ޚަބަރު / އަލިފާނުގެ ހާދިސާ

ހުޅުމާލޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް، ނިއްވާނުލެވި އެތައް އިރެއް!

ހުޅުމާލޭގައި ރޯވި އަލިފާންގަނޑު. އަދިވެސް ނިއްވާލެވިފައި ނުވޭ.

ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައި އަލަށް ހަދާފައިވާ ލޯކަލް މާރުކޭޓް ކުރިމަތީގައި އޮންނަ ހުސް ބިމުގައި ރޯވި އަލިފާންގަނޑު ނިއްވާނުލެވި ހަތް ގަޑިއިރަށް ވުރެ ގިނަ އިރުވެއްޖެ އެވެ.

އެ ބިމުގައި ބޯކޮށް ހެދިފައިވާ ވިނަގަނޑާއި ގަސްތަކުގައި ރޯވީ މިއަދު މެންދުރު ފަހު 1:30 ހާއިރެވެ. އަލިފާންގަނޑު މިހާރު ކޮންޓްރޯލްވެފައި ވިޔަސް އަދިވެސް މުޅިން ނިއްވައެއް ނުލެވެ އެވެ. ވިނަތަކުގައި ހުޅު އަދިވެސް ރޯވެ އަނދަމުން އެބަދެ އެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުންނާއި އެއާޕޯޓުގައި އުޅޭ ފަޔަ އެންޑް ރެސްކިއު ޓީމުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އަލިފާން ރޯވި ސަރަހައްދަކީ ހުޅުމާލޭގައި މިހާރު އެންމެ ބޮޑަށް ގަސް ހެދިފައި އޮންނަ ދިމާލެވެ. އެތަނުގައި ރޯވީ ކީއްވެގެން ކަމެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެ އެވެ.

އެތަނުގައި ރޯވުމާ އެކު، ލޯކަލް މާރުކޭޓު ކައިރީގައި ހަދާފައިވާ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ ޕެޓްރޯލް ޝެޑް ވަނީ ބަންދުކޮށްފަ އެވެ. އަދި ފުލުހުން ވަނީ ބަގީޗާ މަގުގެ ބޮޑު ބަޔަކާއި ފިތުރޯނު މަގުގެ ބޮޑު ބައެއް ވެސް އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ.

މަގުތައް ބަންދުކޮށްގެން ފުލުހުން އަދިވެސް ފޯރިމަރަމުން ދާއިރު، އަލިފާން ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފާއި އެއާޕޯޓުގެ ފަޔަ ލޮރީތައް ދަނީ ބޭނުން ކުރަމުންނެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ދުމުގެ އަސަރު ކުރަމުން އަންނަ އެއް ބަޔަކީ އަމީން އެވެނިއުގެ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ މީހުންނެވެ. ބައެއް މީހުން ބުނީ ބޮޑު ހިސާބުގަނޑަކަށް ދުންތައް ފެތުރިފައިވާތީ ބޭރަށް ނުކުމެ ހަދަން ވެސް އުނދަގޫތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

"ކުޑަ ދޮރުތަކާ އެއްޗެހި ލައްޕައިގެން މިތިބީ. ދުމުގެ އަސަރު ވަރަށް ބޮޑަށް އެބަހުރި. ބޭރަށް ނުކުމެ، ވިޔަފާރިކޮށްލަން ވެސް މިރޭ ވަރަށް އުނދަގޫ،" އަމީން އެވެނިއުގެ އެޕާޓްމަންޓެއްގައި ދިރިއުޅެމުން އަންނަ ފާތުމަތު ރިޝްމާ، 26 "މިހާރު" އާ ވާހަކަ ދައްކަމުން ބުންޏެވެ.

އެހެން މީހަކު ބުނި ގޮތުގައި، ދުންގަނޑު އެންމެ ބޮޑަށް ފެތުރުނީ ހަވީރު ވަގުތުގަ އެވެ. އެކަމަކު، މިހާރު ދުންގަނޑު ކުރިއަށް ވުރެ މަދު ކަމަށް ވެސް އެ މީހާ ބުންޏެވެ.

މިއީ، ހުޅުމާލޭގައި މި ފަހުން، ހިނގި އެންމެ ބޮޑު އެއް އަލިފާނުގެ ހާދިސާ އެވެ.

ހުޅުމާލޭގައި ހަދާފައިވާ ރޯހައުސްތަކެއްގައި އޮގަސްޓް 31، 2014 ގައި އަލިފާން ރޯވެ، ބައެއް ރޯހައުސްތަކުގެ ބޮޑު ބައެއް އެނދި އެވެ. ހުކުރު ދުވަހެއްގެ، ހުކުރު ގަޑީގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި މަށި އެކެއް، ދޭއް، ތިނެއް، ހަތަރެއްގައި އަލިފާން ރޯވެ ގެއްލުންވި އިރު، މަށި ފަހެއް އަދި ހައެކަށް އަލިފާނުގެ އަސަރު ކުރި އެވެ. މި ރޯހައުސްތަކުގައި ދިރިއުޅެމުން ދިޔައީ އެކިއެކި އާއިލާތަކުގެ މީހުންނެވެ.

