ސެމްސަންގް ވަން ހޭންޑް އޮޕަރޭޝަން +: ފޯނުގެ ތިރީ އަރިމަތިން ފެންނަ މެވިގޭޝަން ބަޠަންތައް، ފޯނުގެ އަރިމައްޗަށް
13 މާޗް 2019 - 07:27
ސެމްސަންގް ސްމާޓްފޯނެއް ބޭނުންކުރާ ނަމަ، "ވަން ހޭންޑް އޮޕަރޭޝަން +" އަކީ ގޮތް ބަލާލަން ރަނގަޅު އެޕްލިކޭޝަނަކެވެ. ސެމްސަންގް ނޫން ފޯނެއްގައި މި އެޕްލިކޭޝަން މަސައްކަތްނުކުރުން އެކަށީގެންވެ އެވެ. މި އެޕްލިކޭޝަން އުފައްދާފައި ވަނީ ސެމްސަންގުންނެވެ.
ސްމާޓްފޯނުތަކުގެ ސްކްރީން ސައިޒު ބޮޑުވަމުން އަންނަނީ، ދެ އަތް ބޭނުންކޮށްގެން ނޫން ގޮތަކަށް ފޯނު ކޮންޓްރޯލްނުކުރެވޭ ވަރަށެވެ. ވަން ހޭންޑް އޮޕަރޭޝަން + އަށް ބޭނުންޖެހޭ ހިސާބަކީ މި އެވެ. އެއް އަތުން ފޯނު ކޮންޓްރޯލްކުރަން ޖެހުމުންނެވެ.
އެއް ބޭނުމެއް ހިފޭ އެތައް އެޕްލިކޭޝަނެއް، އެންޑްރޮއިޑް މާކެޓްގައި އެބަ ހުއްޓެވެ. އޭގެ ތެރެއިން ވެސް ގަޔާވެވެނީ މަދު އެޕްލިކޭޝަނަކަށެވެ. އެ ނޫން އެޕްލިކޭޝަނެއް، ފޯނަށް އަޅާ ހިތެއް ނުވެ އެވެ. ވަން ހޭންޑް އޮޕަރޭޝަން + ދަރަޖަކުރެވެނީ ކަމުދާ އެޕްލިކޭޝަނެއް ގޮތުގަ އެވެ.
ވަން ހޭންޑް އޮޕަރޭޝަން + އިން ކޮށްދޭ ކަމަކީ، ސެމްސަންގ ފޯނުތަކުގެ ތިރީގައި ހުންނަ "ނެވިގޭޝަން ބަޓަން"ތައް، ފޯނުގެ އަރިމަތިން ބޭނުންކުރެވޭ ގޮތް ހެދުމެވެ. ބޭނުން ނަމަ ކަނާތް ފަރާތުން ނުވަތަ ވާތް ފަރާތުން އަދި އެއްފަހަރާ ދެ ފަރާތުން ކޮންޓްރޯލްކުރެވޭ ގޮތް ވެސް ހެދެ އެވެ.
ވަން ހޭންޑް އޮޕަރޭޝަން + ފޯނަށް އެޅުމަށް ފަހު، ބޭނުންކުރާނެ ގޮތް ދަސްކުރުމަށް ހިނދުކޮޅެއް ނަގަ އެވެ. މި އެޕްލިކޭޝަން ކުރާ ކަމެއް ބަލާލައި ހާވާލުމުން، ވަރަށް ފައްކާ އެޕްލިކޭޝަނަކަށް ވެއްޖެ އެވެ. އެކަމަކު އިތުރަށް ކިޔައިދޭނެ އެއްޗެއް ނެތެވެ. ފޯނަށް "އިންސްޓޯލް"ކޮށްފައި ސެޓިން ހަދާލާށެވެ. މިއީ ވަރަށް ގިނަ މީހުންނަށް ކަމުދާ އެޕްލިކޭޝަނަކަށް ވާނެ އެވެ. އެންމެ ބޮޑު ސަބަބަކީ މިއީ ވަރަށް ލުއި އަދި ބޭކާރު ކަމެއް މި އެޕްލިކޭޝަނުން ނުކުރާތީ އެވެ. އެޕްލިކޭޝަން ތެރޭގައި އިޝްތިހާރުކުރުން ފަދަ މާކެޓިން ސްޓަންޓްތަކެއް ވެސް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެ
13 March 2019
ސެމްސަންގެ ކަމުދާ އެއްޗެއް ފެނިއްޖެ ދޯ
ހުހޫ
13 March 2019
ސެމްސުން ފޯނެއް އަދި އަތައް ލީމަ ފެންނާނެ ހާހުން. އާފަލޭމެން ތިބޭ އައިޓިއުންސްއާ ކަނެކްޓް ކޮށްލަކޮށްލަ