ދިވެހި އަންހެން މުވައްޒަފަކަށް ގަޑިއިރަކަށް ޖެހޭ މުސާރަ ދިވެހި ފިރިހެން މުވައްޒަފަކަށް ވުރެ އެވްރެޖްކޮށް 22.51 ރުފިޔާ މަދު.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
08 މާޗް 2019 - 10:53
މާލޭގައި ވަޒީފާ އަދާކުރާ މީހުންގެ ތިންބައިކުޅަ އެއްބަޔަކީ އަންހެނުންނެވެ. އެކަމަކު މާލޭގައި އަދާކުރާ މައިގަނޑު ވަޒީފާ އިން ލިބޭ މުސާރަ ފިރިހެނުންނަށް ވުރެ އަންހެނުންނަށް އެވްރެޖްކޮށް 32 ޕަސެންޓް ކުޑަ އެވެ. އެއީ މުޅި ރާއްޖޭގެ ނިސްބަތުން ވެސް ބޮޑު ފަރަގެކެވެ.
މިދިޔަ އަހަރު ނެރުނު "ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރި ގޮތުގެ ސާވޭ (ހަޔަސް) 2016"ގައި ހޯދާފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މަސައްކަތުގައި އުޅޭ ގަޑިއިރަކަށް މާލޭގައި އެވްރެޖްކޮށް ޖެހޭ އާމްދަނީއަކީ ފިރިހެން މުވައްޒަފުންނަށް 97.76 ރުފިޔާ އަދި އަންހެން މުވައްޒަފުންނަށް 66.52 ރުފިޔާ އެވެ. އެއީ 31.24 ރުފިޔާގެ ފަރަގެކެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ހަޔަސްގެ މަސައްކަތްތެރިކަމާ ގުޅޭ ތަފާސްހިސާބު އެކުލަވާލައި ނެރެފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މުޅި ރާއްޖެ އަށް ބަލާ އިރު 2016 ވަނަ އަހަރު އަންހެން މުވައްޒަފުންގެ މުސާރަ ފިރިހެން މުވައްޒަފުންގެ މުސާރަ އަށް ވުރެ އެވްރެޖްކޮށް 20 ޕަސެންޓް ކުޑަ އެވެ. އަދި ހަމައެކަނި ދިވެހިންނަށް ބަލާ ނަމަ، އެ ފަރަގު (ޖެންޑަ ޕޭ ގެޕް) 26 ޕަސެންޓަށް އަރަ އެވެ.
އޭގެ މާނައަކީ ދިވެހި އަންހެން މުވައްޒަފަކަށް ގަޑިއިރަކަށް ޖެހޭ މުސާރަ ދިވެހި ފިރިހެން މުވައްޒަފަކަށް ވުރެ އެވްރެޖްކޮށް 22.51 ރުފިޔާ މަދު ކަމެވެ.
އަދި އަންހެން މުވައްފުންގެ ތެރެއިން ބިދޭސީންނަށް ލިބޭ މުސާރަ ދިވެހިންނަށް ވުރެ އެވްރެޖްކޮށް ބޮޑުކަން ވެސް އެއިން އެނގެ އެވެ.
ހަމައެކަނި ދިވެހިންނަށް ބަލާއިރު ވަޒީފާ އަދާކުރާ އަންހެނުންނާއި ފިރިހެނުންގެ މުސާރައިގެ ފަރަގު އެންމެ ބޮޑީ މެނޭޖަރުންގެ ފެންވަރުގަ އެވެ. އެއީ 61 ޕަސެންޓެވެ. އަދި ޕްރޮފެޝަނަލް ވަޒީފާތަކުގައި 39 ޕަސެންޓުގެ ފަރަގެއް އުޅެ އެވެ. މެނޭޖަރުންގެ ގޮތުގައި މަސައްކަތްކުރާ އަންހެނުންނަށް ގަޑިއިރަކަށް އާމްދަނީ ލިބެނީ ފިރިހެން މުވައްޒަފުންނަށް ގަޑިއިރަކަށް ލިބޭ އާމްދަނީ އަށް ވުރެ އެވްރެޖްކޮށް 146.70 ރުފިޔާ މަދުންނެވެ. އަދި ޕްރޮފެޝަނަލް އަންހެން މުވައްޒަފުންނަށް 48.95 ރުފިޔާ މަދުންނެވެ.
