ފުލުހުންގެ 86 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަތުމުން ހޯމް މިނިސްޓަރު އިމްރާން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
29 މާޗް 2019 - 23:22
ފުލުހުންނަށް ރައްޔިތުންގެ އިތުބާރު ހޯދަން ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 86 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި މިނިސްޓަރު އިމްރާން ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ފުލުހުންނަށް ފޯރާފައިވާ ނުފޫޒުތަކުގެ ސަބަބުން ފުލުހުންގެ ބަދަހި ސަފުތަކަށް އަސަރު ކޮށްފައިވާ ކަމަށެވެ. އެކަމުން އަރައިގަނެ، ފުލުހުންނަށް ރައްޔިތުންގެ އިހްތިރާމާއި އިތުބާރު ހޯދައި ދިނުމަށްޓަކައި މި ސަރުކާރު އުފެދުނީއްސުރެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އިމްރާން ވިދާޅުވި އެވެ.
ފުލުހުންގެ 86 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަތުމުން ޕޮލިސް ކޮމިޝަނަރު ހަމީދު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
"ފުލުހުންގެ ސަފުތައް ވަރުގަދަ ކުރުމަށްޓަކައި ކެނޑިނޭޅި އިސް ސަފުގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން. ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ފުލުހުންގެ އިސްވެރިން ދަނީ ގިނަގުނަ ހަރަކާތްތަކެއް ހިންގަމުން. ފުލުހުންނާ މެދު ހުށަހެޅޭ ޝަކުވާތައް ބެލި، ރަނގަޅު ނިޒާމެއްގެ ތެރެއިން ދިއުމަށްޓަކައި ފުލުހުން އެ ދަނީ ތައްޔާރުވަމުން،"" މި ސަރުކާރު ހިންގާ ކޯލިޝަން ގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ އިމްރާން ވިދާޅުވި އެވެ.
ފުލުހުންނަކީ އަބަދުވެސް ބޮޑު ގާނޫނީ ޒިންމާއެއް އޮތް ބައެއް ކަމަށާއި ފުލުހުންގެ މަސައްކަތުގައި އަބަދުވެސް ވަކި ހަމަތަކެއް ހިފަހައްޓަންޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ. އެގޮތުން، ތެދުވެރިވުމާއި އިންސާފު އިސް ކުރުމާއި އަމިއްލަ މަސްލަހަތުތަކުން ދުރުވުމާ އެކު ގާނޫނުތަކަށް ތަބާވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ސަފުތައް ވަރުގަދަ ކުރުމަށްޓަކައި ކެނޑިނޭޅި އިސް ސަފުގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން. ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ފުލުހުންގެ އިސްވެރިން ދަނީ ގިނަގުނަ ހަރަކާތްތަކެއް ހިންގަމުން. ފުލުހުންނާ މެދު ހުށަހެޅޭ ޝަކުވާތައް ބެލި، ރަނގަޅު ނިޒާމެއްގެ ތެރެއިން ދިއުމަށްޓަކައި ފުލުހުން އެ ދަނީ ތައްޔާރުވަމުން،" އިމްރާން
"ގާނޫނުތަކަށް ތަބާވެ، ގާނޫނުތަކުގެ ކުރިމަތީގައި ރިވެތި ނަމޫނާ ދެއްކުމަކީ ގާނޫނުތަކަށް އަނެކުން އަހުލުވެރި ކުރުމަށް ކޮންމެހެން ބޭނުންވާ ސިފައެއް،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުލުހުންގެ ބަންދުގައި ދުވަސްތަކެއް ވަންދެން ހުންނަވައި އަދި އަނިޔާވެރިކަމާ ދެކޮޅަށް ބުރަ މަސައްކަތްތަކެއް ކުރެއްވި އިމްރާން ވިދާޅުވި އެވެ.
ފުލުހުންނަކީ އަބަދުވެސް ނަމޫނާ ދައްކާ ބައެއް ކަން ފާހަގަ ކުރައްވައި، އިމްރާން ވިދާޅުވީ ފުލުހުންގެ މަސައްކަތުގައި އަބަދުވެސް ސަރުކާރު ދެމި އޮންނާނެ ކަމަށާއި ސަރުކާރުގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި ފުލުހުންގެ ވެލްފެއާ އާއި ފުލުހުންގެ ކުރިއެރުމަށްޓަކައި މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތު ބޭބެ
30 March 2019
ކަފިހި ހުރަސް ކުރާ ރޮގު ބެލެހެއްޓުންތަ ފުލުހުންނަށް މުހިއްމީ، ކީއްވާނީ ބޮޑު އަދަދުން ކުންފުނި ތަކުގެ ފައިސާ ފޭރޭ މީހުން ހޯދަން ތިބިއްޔާ. ހަމަ ދެއްކުން ތެރިކަން. ފުލުހުންގެ ޔުނީފޯމް އަޅައިގެންތިބެ 65 އަހަރުން މަތީ އިސްރަށްވެރިންގެ އަތު ކުރީގައި ހިފައިގެން، މަގު ހުރަސް ކުރުމަކީ އޮތް ހަމަ އެކަނި ކަންތަކެއް ނޫނޭ އިގޭތޯ.
