އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
15 މާޗް 2019 - 12:26
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބޯހިޔާވަހިކަމުގެ ނަމުގައި އެއް ބިލިއަން ޑޮލަރާ ގާތް ކުރާ ވަރުގެ އަދަދެއްގެ ލޯނު ނެގި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ހުޅުމާލޭގައި ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ މަޖިލިހުގެ އިންތިޚާބުގައި ހުޅުމާލެ ދާއިރާ އަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒްގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ފައްޔާޒް ވިދާޅުވީ އެޗްޑީސީގެ ދަރަންޏަކީ މީހަކަށް އިހްސާސް ނުކުރެވޭ ވަރުގެ ދަރަންޏެއް ކަމަށެވެ.
"ބޯހިޔާވަހިކަމުގެ ނަމުގައި ކޮށްފައި ހުރި ކަންތައްތަކަށް އެއް ބިލިއަން ޑޮލަރާ ގާތްކުރާ އަދަދަށް އެޗްޑީސީ އޮތީ ދަރާފައި. ދަރާފައި އޮތް ވާހަކަ މި ދަންނަވަނީ އެވަރުގެ ދަރަނި ނަގާފައި އޮތް ވާހަކަ،" މަޖިލިހުގައި ކުރިން ގަމު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ އެޗްޑީސީގައި ކުރިން ހިނގާފައި ހުރި ކަންކަން ބަލާފައި އެކަންކަން ހައްލު ކުރެވޭނެ ގޮތްތައް ހޯދުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ވެސް ކުރަމުން އަންނަ ކަމަށެވެ.
ސަރުކާރު ކޯލިޝަންގައި މިހާރު ތިއްބެވި ބައެއް ބޭފުޅުން ކުރިން ތުހުމަތު ކުރެއްވި ގޮތުގައި މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި އެޗްޑީސީ މަސައްކަތް ކުރީ ސަރުކާރު ދެ ވަނަ ދައުރަކަށް އިންތިޚާބުކޮށްދޭށެވެ.
އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް ބިލްބޯޑާއި ތަކެތި ހުޅުމާލޭގައި ހަރުކުރީ އެޗްޑީސީގެ ހަރަދުގައި ކަމަށް ތުހުމަތު ކުރެ އެވެ. އަދި ކެމްޕެއިން ތެރޭގައި އެތައް ހަރަދެއް ކުރި ކަމުގެ ތުހުމަތު، އޭރު އެޗްޑީސީގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އިސްތަށިފުޅުގައި އެޅިފައިވެ އެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމުގެ ނަމުގައި ކުދި ކުދި އިމާރާތްތައް ހަދައިގެން އެޗްޑީސީން ކުރިން ދެއްކީ ހުވަފެނެވެ. އަދި ރައީސް އުފެއްދެވި "ފަހި ދިރިއުޅުން ކޯޕަރޭޝަން" އަކީ ރައްޔިތުންނަށް އުނދަގޫ ކަމެއް ނެތި މިލްކު ކުރެވޭ ފްލެޓުތަކަކަށް ހަދާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން އާންމުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ފެށި ހިޔާ މަޝްރޫއަށް އިޝާރާތް ކުރައްވައި ފައްޔާޒް ވިދާޅުވި ގޮތުގައި އެކަން ސިފަ ވަނީ ވައްކަމެއްގެ ގޮތުގަ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ކުރިން "މިހާރު" އަށް ވިދާޅުވި ގޮތުގައި ކުންފުނިން އެކި ގޮތްގޮތުން ޒިންމާ ނަގަން ޖެހޭ ލޯނުގެ އަދަދު 11 ބިލިއަން ރުފިޔާ އަށް އަރަ އެވެ. ސުހައިލް ވިދާޅުވީ އެޗްޑީސީގެ ނަމުގައި ލޯނު ނަގާފައި ވަނީ ކުންފުނީގެ "ކެޕޭސިޓީއަށް ވުރެ ގިނައިން" ކަމަށެވެ.
