ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފެނަކައިގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ނިހާން
19 މާޗް 2019 - 16:38
މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ތިން މަސް ދުވަހުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަނުން 170 މީހަކަށް ވަޒީފާ ދިން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ އެ ކުންފުންޏާ ހަވާލުވި ފަހުން މިހާތަނަށް 53 މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ.
އަހުމަދު ވިދާޅުވި ގޮތުގައި އޭގެ ތެރެއިން 11 މުވައްޒަފުންނަކީ ކުންފުނީގެ މުދަލާއި ފައިސާ އަށް ހިޔާނަތްތެރިވި ކަމުގެ ތުހުމަތުކުރެވޭ މުވައްޒަފުންނެވެ. އަދި ބާކީ ތިބި މުވައްޒަފުން ކަނޑާލީ ވަޒީފާ އަށް ހާޒިރު ނުވާތީ، ކުންފުނިން ދެމުން އަންނަ ހިދުމަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ތަފާތު އެކި މަރުހަލާގައި ތަކުލީފުތައް ޖައްސާތީ އިސްލާހީ ފިޔަވަޅުތައް އެޅުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފެނަކައިގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ނިހާން
މީގެއިތުރުން ކުންފުންޏާ ހަވާލުވެ 14 ރީޖަނަލް އޮފީހެއް އުވާލި އިރު، އެ އޮފީސްތަކުގައި ތިބި 84 މުވައްޒަފުންގެ ތެރެއިން 14 މީހަކު ކަނޑާލާފައިވާ ކަމަށް އަހުމަދު ވިދާޅުވި އެވެ. އަދި ބާކީ ތިބި 70 މުވައްޒަފުން ވަޒީފާގައި އެބަތިބި ކަމަށް ވިދާޅުވި އެވެ.
"14 މުވައްޒަފުން ވަކި ކުރީ އެމީހުންނަށް ދޭން ޖެހޭ ހުރިހާ އިނާޔަތްތަކާއި ލިބެން ޖެހޭ ހުރިހާ ހައްގެއް ދީފައި،" ކުންފުނީގެ ނިންމުން ދިފާއުކުރައްވައި އަހުމަދު ވިދާޅުވި އެވެ.
ފެނަކައިގެ ރީޖަނަލް އޮފީސްތައް އުވައިލުމުން އަހަރެއްގެ މައްޗަށް 14 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ވެރިކަމަށް އައި ފަހުން ފެނަކަ އަށް ވެއްދީ ސާޅީހަކަށް މުވައްޒަފުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އަހުމަދު ވިދާޅުވި ގޮތުގައި ކުންފުންޏާ ހަވާލުވެވަޑައިގެންނެވި އިރު، 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އޮތެވެ. އެކަމަކު، މިހާރު 60 ޕަސަންޓު ފައިސާ ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ހާއްސަކޮށް، އޭނާ ވިދާޅުވި ގޮތުގައި އެފްއެސްއެމް އަށް 190 މިލިއަން ރުފިޔާ ވަނީ ދައްކައިފަ އެވެ.
ފެނަކަ އިން ބުނި ގޮތުގައި "ކުރާ އިޝާރާތަކުން" ނުވަތަ ބުނާ ބަހަކުން މީހަކު ވަޒީފާއަކުން ކަނޑައެއް ނުލާނެ އެވެ. އަދި ސިޔާސީ ބޭނުމެއްގައި ވަޒީފާ އިން ވަކި ނުކުރާ ކަމަށް ފެނަކަ އިން ބުންޏެވެ.
ފެނަކަ އިން ވަޒީފާ އިން ވަކި ކުރި ބައެއް މީހުންގެ ތަފްސީލް ދީ އެ ކުންފުނިން ބުނީ ތިޖޫރީން ފައިސާތަކެއް ގެއްލުނު މައްސަލަ އާއި ކަރަންޓު ބިލްތައް ބަދަލު ކުރުމުގެ މައްސަލަތަކާއި ގިނަ އަދަދެއްގެ ތެޔޮ މަދުވި މައްސަލައިގައި ވެސް ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ. އަދި ބައެއް މީހުންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގުމަށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައިލަމް
20 March 2019
އަލީ ވަހީދުގެ އަންހެނުންނަށްވެސް މަގާމު ދިނީ އިއްޔެ. އިންތިހާބަށޭ އަހަންނެއް ނުބުނާނަން.
