ޚަބަރު

ޓޫރިސްޓުންނަށް ހިދުމަތް ދޭ ގޮތަށް މަސްވެރިންގެ ޕާކު ތަރައްގީކުރަން ފަށައިފި

މަސްވެރިންގެ ޕާކް ޓޫރިސްޓުންނަށް ހާއްސަކޮށް ތަރައްގީ ކުރަން ބަންދުކޮށްފައި-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލެއަށް ބަނދަރުކުރާ ކްރޫޒް ލައިނާތަކާއި ރިސޯޓްތަކުން މާލެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ހާއްސަކޮށްގެން އެކި ހިދުމަތްތަކާއެކު މާލޭ މަސްވެރިންގެ ޕާކް ސަރަހައްދު ތަރައްގީކުރަން ފަށައިފި އެވެ.

ކްރޫޒް ލައިންތަކުން އަންނަ ޓޫރިސްޓުން މާލެ ފޭބުމަށް އެއް ނަމްބަރު ފާލަން ސަރަހައްދު ބޭނުން ކުރަމުން އަންނަނިކޮށް ކުރީގެ ސަރުކާރުން ވަނީ އެކަން މަނާކޮށްފަ އެވެ. އެތަނުގެ ބަދަލުގައި ދިނީ މަސްވެރިންގެ ޕާކާއި މަސްވެރިން ޕާކްގެ ހުޅަނގުން އޮންނަ ފަޅެވެ. އެއީ ގިނަ އަދަދެއްގެ ދޯނިފަހަރު އަޅާ ތަނަކަށް ވުމުން ދަތިތަކާ ކުރިމަތިވާ ކަމަށް ކްރޫޒް ލައިންތައް އޮޕަރޭޓްކުރާ ފަރާތްތަކުން ބުނެ އެވެ. ޓޫރިސްޓުންގެ ކަންކަން ބެލެހެއްޓުމަށް މީހުން ތިބެނީ އެ ތަނުގައި ޓެންޓް ޖަހައިގެންނެވެ.

ރިސޯޓުތަކުން ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ކޮންމެ ދުވަހަކުހެން މާލެ އަންނައިރު އެ މީހުން މަޑުކޮށްލައިގެން ތިބޭނެ ހާއްސަ ތަނެއް މާލެ އަކު ނުހުރެ އެވެ. ޓޫރިސްޓުންނަށް ހާއްސަ ފާހާނާތަކެއް ހަދާފައެއް ނުހުރެ އެވެ. އެއީ ޓޫރިސްޓުންގެ ބޮޑު ޝަކުވާއެއް ކަމަށް ޓުއާ ގައިޑުން ބުނެ އެވެ.

Massverin ge parkah touristun baalan undhagoothakeh

Massverin ge parkah touristun baalan undhagoothakeh

The most trusted news source in the Maldives

Mihaaru

މަސްވެރިންގެ ޕާކަށް ޓޫރިސްޓުން ބާލަން އުނދަގޫތަކާ ކުރިމަތިވުން--

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ސަރީފް ވިދާޅުވިގޮތުގައި މަސްވެރިންގެ ޕާކްގައި ޓާމިނަލެއް ތަރައްގީކުރަނީ ޓޫރިސްޓުންނަށް ހާއްސަ ފާހާނާތަކަކާއި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދަކާ ވެސް އެކުގަ އެވެ. އަދި އެތަނަކީ ސެކިއުރިޓީ ބަލަހައްޓައި ޓޫރިސްޓުންނަށް ރައްކާތެރިތަނަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

"ކްރޫޒް ލައިންތަކަށް އަރައި ފޭބުމަށް ޓާމިނަލަކަށް ވެސް އެތަން ބޭނުންކުރާނީ. ދެން އެކިކަންކަމުގައި އަންނަ ޓޫރިސްޓުން ވެސް ބޭނުންކުރާނީ މިތަން،" ޝަމާއު ވިދާޅުވި އެވެ.

މާލޭގައި ޓޫރިސްޓުންތަކެއް: ޓޫރިސްޓުންނަށް ހާއްސަ ޓާމިނަލެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުން: ފޮޓޯ: މިހާރު

އެތަން ހެދުމުގެ މަސައްކަތް ކުރަމުން އަންނަނީ ސިޓީ ކައުންސިލްގެ އިތުރުން ޕްލޭނިން މިނިސްޓްރީ އާއި އެމްޓީސީސީންނެވެ. އެ މަސައްކަތް ވަރަށް އަވަހަށް ނިންމައި ހިދުމަތް ދޭން ފެށޭނެ ކަމަށް ވެސް ޝަމާއު ވިދާޅުވި އެވެ.

މަސްވެރިންގެ ޕާކް ސަރަހައްދުގައި ޕާކިން ޒޯން ހަދާފައިވާ ސަރަހައްދުން ބައެއް މިހާރު ވަނީ ބަންދުކޮށް މަސައްކަތް ފަށައިފަ އެވެ. މިހާރު ކްރޫޒް ލައިންތަކުން ޓޫރިސްޓުން ފޭބުމަށް ވަގުތީ ގޮތުން ބޭނުން ކުރަމުން އަންނަނީ އެއް ނަމްބަރު ފާލަން ސަރަހައްދެވެ.

