ޚަބަރު / ސިނަމާލެ ބްރިޖު

ބްރިޖް މަޝްރޫއު މަޑުޖެހިފައިވާ ކަމަށް ދެކެވޭ ހުރިހާ ވާހަކަތަކެއް މިނިސްޓަރު ދޮގުކުރައްވައިފި

ބްރިޖްގެ މަސައްކަތުގައި ސީސީސީސީގެ މުވައްޒަފުން ހަރަކާތްތެރިވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށް އާއްމުން ދައްކާ ހުރިހާ ވާހަކަތަކެއް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ދޮގުކުރައްވައިފި އެވެ.

ރާއްޖޭގައި މިހާރު ހިންގާ އެންމެ ބިޔަ މަޝްރޫއުގެ މަސައްކަތުގެ ސްޕީޑް ލަސްވެ، މައްސަލަތަކެއް އުޅޭ ކަމުގެ އަޑުތައް ފެތުރެމުންދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. މި ވާހަކަ އެންމެ ގަދައަށް ދައްކާ އެއް ބައަކީ، ބްރިޖްގެ މަސައްކަތް ހިނގާ ގޮތް ބަލަން ލޮނުޒިޔާރަތްކޮޅަށްދާ މީހުންނެވެ.

ބައެއް މީހުން ބުނާގޮތުގައި، ދެ ޝިފްޓަށް ބަހާލައިގެން ރޭގަނޑާ ދުވާލު ކުރަމުން އައި މަސައްކަތުގެ ސްޕީޑު މިހާރު ލަހެވެ. ބްރިޖްގެ މަސައްކަތް ކުރަން އަޅާފައި ހުރި ޕްލެޓްފޯމު މަތިން އުޅަނދުތައް ދަތުރުކުރުން މަދު ވުމާއި ބޮޑެތި ކްރޭންތައް ހަރަކާތްކުރާ މަންޒަރު ފެންނަލެއް މަދުވުމަކީ އެ މީހުން ސުވާލު އުފައްދާ ކަމެކެވެ.

ހުޅުލޭ ކޮޅުގައި ތަނބުތައް ޖެހި އަވަސް މިނުގައި މާލޭ ކޮޅުގައި ތަނބުތައް ޖަހަމުން ނުދެ އެވެ. މިހެންވެ ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތަށް ސެޕްޓެމްބަރު ނިމޭއިރު ތަނބުތައް ފެނުން މައްޗަށް ފެންނަން ހުންނާނެ ކަމަށް ބުނާ ވާހަކަ ބައެއް މީހުން ގަބޫލެއް ނުކުރެ އެވެ.

މިނިސްޓަރު މުއިއްޒު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހައުސިން މިނިސްޓްރީ

ހައުސިން މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މި ހުރިހާ ތުހުމަތެއް ދޮގުކުރައްވަމުން މިނިސްޓަރު ވިދާޅުވީ ބްރިޖްގައި މިހާރު ކުރާ މަސައްކަތް ލޮނުޒިޔާރަތްކޮޅުގައި ތިބެގެން ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ދެއްކެވީ، މިހާރު ބްރިޖް މަތީގައި ތިބެގެން ބްރިޖުން ބޭރަށް ނުފެންނަ ގޮތަށް ހުރި މަސައްކަތްތައް ކުރުމެވެ.

"ރެއާ ދުވާލު މަސައްކަތް ކުރިއަށް އެބަދޭ. އެއްގަމު ކޮޅުގައި ނުވަތަ ލޮނުޒިޔާރަތްކޮޅުގައި ތިބެގެން ބަލާއިރު މިހާރު ހިނގާ ގިނަ ކަންތައްތަކެއް ނުފެންނާނެ. ކުރީގައި ވިއްޔާ ވަރަށް ފަސޭހަ އިން ފެންނާނެ ޓްރެސަލް ބްރިޖް ހަދަމުން ދިޔަ ތަން. އެ ހަދާ ނިމުނީމަ ދެން އެ މަސައްކަތެއް ނުފެންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކަނޑުއަޑި އަށް ހަ ހޮޅި މިހާރު ވަނީ ޖަހައިފަ އެވެ. ހުޅުލޭ ކޮޅުގައި ހޮޅި ޖެހުމުގެ 85 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު ޓްރެސަލް ބްރިޖްގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މާލޭކޮޅުގައި ކުރާ މަސައްކަތް ޝެޑިއުލަށް ވުރެ ބާރަށް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

