ރޭގެ މެޗުތަކުގެ ތެރެއިން މެސީ (ކ) އާއި ރޮނާލްޑޯ.-- ފޮޓޯ: އޭއެފްޕީ
23 މާޗް 2019 - 08:51
ލަންޑަން (މާޗް 23) - މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު ގައުމީ ޓީމުން ބްރޭކެއް ނެގި މަޝްހޫރު ދެ ތަރިން ކަމަށްވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ ގައުމީ ޓީމަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުން މޮޅެއް ނުލިބި ނިންމާލަން ޖެހިއްޖެ އެވެ.
ވެނެޒުއޭލާއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު އެކުވެރިކަމުގެ މެޗުން ބަލިވީ 3-1 އިންނެވެ. ޔޫރޯ ކޮލިފައިންގައި އަމިއްލަ ދަނޑުގައި ޔޫކްރޭނާ ދެކޮޅަށް ކުޅުނު މެޗުން ޕޯޗުގަލް ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.
ލިއޮނަލް މެސީގެ ކެޕްޓަންކަމުގައި ކުޅުނު އާޖެންޓީނާއާ ދެކޮޅަށް ވެނެޒުއޭލާ އިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ޓީމަށް މެޗުގެ ހަ ވަނަ މިނިޓްގައި ލީޑުނަގައިދިނީ ނިއުކާސަލް ޔުނައިޓެޑްގެ ފޯވާޑް ސޮލޮމަން ރޮންޑޮން އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖޯން މުރީޔޯ ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ.
ދެ ވަނަ ހާފްގައި އާޖެންޓީނާ އިން ކުޅުން ރަނގަޅުކޮށް މެޗުގެ 59 ވަނަ މިނިޓްގައި ލަނޑު ޖެހި އެވެ. މި ގޯލު ކާމިޔާބުކުރީ އިންޓަ މިލާނުގެ ފޯވާޑް ލަޓާއުރޯ މާޓިނޭޒް އެވެ. މި މެޗަށް ނެގި ސްކޮޑުން އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ވަނީ މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އާއި ޗެލްސީގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ބާކީކޮށްފަ އެވެ.
ރޭގެ މެޗުގައި ވެނެޒުއޭލާ އިން ޖެހި ފަހު ގޯލު ކާމިޔާބުކުރީ މެޗު ނިމެން ފަނަރަ މިނިޓަށް ވެފައި ހުއްޓައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކުރީ ޖޯސެފް މާޓިނޭޒް އެވެ.
އެތުލެޓިކޯ މެޑްރިޑްގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި މެސީގެ އުކުޅު ވަޅަށް ލިބުނު އަނިޔާގެ ސަބަބުން، މޮރޮކޯ މެޗުގައި އޭނާ ނުކުޅޭނެ އެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު މެސީ ގައުމީ ޓީމާ ދުރަށް ޖެހިލީ އަމިއްލަ ސަބަބަކާ ހުރެ ކަމަށް އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެ އެވެ.
ޔޫރޯ ކޮލިފައިންގައި ރޭ ޔޫކްރޭނާ ދެކޮޅަށް ޕޯޗުގަލް އިން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. ޕޯޗުގަލް އިން 18 ޝޮޓް ފޮނުވާލިއިރު، އެންމެ ގޯލެއް ވެސް ކާމިޔާބު ނުކުރެވުނެވެ. ޔުވެންޓަސް އަށް ބަދަލުވުމަށް ފަހު އަމިއްލަ ސަބަބަކާ ހުރެ ރޮނާލްޑޯ، އެންމެ ފަހުން ޕޯޗުގަލް ކުޅުނު ހަ މެޗުގައި ބައިވެރިނުވެ އެވެ. ރޭގެ މެޗުގައި އޭނާ އަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބި ބޭނުމެއް ނުކުރެވުނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަދީފް
24 March 2019
ރަދީފް އަކީ ގުރައިދޫ މަރުކަޒުގަ ހުންނަ މީހަކާ ކުރާ ކޮމެންޓްތަކުން ހާދަ ވައްތަރޭ.