މާލެއާ ހިލާފަށް އަތޮޅުތަކުގައި އަންހެން މުވައްޒަފުންގެ މުސާރަ ފިރިހެން މުވައްޒަފުންނަށް ވުރެ އެއް ޕަސެންޓް ބޮޑެވެ.
އެންބީއެސް އިން ބުނިގޮތުގައި "ޖެންޑަ ޕޭ ގެޕް" ދެނެގަތުމުގައި، ވަޒީފާގައި އުޅޭ މަސައްކަތްތެރިންގެ އާމްދަނީ އަށް ވަކިން ބަލާފައި ވަނީ އދގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑި ކަނޑައަޅާފައިވާ ގޮތަށް ބިނާކޮށެވެ. އެކަމަކު ރާއްޖޭގައި ނުރަސްމީ މަސައްކަތްތަކުން އާމްދަނީ ހޯދާ މީހުން ގިނަކަން ފާހަގަކުރެވޭތީ، މަސައްކަތްކޮށްގެން އާމްދަނީ ހޯދާ އެންމެން ހިމެނޭ ގޮތަށް ވެސް އަންހެނުންނާއި ފިރިހެނުންގެ މުސާރައިގެ ފަރަގު ދެނެގެންފައިވެ އެވެ. އެއީ މުވައްޒަފުންގެ އިތުރުން، މަސައްކަތް ހިންގާ ވެރިފަރާތާއި އަމިއްލަ މަސައްކަތް ކުރާ މީހުންނާއި އާއިލާ އަށް އާމްދަނީ ލިބޭ މަސައްކަތެއްގައި އުޅޭ މީހުންނާއި ގްރޫޕެއް ހަދައިގެން މަސައްކަތްކުރާ މީހުން ލައިގެންނެވެ.
އެ ގޮތަށް ބަލާ އިރު އަދަދުތަކަށް ބަދަލު އާދެ އެވެ.
ފާހަގަކުރެވޭ އެއް ކަމަކީ، އަތޮޅުތަކުގައި، ހުރިހާ މަސައްކަތްތެރިންގެ ތެރޭގައި "ޖެންޑަ ޕޭ ގެޕް" ފަސް ޕަސެންޓަށް ބޮޑުވެގެންދާ ކަމެވެ. އޭގެ މާނައަކީ ފިރިހެނުންގެ އާމްދަނީ އަންހެނުންނަށް ވުރެ ފަސް ޕަސެންޓް ބޮޑެވެ.
އަތޮޅުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރޭގައި އަންހެނުންގެ މުސާރަ ފިރިހެނުންނަށް ވުރެ އެއް ޕަސެންޓް ބޮޑު ނަމަވެސް ހުރިހާ މަސައްކަތްތެރިން ހިމަނައިގެން ބަލާ އިރު ފަރަގު ފަސް ޕަސެންޓަށް އަރަނީ، އެންބީއެސް އިން ފާހަގަކުރާ ގޮތުގައި، ރަށްރަށުގައި ވަޒީފާތައް މަދުކަމުން ވަޒީފާތަކުގައި އުޅޭ މީހުން މަދުވެފައި އާމްދަނީ ހޯދާ ގިނަ އަންހެނުން މަސައްކަތްކުރަނީ ގޭގައި އެކަނިމާއެކަނި ނުވަތަ އާއިލާ އިން އާމްދަނީ ހޯދަން ކުރާ މަސައްކަތެއްގައި ބައިވެރިވެގެން ކަމަށް ވާތީ އެވެ.
މަސައްކަތްކުރާ އެންމެންގެ އާމްދަނީ ލައިގެން ބަލާ އިރު "ޖެންޑަ ޕޭ ގެޕް" މުޅި ރާއްޖޭގައި އަދި މާލޭގައި ވެސް ކުޑަވެ އެވެ. އެ ގޮތުން މުޅި ރާއްޖޭގައި އަންހެނުންނާއި ފިރިހެނުންގެ އާމްދަނީގެ ފަރަގު 20 ޕަސެންޓުން 13 ޕަސެންޓަށް (އޭރުން އަންހެނުންނަށް ފިރިހެނުންނަށް ވުރެ އެވްރެޖްކޮށް މަދުވަނީ ގަޑިއަކަށް 11.61 ރުފިޔާ) އަށް ދަށްވެ އެވެ.