ދަންނަ ނުދަންނަ
30 March 2019
ރައްޔިތުންގެ މަޖިލީހަށްފަހު ރައްޔިތުން އެންމެ އިތުބާރު ނުކުރާ މުވައްސަސާއަކީ ފުލުހުންގެ މުވައްސަސާ. ފުލުހުންގެ މުވައްސަސާގެ ކަންކަން ދޯދިޔާވެފައި އޮތްވަރުން ރައްޔިތަކަށް ރައްކާތެރިކަމެއް ނެތް. އަބަދުވެސް ކަމެއްވާއިރަށް އޮންނާނީ ނޫސްވެރިންގެ ބައްދަލުވުން. ދެން ބުނާނީ ކުރިން އެންގިނަމަ މިހެން ނުވީސް. ފުލުހުންގެ އެހީ ހޯދާ. ބަޔަކު މީހުންނަށް ޓެކްސް ލާރިން މުސާރަ ދީފައި މިތިބެނީ އިރުއިރުކޮޅާ ރައްޔިތުން އާދޭސްކޮށްގެން ސެކިއުޓީ ކަށަވަރުކުރާކަށް ނޫން.
ޙަސަންދީ
30 March 2019
ފުލުހުންގެ ޢިއްޒަތާއި ޝަރަފު ނަގާލީ ދިވެހިންގެ ތެރެއިން ވެރިކަމައް ދަހިވެތިވި ބަޔަކު އަޑީގަ ތިބެގެން ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރެއް ބަޢާވާތަކުން ވައްޓާލުމުން، އޭގެ ހިތިކަމާއި ހުރި ނުރައްކާތައް އިހައްދުވަހާއި ޖެހެންދެން ދުނިޔޭގައި ތިބި މީހުންނައް ފެނިފައިވާކަމީ މި ކަމުގައި ހުރި ނުބައިކަމާއި ނުރައްކާތެރިކަން އިންޝާﷲ ދެން މިޤައުމުގައި އެފަދަ ނުބައި ކަމެއް ކުރަން ދިވެހި އެއްވެސް ފުލުހެއް އަދި ސިފައިންގެ އެއްވެސް ބެއިކަލެއް ފުރުސަތެއް ނުދެއްވާނެ
ihaaru.
30 March 2019
އޭ ހިޓްލަރ ވެސް އުޅުނު ތިޔަހެން އެތައްބައެއްކަށް އަނިޔާވެރިވެފަ، ހަރާމުން ހަރާން އިންސާފުނުލިބި އެސްއޯއެފް ގަ އުޅުނު އަނިޔާވެރިން މިހާރު ހަމަހުދުފޮތިކޮޅަކައްވެ ނިމިއްޖެ!
މަންޑޭލާ
30 March 2019
އެމްޑީޕީން މިޤައުމަކަ ހެވެއްނޭދޭނެ. އިންޑިޔާ ސިފައިން ބާލާ.
ihaaru.
30 March 2019
ނުބޭޅޭނެ ތީކާކު ދެން؟
ޝޮކްތެރަޕީ
30 March 2019
ފުލުހުންގެ އަގުވައްޓަލީ އެމްޑީޕީން.
ގޮނާރޮކް
29 March 2019
ފުލުހުންގެ ބޭނުމެއް މަމެންނަށް އަދި ވެސް މިއުޅެނީ ރައީސް އިބޫގެ ވެރިކަމުގައި ހޯދާ ހޯދާ ނުފެނިފައޭ ސަބަބަކީ އެއީ މާލޭގެ މަގުމަތީ ގައި ހުންނަ ސައިކަލްސް ތަކުގައި ރޭގަނޑު ދަންވަރު ރޯކުރާއިރު ވެސް ފުލުހުންނަށް އެކަން ނުބެލެއޭ އައި އޭމް ގޮނާ ގިވް ޔޫ މައި ކޮންސާރންސް އައި އޭމް ގޮނާ ރޮކް ޔޫ...
1828
29 March 2019
ފްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑް އިން ތަހުގީގުކޮށް، ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހަޅާ އައިއޯގެ މަޤްސަދަކީ ތުހުމަތު ކުރެވޭ ފުލުސް އޮފިސަރު ވަޒީފާއިން ވަކިކުރަން ވަކާލާތުކުރުން. މިއީ ދެރަކަމެއް.