14 ކޮމެންޓް, 63 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 75%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Yoosuf

16 April 2019

ކޮބާ ހެޔޮވެރިކަން ކަމައް ނާގާބިލް މީހުން ލީމާ ވާނީ ތިހެން.

The name is already taken The name is available. Register?

ރަންނަ

15 April 2019

އެންމެފަހުން ފެންބޮޑުވިފަހަރު ފެރީ ޓާމިނަލްކައިރި، މޫދާ ފަސްފޫޓު ދުރުގަ ފެންބޮޑުވެފަ އެެއްދުވަސް ވަންދެން. މޫދަށް ފެންބޭރުކޮއްލެވޭނެ ވިސްނުމެއްހުރި ހަމަ އެކަކުވެސް ޒިންމާ އުފުލަން ތިބިތާކު ނެތް. ގްރެވިޓީގެ ބާރުގަ ހޮޅިޔަކުން ހަމަބިމައްވުރެ ތިރިތަނަކަށް ފެން ގެންދެވިދާނެކަން ދަންނަ މީހަކު ހުރިނަމަހީ އެކަން ފަސޭހަވީސް

The name is already taken The name is available. Register?

ރަންނަ

15 April 2019

ވާރޭވެހި ފެންޑުވެއްޖިއްޔާ ފެންހިއްކޭނެ ގޮތެއްނުވޭ. އަލިފާން ރޯވެއްޖިޔާ ނިއްވާލެވޭނެ ގޮތެއް ނުވޭ. މީ ރާއްޖޭގެ ސަލާމަތީބާރުތަކުގެ ފެންވަރު. ރާއްޖޭގެ ރައްތަކަކީ ކުދިކިދި ރައްތަކެއްގިތުގައި ލެއްވީތީ ހަމްދުކުރަން.

The name is already taken The name is available. Register?

ސަރަންފީ

15 April 2019

ހޫނު ގަދަވުމުގެ ސަބަބުން ހިގި ކަމެއް ކަމަށްވެސް ވެދާނެ.

The name is already taken The name is available. Register?

ޑީޑި

15 April 2019

ބުދަދުވަހު ވާރޭ ވެހޭނެކަމައްވަނީ. ތިކަމުގަ ހައްލު އެއޮތީ.

The name is already taken The name is available. Register?

ޞަނީ

15 April 2019

ފަޔާފައިޓާރސް ކަޑާ އީ ހަމަ

The name is already taken The name is available. Register?

ބޭބެ

15 April 2019

މިދުވަސްކޮޅު ވަމުންދާ ގަދަ ހޫނުގެ ސަބަބުން ރޯވުން އެކަށީގެންވޭ.

The name is already taken The name is available. Register?

ފާނު

15 April 2019

ބަޔަކު ރޯކޮށްލީމަ ފެތުރުން އެކަށީގެންވޭ...

The name is already taken The name is available. Register?

ޢޭނާ

15 April 2019

އަލިފާން ރޯވެފައި ހުރިތަން ފެނުނުން الله أكبر ހަރުއަޑުން އެންމެން ކިޔާށެވެ. އަލިފާންގަނޑު އަވަހަށް ނިވިދާނެއެވެ. މަ ...... ﷲ ކޯފާލެއްވި މީހުންގެ ތެރެއިން ަ އަޅަމެން ނުލައްވާށި

The name is already taken The name is available. Register?

ބޭރި-

15 April 2019

ފުލުހުންނާ ސިފައިން ފެންޖެހުން ހުއްޓާލާފައި ގެއަށް ފޮނުވާލަންވީދޯ؟

The name is already taken The name is available. Register?

ސަލީމު އިދުރީސް

16 April 2019

އެހެންވިއާ އެޔާފޯޓުފަދަ ތަންތަނައް އެތަން މިލިޔަން ޑޮލަރު ހަރަދުކޮއްގެން އަލިފާންނިވާ އެއްޗެތި ގެނެއުމަކީ ބޭކާރު ހަރަދެއްތާ! ތިފަސޭހައިން ވާކަމެކަން ތިކޮމެޓައް ލިބިފަހުރި ލައިތަކައް ބެލީމަ އެނގިއްޖެ

The name is already taken The name is available. Register?

އާރީ

15 April 2019

ހުޅުމާލޭގައި އަލިފާން ނިންވާނެ ރަގަޅު ނިޒާމެއް ނެތުމަކީ ހިތާމަ ހުރިކަމެއް. ދުރުރާސްތާ ފުލޭންހަދާގެން ކީއްތަ މި ކުރަނި

The name is already taken The name is available. Register?

ބިލް

15 April 2019

ކޮބައި ވަށައިގެން ކަނޑު ނިއްވައި ނުލެވި ކުޑަ ރަށެއްގަ ކިލޯ މީޓަރެއްގަ ކުޑަވއަލިފާން ކޮޅެއް ކީއްވެ ދާއިމީ ކޮށް މޫދުން ހޮޅި ނޭޅެންވީ

The name is already taken The name is available. Register?

ގޭޓް

16 April 2019

އޭރުން ފެންކުންފުންނަށް ފައިދާއެއް ނުވާނެއެއްނު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454