މާލޭގެ މަގެއް ބަންދުކޮށްގެން ފުލުހުން ހަރަކާތްތެރިވަނީ. --- ފޮޓޯ: މިހާރު
23 މާޗް 2019 - 14:41
ގަލޮޅުގައި ހުންނަ ފިހާރައެއް ފަޅާލައި ބައި ލައްކައަށް ވުރެ ގިނަ ރުފިޔާ މިއަދު ހެނދުނު ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ އެމްއޭ ސާވިސަސް ކޮމްޕްލީޓް ޑައިވިން ސޮލިއުޝަން ފިހާރަ އިން ވައްކަންކޮށް، 2600 ޑޮލަރާއި 13،500ރ. ވަގަށް ނަގާފައިވާ ކަމަށެވެ. އެހެންކަމުން ފިހާރަ އަށް ވަގުން ވަދެ ވަގަށް ނެގި ފައިސާގެ އަދަދު 53،000ރ. އަށް ވުރެ ގިނަ އެވެ.
މާލެ އާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް މި ދުވަސްވަރު ވަނީ ގިނަވެފަ އެވެ.
ރ. އުނގޫފާރުގައި 500،000ރ. އާ އެކު ވަގަށް ނެގި ތިޖޫރި އެ ރަށުގެ ފަޅު ގޯއްޗެއްގެ ތެރެއިން ފުލުހުން ހޯދި އިރު، އޭގައި ހުރިހާ ފައިސާއެއް ހުއްޓެވެ. މި ވައްކަމާ ގުޅިގެން 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވެ އެވެ.
ފުލުހުން ބުނީ ތިޖޫރި ހުޅުވަން މަސައްކަތްކޮށްފައިވާ ކަމަށެވެ.
މިދިޔަ ބުދަ ދުވަހު މިފްކޯގެ ވޭނެއް މަގުމަތިން ހުއްޓުވައި، ދެ މިލިއަން ރުފިޔާ ވަނީ ފޭރިގެންފަ އެވެ. އޭގެ ކުރިން، މި މަހުގެ 10 ވަނަ ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވަނީ ސައިކަލުތަކެއްގައި ގޮސް، ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އިންޑިއާގެ މީހެއްގެ އަތުން ފޭރިގެންފަ އެވެ.
މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ވެސް ފޭރުމުގެ ބޮޑެތި އަމަލުތަކެއް ވަނީ ހިންގައިފަ އެވެ.
މި ފޭރުންތަކާ ގުޅޭ މައުލޫމާތު ފުލުހުން ތަފުސީލުކޮށް މީޑިއާ އަށް އާންމެއް ނުކުރެ އެވެ.
ނަމަވެސް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން އެދުނީ ގިނަ އަދަދެއްގެ ފައިސާ ތަނަކަށް ގެންދާ ނަމަ، ފުލުހުންގެ އެހީ ހޯދުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެސް
25 March 2019
އެމްސީ ހަމީދު އިސްތިއުފާ ދޭންވީނު ދެން ، ތީ ކީއް ކުރާ މީހެއް ، ސަރުކާރަށް ފާޑު ކިޔާ ފޭސްބުކް ޕޭޖް ޑިލީޓްކުރުން މީނައަށް ކުރެވޭ ކަމަކީ ، ތީ ސެކިއުލާ މީހުން ގޮވައިގެން މިގައުމު ފަސާދަކުރަން އުޅޭ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ މީހެއް
ހަސަނު
24 March 2019
ފޭރުމާ ވައްކަން ކުރުމާ ތަންތަނުގާ ގަސްތުގާ ރޯކުރުމުގެ ކަންކަން ވަރަށް ގިނަ ވެއްޖެ.. މިކަމުގެ ފަހަތުގާ ކޮންމެސް ބޮޑު ކަންކތައްތައްކެއް ވާނެ.. މި މީހުން އަތުލައިގަތުމަށް މަސައްކަތް ކުރާންޖެހޭ އެބަ ސަލާމަތީ ބާރުތަކުން...
ޤައުމިއްޔަތު
24 March 2019
ޖަޒީރާ ރާއްޖޭގައި ކޮންމެވެސް މިންވަރަކަށް ތިފަދަ ކަންކަން ހިނގާނެ.
