އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ނޫސްވެެރިންނާ ވާހަކަ ދައްކަވަނީ. މިހާރު/ފޮޓޯ: ނިޝާން އަލީ
17 އެޕްރީލް 2019 - 15:23
އިންތިޚާބެއްގެ އިންސާފުވެރިކަން ބިނާވަނީ އެ އިންތިޚާބެއް ކާމިޔާބުވުމާއި ނުވުމުގެ މައްޗަށް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީ އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާ މެދު އެ ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ. މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އެ އިންތިޚާބަށް ނާޖާއިޒު ނުފޯޒުތަކެއް ފޯރައި، މިނިވަންކަމާ އެކު ކެމްޕޭން ކުރުމުގެ ފުރުސަތު ހަނިކުރި ކަމަށް ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.
އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހް ވެސް ވިދާޅުވެފައި ވަނީ މަޖިލިސް އިންތިޚާބަކީ ވަރަށް ބޭއިންސާފު، ތާކުންތާކު ނުޖެހޭ އިންތިޚާބެއް ކަމަށެވެ.
"އިންތިޚާބުގެ ކެމްޕޭނަށް 30 ދުވަސް ކޮމިޝަނުން ހުޅުވާލުމުން ވެސް އެއްވެސް ފަރާތަކުން ނެތް ޝަކުވާ ހުށަހަޅާފައި އިންސާފުން ބޭރުން ކަމެއް ދިޔަ ކަމެއް ނުވަތަ ކެމްޕޭން ކުރަން ހުރަސްއެޅި ކަމެއް،" ޝަރީފް
ފަލާހުގެ ވާހަކަތަކާ ގުޅިގެން ޝަރީފް ވިދާޅުވި ގޮތުގައި މިދިޔަ މަޖިލިސް އިންތިޚާބަކީ ވަރަށް މިނިވަން، އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިޚާބެއް ކަމަށެވެ. އެ އިންތިޚާބާ މެދު ސުވާލު އުފެދޭ ފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އިންތިޚާބުގެ އެއްވެސް ކަމެއްގައި، އޭނާ ވިދާޅުވި ގޮތުގައި، ގާނޫނީ އިމުން ބޭރުގައި އެ ކޮމިޝަނުން އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ އެވެ. އިންތިޚާބު ބޭއިންސާފު ކަމަށް މިހާރު ތުހުމަތުކުރިއަސް އިންތިޚާބުގެ ތެރޭގައި އަދި އޭގެ ފަހުން ވެސް ކޮމިޝަނަށް އޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންތިޚާބުގެ ކެމްޕޭނަށް 30 ދުވަސް ކޮމިޝަނުން ހުޅުވާލުމުން ވެސް އެއްވެސް ފަރާތަކުން ނެތް ޝަކުވާ ހުށަހަޅާފައި އިންސާފުން ބޭރުން ކަމެއް ދިޔަ ކަމެއް ނުވަތަ ކެމްޕޭން ކުރަން ހުރަސްއެޅި ކަމެއް،" ޝަރީފް ވިދާޅުވި އެވެ.
އިންތިޚާބާ ގުޅިގެން ބައެއް ވޯޓު ފޮށިތައް ގުނަން ހުށަހެޅުމުން އެކަމާ އިލެކްޝަންސް ކޮމިޝަނުން ދެކޮޅު ހަދާފައިވާ ކަމަށް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ވޯޓު ފޮށިތައް ކަނޑައިގެން އަލުން ގުނުމަކީ އެ ކޮމިޝަނުން ދެކޭ ގޮތުގައި "ކުޅިވަރެއް ނޫނެ'ވެ. ކޮމިޝަނުން ގުނަން ނިންމީ، ހުށަހެޅި ޝަކުވާތަކަށް ބަލައި ނަތީޖާ އަށް ބަދަލު އަތުވެދާނެ ފަދަ ޝަކުވާތައް ހުށަހަޅާފައި ހުރި ފޮށިތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި އިންތިޚާބުގައި ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ ކޯލިޝަނުން 40 އަށް ވުރެ ގިނަ ދާއިރާތަކަށް ވާދަކުރި އެވެ. އެކަމަކު އެ ދެ ޕާޓީ އަށް ކާމިޔާބުވީ އެންމެ އަށް ގޮނޑި އެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާއި މި ފަހަރުފެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް ބަލިވީ ޕާޓީގެ ލީޑަޝިޕް ފޭލްވެގެން ކަމަށް އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އެކަމަކު ލީޑަޝިޕްގައި ތިއްބެވި ބައެއް ބޭފުޅުން އެކަން ގަބޫލެއް ނުކުރައްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސީނާ
18 April 2019
ޝަރީފުގެ ޕާޓީތޯ ކާމިޔާބުކުރީ؟
ހަސަން ނ
18 April 2019
ﷲއަށް ބިރުވެތިވޭ
އަސްލުވެސް!