ރަދީފް
24 March 2019
ބުނެލަން އޮތީ ހަމަ އެންމެ އެއްޗެއް. 5 ގުނަ 5 .(އިފް ޔޫ ނޯ ވަޓް އައި މީން)
ރަދީފް
24 March 2019
''ރަދީފް'' އަދި ''ރަދީފްގެ ލީގަލް ޓީމް'' ގެ އަސްލު އެކައުންޓް ދެނެގަތުމަށް ބްރައުޒާއިން މި ޕޭޖް ބެއްލެވުން އެދެން.ވ.ވެދުން
މެސީގެ ދޮންބެއްޔާ
23 March 2019
ފުރެންޑްލީ މެޗެއްވީމަ އާޖެންޓީނާ ޓީމުން ރޭ ކުޅުންތެރިންތަކެއް ޗެކް ކޮށްލީ.
ރަދީފްް
24 March 2019
މެސީވެސް ދޮތަ؟
ރަދީފްސް ޑޭޑް
23 March 2019
ފަހުން ރަގަނޅުވާނެ.
ަައަންބީޓަބަލް އޮޒީ.ނެއްލައިދޫ
23 March 2019
ސާޖިއޯ އަގުއޭރޯ އަކީ މިވަގުތު އެންމެ ފޯމުގަހުރި އެކަކު ކޯޗު ފުރުސަތު މިދެނީ ކިހިނެތް ވިސްނާފަބާ...
ރަދީފް
23 March 2019
މަރުހަބާ ވެނެޒުއޭލާ.ފްރެންޑްލީ މެޗެއް ވީމަ އަދި އެންމެ އެދެވޭ ކުޅުމެއް ނޫން ހުރިހާ ކުޅުންތެރިންގެ ފަރާތުން ފެނުނީ.މުހިންމު ކުޅުންތެރިން ޓީމްގަ މިފަހަރު ހިމެނިފަނެތްކަން ފާހަގަކުރަން.
ރަދީފްް
23 March 2019
ރޭޓިންގ އަޕްޑޭޓްކޮށްލާނެ ކުއްޖެއްނެތްތަ؟ އަގުއޭރޯ، ޑީބަލާ، އިކާރޑީމެން ބާކީކޮށްފަ މެސީލައިގެން މިކަން ނުވާނެކަން މިއެނގެނީ. ވޯރލްޑް ކަޕުން އެއްޗެއް ދަސް ނުވިކަން ދެރަ. ޓީމުގެ ބަލިފަޔަކީ މެސީ. ބާރސާގަ އޭނަ ވަށައިގެން ޓީމު އަތުރާފަ އޮންނަ ގޮތަށް ޓީމު އަތުރާނުލެވިގެން އެކަމުގެ އަސަރު އެހެން ކުޅުންތެރިންނަށް ކުރަނީ. ނިއު ކާސްލްގެ ރޮންޑަންމެން މެސީމެން ކޮޅަށް އެހަދާލަނީ ބޭނުން އެއްޗެއްް.
މީނަ
23 March 2019
ދޮންކަލޯ މެސީޔަށް އެކަނި ހުރިހާ ކަމެއްވާނެތަ. އަގުއޭރޯ އެކަނި ޓީމެއް ގޮވައިގެން ތަށްޓާ ހިސާބަށް ދެވޭނެތަ. މެސީ ރޭގަ ކުޅުނީ އިންޖަރީގަ ހުރެގެންކަން ކަލެޔަށް ނޭނގުމުން ދެރަވޭ. އަގުއެރޯ، ޑިބާލާ، ޑި މާރިއާ އަދި އިކާރޑީއާއެކު މެސީ ލީމަ އާރޖެންޓީނާ ފުރިހަމަވާނީ. ރޭގަ އާރޖެންޓީނާގެ ފުރަތަމަ އެގާރަ ފެނުނަސް ނަތީޖާ ނިކުންނާނެގޮތް ސާފު.