މަރޭމިތުރު
24 March 2019
ފައިސާގެންގުޅޭ ތަންތަނަށް ޕޭޕަސްޕްރޭ ދީފައި ބަހައްޓަންވީ! ސަރުކާރުން އެހުއްދަ ދީފައި ބާއްވަންވީ! އެއިރުން ފޭރެން އަންނަ މީހާގެ މޫނައް ޖަހާލެވޭނެ!އަދި ފިހާރަ ތަކުގައި އޮނު ދަނޑި ގެންގުޅެންޖެހޭނެ!މީގެ އިތުރުން ފިހާރަތަކުގައި ސޭޓުންނަށް ތިބޭ މީހުންނަށް ކަރާޓޭ ދަސްކޮށްދޭންވީ! ކަރާޓޭ ސުކޫލްތަކުގައިވެސް ދަސްކޮށްދޭންޖެހޭކަމަށް ދެކެން.
ސަނީމް
24 March 2019
ކޮންމެސް މަޖުބޫރު ކަމެއް އޭނަގެ ވާނެ..
ކުޜެންދޫ
24 March 2019
ވަގުކަލޭގެ ގެއައް ބަދިލުކުރީމަ މާގޯސް....އަނބުރާ ޖަލައް ވައްދާ............
އަހުމަދު ރައުފު
23 March 2019
ފުލުހުން އެދި އެދި ތިއްބާ ފުލުހުންނާ ނުލާ ގިނަ އަދަދެއްގެ ފައިސާ އެހެންތަނަކަށް ތަނަކަށް ގެންދިއުމުގެ މަގުމަތީގައި ވަގުން ފޭރިގެންފިނަމަ ފައިސާގެންދާ ބަޔަކު އަދި އެކަމާ ހަވާލުވެގެންތިބޭބަޔަކު ޒިންމާ ވާންޖެހޭނެ.މިކަހަލަ ކަންތައްތަކަކީ ރޭވިގެންހިގާކަންތައްތައް.ޒިމާކުރުވަން އެބަޖެހޭ.
ކަންއޮތްގޮތް
23 March 2019
ސަރުކާރުތަކަށް ނުވިނަމަވެސް ފޭރޭމީހުނާއި ވަގުންނާއި އަދިވެސް ނޭދެވޭކަންތައްކުރާމީހުންހޯދައި، އެކަންތައް ރައްޔިތުންނަށް ހުއްޓުވޭނެއެވެ. ހުރިހާގޮތަކުންވެހެވެ. އެކަމަކު މިޤައުމުގައި އެފަދަކަމެއްކުރާނެ ރޫޙެއް، ހިތަވަރެއް މިއަދަކު ނެތެވެ. ޑުރަގާއި މިފަދަ މިފަދަ ކަންތަކުގެތެރެއަށް ދަރިއަކުނުދާ ޢާއިލާއެއް މަދުވާނެއެވެ. އެކަމަކު އެމީހުނަށް އެމީހުންގެދަރިން ރަނގަޅެވެ. ބަރާބަރެވެ. އެމީހުންގެދަރީން އެފަދަކަމެއް ނުކުރާނެއެވެ. ވާނެއެއްޗެއް ވާންވީއެވެ.
ާައަލީ
23 March 2019
ވަައްކަމާ ފޭރުން ހަައްދު ފަހަނަ އަޅާ ފައިވާއިރު ހުރިހާ ބޮޑެތި ބޭފުޅުން ކެމްޕޭނުގައި މިކަން ހުއްޓުވަން ކުރާ ކަމެއް ނުފެނޭ.....
ނެތެއްނު
23 March 2019
ހުއްޓުވީމަ ކެމްޕޭނުގައި އެވާހަކަ ދައްކައިގެން ފައިދާނުކުރެވޭނެ. އެއްބަޔަކު އެކަން ނުހުއްޓުވޭ ކަމަށް ކިޔާނެ. އަނެއް ބަޔަކު އެކަން ހުއްޓުވާނަން ކަމަށް ބުނާނެ. އެންމެ ފަހުން އަސްލު އެކަން ހުއްޓުވާނެ ބަޔަކު އެކަމު ނުވާނެ.
އިއްތިފާގު
23 March 2019
މި ނޫހުގަ ގިނައިން މި ލިޔަނީ މާލޭގަ ހިނގާ ކަންކަން. ރާއްޖޭގެ އެހެން ރަށްރަށުންވެސް ހަމަ މިދުވަސްވަރު މިކަންކަން މިހެން ވާހެން ހީވޭ. އެހެންވީމަ އަސްލުވެސް މިއީ އިއްތިފާގެއް ބާއޭ ސުވާލު އުފެދޭ.