ޚަބަރު / ކްރޫޒް ޝިޕް

މަސްވެރިންގެ ޕާކަށް ޓޫރިސްޓުން ބާލަން އުނދަގޫތަކެއް

މަސްވެރިންގެ ޕާކަށް ކްރޫޒް ލައިނާއަކުން ޓޫރިސްޓުން ނުބޭލިގެން ލޯންޗެއް އަނބުރާ ދަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖެއަށް ބަނދަރުކުރާ ކްރޫޒް ލައިނާތަކުން މާލެއަށް ޒިޔާރަތްކުރާ ޓޫރިސްޓުން އަރައިފޭބުމަށް މަސްވެރިންގެ ޕާކް ހަމަޖެއްސި ނަމަވެސް އެ ސަރަހައްދު އޮތީ އެފަދަ ކަމަކަށް ބޭނުންކުރެވޭ ހާލަތެއްގައި ނޫން ކަމަށް ކްރޫޒް ލައިނާތަކުގެ އެޖެންޓުން މިއަދު ބުނެފި އެވެ.

ރަސްމީ ފާލަން ހިމެނޭ ސަރަހައްދުގެ ބަދަލުގައި މަސްވެރިންގެ ޕާކާއި މަސްވެރިން ޕާކްގެ ހުޅަނގުން އޮންނަ ފަޅު ބޭނުންކުރުމުގެ ހުއްދަ ދިން އިރު އެ ހިސާބުގައި މިހާރު ވެސް ރިސޯޓްތަކުގެ އުޅަނދުފަހަރު އަޅާފައި ހުރެ އެވެ. އެހެންކަމުން އެ އެއްޗެހި އެތަނުން ދުރުކޮށް ޖާގަ ހެދުމަކީ އުނދަގޫ ކަމެއް ކަމަށް ބެލެވެ އެވެ.

އޭގެ އިތުރުން އެޖެންޓުން ބުނާ ގޮތުގައި މަސްވެރިން ޕާކް މިހާރު ހާއްސަކޮށްފައި އޮތީ ޕާކިން ޒޯނަކަށް ކަމަށް ވާތީ އެތަން ވެސް މިވަގުތު އެފަދަ ކަމަކަށް އެކަށީގެންނެއް ނުވެ އެވެ.

މަސްވެރިން ޕާކްގެ ޕާކިން ޒޯން-- އެސަރަހައްދު ހުސްކޮށްދިނުމަށް ކްރޫޒް ލައިނާތަކުން އެދޭ-- ފޮޓޯ: ނިޝާން އަލީ/މިހާރު

މިއަދު އައި ކްރޫޒް ލައިނާއިން އައި ޓޫރިސްޓުން ބޭލޭނެ ގޮތެއް ނެތިގެން އަނބުރާ ޖެހުނީ ފޮނުވާލާށެވެ. އެ ހިސާބު ފަޅުތެރޭގައި ގިނަ އަދަދެއްގެ ދޯނިފަހަރާއި ލޯންޗްފަހަރު އަޅާފައި އޮތުމުން ކައިރިކުރެވޭ ގޮތް ނުވީ އެވެ. އަދި ޕާކިން ޒޯނެއް ކަމުން ކްރޫޒް ލައިނާގެ ސެކިއުރިޓީ ޕޯސްޓްތައް ބެހެއްޓޭނެ ގޮތެއް ވެސް ނޭރުނުވި އެވެ.

Cruise liner thakuge meehun arai feybumah massveringe park

Cruise liner thakuge meehun arai feybumah massveringe park

The most trusted news source in the Maldives

Mihaaru

ކްރޫޒް ލައިނާތަކަށް މަސްވެރިންގެ ޕާކް ދިނުން--

ކްރޫޒް ލައިނާތަކުގެ އެޖެންޓެއް ކަމަށްވާ އެލަޔަންސް މެނޭޖްމަންޓް ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޖަލީލް ވިދާޅުވީ އެ ސަރަހައްދަށް ޓޫރިސްޓުން ބޭލޭނީ އެ މީހުން އުފުލާ އުޅަނދުފަހަރަށް ކައިރިކުރެވޭނެ ގޮތް ހަދައިދިނުމާއި، ޕާކިން ޒޯނުގެ ވަކި ހިސާބެއް ވެސް ހުސްކޮށްދީގެން ކަމަށެވެ.

