23 ޖެނުއަރީ 2018 - 14:59
ރާއްޖެ އަންނަ ކްރޫޒް ލައިނާތަކުން މާލެ އަންނަން ބޭނުންވާ ޓޫރިސްޓުން މާލެ އަށް އަރައި ފޭބުމުގައި މަސްވެރިންގެ ޕާކް ސަރަހައްދު ބޭނުން ކުރުމަށް ހަމަޖައްސައިފި އެވެ.
ކްރޫޒް ލައިނާތަކުން އަންނަ މީހުން ލަފައި ފޭބުމަށް އިއްޒުންދީން ފާލަން (ރަސްމީ ފާލަން) ސަރަހައްދު ބޭނުންކުރުން ހުއްޓާލަން ހައުސިން މިނިސްޓްރީން ވަނީ ނިންމާފަ އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ގޮތަށް ނިންމާފައިވަނީ ރައީސް އޮފީހުގެ އެންގުމަކަށެވެ.
Cruise line thakah izudheen faalan dhookurun huttaalaifi
The most trusted news source in the Maldives
Mihaaru
ކްރޫޒް ލައިނާތަކަށް އިއްޒުއްދީން ފާލަން ނުދިނުން--
ހައުސިން މިނިސްޓްރީގެ ވެރިންނާ ބައްދަލު ކުރެއްވުމަށް ފަހު، ކްރޫޒް ލައިނާތަކުގެ އެޖެންޓެއް ކަމަށްވާ އެލަޔަންސް މެނޭޖްމަންޓް ސާވިސަސްގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ޖަލީލް ވިދާޅުވީ ކްރޫޒް ލައިނާތަކަށް ހާއްސަ ސެކިއުރިޓީ ޕޯސްޓްތައް މަސްވެރިންގެ ޕާކުގައި ހަދައި، އެ ޕާކްގެ ހުޅަނގުން އޮންނަ ފަޅުތެރެ ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
"މަސްވެރިންގެ ޕާކް ފަޅުތެރޭން ބޭރުތޮށި ކައިރީ އަޅާފައި ހުރި އުޅަނދުތައް ނަގައިދޭށާއި މަސްވެރިންގެ ޕާކް ތެރޭގައި ހުރި ވެހިކަލްތައް ނަގައިދޭން ވާނީ (ހައުސިން މިނިސްޓްރީގައި) އެދިފަ. އެ ބަދަލު ގެނެސްދޭނެ ކަމަށް ވިދާޅުވި،" ޖަލީލް ވިދާޅުވި އެވެ.
މާދަމާ ކްރޫޒް ލައިނާއެއް މާލޭގައި ބަނދަރުކުރާ އިރު މާދަމާ އިން ފެށިގެން ބޭނުންކުރާނީ މަސްވެރިންގެ ޕާކް ސަރަހައްދު ކަމަށް ޖަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަސްމީ ފާލަން ސަރަހައްދަށްވުރެ މަސްވެރިންގެ ޕާކް އުނދަގޫވި ނަމަވެސް އެ ސަރަހައްދު ލިބުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ކްރޫޒް ލައިނާތަކުން އަންނަ މީހުންނަށް ފަސޭހަ އިން މާލެ އަށް އަރައި ފޭބޭނެ އިންތިޒާމެއް ނެތުމުން އެ ފަދަ އުޅަނދުތަކުގެ ދަތުރުތައް ރާއްޖެ އަށް ހުއްޓާލަފާނެ ކަމުގެ ބިރު ވެސް ހީވި ކަމަށް އޭނާ ވިދާޅުވި އެވެ.
Izzuddheen faalan beynun nukurevey nama Cruise linethakuge dhathuruthah hutidhaane kamuge biru eba oi: Maya
The most trusted news source in the Maldives
Mihaaru
ކްރޫޒް ލައިނާގެ ދަތުރުތައް ހުއްޓިދާނެ ކަމުގެ ބިރުހީވުން--
"ދެން މިކަން މެދުނުކެނޑި ކުރެވޭނެ. މަސްވެރިންގެ ޕާކަކީ ވެސް ރަނގަޅު ހިސާބެއް،" ޖަލީލް ވިދާޅުވި އެވެ.
ޓޫރިސްޓުން މާލެ އަށް ފޭބުމުގައި ސަލާމަތީ ގޮތުން ވަރަށް ގިނަ ކަންކަމަށް ބަލަން ޖެހޭ އިރު އެ ކަންކަން ކުރެވެން އޮތީ ޖާގަ އޮތް ސަރަހައްދެއްގައި ކަމަށް ޖަލީލް ވިދާޅުވި އެވެ.
ކްރޫޒް ލައިނާތަކުން ގިނަ އަދަދެއްގެ ޓޫރިސްޓުން މާލެ ފައިބައި ވިޔަފާރިކުރެ އެވެ. އަންނަ ބުދަ ދުވަހާއި ހުކުރު ދުވަހު ވެސް ދެ ކްރޫޒް ލައިނާ މާލެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލިއު
24 January 2018
މާލޭގެ ގިނަ ޕާކްތައް މިހާރުވަނީ ޕާކިންލޮޓްތަކަށް ވެފަ. މަށަށް ހަމަ ރަނގަޅު އެތާހުރި ވެހިކަލްތައް ހުސްކުރީމަ.
ޅިޔަންބެ
24 January 2018
ވަރައް ދުވަސްވެއްޖެ މަސްވެރިންގެ ޕާކާ ނުކުޅެ އެތަން ފުނޑާނުލާ އޮންނަތާ.. އެންމެފަހުން އެތަންވެސް ފުނޑާލަނީ. ސާބަހޭ ޔަމީނޫ. ތީ ތިމާވެޓީގެ އައްޕަ އާއި ސިމެންތި، ޕްލާސްޓިކުގެ އައްޕަ.
