އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ނޫސްކޮންފަރެންސެއްގައި. ވޯޓާސް ލިސްޓްގައި ސޮއިކުރަން މާދަމާ ފަށާނެ. މިހާރު/ފައިލް ފޮޓޯ
23 މާޗް 2019 - 18:14
އަންނަ މަހު ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ވޯޓާސް ލިސްޓްގައި ސޮއިކުރުން މާދަމާ ފަށަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އީސީން މިއަދު ބުނީ ވޯޓާސް ލިސްޓްގައި ސޮއިކުރަން ފަށާނީ މާދަމާ ހެނދުނު 8:30 ގައި ކަމަށެވެ. ވޯޓާސް ލިސްޓްގައި ސޮއިކުރުން އޮންނާނީ އިންތިހާބާ ބެހޭ މަރުކަޒުގެ ޓްރޭނިން ހޯލްގަ އެވެ.
މާޗް 24 ، 8:30 އިން 22:30 އަށް
މާޗް 25، 8:30 އިން 22:30 އަށް
މާޗް 26، 8:30 އިން 15:00 އަށް
މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވެ އެވެ. ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އީސީން ވަނީ ކުރިން އާއްމުކޮށްފަ އެވެ.
މިފަހަރުގެ އިންތިހާބުގައި ވާދަކުރުމުގެ މުއްދަތު ފެބްރުއަރީ 21 ގައި ހަމަވި އިރު ޖުމްލަ 403 މީހަކު ފޯމު ލާފައިވެ އެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ފަރާތްތަކުން ފަހުން ވަނީ ނަން އަނބުރާ ނަގައިފަ އެވެ.
މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 86 ދާއިރާ އަށް ވާދަކުރަން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ހުށަހެޅި އެވެ. ނަމަވެސް އެ ޕާޓީން ވެސް ފަހުން ވަނީ ބައެއް ދާއިރާތައް ދޫކޮށްލައިފަ އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން 42 ދާއިރާއަކަށް ވާދަކުރަން ފޯމް ހުށަހެޅި އެވެ. ޕީޕީއެމް، ޕީއެންސީ އަދި ޑީއާރްޕީ ކޯލިޝަނުން 50 ދާއިރާއަކަށް ވާދަކުރާ އެވެ. އެއީ ޕީޕީއެމް އާއި ޕީއެންސީގެ 46 ކެންޑިޑޭޓުންނާއި ޑީއާރްޕީގެ ފަސް ކެންޑިޑޭޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލް
24 March 2019
މަ ނެތް ވޯޓު ލާ ހިތެއް. މަހުޖަނަކު ނެތީމަ
މަރޭމިތުރު
23 March 2019
އހަރެންގެ ވޯޓެއް ނުދޭނަން މަހުޖަނަކަށް! އަހަރެންގެ ގައުމއް އަދިވަކިން ހިޔާނާތްވިމީހަކަށް!..................... އަހަރެންގެ ވޯޓު ފައިސާވެރިންނަށް ދޫކޮށްނުލާނަން. ސަބަބަކީ އެއީ ވަރަށް ނުފޫޒު ގަދަބަޔަކައްވާތީ! އެމީހުން ކޮންމެ ތަނަކަށް ބާރުފޯރުވާނެ ނޫޓުން. އެއީ ދޭންޖަރުބައެއްގެ ގޮތުގައި ސިފަކުރެވެނީ!