"އިއްޔެ [ހައުސިން މިނިސްޓަރީގެ] މީޓިންގައި އެއްބަސްވި އެތަންތަން ހުސްކޮށްދޭން. އެކަން ކޮށްދީގެން ޓޫރިސްޓުންނަށް ސެކިއުރިޓީ ދީގެން މާލެ ގެނެސް ގެންގޮސް ހެދޭނީ،" ޖަލީލް ވިދާޅުވި އެވެ.

ކްރޫޒް ލައިނާތައް އަންނަ ދުވަސްވަރު ޕާކިން ޒޯނުން ހުސްކުރަން ޖެހެނީ، އެޖެންޓުން ބުނާ ގޮތުގައި، މަސްވެރިންގެ ޕާކްގެ ހުޅަނގު ފަރާތު އެއްގަމު ތޮއްޓާ ޖެހިގެން އޮންނަ ސަރަހައްދެވެ.

ރިސޯޓް ލޯންޗެއްގެ ކެޕްޓަނަކު ބުނީ އެ ހިސާބު ފަޅުތެރެއިން އުޅަނދުފަހަރު ނެރެން ހައުސިން މިނިސްޓްރީން މަސައްކަތްކުރާ ކަމަށެވެ. ނަމަވެސް އެއީ ރިސޯޓްތަކުން މާލެއަށް ކުރާ ދަތުރުތައް ހުއްޓުމަކަށް އަތުވެދާނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.

މަސްވެރިން ޕާކްގެ ހުޅަނގުން އޮންނަ ފަޅުތެރޭގައި ދޯނިފަހަރު އަޅާފައި -- ފޮޓޯ ނިޝާން އަލީ/މިހާރު

"މިތަނުން ދާން އެންގީމާ ދެން ކޮން ތާކަށް ދާނީ؟ އެއް ނަމްބަރަކަށް ވަދެވެނީއެއް ނޫން. އެކޮޅު [މީރުބަހުރު ބަނދަރު] މަސް ދޯންޏަކަށް ވެސް ވަދެވެނިއްޔެއް ނޫން،" އެ ކެޕްޓަން ބުންޏެވެ.

މަސްވެރިންގެ ޕާކްގައި ޕާކިން ޒޯނެއް ހެދީ ހުޅުލެ އަށް ދާ މީހުންނާއި އެ ހިސާބުގެ އެކި އޮފީސްތަކުން ހިދުމަތް ހޯދާ މީހުންގެ ސައިކަލް ޕާކްކުރާށެވެ. އޭގެ ސަބަބުން އެ ސަރަހައްދުގެ ޕާކިން މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ވެސް ވަނީ އައިސްފަ އެވެ.

މަހެއްގެ މައްޗަށް ހަތަރުވަރަކަށް ކްރޫޒް ލައިނާ މާލޭ ބަނދަރަށް އާދެ އެވެ. އަދި އެ ބޯޓުފަހަރުގެ ގިނަ އަދަދެއްގެ ޓޫރިސްޓުން މާލެ ފައިބަ އެވެ. ކްރޫޒް ލައިނާތަކުން ކުރިން ބޭނުންކުރަމުން އައީ ރަސްމީ ފާލަން ހިމެނޭ ސަރަހައްދެވެ.

8 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 3%
icon angry icon angry 91%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮދީ

25 January 2018

ކީއްވެބާ ހުޅުމާލެއަށް ނުގެންދަނީ.

The name is already taken The name is available. Register?

ހޮޓްކިންގ

25 January 2018

ރާއްޖެއަކީ ރާއްޖޭގެ މެހްމާނުންނަށް ކަމޭހިތާ، ސުލްޙަވެރި، މެހުމާންދާރީ އަދާކުރާ ގައުމެއްކަމަށް ރޭވެސް ރައިސް ޔާމީން ވާހަކަ ދެއްކެވީތީ އަހަރެން ލަދުގަންނަން. އާރައްޖެ އަންނަ ކުރޫޒް ލައިނާތަކުގެ ފަތުރުވެރިން މާލެއެރޭނެ ގޮތް ބަންދުކުރުމަށް ފަހު ދެން ކޮން ވާހަކައެއް އެދައްކަނީ؟ އެއްވެސް އިންތިޒާމެއް ނެތި ހުރިހާކަމެއް ބޮއްސުން ލައިގެން ދާންފަށައިފިތަން މިފެންނަނީ.