ލަދުކުޑޭ
20 March 2019
ކޮނުނު ކޮނުނުހެން ފަސް ގިނަވާނީ
ރައްޔިތުމީހާގެދަރި
20 March 2019
މިދިޔަ ރިޔާސީ އިންތިޚާބުގައި ފާޅުކަންބޮޑުގޮތެއްގައި އިބޫއާއި ދެކޮޅަށް މަސައްކަތްކޮށް އެންޓިކެމްޕެއިންކޮށް ޔާމީން ނޫން އެހެންމީހަކަށް ކިރިއާވެސް ތާއީދުކުރާކަން ކިރިއާ އެނގުނަސް ހަރުކަށި ފިޔަވަޅުއަޅާ މުޥައްޒަފުން ވަޒީފާއިން ވަކިކުރަމުން އުޅުނު ވެރިންތައް އަދިވެސް މިފެންނަނީ އެސަރުކާރުގަތިބިގޮތަށް ބަދަލެއްނެތި މިސަރުކާރުގެ މަތިފަޑީގަތިބިތަނެވެ. އިބޫ އަށްޓަކައި ޤުރުބާންވި މީހުން އަދިވެސް ތިބެންމިޖެހެނީ ބިރުވެރިކަމެއްގެ ތެރޭގައި މަގުމަތިވެފައެވެ.
މީރުބަހުރު
20 March 2019
14 މީހުންނަކީ 14 ރީޖަނަލް އޮފީހުގެ ވެރިން އެއީ ޔާމީނުގެ ދައުރުގައި ވެރިންގެ ގޮތުގައި ތިބި ބައެއް. އެމީހުން ނުކަޑާލައިގެން އެތަނުގައި އުޅޭ އެމްޑީޕީގެ އެކްޓިވިސްޓުން ހީވީ އެހެންކަމެއްހެން ދެންތިބި މީހުން ގެންގޮސްއެޅި އިންޖީނުތަކުގެ އޮފީސްތަކަށް.
ކަރުކެހި
20 March 2019
މަނިކުފާނު މިކުންފުންޔަކީ ދިވެހިރާއްޖޭގެ އެންމެ ބުރައުފުލާ އެއްކުންފުނި ވީމާ ކީއްވެގެންތޯ މުއައްޒަފުންގެ މުސާރަކޮޅު ބޮޑުނުކުރެވިގެން ތިއުޅުއްވަނީ؟؟؟ މުއައްޒަފުން ގަޔާވެގެން މަސައްކަތް ނުކުރަނީ ލިބޭ މުސާރައިން ދެކޮޅުނުޖެހޭތީވެ.. މަހަކު މިލިބެނީ -/3000 ރުފިޔާ މިހާރަކައްއައިސް ލިބެމުންދިޔަ އޯޓީ ކޮޅުވެސް ބައެއް ބުރާންޗުތަކުން ވަނީ ނުލިބޭގޮތް ހަދާފަ ވީމާ ވީހާވެސް އަވަސްހައްލެއް ލިބުމައް އުންމީދުކުރަން..
އަލީލީ
19 March 2019
ފެނަކައިން މިހާރުވެސް މީހުން ނަގަނީ އެމްޑީޕީ ޖަގަހައިން ފޮނުވާ ލިސްޓައް. ސަރުތަކައް ފެންވަރަކައް ނުބަލާ ހަމަ ޔާމީނު ތެޅުނު ފާޑައް
ޖަމްޝީދް
20 March 2019
ތީ ދޮގެއް
ޖަމާން
19 March 2019
އެންމެން ވަކިކުރޭ. ދައުލަތަށް ބުރަބޮޑުކުރަން ޕީޕީ އެކްޓިވިސްޓުން ބައިތިއްބާކަށް ނުޖެހެ ކަމެއް ނުކޮށް
ކަމާން
20 March 2019
އެމްޑީޕީ އެކްޓިވިސްޓުން ބައިތިއްބީމަ ރަގަޅުވާނެ
ކަނަމަނަ
19 March 2019
ކޮންއިރަކުތަ ތިކަން ނުކުރަނީ.
އާދަމް ބާއީ
19 March 2019
މިސަރުކާރު ނިމޭކޮޅު ޖެހޭނެ ތިއަދަދު ތިޔަށްވުރެ މަތިކޮށްލަން.
ވަހީދު
19 March 2019
ކޮބާ މައްސަލައަކީ؟ ގައުމުގެ މުއްސަނދިކަން މަދު ބަޔަކު ފޭރެމުންދާއިރު އާދައިގެ މުއައްޒަފަކަށް ވަޒީފާއެއް މަދު ދުވަސްކޮޅަކަށް ވެސް ލިބިއްޖިއްޔާ ރަނގަޅެއްނު.!
ޛިހާމް
20 March 2019
އެކަކު ގޯސްކަމެއް ކުރުމަކީ އެންމެން އެކަން ކުރަންވީތަ؟؟