ހަގީގަތް
23 March 2019
ކަލެޔަށް ތިކިޔޭ އެއްޗެއް އެބަ އިނގޭތަ. ދުނިޔޭގަ އުފެދުނު އެންމެ ކޮމްޕްލީޓް ޕްލެޔާރ ބާކީކޮށްފަ ކާކަށް ފުރުސަތުދޭނީ. ރޭގަވެސް އާރޖެންޓީނާގައި ކަމެއް ކުރެވުނީ މެސީޔަށް އެކަނި. އޭނަޔާއެކު ކުޅޭނެ ކުޅުންތެރިޔެއް ނެތުމުން ބަލިވީ. އަނެއްކާ އެއީ އަދި އަސްލު ފުރަތަމަ އެގާރައެއްވެސްނޫން. ކަލޭމެންގެ ހީރޯއަށް ޔޫރޯ ކޮލިފައިންގެ ފުރަތަމަ މެޗުން ކުރެވުނީ ކޮން ކަމެއް.
ރަދީފްގެ ލީގަލް ޓީމް
23 March 2019
''ރަދީފް''ގެ ނަން ނަހަމަ ގޮތުގަ ބޭނުންކޮށްގެން ފޭކް ކޮމެންޓް ނުކުރެއްވުން އެދެން.[ލީގަލް ޓީމުން ބެލިބެލުމުން މިހާތަނަށް ފާހަގަވީ ކަމަކީ އަންނި އަދި ނިއުމާ މިފަދަ ދަށުދަރަޖައިގެ އަމަލުތައް މާޒީގަ ހިންގިކަން.] ވ.ވެދުން
ރަދީފްްގެ ލީގަލް ޓީމް
24 March 2019
ހަމަ މި ފުރުސަތުގައި ރަދީފް ސަރ މިތާ ކޮމެންޓްކުރާ މީހުންނަށް އިންޒާރުދީ، "ދެން ތިޔަ ނަމުގައި ކޮމެންޓް ކޮށްބަލާށޭ" ލިޔެ، ނަންތައް ވަގަށް ނަގާ، އަމިއްލަކޮށް، އެނަންނަމުގައި އެމީހުންގެ އަގުވައްޓާލަން ކޮމެންޓްކުރަމުން އަންނަކަމުގެ މައުލޫމާތު މިޓީމަށްވަނީ ހެއްކާއެކު ލިބިފަ. މިކަން މިޓީމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އަދި އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވާލަން.
ރަދީފްގެ ލީގަލް ޓީމް
24 March 2019
@ރަދީފްގެލީގަލްޓީމް (ފޭކް ޓީމް) އަށް.ވެދުން ސަލާމް.ތިޔަ ފޭކް ޓީމް އެއީ ރަދީފް ދަންނަ ބައެއް ނޫން.ރަދީފްގެ ގާނޫނީ ޓީމުން ބެލިބެލުމުން ރަދީފްގެ ނަމުގަ ފޭކް ކޮމެންޓް ކުރާ ފަރާތްތަކުގެ ކޮމެންޓް އިބާރާތްކުރުން ހުންނަނީ ދާދިއެއްގޮތަކަށް.ރަދީފްގެ ލީގަލް ޓީމުގެ ފޮރެންސިކް ރިޕޯޓް ބުނާގޮތުން ރަދީފް އަސްލު ސަޕޯޓްކުރާ ގިނަ ކްލަބްތަކަށް އަދި ކުޅުންތެރިންނަށް މަލާމާތުގެ ކޮމެންޓް ގިނައިންކުރަނީ ވާދަވެރި އަޙްލާގެއްނެތް މީހުން.ވ.ވެދުން
ސޯދުބެެ
24 March 2019
އަޚްލާޤު. ދިވެހި ދަސްކޮށްބަލަ
އަންްނި
23 March 2019
ލޮލް މެސީ. އަނެއްކާ ރިޓަޔަރކޮށްލާ
ބޮޑާލްޑޯ
25 March 2019
ބޮޑާލްޑޯ ވެސް އެ އައީ ރިޓަރޔަރ މަންޓެއްގަ ހުރެފަ.. ބޮޑާލްޑޯ ވާހަކަ ނުގެނެސް މެސީގެ ވާހަކަ ދައްކަނީ ކީއްކުރަން