މިއަދު ބޭއްވި ހއ. ފިއްލަދޫގެ ބައި އިލެކްޝަންގެ ވޯޓު ގުނުން ކުރިއަށް ދަނީ. -- އިލެކްޝަންސް ކޮމިޝަން
13 އެޕްރީލް 2019 - 19:30
ހއ. ފިއްލަދޫ ކައުންސިލުން ހުސްވެފައިވާ ދެ ގޮނޑި އަށް ކައުންސިލަރުން އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފި އެވެ.
ފިއްލަދޫ ކައުންސިލްގެ ބައި އިލެކްޝަން ބޭއްވީ އެ ކައުންސިލްގައި ހިމެނޭ ތިން ކައުންސިލަރުންގެ ތެރެއިން ދެ ކައުންސިލަރުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޖައުފަރާއި ކައުންސިލަރު މުހައްމަދު ނާފިއު އެވެ.
މާލެ އާއި ފިއްލަދޫގައި ބޭއްވި ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ރިޔާޒަށް 352 ވޯޓު ލިބިވަޑައިގެންނެވި އިރު، ދެން ވާދަކުރެއްވި އެ ޕާޓީގެ އަނެއް ކެންޑިޑޭޓު މުހައްމަދު ޝިޔާދަށް ލިބިވަޑައިގަތީ 289 ވޯޓެވެ. ދެ ކެންޑިޑޭޓުންނާ ވާދަކުރެއްވި އިދިކޮޅު ޕީޕީއެމްގެ މުހައްމަދު މޫސާ އަށް 283 ވޯޓު އަދި މަރިޔަމް ޒޫނާ އަށް 184 ވޯޓު ލިބިވަޑައިގަތެވެ.
އާބާދީގައި 1،118 މީހުން ހިމެނޭ ފިއްލަދޫގެ ބައި އިލެކްޝަންގައި 783 މީހުންނަށް ވޯޓުލެވެ އެވެ. އެކަމަކު، ވޯޓުލާފައި ވަނީ 575 މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބާއައިސަާ
14 April 2019
ފިއްލަދޫއަކީ އަބަދުވެސް އެމ.ޑީ.ޕީ ރަށެއް މިފަހަރު ޢަލީ އާރިފް ކަޓުވާލީ ހަޤީޤަތުގައި ފިއްލަދޫ އެމް.ޑީ.ޕީ ފަހަުލަވާނުން ނުކުމެ، އެހެންވީމާ ކައުންސިލްވެސް ލިބޭނެކަން ކުރިންވެސް އޮތީ ޔަޤީންވެފަ މިއީ ޗަޑީމެންނަށް ވަރަށް ދެރަ ދުވަސްކޮޅެއް...
ޏާއްޕެ
14 April 2019
މީގަ ގިނަވޯޓު ލިބުނީ ކޮންބަޔަކައްބާ. ޢަހަރެން ކަހަލަ ނުކިޔަވާ ތިބޭ މީހުންނަ ނޭންގޭ ޕޕއެމް ކުދިން ހަދާހެނެއް ހިސާބު ޖަހާކަ. ހިސާބުޖަހާދީފަ އަގުލިބިއްޔަތު އޮއި ކޮޅެއް ބުނެލަދީބަލަ. ދެކޮޅައްތޯ އެކޮޅުކޮޅުންތޯ ބެނެލަދީބަލަ
ސުމް
14 April 2019
ހިސާބު ޖަހަން ނޭގޭ ބަޔަކު ނުތިބޭނެ. އަބަދުވެސް މޮޅު ވާނީ ރައްޔިތުންގެ . ވަރަށް ސަލާމް
ޙުސޭން
13 April 2019
ވަރަށް ފުރިހަމަ ކާމިޔާބީއެއް. މަރުހަބާ އެމްޑީޕީ ފިއްލަދޫ ރައްޔިތުން.
ސެންސްލެސް ބްރެއިން
13 April 2019
ޕީޕީއެމަކު ނެތޭ ޕާޓީ ދެކެ ލޯބިން އުޅޭ މީހަކު. ފައިސާ އާއި ނުފޫޒާއި މަޤާމާއި ހެދި އުޅޭ ބަޔަކު އުޅޭ ޕާޓީއެއް ޕީޕީއެމަކީ
އަޒް
13 April 2019
މަހީކުރީ ފިއްލަދޫ ކައުންސިލަށް ހައްޖަ ކުރިމަތިލާނެ ކަމަށް. ގާބިލް ކަނބަލެއް.
ކަރީމުއްދީން ބާޝާ
13 April 2019
މުޅި ރާއްޖެވެސް އެމްޑީޕީއަށް ދެމާހިނގާ.
ޙަމް
13 April 2019
ދެން ތަނެއްގަ ބަށްޓެއް ކުޅުނަސް މާލޫދެއް ކިޔަސް މޮޅުވާނީ އެމްޑީޕީ. 7 އަހަރު އޮޕޮޒިށަންގަ ކެއްްކޮށްލައިގެން ތިބެން ކެރުމީ މިއަދު މި ކާމިޔާބީ ހައްޤު ވާ ކަމެއް. 5 އަހަރު ހުރިހާ ބާރަކާ އެކު ވެރިކަން ކުރިޕާޓީ ވެރިކަން ބީވިތާ 5 މަސްނުވެ ވުޖޫދުން ގެއްލިދާނެ ބިރު ހީވެފަ އެއޮތީ. ސަބަބަކީ އިހުލާސްތެރިން ނެތިން.