މާލޭގައި އުޅޭ ހުރިހާ މަސައްކަތްތެރިންގެ އާމްދަނީ އަށް ބަލާ އިރު، އަންހެނުންނާއި ފިރިހެނުންގެ އާމްދަނީގެ ފަރަގު އޮތް މިންވަރު 32 ޕަސެންޓުން 17 ޕަސެންޓަށް ކުޑަވެ އެވެ. އެންބީއެސް އިން ފާހަގަކުރާ ގޮތުގައި އެ ތަފާތު ދައްކަނީ މާލޭގައި ވަޒީފާ އަދާކުރާ އަންހެނުން ގިނަވެފައި އަންހެން މުވައްޒަފުންނަށް ލިބޭ މުސާރަ ފިރިހެން މުވައްޒަފުންގެ މުސާރަ އަށް ވުރެ ކުޑަވީމަ އެވެ. އާމްދަނީ ހޯދަން މާލޭގައި މަސައްކަތްކުރާ އަންހެނުންގެ 80 ޕަސެންޓަކީ ވަޒީފާތަކުގައި އުޅޭ މީހުންނެވެ.
http://statisticsmaldives.gov.mv/nbs/wp-content/uploads/2018/10/HIES-Report-2016-Employment-Update-6112018-1.pdf
ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރި ގޮތުގެ ސާވޭ 2016/ މަސައްކަތްތެރިކަން
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްމާ
09 March 2019
ވަރަށް ކަޑަ ސަރވާ އެއް ކަން ފާހަގަ ކުރެވޭ، ވަރަށް އޯލްޑް އިންޑިކޭޓަރސް ތަކެއް. މިޒަމާނުގެ ޑޭޓާ އެނަލިސްޓުން ވައްދަން ފެނޭ. އޯލްޑް ސްޕެރެޑް ޝީޓް، އެސްޕީއެސް އެސް ގެ ޒަމާން ނިމި މިހާރު މީ އޭއައި ގެ ޒަމާން
ބަސްނާހާ
09 March 2019
އަންހެނުން އެކަންޔެއް ނޫން... އެވަރެޖުކޮށް ބޭރުމީހުންގެ މުސާރަ ދިވެހިންނަށް ވުރެ ބޮޑު... ބައެއްފަހަރު އެތައް ގުނައެއް ބޮޑު. މިކަމަށް ހަމަ ހައްލެއް ނެތީތަ؟ ކިޔަވައިގެން ތިބި އެތަކެއް ދިވެހި ދަރިން ވަޒީފާނެތި އުޅޭ އިރު، އެއްވެސް އުސޫލެއް ނެތި ބޭނުން ވަރަކަށް ބޭރުމީހުނަށް ވަޒީފާ ދެވިގެން ނުވާނެ. މިހާރު މާލޭގެ ޕްރައިވެޓް އޮފީސްތަކުގެ ޑެސްކް ޖޮބުތަކުގައިވެސް މިތިބެނީ ގިނަފަހަރު އިންޑިޔާ ލަންކާ މީހުން.