ދާގީނާ
24 January 2018
ތިތާ މިހާރު އޮންނަނީ ވަރަށްގިން މީހުން ބޭނުންކުރާ ވ މުހިންމު ޕާކިންޒޯނެއް. އެތަން ނަގައިފިނަމަ ޓްރެފިކްގެ މައްސަލަ ބޮޑު ތިހިސާބު ބޮއްސުންލައިގެން ތިޔުން ކައިރި. އަނެކޮޅުން ނަސަންދުރާ އެނިމެނީ، ކުރިން އިންޑިޔާ ބޭންކް ހުރިތާވެސް ބޮޑު އިމާރާތެއް އެނިމެނީ، ތިތަނުގެ ޓްރެފިކް ހައްތަހާ ވާނީ ބޮޑު. ތިތާ ފުރަގަހުގައި އޮއޮތީ މަޖީދިއްޔާ، އެސަރަހައްދުގެ އިތުރަށް ގޯސްވެގެން ދާނީ ތި ޕާކިންޒޯން ނެގީމަ.
ޙުސެން
23 January 2018
މަސްވެރިންނަށްއޮތް ޕާކުވެސް ދަމައިގަތީދޯ.
މެންޓަލިސްޓް
23 January 2018
މަސްވެރިންގެ ޕާކްމިހާރު އޮންނަނީ ސައިކަލް ޕާކިންގް ގަރާޖްއަކަށް ބަދަލުވެފައި ،،،، އެތަން ކުލީންކޮށް ރީތިކޮށް ހަދައިގެން ތިޔަކަންކުރަންވާނީ ،،،،، އޭރުން ގެސްޓުން އައިސް ފައިބާއިރު ރަގަޅު އިމްޕްރެޝަންއެއް ދެވޭނީ ،،،، އެހެންނޫނީ އެމީޙުން އަންނަހިތެއްނުވާނެ ،،،، މައައްސަލާމާ
މަސްވެރިޔާ
23 January 2018
ޢެއާޕޯޓުގަ މަސައްކަތްކުރާ އެތައް ބައެއްގެ ސައިކަލް ޕާކު ކުރާ ބޮޑު ޕާކިން ޒޯނެއް މި ނަގަނީ. ސްޓިކާއިން ވެސް ލާރި، ގެސްޓުން އަތުންވެސް ލާރި. ރައީސް އޭ ކިޔާ އެންމެ މީހެއްގެ ހައްގުގައި އެތައްބަޔަކަށް ތަކުލީފު
ހުއްޓާލާ
23 January 2018
އިމަރޖެންސީ ޙާލަތުގަ އަދި ބަރު އެއްޗެތި އުފުލަން ނޫނީ ދެން އާއްމުކޮށް ވެހިކަލުގަ އުޅޭވަރަށްވުރެ ކުޑަ ރަށެއްމީ. އޭރުން ޕާރކްކުރާނެތަން ހޯދާކަށް ނުޖެހޭނެ. މާޙައުލު އަމާންވެފަ ވައިސާފުވެފަ ޞިއްޙީގޮތުންވެސް ރަނގަޅުވާނެ
ސާމިލް
23 January 2018
މަމެން ހުޅުލެއަށް ފުރާތަން ތީ. މަމެންވެސް ދަތުރު ހުއްޓާލަ ފާނަން. އޭރުން އެގެއްލުނީ ގިނަ މައެއްގެ ވަޒީފާ.
ހާސަރު
23 January 2018
އެތާ ޕާރކް ކުރާ އެންމެންގެ ސައިކަލްތައް ދެން ކޮންތާކު ޕާރކް ކުރާނީ!؟ އަނެއްކާވެސް ރައްޔިތު މީހާ ޕާރކް ކޮށްލާނެ ތަންކޮޅެއް ނެތިގެން ތެޅިބާލަންވީދޯ!؟ ބަލަ ކީއްތަ ވާނީ ކޯސްޓް ގާޑުތަކާ ރައީސްގެ އުޅަދުތަށް ނަގާ އެހިސާބުން ކޮންމެސް ގޮތެއްހެދިއްޔާ އަޅެކީއްތަވާނީ
ހިނގާމީހަ
23 January 2018
ސައިކަލް ގޭގައި ޕާކުކޮށްފައި މާލޭގައި ހިނގާފަ ނުދެވޭ ހިސާބެއް ނޯންނާނެ. ސައިކަލް މަދުކުރާކަށް ނުވޭތަ؟
ެެައަޔަންމޭން
23 January 2018
ޖަލީލޫ،،، ކުރިން ރާއްޖޭގެ ގިނަ މީހުން ފާހާނާކޮށް އުޅުނީ ގިފިލި ކިޔާ ތަންތާނގަ. ފަހުން ފާހާނާ ހަދާ ހިޔާކޮށް ފާހާނާކޮށް އުޅުނީ އެތަނަށް.. ޖަލީލޫ އަދިވެސް ގިފިއްޔަށްތޯ؟؟؟؟
ވަސްމީރު
23 January 2018
މަސްވެރިންގެ ޕާކް ސަރުކާރުން ތަރައްޤީ ކުރާނެ ކަމުގެ ޔަގީންކަން ތިޔަ ދެއްވީ.
ކުރު
24 January 2018
ޔަޤީން 2018 ރައީސް ޔާމީނު ހޮވާނަން އިންޝާ ﷲ