ކުރީގެ ސަރުކާރުން އެޗްޑީސީގެ ބޮލުގައި އަޅުވާފައި ވަނީ ހަމައެކަނި ގެދޮރު މަޝްރޫއުތަކަށް، ނުވަތަ ހުޅުމާލޭގެ ތަނެއް ހިއްކަން ނެގި ލޯނުތަކެއް ނޫނެވެ. އެޗްޑީސީން ސީދާ ހަރަދުކުރަން ނުޖެހޭ އެކަމަކު ސަރުކާރުގެ ވަކި ސިޔާސަތުތަކެއް ފުރިހަމަކުރަން، ކުންފުންޏަށް އުފުލަން މަޖުބޫރުކުރި މާލީ ޒިންމާތަކެއް ވެސް، ޔާމީންގެ ސަރުކާރުން އޮތީ އަޅުވައިފަ އެވެ. އޭގެ ތެރެއިން އެއް މަޝްރޫއުއަކީ ހުޅުލޭ ލިންކް ރޯޑް ހެދުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮރުނުދޯރު
28 April 2019
ތިމާގެ ބޭބޭގެ މަސްލަހަތު ކުންފުންޏައް 78 މިލިއަން.. މިވަރު މަދީތޯ.. ސަރުކާރުން 1 މިލިއަން ޑޮލަރުނަގައިގެން ތިޔަހަރަ އަޅާ ޓަވަރުތައް ނުފެނޭތަ.. ބަޔަކު ހިޔާނާތް ވެފައޮތިއްޔާ ތަހުގީގު ކޮއް ސަރިއަތައް ފޮނުވަބަލަ.. ބޭކާރު އަނގަ ނުތަޅާ 2 ރައް ގުޅަމުންދާ 5 ބުރިޖާ ސުޕޯޓްސް ކޮންމްލެކުސް ރައީސް ލައްވާ ރިބަންފައް ކަޑާބަލަ.
ލޯބި
17 April 2019
ފައްޔާޒުއަކީ ވަރަށް ހިންގުންތެރި ބޭފުޅެއް
މައިނާޒް
16 March 2019
އެމްޑީޕީއިން ކުރީގެ ސަދަންޔޫޓިލިޓީސް އިން އައްޑޫކޮންވެންޝަން ސެންޓަރައް ޚަރަދުކުރުވީ އެއީ ޔޫޓިލިޓީ ކުންފުންޏަކުން ކުރަންޖެހޭ ކަމަކައް ވާތީތޯ.. ބަލަގަ މިދިޔަ ސަރުކާރުން ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތައް ލައްވާ ތަރައްގީގެ މަޝްރޫތައް ހިންގުވުނުގެ ޕޮލިސީ ރަސްމީކޮއް ހިންގިކަމެއް ނޭނގެނީތަ..؟ ރަށައް ދޭބަލަ..
މާލޭމީހާގެ ފަރިމީހާ
16 March 2019
ކަލޯމެންނަށް ތިއުޅެނީ އަދި އެއް ކަމެއްވެސް ނުކުރެވިގެން. މިހާރުވެސް ބަޖެޓުން 5 ބިލިޔަން ޚަހަރު ކޮށްފިޔޯ. ކުރި ކަމެއް ފެންނާކަަށް ނެތް. ހުސް އަނގަ ތަޅަނީ. ކޮށްދޭނަމޯ ކުރާނަމޯ. ކޮން ދުވަހަކުން ކޮން އިރަކުން ކަމެއް ނޭގެ. މައުމޫނިއްޔަ ޒަމާނުގެ ދައްކާ ވާހަކަތައް މިފެންނަނީ
ޖޮއްބެ
16 March 2019
ކުރިން ހިނގާފައިވާ ކަންކަން ބެލުމަކީ އެމްޑީޕީ އަށް ލަދު ކަމެއް. މިއީ ވަރަށް ވާހަކަ.