އަކްމެޑް
09 March 2019
އާސިއަތޫ. ނިކަން އެއްވަޒީފާއެއްގަ ޖިންސަށް ތަފާތު މުސާރަދޭ އެއްމެ ތަނެއް ހޯދާފަ ޖަހާލަބަލަ. ކޮމެންޓު ތަކަށް ބެލީމަވެސް މީތި ފޭކުކަން. ކެކެކެކެ. ނަމަނަމަ މިކޮމެންޓް ނުޖަހާތި
falcon_autho
09 March 2019
އަހަރެން ހިސާބު ހަދައިފިން. ބޮޑުކަންނެއްޔަށް ދާ ފިރިހެނުންގެ އަދަދު 3593. ލިބޭމުސާރަ މަހަކު މީހަކަށް 180000ރުފިޔާ. އެމަސައްކަތަށްދާ އަންހެހުންގެ އަދަދު 0. ލިބޭ މުސާރައެއް ނެތް. ޓެކްސީ ޑްރައިވަރުންގެ އަދަދު (ފިރިހެން) 849 މީހަކަށް މަހަކު 35000ރުފިޔާ. އަންހެނުން 2 މަހަކު 40000ރުފިޔާ މީހަކަށް.ޕިކަޕް ޑްރައިވަރުން 633 މީހަކަށް މަހަކު. 25000ރުފިޔާ. ޕިކަޕް ޑްރައިވަރު އަންހެނުން 0. ލިބޭ މުސާރައެއް ނެތް. ޕޭ ގެޕް ވަރަށް ބޮޑު އެހެން ނޫންތޯ؟ ކަނޑުކޮސް
ހަމަހޯދާލީ
09 March 2019
މަވެސް ހީކުރީ ހަމަ ތިހެން. ތިކޮމެންޓަށް ލައިކެއްދީފަ ހިތައްއެރީ، ޖެންޑަޕޭގެޕަކީ ކިހިނެއް ހަދާހިސާބެއްތޯ ބަލާލާނަމޭ.ގޫގުލް ފެނުނު އާޓިކަލްތަށް ކިޔާލީމަ އެނގުނީ އެއީ ކަނޑުކޮސްނޫންކަން. ތިގޮތަށް ދިމާވަނީ ތި މިސާލުގައިވާގޮތަށް ޖެންޑަޕޭގެޕަކީ 'ވަން ޑައިމެންޝަނަލް' އެއްޗެއްކަމަށް ހީކުރެވޭތީ. މިބުނަނީ ސާވޭރިޕޯޓް ވަކި ފުރިހަމެކޭއެއްވެސް ނޫން. ތިމިންގަޑުން ސާވޭހަދާފަ ހުރިނަމަ ނަތީޖާއެއީ ހަމަ ކަނޑުކޮސް.
ސުލައިމާން
09 March 2019
މިހާތަނައް ކިޔާލެވުނު އެންމެ ތާކުންތާކު ނުޖެހޭ އްވެސް އޮއްޓަރެއް ނެތް ސާވޭ އެއް މީ. ގޭގެ ސިޓިންގ ރޫމްގަ ޕޮޕްކޯން ކަމުން ހެދި ދިރާސާއެްކަން ފާހަގަކުރެވޭ.
އަދީބު
09 March 2019
އެއްވެސް ވާހަކައެއް ދައްކާނެ ކަމެއް ނެތެވެ. ފިރިމީހާ މަސައްކަތުގައި އުޅޭ އިރު، އަނބިމީހާ މަސައްކަތަށް ނިކުންނަން ޖެހޭ ކަމުގައި އިސްލާމް ދީނުގައެއް ނުވެއެވެ. ފިރިން ބެލުމަކީ އަނބިން ކުރަންޖެހޭ ކަމެއް ނޫނެވެ. މާނައީ ފިރިންނަށް ޚަރަދު ކުރުމަކީ އަނބިންނަށް އަންގަވާފަވާ ކަމެއް ނޫނެވެ. އެކަމަކު އަނބިންނަށް ޚަރަދު ކުރުމަކީ ދީނުގައި އަންގަވާފައިވާ ކަމެކެވެ. އަނބިން ވަޒީފާއަށް ނުދާނަމަ އެއީ ވެސް އިތުރު ފިރިއަކަށް ލިބޭނެ އާމްދަނީއެވެ.
