އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނިއުސް ބްރީންއެއްގެ ތެރެއިން: މަހިބަދޫ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓު އަލީ އަހުމަދުގެ ނަން ވަނީ އަނބުރާ ގެންގޮސްފައި.---ފޮޓޯ: މިހާރު
17 މާޗް 2019 - 15:22
އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އދ. މަހިބަދޫ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓު އަލީ އަހުމަދުގެ ނަން އޭނާ ނަގައިފި އެވެ.
މި އިންތިޚާބުގައި މަހިބަދޫ ދާއިރާ އަށް އެމްޑީޕީގެ ކެންޑިޑޭޓާ އެކު ކުރިން ފަސް ކެންޑިޑޭޓަކު ވާދަކުރި އެވެ.
އެކަމަކު، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓުގެ ނަން ނެނގުމުން ދެން އެ ދާއިރާ އަށް ވާދަކުރައްވާނީ މިހާރު ވެސް މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އާއި އަދާލަތު ޕާޓީން އަލީ އާޒިމާއި އަމިއްލަ ދެ ކެންޑިޑޭޓެއް ކަމަށްވާ އަހުމަދު ސުނީލް އާއި އަހުމަދު ހުސައިން އެވެ.
މަހިބަދޫ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓުގެ ނަން ނެގިއިރު، އެއީ އެމްޑީޕީ އާއި އަދާލަތު ޕާޓީގެ މަޝްވަރާގެ ދަށުން އެމްޑީޕީން ވާދަނުކުރަން ކުރިން ވާހަކަ ދެއްކި ހަ ދާއިރާގެ ތެރޭގައި ހިމެނޭ ދާއިރާ އެކެވެ.
މަހިބަދޫ ދާއިރާގެ އިތުރުން ދެން އަދާލަތަށް ދޫކޮށްލަން އެމްޑީޕީން ވިސްނީ ވައިކަރަދޫ ދާއިރާ، މަކުނުދޫ ދާއިރާ، ކާށިދޫ ދާއިރާ އަދި މިލަންދޫ ދާއިރާގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާ އެވެ. އެކަމަކު މަހިބަދޫ ދާއިރާ ފިޔަވައި އެހެން ދާއިރާ އަކުން އެއްބަސްވި ގޮތަށް ނަން އަނބުރާ ނުނަގަ އެވެ.
އެންމެ ފަހުން 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވެސް މަހިބަދޫ ދާއިރާ އަށް ކުރިމަތިލެއްވި އެމްޑީޕީގެ ކެންޑިޑޭޓު ވަނީ ގުރުއަތަށް ފަހު ނަން އަނބުރާ ނަގައިފަ އެވެ. މި ފަހަރު ވެސް އެމްޑީޕީގެ ކެންޑިޑޭޓުގެ ނަން މި ނެގީ ގުރުއަތަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބީ
19 March 2019
ޓޮމް އެއީ އިޚްލާސް ތެރި ކަމާއެކު އަތޮޅަށް މަސައްކަތް ކޮށްދެއްވި މެމްބަރެއް
ވަހީދު
18 March 2019
މިކަމުން ފިލާވަޅު ލިބިގެން އަލީ އާދިލު ގެމަނަފުށީ ދާއިރާއިން ނަން ނެގުމަށް ގޮވާލަން. މިދާއިރާގައި ޖޭޕީ ބަޔަކު ނެތް. އެމްޑީޕީ އާއި ޕީޕީއެމްގެ ދާއިރާއެއް މީ. ފަނި ނަހަދާ
ނަންނުބުނީ
17 March 2019
ތާއިދުނެތްކަން އެގެނީ އެހެންވެނެގީ އަމިއްލަ ނަމުގަ ކުރިމަތިލާފަ ތިބިމީހުންގެތެރޭން މޑޕ މީހާ ހުންނާނީ. ވިސްނާ ރައްޔިތުން މޑޕ ކުޅޭނެ މިކަހަލަ ކިތައްމެ ކުޅިއެއް.
ހަކީމް
17 March 2019
ޓޮމް ލައްވާ ވަރަށް ހަޑީ ހޭވި މަޖްލިސް އެއް ނިމިގެން މިދަނީ ... މިކަން މިދާއިރާގެ މީހުން ހަދާން ނުނެތޭނެ ކަމަށް ހީކުރަން.
ތިމާވެށި
17 March 2019
މިހާރު މަޖްލީހުގަ ހުރި މެމްބަރަކު އިތުރު ދައުރަކަށް ހޮވާކަށް ނުފެނެއެވެ. ފެއިލް ވެފައެވެ. ވޯޓް ދޭންވީ ޕާޓީއަކަށް ނޫނެވެ. މީހާ އަށެވެ.
ސަކީނާ
17 March 2019
ސަރުކާރު ކޯލިޝަންގެ ކެނޑިޑޭޓަށްވޯޓު ދެއްވާ!
ނުވާނެ ތިކަމެއް
17 March 2019
ޗީޑި! ކުޑަމިނުން އިންޑިޔާ ސިފައިން އެހާގިނައިން މިގައުގައި ފައި ހިއްޕިޔަނުދީ ހުރިނަމަވެސް އެހެން ގޮތަކަށް ވިސްނުނީސް!
ޔެސް
17 March 2019
ޓޮމް އިންތިޚާބު ނިންމައިފި، އަލްހަމްދުލިﷲ
ހަރާމްޒާދާ
17 March 2019
ޖެރީ ޓޮމް އަށް ހަދާލާ ގޮތުގެ ޑޮކިއުމެންޓަރީ އެއް ފެނުނު މަށަށް.
ހަރާމްޒާދޭ
17 March 2019
ބަލަ އެއީ ކާޓޫނެކޭ.. ޑޮކިއުމަންޓަރީއެއްކަމަށް ހީވާނެ އަބަދުމެ ރާ ޓީވީ ބަލަންޏާ.. މިބުނީ ވިސްނުން ކޮށިވާވާހަކަ..
ޢަހޫ
17 March 2019
ކާށިދޫ ދާއިރާގެ އެމްޑީޕީ ކެޑިޓޭޑުވެސް ނަން ނެގުމަށް ގޮވާލަން!
ޢަލީބަލީ
17 March 2019
އެމްޑީޕީ އެންމެންވެސް އަދާލަތު ކެނޑިޑޭޓަށް ވޯޓް ދެއްވާ.
ވަރުނުލާ
17 March 2019
ޓޮމް އައް ދީފަ ބާކީ އޮތިއްޔާ ދޭނަން