ވަރަށް ބާރަށް ކުރިއަށް ދިޔަ ބްރިޖްގެ ތަނބުތައް ޖެހުމުގެ މަސައްކަތް މަޑުޖެހުނު ސަބަބެއް ކަމަށް ބައެއް މީހުން ބުނަނީ، ބްރިޖްގެ ތަނބުތައް ޖަހަން ހަވާލުކޮށްފައިވާ ޖަރުމަނުގެ ކުންފުންޏަށް ފައިސާ ދިނުމުގައި މައްސަލަތަކެއް ކުރިމަތިވުމެވެ. އަދި ބްރިޖް އެޅުމަށްޓަކައި ކުރި ސާވޭ އިން ދެއްކި ގޮތާ ހިލާފަށް ބައެއް ކަންކަން ކުރިމަތިވެފައިވާ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ. އެކަމަކު މި ދެ ވާހަކަ އާއި ކުރިން ލަފާކުރިވަރަށް ވުރެ ބްރިޖްގެ އަގު ބޮޑުވާނެ ކަމަށް ދައްކާ ވާހަކަ ވެސް މުއިއްޒު ދޮގުކުރެއްވި އެވެ.

"ވަރަށް ރަނގަޅަށް ބްރިޖްގެ މަސައްކަތް ކުރިއަށް އެބަދޭ. މިހާރު ހަ ތަނބު ޖެހިއްޖެ އިތުރު 26 ތަނބު ޖަހާނެ،" މުއިއްޒު ވިދާޅުވި އެވެ. "ފައިސާގެ މައްސަލަތައް އުޅޭ ކަމަށް ދައްކާ ވާހަކަތަކުގައި ވެސް ހަގީގަތެއް ނެތް."

މުއިއްޒު ވިދާޅުވީ މި މަޝްރޫއުގައި ފުރަތަމަ ފައިސާ ދައްކަން ޖެހެނީ އެއްބަސްވުމުގައިވާ ގޮތުން ދިވެހި ސަރުކާރުންނެވެ. އެ ފައިސާ ސީސީސީސީ ކުންފުންޏަށް ދައްކައި ހަލާސްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބްރިޖް މަޝްރޫ އަކީ ދެ ގައުމުގެ ސަރުކާރުން ވެސް ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދޭ މަސައްކަތެއް ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން ވެސް ބްރިޖް މަސައްކަތަކީ ޗައިނާ އިން އެންމެ އިސްކަންދޭ މަޝްރޫ ކަމަށެވެ. ސަރުކާރުގެ އިސްވެރިން، ޗައިނާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުވާ ކޮންމެ ފަހަރަކު ވެސް، މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަމުގެ ޔަގީންކަން ދެއްވަ އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ބްރިޖް ނިންމަން ސީސީސީސީން އެއްބަސްވެފައި ވަނީ 2018ގެ ސެޕްޓެމްބަރަށެވެ. އެކަމަކު އޭގެ ދެ މަސްކުރިން ޖުލައި 26 އަށް ބްރިޖް ނިންމާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެ އެވެ.

ހުޅުލެ އާއި މާލެއާ ދެމެދު ބްރިޖް އަޅަން ގާތްގަނޑަކަށް 220 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދެނީ ޗައިނާ ސަރުކާރުންނެވެ.

އަނެއް ބައި ލޯނެއްގެ ގޮތުގައި ދޭ އިރު ދިވެހި ސަރުކާރުން ވެސް އެ މަޝްރޫއުއަށް ހޭދަކުރެ އެވެ.

34 ކޮމެންޓް, 123 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 3%
icon angry icon angry 52%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މީލަހް

02 September 2016

ޝުކުރިއްޔާ ރައީސް ޔާމީން، ސާބަސް މިނިސްޓަރ މުޢިއްޒު

The name is already taken The name is available. Register?

ދެޓްޑޭ

01 September 2016

ބްރިޖް ވެސް ނިމޭނެ ކަމުގެ ފުރިހަމަ ޔަގީން ކަން މަމެން ޕިންކް ކުދިންނަށް ޕިންކް ސަރުކާރުގެ ވަރުގަދަ މިނިސްޓަރަކު އެދަނީ ދެމުންނެވެ. މަމެން ޕިންކް ކުދިންނަށް ދެހާސް ތޭރައިގައި ރިޔާސީ އިންތިޚާބު ރަންރީނދޫ ކުދިންގެ މައްޗަށް ކުރި ހޯދި ދުވަހަކީ އެއީ ރީތި އަބަދުވެސް ރީތި އުފާ ވެރި ނަލަ ދުވަހެކެވެ. އެދުވަހަކީ އެއީ އުފާވެރި ދުވަހެކެވެ. އިޓްސް ބިއުޓިފުލް. އެދުވަސް އެއީ އެބްޒޮލިއުޓްލީ ޕާރފެކްޓް ދުވަހެކެވެ. އެދުވަސް އަލުން އަނބުރާ އިއާދަ ވާނީ ބްރިޖް ނިންމާ ބްރިޖް މަތިން ހުރިހާ ކުދިންނަށް ދަތުރު ކުރެވެން ފެށުމުންނެވެ. އެދުވަސް، އެދުވަސް، އެދުވަސް، އެއީ ހަނދާނުން ފުހެލަން ދަތި ދުވެހެކެވެ. އެދުވަސް އަނެއްކާ އަންނަ ކަމުގެ އިހްސާސް ތައް ވަނީ އެވެ. ދެޓް ޑޭ، ދެޓް ޑޭ، ދެޓް ޑޭ ސޯ ސްވީޓް، ކޭން ޔޫ ފީލް. އޫމް އޫމް..