18 April 2019
ހިތްގައިމު ހިނިތުންވުމެެއް
ވަރައްވާހަކަ
17 April 2019
މިނިވަންކޮމިޝަނަކައްދޯ މައްސަލައެއްވެސް ހުށަހެޅޭނީ ބަޔަކައްވިކިފަ ތިބިބަޔެއްގެކައިރިއައްގޮސް ކާކުމައްސަލައެއް ހުށަހަޅާނީ ތިދައްކާވާހަކައިންވެސް އެނގޭކަލޭމިންތިބިހާލު
ޢަހްމަދު
17 April 2019
ޜާއްޖޭގެ ތާރީޚްގައިވެސް ނެތް މިވަރު ކަނޑަ އިންތިހާބެއް ޝަރީފްބޭ ، ސަބަބު ބައިވަރު ، ސައްހަ 100 ވޯޓް އެއްފޮށިން ބާތިލް ކުރީމަ އެއްއީ މައްސަލައެއް ނޫންތޯ ! މިވެސް ރެކޯޑެއް
އަހްމަދު
17 April 2019
މައްސަލަ ހުށަހަޅަން ތިބިމީހުނަށް އިންތިޚާބު ކާމިޔާބުވީމާ ހުށަނޭޅީ. އެގޮތުން ތިޔަ އިންތިޚާބު މިނިވަންކަމަށްކިޔާބަޔަކު އެކިޔަނީ.
އައިސް
17 April 2019
2008 ގަ ކިތައް ފަހަރު އިންތިހާބު ބޭއްވިތޯ؟؟؟؟؟
ާއަލިބެ
17 April 2019
ތިހުރި ދިމާކުރުމުގެ ބަސްމަގު މާގިނަދުވަސްތަކެއްނުވެ އެހެން ގޮތަކަށް ބަދަލުވެދާނެ. މިވަގުތު މެދުއުޑުގައި ތަރިހުރީމަ ތިޔަ ރައްދުދެވެނީ. ތިމާއަށް ތިމާ މާބޮޑަށް ފެންނަގޮތްވުމަކީ ރަނގަޅުގޮތެއްނޫން އިނގޭތޯ.
އިންޑިއާރާއްޖެ
17 April 2019
ތީރަނގަޅު ވާހަކައެއް، މައްސަލައަކީ އީސީގެރައީސް ތިދެއްވާ ސިޔާސީރަށްދު، މިނިވަން ނަޒާހަތްތެރި މުއައްސަސާއެއްގެ ވެރިޔާގެ ބަސްމަގު ހުރިގޮތުން ގަބޫލުކުރެވެނީ ތީހަމަޒާތީ ފުރައްސާރަކުރުމެއްކަން. ޝަކުވާއެއް ހުށައެޅުމުގެ ބޭނުމެއް އޮންނާނީވެސް އެފަދަ މުއައްސަސާ އެއްކަން ގަބޫލުކުރެވޭފަދަ ތަނަކަށް ފުރަތަމަ އީސީ ވެގެން އަދިތަނުގެ ވެރިން ނުފޫޒުން މިނިވަންވެގެން. މީހާ ބްލެކްމެއިލް ވެފަހުރުމާއެކު މިފަސްއަހަރު ތިކަންނުބެލޭނެކަން އެއީ ހަމަޔަގީން ކަމެއް.
ރާއްޖެމީހާ
17 April 2019
ސޭޓް އެއޮތީ މިފަހަރުވެސް ރަނގަޅު ކުރިވަރެއް ފަށައިދީފަ! ތިޔައީ ހަމަ މަމެންގެ ރަންގޮނޑި ޝަރީފު. ސާބަސް. ތަ އަށް ތިކަންވެދާނެ