންހޭ ޖަލަށް ގެންދިޔައީ.
ލަތީފާ
07 March 2019
އިރުއިރުކޮޅާ އޭނަ އެތަނުން ނެރެނީ ކީއްކުރަން؟ އޭނަގެ މުސްކުޅި ބޭބެ އެތާ ބަހައްޓައިގެން ހަދާލިގޮތް އެކަނި ބެލިޔަސް ޔާމީނަށް ޖަލު ހައްގުކަމަށް ގަބޫލުކުރެވޭ.
ފުނާ
07 March 2019
ގޮތް ދޫނުކުރުމާއި ކިބުރުވެރިކަމާއި ، ބޮޑާކަމުގެ ނަތީޖާ ހިތި ވާނެ ވާހަކަ ރައްޔިތުން ކިހާވަރަކަށް ހަދާން ކޮއްދިންތޯ؟ މިހާރު ދެނ ޖަލުގަ ބެހެއްޓުން އެންމެ ރަނގަޅީ
އިއްސޭ
07 March 2019
ޖަލުގައި ހެލްތް ވޯކަރެއް ބަހައްޓައިގެން ނަމަވެސް ޖަލުން ޔާމީނަށް ނުނިކުމެވޭނެ ގޮތެއްހަދާލަބަލަ ހޮސްޕިޓަލުން އެއްވެސް އެއްޗެއް މަދުވިތޯވެސް ބަލަންޖެހޭނެ
އަޅެ
07 March 2019
ކަލޭ ދޭބަލަ އެކަން ކުރަން. މި ސަރުކާރަކު އެވަރު ކުރާކަށް ގަޓެއްނެތޯ..
ފޮނިޓައްޕު ހަސަނު
07 March 2019
މިހާރު ހުންނާނެ ރަނގަޅަށް ސައިޒު ވެފަ.
ވަގު ކަދުރު
07 March 2019
އަލްޙަމްދު ލިއްލާހި، އުފާވެރި ޙަބަރެއް. ﷲ އަކްބަރް.
އަލްޖިބްރާ
07 March 2019
ހަމަރަގަޅު އަބަދުވެސް ޖަލުގަ ބަހައްޓާ !
ބަލްޖިބްރާ
07 March 2019
ޔާމީން ޖަލުގަ ނުބަހައްޓާ އިބޫއަކަށްވެސް ވެރިކަމެއް ނުކުރެވޭނެ. ޔާމީން އެންމެން ޖަލަށްލައިގެން ވެރިކަން ކުރީ ކީއްވެކަން މިހާރު ރަގަޅަށް އެނގޭނެ.
ކޮބާ..ކޮބާ
07 March 2019
ޙީވަނީ ނުކުންނާނެހެން... އެެކައުންޓް ތައްއަން ފްރީޒް ވުމާ އެކު މަންޒަރު ބަދަލުވާނެ..
ޝެއިޙް
07 March 2019
އަލްހަމުދުﷲ