The name is already taken The name is available. Register?

ޑްރީމް

01 September 2016

ބްރިޖްގެ މަޝްރޫއު ކުރިއަށް ދާ ކަމީ އެއީ އުފާކުރަން ޖެހޭނެ ކަމެކެވެ. އެކަން ޖެހޭނެ ފާހަގަ ކުރަން. މަމެންގެ ގައުމުގައި މާސިންގާ ކަނޑުގެ މެދުން ވޮންޑަރ އެއް ގެ ގޮތުގައި ބްރިޖެއް އެޅި މާލެ ސަރަހައްދު ލިޓިލް ސިންގަޕޯރ އަށް ބަދަލު ވެގެން ދަނީ އެވެ. މަމެންގެ ހުވަފެނަކީ މި ބްރިޖް އަވަހަށް ނިމި އަދި މި ބްރިޖް އަކީ ކުރިއަށް އޮތް 1000 އަހަރު ދުވަހަށް ދެމި ހުންނާނެ ރާއްޖޭގެ ލޭންޑް މާރކް ކަމުގައި ވެގެން ދިއުމެވެ. އައި ބިލީވް އިން އިޓް. އައި ހޭވް އަ ޑްރީމް، އައި ހޭވް އަ ޑްރީމް، އައި ހޭވް އަ ޑްރީމް އޮފް ފެންޓަސީ. އޯ ޔޭއް..

The name is already taken The name is available. Register?

ޅަޅަޅާ

01 September 2016

ކުރިއައްއޮތް 7މަސްދުވަހު ކުރާނީ ކަނޑުއަޑީގެ މަސައްކަތް

The name is already taken The name is available. Register?

ޓުގެދަރ

01 September 2016

ބްރިޖް މަޝްރޫއު ކުރިއަށް ދާ ކަމުގައި ވަނީ ނަމަ ހުރިހާ ދިވެހިން ވެސް އެކަމުގައި އުފާ ކޮށް ޗައިނާ ސަރުކާރަށް އެކަމުގައި ޝުކުރު އަދާ ކުރަން ޖެހޭނެއެވެ. ބްރިޖް އެޅުމުން ދެން ރާއްޖޭގެ އިގްތިސާދީ ލޭންޑް ސްކޭޕް މުޅިން އަޕަރ ސްޓްރީމް އަށް ބަދަލު ވެގެން ދާނެއެވެ. ރަންރީނދޫ ގެ ވެސް އަދި ޕިންކްގެ ވެސް ޚިޔާލު ތަފާތު ވުން ހުއްޓަސް ރަންރީނދޫ ކުދިން ވެސް ދިވެހި ލޭ ދައުރު ކުރާނަމަ ޖެހޭނެ ރާއްޖޭގައި ބްރިޖް އެޅޭތޯ ވިޝް ކުރަން. ޓުގެދަރ ވީ ވިލް މޭކް އިޓް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ހިއުމަން ރޭސް..

The name is already taken The name is available. Register?

މޮޑެކްސް

01 September 2016

ވަރައް ރަނގަލު ވާހަކަށް

The name is already taken The name is available. Register?

މީލާ

01 September 2016

މިނިސްޓަރ ވިދާޅުވީ ތެދެއް، ފައިސާގެ މައްސަލައެއްނެތް، މަސައްކަތް އުޅެނީ ޝެޑިއުލަގައި، ވިސްނާލަބަލަ މި ޗެލެންޖިންގ މަސައްކަތް ގެންދާ އޮމާންކަން، ކަނޑުގެ އަޑިން ބިމުގެ 70 މީޓަރ އަޑިން ފެށީގެން ކުރާ މަސައްކަތެއް، މޫދުގާ ޖަހާ ތަނބު އެއްގަމުގައިވެސް އެދަނީ ޓެސްޓް ކުރަމުން، ބެޗިން ޕްލާންޓް ތައް އެހެރީ ދެ ދިމާއެއްގަ ހަދާފަ، މެޝިނާރީ އާޢި ވެހިކަލްސްް އަދި އިނޖިނޭރުން އެތިބީ މަސައްކަތުގައި، މިގާރު އެއޮތީ މަސައްކަތުގެ އަށި އަޅާ ބިމަށް ބްރިގްގެ އަސްލު ތަނބުގެ ހޮޅިތައް ޖަހަން ފަށާފަ، ބްރިޖް ނިމޭނެ ކަން އެނގީމަ ތިޔަ ކިޔަނީ ކިހާ ދުވަހަކު ހުންނާނެހޭ، ވަރެއް އެބަހުއްޓެއްނު، ޝުކުރިއްޔާ ރައިސް ޔާމީން، ސާޞަހޭ މިނިސްޓަރ މުޢީއްޒު،