The name is already taken The name is available. Register?

ތެންކްޔޫ

24 January 2018

ސުކުރިއްޔާ ސަރުކާރު ޓޫރިޒަމަށް ތިޔަދެއްވާ އަހްމިޔަތައްޓަކާ. ށުކުރިއްޔާ އެމްއެންޑީއެފް

The name is already taken The name is available. Register?

ޒަކީ

24 January 2018

ކުދިންނޭ ހާސްނުވޭ..ތިޔަކަމައްވެސް ހައްލު ގެންނާނީ މިސަރުކާރުން.. ވަރައް އަވަހައް ތިޔަކަމައް ހައްލެއް ލިބޭނެ. ރިސޯޓް ތަކުން މީހުން ބާލަން މާލެ ދިއުމުގެ ބަދަލްގަ ހުޅުމާލެ އައް ބާލަންވީނު..އޭރުން އެމްޓީސީސީ އައް ފެރީތަކުން ލިބޭ ލާރި ގިނަވާނެ. ތިޔަ ކުރޫޒު ލައިން ތަކުންވެސް ހުޅުމާލެ އައް ބޭލޭނެ..

The name is already taken The name is available. Register?

1234

24 January 2018

ޖެއްސުމުގެ އައްޕަ

The name is already taken The name is available. Register?

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

24 January 2018

ރާއްޖެއަކީ މާލެ ކަމުން ފައިސާފޮއްޗެއް މާލެއިން ބޭރަށްގޮސްފާނެތީ ކުނިގޮނޑު ކަނެއްގައި ކުޑައެއް ޖަހައިގެން ނަމަވެސް ރާއްޖޭގެ އެހެންތަނަކަށް ފަތުރުވެރިން ދިޔަނުދޭތި. ލާމް އަތޮޅާއި އައްޑޫ ސިޓީ ފަދަ ބިންބޮޑު ފެސެންޖަރ ލައިން ޓާމިނަލް ހެދެން އޮތް ތަންތަނާއި އަދި 200 ވަރަކަށް ރީތި ފަޅުރަށް އޮތް ހުވަދޫ އަތޮޅު އެކަހެރިކޮށް އެއްލާލާފައިވާ ފަދައިން ހއ އަތޮލުގައި ފަތުރުވެރި ކަމުގެ ހަރަކާތެއް ހިންގުމަށް މާލޭ ސަރުކާރު ބިރުގަންނަނީ އޭގެ ސަބަބުން ރާއްޖެއޭ މިކިޔާ “މާލޭގެ އިޤްތިސޯދަށް” ފައިސާ މަދުވެދާނެތީތޯ؟ ޔަޤީނަށް އިގޭއެއްޗަކީ ތިގޮތުގައި ތާއަބަދަށް ދެމިނުތިބެވޭނެކަން. ދިވެހިން ޤައުމުގައި ތިގޮތަށް ބާކީކޮށްލައިގެން ޒަމާންތަކެއްވަންދެން ތިބެވިއްޖެ. ރުހުމުގައި އިސްލާހު ނުކޮށްފިނަމަ “ ނުރުހުމުގައި ވިޔަސް” އިޖްތިމާއީ އަދާލަތު ޤާއިމް ކުރާން މިތިބީ މަަަސައްކަތަށް ނިކުމެ.

The name is already taken The name is available. Register?

ރަދީފް

24 January 2018

ރަންބިސް އަޅާ ކުކުޅު.

The name is already taken The name is available. Register?

އަލިހޮއްކޮ

24 January 2018

ތޮއްޖައްސާފަ ބަހައްޓާ އަދިވެސް ގްރޭޓް މާލެއަށް. ރަށްތައް ފަޅުކޮށްލާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454