8 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަހީދު

11 April 2019

ޓޫރިސްޓުން ފޭބީމަ މައިކްރޯ ބަސްތަކުގައި ހުޅުމާލެއަށް ދެވޭނެ އިންތިޒާމެއް ހަދަނިކޮށް ވަރަށް ފައިދާވާނެ. އައިޑިއަރ ހަމަ ޝެއަރކޮށްލީ، އެފަދަ ކަމެއް ކުރާނެ ފައިސާ އަތުގައި ނެތީމަ. އެހެން ނޫންނަމަ އަމިއްލައަށް އެކަން ކުރީސް.

The name is already taken The name is available. Register?

މުޙައްމަދުފުޅު

02 April 2019

މިހާރުވެސް ފުނިޖެހިފައިވާ މާލެއިން، 300 އެއްހާ ސައިކަލު ޕާކުކުރާނެ ޖާގަ އެ ނާގަލަނީ، އިތުރު ސޮލިއުޝަނެއް ދިނުމެއް ނެތި.. ކަންކަން ކުރާއިރު، އެއިން ނިކުންނަ ނަތީޖާ އާމެދު ވިސްނާލުމެއް ނޯވޭ..

The name is already taken The name is available. Register?

އަލިބެގެ އައްޔޫބު

02 April 2019

ބަންގާޅީން ގާޑިޔާ ވިޔަފާރި ކުރާތަނަކަށް ތިތަންވެސް އޮތީ ކުރީސަރުކާރުން ބަދަލުކޮށްފަ ބަންގާާޅީންނަށް ހިތަކަށް ދީފައި.

The name is already taken The name is available. Register?

ކަނބުރު

02 April 2019

ޓުއަރިސްޓުން މާލެއަށް ފައިބަނީ ޝޮޕިންކޮށްލާ ލޯކަލްމާރުކޭޓާއި މަސްމާރުކޭޓާއި ތަންތަން ބަލާލަން. ރައްޔިތުން ބޭނުންވާނީ ވިޔަފާރިކޮށް ޑޮލަކޮޅު ޖީބަށްލާން. މީ ހިދުމަތާއި ވިޔަފާރިއާއި ގުޅިލާމެހިފައި އޮންނަކަމެއް. ވީމާ މާދުރު ސަރަހައްދަކުން ހިދުމަށް ދޭން އުޅުމުން ދަތިތަކާއި ކުރިމަތިވާނެ. ގެއްލުން ބޮޑުވާނެ. ވަޅޯމަސް މާރުކޭޓާއި ރައީސް ފާލަމާއި ދެމެދުން ތަންކޮޅެއް ހިއްކާފަ ހެދިޔަސް ތަންލޮޅެއް ރަނގަޅުވާނެކަން ނޭގެ. ފުލުސް އޮފީހުގެ އެފަޅިއަށް ފާލަން

The name is already taken The name is available. Register?

ކެޔޮޅުކޭފަތުރުވެރިން

02 April 2019

ރަށެއް ފަޅެއް މޫދެއް ކަނޑެއް ޕާކެއް މަހެއް މިޔަރެއް ގައުމެއް ދިވެހިންނަކަށް ނެތް. މުއްސަދި ވިޔަފާރިވެރިންނަށް ހުރިހާ މުއްސަދިކަމެއް ލިބުނީމަ އެނިމުނީ. ފަތުރުވެރިކަން ނޫން ކަމެއް ނެތެންނު.

The name is already taken The name is available. Register?

އިހްލާސް

02 April 2019

ތިއީ ވަރަށް އުއްމީދުކޮށްގެން ހުރި ކަމެއް، ޕަސެންޖަރ ލައިންތަކުން ދަތުރުކުރަނީ އުމުރުންދުވަސްވީ އެގައުމުންތަކުގެ އިއްޒަތްތެރިން ، އެމީހުންނަށް ރަގަޅު ޙިދުމަތެއްލިބޭނަމަ އިތުރަށް ތިޔަ ވިޔަފާރި ކުރިއަށްގޮސް އެކަމުގެ ފައިދާ ގިނަ ބަޔަކަށްކުރާނެ، އަދި ތިތަނުގައި ދިވެހި ފަންނާނުންގެ އުފެއްދުންތައް ވިއްކެނޭ އިންތިޒާމް ގާއިމްކޮށްފިނަމަ ވަރަށް ރަގަޅުވާނެ. ޝުކުރިއްޔާ ދިވެހި ސަރުކާރު.

The name is already taken The name is available. Register?

ގުރާތި

02 April 2019

ރަނގަޅު.އެކަމު ފާހާނާތަކެއް ހަދާތި..ޕޭޓޮއިލެޓްތައް މަދު އިރު އަދި ހުރިތަން ގިނަ ފާހާނާ ހަލާކުވެފަ..އަދި އެއީ މިޒަމާނާއި ގުޅޭ ތަންތަނެއްނޫން އެއަށްވުރެ ރަނގަޅުވާންޖެހޭ..އަދި ސާފުކުރަން މީހުން ތިބެންޖެހޭ .

The name is already taken The name is available. Register?

ދިހި

02 April 2019

ޓޫރިސްޓުނަށާ އެދާއިރާގަ މަސައްކަތްކުރާ ބޭފުޅުންނަށް އުފާވެރި ހަބަރެއް.. އިރާދަކުރެއްވިއްޔާ ކަންތިއޮތީފެށިފަ .. ވީމާ އެފަދަ ތަނެއްނެތުމުން ހާއްސަކޮށް ޓުވަރިސްޓުިންނަށް ދިމާވާ ބޮޑެތި ތަކުލީފުތަކުގެ ވާހަކަ ދައްކާކަށް ބޭނުމެއްނޫން..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454