ކައްދާފުޅުދޮންތު
08 March 2019
މިހާ ހޭލުންތެރި ތައުލީމީ ޒަމާނެއްގައި ތިޔަކިޔާ އެއްޗެއް ދިމަލެއްނުވެ ! ދައުލަތުން ދޭ އުޖޫރަ އެއްމަޤާމެއްގައި ތަފާތު ކަމެއް އަދި މިހާތަނަށް އިގިފައެއް ނުވޭ ! ނިލަމެއްޗެކޭ ކިޔާފަ ގެދޮރު ނެތްމީހެކޭ ކިޔާފަ އުނި މީހެކޭ ކިޔާފަ މާރީތިމީހެކޭ ކިޔާފައި ވަޒީފާ ދިނުމަކީ ހަމަޖެހޭ ކަމެއްނޫން ! ވޯޓުން ހޮވާ މަގާމުތަކަށް ވެސް ދެޖިންސުގެ މަތީ ތައުލީމް ލިބިފައިވާ ފަރާތްތައް ކުރިމަތިލައިގެން ތާއީދު ލިބުނީމާ އަންހެނުންވެސް އަންނަނީ ހޮވެމުން ! މުސާރަ ހަމަހަމަ!
އަންހެން
08 March 2019
އަންހެނުންނަށް މަދުން ލާރި ދެންޏާމު ހުރިހާތާކު ކުންފުންޏެއްވިޔަސް ސަރުކާރުވިޔަސް އަންހެނުންނު ވަޒީފާގައި ގެންގުޅެންވީ. ކިހާ ލާރިއެއް ސަލާމަތްވާނެ ކުންފުނިތަކާ ސަރުކާރަށްވެސް. މުސާރަބޮޑުކޮށް ދޭންޖެހޭބަޔަކު ގެންގުޅޭތީ ހައިރާންވޭ. އެއްކަމެއް އެ ކޮލިޓީގައި ކުޑަ މުސާރަޔަކަށް ކުރެވެންޏާ ކުޑަކޮށް ކުރުން ފައިދާވާނީ. ލޮލްސް.
އަލިބެއްޔާ
08 March 2019
ފަރަގު މިކިޔަނީ ކިހިނެއްތަ؟ އެއްތަނެއްގައި އެއްވަޒީފާއެއްގައި އުޅޭ ދެޖިންސުގެ މީހުންނަށް މިރާއްޖޭގައި މުސާރައިގެ ނޫނީ ލިބޭ އާމްދަނީގެ ފަރަގެއް ހުންނަކަމެއް ނުދެނަހުރިން. އަންހެނަކަށް ވިތީ ބައެއް ތަންތަނުން ވަޒީފާ ނުދޭ. އެއީ ގޯހެއް. އަދި މުސާރައަށް ބަދަލު ގެނެސްފައިވާނަމަ އެއީގޯހެއް. އެކަމަކު އެފަދަ ކަމެއްކޮއްފައިވާ ތަނެއްގެ ވާހަކައެއް ނުދައްކާ. ދެން މި ވިލާތުގެ ފެމިނިސްޓް އައިޑިޔޮލޮޖީ ދަސްވެގެން މިރާއްޖެގައި މިސަކަރާތް ގަންނަން ނުހައްދަވާ.
ބަސްނާހާ
09 March 2019
ފަރަގު އެބަހުރި، އެކަމަކު އެއީ އަންހެނުންނާޢި ފިރިހެނުން ދޭތެރެއަކު ނޫން. ފަރަގު ފެންނާނެ ބޭރު މީހުނަށް ކުރާ ހަރަދާ ދިވެހިންނާ އަޅާކީމަ. އެއްވަޒީފާއެއްގައި އުޅޭ ދިވެއްސަކާ އެއްވަރަށް ބޭރުމީހާޔަށް މުސާރަ ދިނަސް އޭނަޔަށް މުސާރައިގެ ބޭރުން ހުރުން/ކެއުން/ވިސާފީ/ޗުއްޓީޓިކެޓު/އިތުރުއެލޮވެންސް ވެސް އެބައޮވޭ.
ފައިސާ ފައިސާ
08 March 2019
މިކަލަ ކަންކަމަށް ކިޔަނީ އޯވާވުން. ރާއްޖޭގައި އެއްވަޒީފާއެއްގައި އުޅޭ ދެޖިންސްގެ މީހަކަށް މުސާރައިގެ ފަރަގެއް އެއްވެސް އޮފީހެއް/ކޮމްޕެނީއެއް/ ސަރުކާރުގެ އިދާރާއެއްގައި ނުގެންގުޅޭނެކަން 1000% ޔަގީން. ހައްގުތަކޭ ކިޔައިގެން އޮޅުވާނުލާ.