The name is already taken The name is available. Register?

ނޭގޭނެދޯ

01 September 2016

އިދިކޮޅު ރަންރީނދޫ ކުދިން ކިތަންމެ ނުރުހުނަސް އެމީހުންނަށް ނޭގޭނެ ބްރިޖް ތިއަރީ އެެއް. މާލެ އާއި ހުޅުލެ އާއި ދެމެދު ކަނޑު އޮޅީގެ ފުންމިނުގައި ނުހުންނާނެ 100 މީޓަރު ވެސް. ދެން ކަނޑުގެ އަޑީގެ ސާރފޭސް މަތީގައި ވަރުގަދަ ފުޓިންގް އަކާއި އެކު ކޮލަމް އެއް ބަހައްޓައިފިނަމަ އޭގެ ވަށައިގެން އޮއިވަރުގައި ފަސް އޭގެ ކައިރިއަށް ޖަމާވެ ބްރިޖްގެ ފައުންޑޭޝަން ހުންނާނީ ފަހުން ފޮރުވިފައެވެ. އަދި މިކަން އިތުރަށް ވަރުގަދަ ކުރަން ބޭނުން ނަމަ ބްރިޖްގެ ފައުންޑޭޝަން އާއި 30 މީޓަރު ދުރުން ތިން ފައިކަށީ ލީ ޓްރައިޕޮޑް ބެހެއްޓި ދާނެ ކަނޑުގެ އަޑީގައި 10 މީޓަރު އުސް މިނަށް ކޮލަމްސް ތަކުގެ ދެކުނުންނާއި އަދި އިތުރުން ބްރިޖްގެ ދިގުމިނަށް. މިހެން ހަދައިފިަނަމަ ދެން ބްރިޖް ކައިރިއަށް ފަސް ގަނޑު ޖަމާވެ މިހާރު އުސްފަސްގަނޑު ކައިރިއަށް އަކިރި ޖަމާވި ގޮތަށް ބްރިޖްގެ ކޮލަމްސް ތައް ކައިރި އަށް ފަސްއެޅި ހިކެމުން ގޮސް ބްރިޖް އިތުރަށް ވަރުގަދަ ވެގެން ދާނެއެވެ. ދެން ފޭކް ނަން ނަން ކިޔައިގެން ރިސްކް ފެކްޓަރ އޭ ރަންރީނދޫ ކުދިން ނުކިއްޔާ ރަނގަޅު ވާނީ. ތަމެންނަށް ނޭގޭނެ ބްރިޖް އަޅަންވާ ގޮތް. މަމެން ޕިންކް ކުދިންނަށް އިނގޭނީ ބްރިޖް އަޅަންވާ ގޮތް. މެކުނު ފުމުނަސް ގާހަކަ އަކަަށް ނުފުމެވޭނެ. ނޫޅޭ އެކަމާއިގެން ދެން ރަންރީނދޫ ކުދިންތައް. މިބުނީ އެއް ނޫން ނޫޅޭށޭ..

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

01 September 2016

ޑޮލަރު ލިބުން ތާށިވެ ރައްޔިތުން ހަނާވަނީ

The name is already taken The name is available. Register?

ހައިސިންތު

01 September 2016

މޮޔަވެގެން ބަޔަކު އުޅެނީ. މިހާތަނަށް ކުރީކީ ބްރިޖްގެ އަސްލު މަސައްކަތެއްނޫން. ރޭނުމުގެ މަސައްކަތްނަމަ ރާނަންވެގެން އަށިއެޅުންކަހަލަ ކަމެއްކުރީ. އެހެންވީމާ އެމަސައްކަތްދާ ހަލުވިމިނެއްގައި ބްރިޖްގެ މަސައްކަތެއް ނުދާނެ. މިހުރިހާ ފިތުނައެއް އުފައްދަނީ ހަމަ އެންމެ ޓީވީ ޗެނަލަކުން. މާމޮޅުބަޔަކު އަރައިތިބެ ގުނބޯހައްދަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454