ޢަބްދުﷲނާފިޒް
16 March 2019
ތެދެއް، ކުރިން ހިންގާފަ ހުރި އެއްވެސް ޖަރީމާއެއް ބަލާނެކަމެއް ނެތް، ރައްޔިތުންގެ ތިޖޫރި ދަވާލައިގެން ލޭނު ބޮއެއްހެން ބަނޑު ހަނދާލައިގެން ބަޔަކު ތިއްބަސް ހަމަ ބޮޑު ވަރިހަމަ، އިނގޭކަމަށްވެސް ހަދާނެ ކަމެއްނެތް، ކޮންކަހަލަ ވިސްނުމެއްތަ ތިޔާގެންގުޅެނީ، އެފަދަ ޖަރީމާ ހިންގަން ތިދެވެނީ ހިއްވަރޭ ބޭފުޅާ.
އިންކަމްޓެކްސް
16 March 2019
މުއްސަތިން އަތުން މިހާރަށްވުރެ ބޮޑު ޓެކުހެއްނަގާނަމަ ލޯނުނުނަގާ މިރާއްޖެ ތަރައްގާ ކުރެވިދާނެ. މިހާރު މަހުޖަނުން އެމީހުންގެ ލާރި ހަރަދުކުރަމުންދަނީ ރައްޔިތުންގެ ވެރިކަންތައް ވެއްޓުމަށާ މެމްބަރުން ގަނެގެން ރައްޔިތުންނަށް ފައިދާނުވާނެގޮތައް ގާނޫނުތައް ފާސްކުރުމަށް. މަކަން ހުއްޓުވަން އެބަޖެހޭ.
ވިސާލް
15 March 2019
މަނިކުފާނު ހޭބޯނާރައިން ތިޔަބުނާ ކުންފުނީގެ ނަމުގައި އިތުރު ލޯނު ތައް ނުނެގިގެން އުޅުއްވަނީ ކީއްވެ؟
ބުރޯގެކަންފަތް
15 March 2019
މިސަރުކާރަށް ވާރުތަވި ދަރަނީ ނާރާ 1.5 ބިލިއަންޑޮލަރަށްވެސް... އޭގެން 1ބިލިއަން ޑޮލަރު ތިޔަ އެޗްޑީސީއަށް އެކަނި ހަރަދުވިނަމަ ބުރިޖާ، ހަސްފަތާލާ، މަގުހެދުމާ، ހުޅުލޭ އެއާޕޯޓު ޕުރޮޖެކްޓާއި، ރާއްޖޭގެ އުތުރުން ދެކުނަށް އެޅުނު ހަސްފަތާލާ، އެއާޕޯޓާ، ހިންގި ޕްރޮޖެކްޓްތަށް ހިންގީ ހިލޭ ކަމަށް ގަބޫލުކުރަންވީ؟
އަބްދޫ
15 March 2019
ލިންކް ރޯޑް ހެދުމަށް ހިގާފައިވާ ހަރަދަކީ ދަވްލަތުގެ ބަޖެޓްގާ ހިމްނައިގެން އެޗްޑީސީ އަށް ދޭންޖެހޭނެ ފައިސާ އެއް. ޔާމީނު ދެވަނަ ފަހަރަށް އިންތިހާބު ވިނަމަ އެފައިސާ ގެ މައްސަލަ ހަމަޖެއްސީސް . މިހާރު މި އޮތް ސަރުކާރުންވެސް މފައިސާއެޗްޑީސީ އަށް ދޭންޖެހޭނެ .ލިންކް ރޯޑް ހެދުމަށް ހިގި ހުރިހާ ހަރަދެއްގެ ހިސާބު ފައިސާހޯދުމްށް ފިނޭންސަށް ހުށަހަޅުއްވާ.
ގުދަން
15 March 2019
ކޮބާތޯ މީގަ މައްސަލައަކީ. ރާއްޖެތެރޭ ދެތިންމީހަކަށް ފުލެޓެއް ލިބުނަސް ތިޔާ ފައިސާއަކީ މާލޭމީހުންގެ އުފަލަށް ހަރަދުކުރެވޭ ފައިސާނޫންތޯ. ވޯޓާތީމްޕާކާއި ރަށުމެދުގަ ކޯރެއްހަދާފަ ރީތި ޑިޒައިންތަކަށް އެއަޅާ 6 ބުރިޖާއި މިފަދަ ޒަރޫރީ ކަންކަމަށްނޫންތޯ ފައިސާ ހަރަދުކުރަނީ.